އަންނަ އަހަރު އޮންނަ ރިޔާސީ އިންތިހާބުގައި ވެރިކަން ކުރާ އެމްޑީޕީ އިން ވާދަކުރާނެ ކެންޑިޑޭޓަކު ހޮވަން ބާއްވާ ޕްރައިމަރީގެ ވޯޓު ނެގުން ބާއްވާނެ ތާރީހެއް މާދަމާ އޮންނަ ގައުމީ މަޖިލީހުގެ ޖަލްސާގައި ނިންމަން ތާވަލް ކޮށްފިއެވެ.

މިހާރު ގައުމީ މަޖިލީހުގެ މެންބަރުންނަށް ފޮނުވާފައިވާ އެޖެންޑާ ބުނާ ގޮތުން އިސްކަންދަރު ސްކޫލްގައި މާދަމާ ރޭ 8:30 ގައި ބާއްވާ އެ ޖަލްސާގައި ފަސް އިންތިހާބެއް ބޭއްވުމާ މެދު މަޝްވަރާކުރަން ނިންމާފައިވެ އެވެ. އޭގެތެރޭގައި ރިޔާސީ ޕްރައިމަރީގެ އިތުރުން އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ އިންތިހާބާއި ޗެއާޕާސަންގެ އިންތިހާބާއި އަންހެނުންގެ ރޫހުގެ އިންތިހާބުގެ އިތުރުން ޒުވާނުންގެ ހިތްވަރުގެ އިންތިހާބުގެ ތާރީހް ކަނޑައަޅާނެ އެވެ.

ރިޔާސީ ޕްރައިމަރީ ބާއްވާނެ ތާރީޚް ކަނޑައެޅުން މާދަމާ ރެއަށް ތާވަލް ކުރިއިރު ރައީސް ސޯލިހް ދެން އޮންނަ ރިޔާސީ އިންތިހާބުގައި ވެސް ވާދަކުރެއްވުމަށް އެމްޑީޕީގެ ބައެއް އިސް ބޭފުޅުންނާއި ބައެއް މަޖިލިސް މެންބަރުން ބާރުއަޅުއްވަމުން ގެންދަވާ ކަމަށް ވެއެވެ. ނަމަވެސް ރައީސް ސޯލިހް އިންތިހާބުގައި ވާދަކުރެއްވުމާއި މެދު ވިސްނުންފުޅު ގެންގުޅުއްވާ ގޮތެއް އަދި ހާމައެއް ނުކުރައްވައެވެ.

ރައީސް ނަޝީދު ގެންދަވަނީ އަންނަ އަހަރު އޮންނަ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނެ ކަމަށް ވިދާޅުވަމުންނެވެ.

އެމްޑީޕީގެ ރައީސަކު ވެރިކަމުގައި ހުންނެވިނަމަ ޕްރައިމަރީ އަކާއި ނުލައި ރިޔާސީ ޓިކެޓް ދޭން ޖެހޭނެ ކަމަށް ގަބޫލުކުރާ މެންބަރުން ވެސް އެމްޑީޕީގައި އެބަތިއްބެވެ. އެހެންކަމުން ބައެއް ފަރާތްތަކުން ބުނާ ގޮތުގައި ރިޔާސި ޕްރައިމަރީގެ ބަހުސް އެމްޑީޕީގެ އެތެރޭގައި ބޮޑުވުމުގެ ފުރުސަތު ވެސް އެބައޮތެވެ.

އެމްޑީޕީގެ ގައުމީ މަޖިލީހުގެ އަޣުލަބިއްޔަތު މިހާރު އޮންނަނީ ރައީސް ސޯލިހަށް ތާއިދު ކުރައްވާ ފަރާތްތަކަށެވެ.

މާދަމާ ރޭ ބާއްވާ އެމްޑީޕީގެ ގައުމީ މަޖިލީހުގެ ޖަލްސާ އަކީ މިދިޔަ އަހަރު ގައުމީ މަޖިލިސް އަލުން އިންތިހާބު ކުރި ފަހުން ބާއްވާ އެންމެ މުހިއްމު ކަންތައްތައް އެޖެންޑާ ކޮށްފައިވާ ޖަލްސާއެވެ.

ކިޔުންތެރިންގެ ހިޔާލު

8 ކޮމެންޓް

  1. ޑިވެހި

    ރައީސް ނަޝީދަށް ވުރެ އިތުރަށް ރައީސް އިބޫ ވެރިކަން ކޮއްފި .ރައީސް ނަޝީދަށް ބަލައި ނުވާނެ ޭ

  2. ކަތުރުކަށި

    MDP ge raeesaku huttaa primary akah dhaakah nujehey... E raeesah ticket dheyn jehey... Eii Ibrahim Mohamed Solihuge haggeh.

  3. Anonymous

    ދިވެހިރާއްޖޭގައި ވެރިކަންކުރަން ކެނެރީގޭ ނަޝީދަށްވުރެ އިބްރާހީމް މުޙައްމަދު ޞާލިޙު މާރަނގަޅެވެ. އެއީ ރައީސް އިބޫ އަކީ އަޚުލާޤު ރަނގަޅު މަޑުމައިތިރި އޯގާވެރި ބޭފުޅެއް ކަމުގައިވާތީއެވެ. އަދި ފާޅުގައި ނުބައި ކަންކަން ކުރަން ގޮވާލާ ލާދީނީ ބޭފުޅެއް ކަމުގައި ވެސް ނުވާތީއެވެ.
    ވުޟޫކުރަން ނުދަންނަ، ނަމާދުކުރަން ނުދަންނަ، ޞަލަވާން ކިޔަވަން ނުދަންނަ، ލާދީނީ މީހަކަށްވުރެ ރައީސް އިބޫ މާރަނގަޅެވެ. ރައީސް އިބޫގެ ވެރިކަމުގައި މިރާއްޖެ މިއޮތީ އިންޑިއާ އާއި ޗައިނާއާ ވެސް ރަނގަޅަށް ގުޅިފައެވެ. އިންޑިއާ އައުޓޭ ޗައިނާ އައުޓޭ ވިދާޅުވުމެއްނެތި އޮމާންކަމާއެކު މިގައުމުގައި ވެރިކަން ކުރެއްވޭނެ ބުއްދިވެރި ޙިކުމަތްތެރިއަކީ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙުކަން އެމަނިކުފާނު މިވަނީ ސާބިތުކޮށްދެއްވާފައެވެ.

  4. ޓެލެކޮމް

    mi party nulafaa agenda nethi kuravva mi gaumu salaamay kurahvaashi

  5. ރަބަރޭ

    ރިޔާސީ ޕްރައިމަރީއެއް ބާއްވާނެ ކަމެއްނެތް ރިޔާސީ ޕްރައިމަރީއެއް ބާއްވައިގެން ރާއްޖޭގެ ވެރިކަން އެމްޑީޕީ އަކަށް ނުލިބޭނެ އޭތި ވަރަށް ސާފުކޮށް އިގޭ

  6. އުސްތާޒް

    ބޮޑުކޯޅުން އަނެއްކާވެސް ފެށެނީ، މަހުލޫފު ކުރިމަތިލާނެތީ އޭނަގެ ޝަރީއަތްތަށް ފެށީ

  7. ސާމަރާ

    އަންނި އަށް ކެތެއްނުވާނެ މަހުލޫފު ނަގާނެ ފަސޭހައިން

  8. hinnavarey

    hinnavarey out mihaaruge khababarah balaairu 0 tolerehsagemeehehthee