މިދިޔަ އަހަރުގެ މާޗު މަސްތެރޭ ސްކައިޑައިވް މޯލްޑިވްސް ކުންފުނިން އިންތިޒާމުކޮށްގެން ރާއްޖޭގައި ބޭއްވި ބޫގީ މޯލްޑިވްސް ސްކައިޑައިވިން އިވެންޓުގައި ބައިވެރިޔެއްގެ ގޮތުގައި ހަރަކާތްތެރިވި މިސްރަށް ނިސްބަތްވާ މީހަކު އިވެންޓުން ލިބުނު ފައިސާ ނުހައްގުން ނަގައިގެން ރާއްޖެއިން ފިލައިގެންދިޔަ މައްސަލައެއް ކަމާބެހޭ ފަރާތްތަކަށް ހުށަހަޅާފައިވަނިކޮށް އަނެއްކާވެސް އޭނާ އާއި ގުޅިގެން އެހެން ކުންފުންޏަކުން ރާއްޖޭގައި ސްކައި ޑައިވިން އިވެންޓެއް ބާއްވަން ތައްޔާރުވަމުން އެބަދެއެވެ.

މަކަރާއި ހީލަތުން ފައިސާ ހިފައިގެން ފިލި މައްސަލައިގެ ތުހުމަތު ކުރެވިފައި ވަނީ މިސްރުގެ ކުންފުންޏެއް ކަމަށްވާ ފަޔާ ކެނޮޕީ ކުންފުނީގެ ވެރިޔާ މުހައްމަދު އަބްދުﷲ އަލް މޮރްސީ އަށެވެ.

ދ.ކުޑަހުވަދޫގައި ހިންގި ސްކައި ޑައިވިން ހަރަކާތުގެ ފައިސާ ބައިވެރިން ދެއްކީ ސީދާ މުހައްމަދު އަބްދުﷲ އަށެވެ. ނަމަވެސް އެކަމުގައި ބައިވެރިވާ ދިވެހި ކުންފުންޏަށް ދައްކަން ޖެހޭ އެއްލައްކަ ޑޮލަރު (ފަނަރަ ލައްކައަށްވުރެ ގިނަ ރުފިޔާ) ހިފައިގެން މުހައްމަދު އަބްދުﷲ ވަނީ ރާއްޖެ ދޫކޮށް ފިލާފައެވެ.

މުހައްމަދު އަބްދުﷲ ފައިސާތައް ހިފައިގެން ފިލި މައްސަލަ ސްކައިޑައިވް މޯލްޑިވްސް އިން ފުލުހުންނަށް ހުށަހެޅި ނަމަވެސް އޭނާ ރާއްޖޭގައި ނެތުމުން އެމައްސަލަ ކުރިއަށް ގެންދެވޭ ގޮތެއް ވަނީ ނުވެފައެވެ. މުހައްމަދު އަބްދުﷲ ގެ އިތުރު މައްސަލަތަކެއް ވެސް ފުލުހުންނަށާއި އަދި ކުޑަހުވަދޫ ކޯޓަށް ވެސް ހުށަހަޅާފައި ވެއެވެ. ނަމަވެސް އޭނާ ރާއްޖޭގައި ނެތުމުން އެއްވެސް މައްސަލައެއް ކުރިއަކަށް ނުދެއެވެ.

މުހައްމަދު އަބްދުﷲ ގެ މައްޗަށް ކުރެވިފައިވާ ތުހުމަތުތަކާއި ގުޅިގެން އޭނާގެ ބަހެއް ހޯދަން ކުރި މަސައްކަތް އަދި މިހާތަނަށް ކާމިޔާބު ވެފައެއް ނުވެއެވެ.

މި މަހުގެ 5 ވަނަ ދުވަހުން ފެށިގެން މާދަމާގެ ނިޔަލަށް އދ. މާމިގިލީގައި ކުރިއަށްގެންދާ ސްކައިޑައިވިން އިވެންޓަކީ މިސްރުގެ ކުންފުންޏެއް ކަމަށްވާ ފަޔާ ކެނޮޕީ އިން އިންތިޒާމުކޮށްގެން ކުރިއަށްގެންދާ ހަރަކާތެކެވެ. ރާއްޖެއިން މި ހަރަކާތަށް ފެސިލިޓޭޓް ކޮށްދެނީ އެވްކޯ މޯލްޑިވްސް ކަމަށް މައުލޫމާތު ލިބެއެވެ.

ކިޔުންތެރިންގެ ހިޔާލު

9 ކޮމެންޓް

  1. rehi

    muslimeh tha?

  2. މުޙައްމަދު

    ދެން އޭނަ އައިމަ ހިފަހައްޓާ ސުވާލުކޮށް ތަންފީޒު ކުރަން ފިޝަރީޒް މިނިސްޓްރީ އާ ޙަވާލުކޮށްބަލަ

    10
    1
    • ކާށި

      އިސްލާމީ ޝަރީއަތް ގާއިމު ކުރަން ފިޝަރީސް އާ ހަވާލު ކުރަންވީ

  3. މިތުރާ

    ޢެސޮރަށް ވެސް އެގޭނެ ، ކަންނެތް ސޮޑުން ހިންގާ ތަނެއްކަން، ދިމާވި ހިސަބަކުން ކައިހުސްކުރާމީހުން އުޅޭ ތަނެއްކަން، ބޯހަލާކު

    13
    1
  4. ަސދަ

    މިގައުމުގައި ކަންކަން ހިގާގޮތް އިނގޭ ބޭރު ވަގުންތަކެއް މިތަން ދޫކޮށެއްނުދާނެ.
    އެމީހުންނަށް އިނގޭ މިތަނުގައި ފައިސާފޮތްޗަކަށްނުކެރވޭނެ ކަމެއް ނޯންނަކަން.

    10
  5. ަސދަފސދަ

    މިގައުމުގައި ކަންކަން ހިގާގޮތް އިނގޭ ބޭރު ވަގުންތަކެއް މިތަން ދޫކޮށެއްނުދާނެ.
    އެމީހުންނަށް އިނގޭ މިތަނުގައި ފައިސާފޮތްޗަކަށްނުކެރވޭނެ ކަމެއް ނޯންނަކަން.

  6. ނަސީ

    މިހާރު ބަލަންވީނުން

  7. ށަވިޔަނި

    ރަނގަޅުތާދޯ. ހައެއްކަފަހަރަށް ކަށިޖެހީމަ ހޭވެރިކަން ވެދާނެ

  8. ށަވިޔަނި

    ރަނގަޅުތާދޯ. ހައެއްކަފަހަރަށް ކަށިޖެހީމަ މިވެރިންނަށް ހޭވެރިކަން ވެދާނެ