ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވަޑައިގަންނަވާތީ ގއ. ވިލިނގިލީގައި މުޒާހަރާ ކުރަން ފަށައިފިއެވެ.

އިރުކޮޅެއްގެ ތެރޭގައި ރައީސް ސޯލިހް އެރަށަށް ވަޑައިގަންނަވާނެއެވެ.

ނަމަވެސް މިހާރު އިދިކޮޅު ކޯލިޝަނަށް ނިސްބަތްވާ މީހުން ދަނީ އެރަށު ބަނދަރު ސަރަހައްދަށް އެއްވެ މުޒާހަރާ ކުރަމުންނެވެ. އެ މީހުން މުޒާހަރާ ކުރަމުން ދަނީ ބަނދަރު ސަރަހައްދާއި ވަރަށް ދުރުގައެވެ. ބޮޑަށް ބެލެވެނީ ފަހަތަށް ޖައްސާލާފައި ތިބީ ކަމަށެވެ.

އަދި ބަނދަރު ސަރަހައްދުގައި އެސްއޯ ފުލުހުން ރިއޮޓް ގިޔަރުގައިވެސް ދަނީ ހަރަކާތްތެރިވަމުންނެވެ.

މީގެ ކުރިންވެސް ރައީސް ރަށްރަށަށް ވަޑައިގަންނަވާއިރު އިދިކޮޅުން މުޒާހަރާ ކުރެއެވެ. އަދި މުޒާހަރާ ހުއްޓުވަން ފުލުހުން ހަރަކާތްތެރިވަމުން ދެއެވެ.\

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ޑައެލޯގް

    މިފަހަރު އިބޫއަކަށް ބޮޑެތި އެއްވެސް ރަށަކަށް ނޭރޭނެ ސިފައިންނާއި ފުލުހުންނުލައެއް ﷲ އިރާދަފުޅުން މިއަނިޔާވެރި އިބޫގެ ނިމުން ވަރަށްހިތިވާނެއެވެ. އެދުވަސް ދައްކަވާނދޭވެ.

    27
    3