ރާއްޖެ އެތެރެ ކުރި ދޫނިތަކެއް ފިޝަރީޒް މިނިސްޓްރީން މަރާލާފައި ވާތީ އެކަމާއި ދެކޮޅަށް މުޒާހަރާ ފަށައިފިއެވެ.

އާޓިފިޝަލް ބީޗް ކައިރީގައި މިހާރު ޒުވާނުން ދަނީ ޕޯސްޓަރުތައް ހިފައިގެން އަޑު އުފުލަމުންނެވެ.

ދޫނިތައް މެރުމާއި ދެކޮޅަށް މިހާރު ކުރަމުންދާ މުޒާހަރާ - ވަގުތު އިމޭޖްސް: އަޝްހާދު އަބްދުﷲ

މި މުޒާހަރާ ފެށީ މިއަދު ހަވީރު 4:00ގައެވެ. މި މުޒާހަރާ ފެށިއިރު މަަދު ބަޔަކު ތިބި ނަމަވެސް، ފަހުން މުޒާހަރާގައި ބައިވެރިވާ މީހުންގެ އަދަދު ވަނީ އިތުރުވެފައެވެ.

ދޫނިތައް މެރުމާއި ދެކޮޅަށް މިހާރު ކުރަމުންދާ މުޒާހަރާ - ވަގުތު އިމޭޖްސް: އަޝްހާދު އަބްދުﷲ

އެ މީހުން ގެންދަނީ ދޫނިތަކަށް އަނިޔާ ކުރުމާއި ދެކޮޅަށް އަޑު އުފުލަމުންނެވެ.

ދޫނިތައް މެރުމާއި ދެކޮޅަށް ކުރަމުންދާ މުޒާހަރާ - ވަގުތު އިމޭޖްސް: އަހްމަދު އަޝްހާދު އަބްދުﷲދުނިޔެ އިން ނެތިގެން ހިނގައިދާނެ ކަމުގެ ބިރު ހީވެފައިވާ ދޫނިތަކެއް ވެސް ހިމެނޭ ގޮތައް ޖުމްލަ 130 ދޫންޏެއް ފިޝަރީޒް މިނިސްޓްރީން ވަނީ މަރާލާފައެވެ.

ގަވާއިދާ ޚިލާފަށް ރާއްޖެ އެތެރެކުރި ދޫނިތަކެއް ހިފަހައްޓާފައި ބެހެއްޓުމަށްފަހު އެ ތަކެތި އިއްޔެ މަރާލުމުން ފިޝަރީޒް މިނިސްޓްރީއަށާއި ސަރުކާރަށް ވަނީ ފާޑުކިޔުންތައް އަމާޒުވެފަ އެވެ. ފިޝަރީޒް މިނިސްޓްރީން ބުނެފައިވަނީ އެ ތަކެތި ނައްތާލީ އެޓާނީ ޖެނެރަލްގެ އޮފީހުގެ ލަފާ ހޯދުމަށްފަހު އޮންނަ އުސޫލުތަކުގެ ތެރެއިން ކަމަށެވެ.

ސަރުކާރުން މަރާލި ދޫނިތައް
ސަރުކާރުން މަރާލި ދޫނިތައް

ނަމަވެސް އެޓާނީ ޖެނެރަލް އޮފީހުން ބުނީ ގަވާއިދާ ޚިލާފަށް އެތެރެކުރި ދޫނިތައް މަރާލުމުގެ ބަދަލުގައި އަނބުރާ ފޮނުވާލުމުގެ ފުރުސަތު އޮތް ކަމަށާއި އެގޮތަށް ފިޝަރީޒް މިނިސްޓްރީން އަމަލު ކޮށްފައިނުވާ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ޖާބެ

    MDP took ownership of the protests and neutralise the situation haha

  2. މުސްލިމް

    ތެދެއް މަވެސް ދެކޮޅު... އެހާ ބޮޑު އަނިޔާއެއް ދޭއިރު ހިތެއް ވެސް ނެތް ހަމަ.... ރަގަޅަށް ވެސް ރޮވިއްޖެ މުސްލިމުން މިކަހަލަ ކަންތައް ކުރާތީ 😭😭

  3. ާއެއާމިއާ

    Dhooneege viyafaari kurumakeeves eah dhevey aniyaaeh. Beyrun genes kudhi kudhi kosheega hayyarukoggen gengulhenee. Kobaa e ehcheheege minuvankan. Normal living. Hifumaa vikkun manaa kuree himaayaiy kuran. Ekamaku hurihaa dhooni thakeh e maraalee