މިތިބީ އިންޑިއާ އަންހެނުންނާއިއެކު ކަމަށް ރާއްޖޭގެ ދީނީ އިލްމުވެރިޔާ ޑރ.އަނާރާ ނައީމް ވިދާޅުވެއްޖެއެވެ. އިންޑިއާގެ އަންހެނުން ތައުލީމް ހާސިލް ކުރަން ދާއިރު ބުރުގާ ނޭޅޭނެ ކަމަށް ނިންމާފައިވާ ނިންމުމާއި އެކު އިންޑިއާގެ މަސްރަހު ވަނީ ހޫނުވެފައެވެ. އަދި އެނިންމުމަށް ފަހު އިންޑިއާގެ މުސްލިމް އަންހެނުންނާއި ދެކޮޅަށް އަންނަނީ މުޒާހަރާތައް ވެސް ކުރަމުންނެވެ.

ޑރ.އަނާރާ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ބުރުގާ އެޅުން އެއީ އަސާސީ ހައްގެއް ކަމަށެވެ. "އަޅުގަނޑުމެން މިތިބީ އިންޑިއާގެ އުހުތުންނާއިއެކު. ބުރުގާ އެޅުމަކީ އަސާސީ ހައްގެއް." ޑރ.އަނާރާ ވިދާޅުވިއެވެ.

އެންމެ ބޮޑަށް ހޫނުވެފައި ވަނީ ކަރުނާޓަކާގެ ޖޫނިއާ ޕްރީ ޔުނިވަސިޓީ ކޮލެޖަށް ބުރުގާ އަޅައިގެން މުސްލިމް ދަރިވަރުންނަށް ނުވަދެވޭނެ ކަމަށް ނިންމުމުންނެވެ. ކަރުނާޓަކާގެ ހުރިހާ ސްކޫލަކާއި ކޮލެޖް އަދި ޔުނިވަސިޓީތަކަކަށް ވެސް ބުރުގާ އަޅައިގެން ވަނުން މިހާރު ވަނީ މަނާ ކޮށްފައެވެ.

ދަރިވަރުން މުޒާހަރާ ކުރަން ފެށުމުން ޖޫނިއާ ޕްރީ ޔުނިވަސިޓީ ކޮލެޖްގެ 28 ދަރިވަރުން ކޮލެޖްގެ އިމާރާތުގެ އެތެރެއަށް ވަނުމުގެ ހުއްދަ ކޮލެޖުން ދިނެވެ. ނަމަވެސް ކޮލެޖްގެ އެތެރެއަށް ވަނުމުގެ ހުއްދަ ދިން ނަމަވެސް އެދަރިވަރުންގެ ކްލާސްތަކަށް ވަނުމުގެ ހުއްދަ ނުދީ ޔުނިވަސިޓީގެ ކޮމްޕައުންޑްގެ ތެރޭގައި ދަރިވަރުންތައް "ބަންދުކުރިއެވެ." އަދި އެދުވަހު އެކޮލެޖްގެ ބޭރުގައި ވަނީ ދަރިވަރުންގެ ޔުނީފޯމް ކޯޑް އިއުލާންކޮށް ނޯޓިސްއެއް ހަރުކޮށްފައެވެ. އެނޯޓިސް ބުނާ ގޮތުގައި ބުރުގާ އަޅައިގެން ކޮލެޖަކަށް ނުވަދެވޭނެއެވެ.

ކަރުނާޓަކާ އާއި އެސްޓޭޓްގެ ވަށައިގެން އޮތް އެހެން ސްޓޭޓްތަކުގައި ވެސް ދަނީ މުސްލިމް ދަރިވަރުންގެ ދިފާއުގައި ވެސް ވަރުގަދަ މުޒާހަރާތަކެއް ކުރަމުންނެވެ. މުޒާހަރާތައް ކުރާ މީހުންގެ ޝަކުވާއަކީ މިހުރިހާ ދުވަހަކު ބުރުގާ އަޅައިގެން ތިބެ މުސްލިމް ދަރިވަރުންނަށް ތައުލީމް ހާސިލް ކުރަން ފުރުސަތު ދިނުމަށް ފަހު އެއްވެސް ސަބަބެއް ދެއްކުމެއް ނެތި މިހާރު އެނިންމުން ބަދަލު ކުރުމުންނެވެ.

މުސްލިމް ދަރިވަރުންގެ ދިފާއުގައި އެތައް ބަޔަކު މުޒާހަރާ ކުރަމުން ދާއިރު މުސްލިމުންނާއި ދެކޮޅަށް ހިންދޫން ވެސް އަންނަނީ މުޒާހަރާ ކުރަމުންނެވެ. އަދި މުސްލިމް އަންހެން ކުދިންނާއި ހިންދޫއިންގެ ގްރޫޕްތަކުން އަންނަނީ މަގުމަތިން ދިމާވެސް ކުރަމުންނެވެ. އެމީހުން ދަނީ މުސްލިމް އަންހެން ކުދިން ބުރުގާ ނެގުމަށް ގޮވާލައި މަގުމަތިން ފުރައްސާރަ ކުރަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

11 ކޮމެންޓް

  1. ރަބަރޭ

    މިވަރު އިންޑިޔާގެ މުސްލިމުންނަށް ކުރާއިރު ރާއްޖޭގެ ސަރުކާރު އަނގައިންވެސް ނުބުނެ މިއޮންނަނީ ހަނު ބަޔަކު އިންޑިޔާގެ ލާދީނީ ބައިގަނޑު އައުޓޭ ގޮވީމާ އެކަން ބޮޑުވެގެން ގާނޫނުތައް ހަދާ މީހުން ޖަލަށްލާން މިތެޅެނީ މިވެރިކަށް ވަރަށް ހިތިގޮތަކަށް ނިމޭއިރު ބަލަންތިބޭތި ﷲ އިރާދަކުރެއްވިއްޔާ އެތަން ފެންނާނެ

    32
    2
  2. އެއްނަމްބަރ ސައިންޓިސްޓް

    ރާއްޖޭގެ އަންހެނުންގެ އާބާދީއަކީ 241672 ( ދެލައްކަ އެކާޅީސްހާސް ހަސަތޭކަ ބާހަތްތަރި )އިންޑިޔާގެ މުސްލިމު އަންހެނުންގެ އާބާދީއަކީ 6000000 ( ހަ މިލިޔަން.) އަނާރާ ސިސްޓާވެސް ފެންވަރުން ވާހަކަދެއްކީމާ ރަގަޅުވާނެ!

    14
    7
  3. މަޖީދާ

    އަމިއްލަ ގައުމުގައި ތިބި އަމިއްލަ ރައްޔިތުންނަށް ޖެއްސުން ކުރާ ބަޔަކަު %100 މުސްލިމް ގައުމަކަށް ހެވެއްނޭދޭނެ.
    އިންޑިއާ އައުޓް !!!

    40
    1
  4. ޜ

    ތާއީދު...މިސަރުކާރަށް ތިވަރު ކޮށްލަން ވެސް ނުކެރޭނެ

    32
    1
  5. އުގުރި

    މިވަރައް ވެސް މިއުޅޭ އިމުރާނު އަން ނުކެރޭނެ އަގަވެސް ހުޅުވާ ލާކަށް..

    33
    1
  6. ސާބަސް

    މިމައްސަލާގައި އިންޑިޔާގެ ހިންދޫ ޖަމާއަތާ ދެކޮޅަށް ނުކުތް މުސްކާންއަށް ސެލިއުޓް..

    37
    1
  7. ހަމީދުބެ

    މިހާރު މިރާއްޖޭގައި ވެސް ﷲ ގެ އަމުރަށް ކިޔަމަން ގަތުމަށް އައްރަ ނިވާކޮށްގެން އުޅޭ އަންހެނުންނާ ދެކޮޅު ހަރަކާތްތަކާ ފުރައްސާރަ ކުރުން ހިންދޫއިންގެ އެއްމެ ގާތް އެކުވެރިޔާ މޑޕ އިން ވަނީ ފަށާ ފައި. ދުވަސް ކޮޅަކުން ރާއްޖޭގެ އަންހެނުންނަށް އައްރަ ނިވާކުރުން މަނާކުރާނެ ކަމަށް ބެލެވޭ. މޑޕ ގެ ބޮޑުން މޑނ އުތެމަ ފަދަ އެކި ނަން ނަމުގައި އެތައް ޖަމީއްޔާ ތަކެއް ހަދާ ސިއްރީޔާތުގައި ދިވެހި އެތައް ޒުވާނުންނެއްގެ ބޮލަށް ސަވާރުވެ އެ މަގަށް ތަރުބީއްޔަތު ކުރަމުން ދާ ދިއުމަށް ރަތްޔިތުން ހޭއަރައި ލަސްނުކޮށް އެކަން ހުއްޓުވަން ޖެހޭ. މިސްކިތްތަކަށް ދެހާޖައް ކޮށް ހަތިމައް ކުޅުޖަހާ ފާޅުގަ ދީނަށް ފުރައްސާރަ ކުރާ މީހުން ގެ އާބާދީ ހާހުން އިތުރުވެ އައްނަން އޮތް ޖީލު އެކަށް އެ މަގަށް ބަދަލު ނުވަނީސް ރަތްޔިތުން ހޭއަރައި އެކަން ހުއްޓުވަން ޖެހޭ.

    20
    1
  8. Anonymous

    ނޫނޭ...މޯދީއާއި އެެއްކޮށް ތިބޭ ކަލޭމެން..

    22
    2
  9. ބޮޑުބައި ދިއައީ

    އަހަރެން މިހުރީ އިންޑިއާ ފިރިހެނުންނާއެކު އެހެންވީމަ މުޅި އިންޑިއާ ކަވާވާނެ މިހާރު

    9
    4
  10. ރާއްޖެތެރެ

    މިވަރުބައެއް ރައްޖޭ ގާތްކޮއްގެން މިއުޅެނީ

    15
    1
  11. އަހުމަދުު

    ކަލޭމެން އަށް ހަމަ ހީވަނީ ވެރިކަނެ މިކޮށްދެނީ ދިވެހިންނަށް ކަމަށްތަ؟؟؟ ޑިކްޓޭޓަރ ލެވެލް އަށް ފިޓް ވެއްޖެ އެމްޑީޕީ

    9
    1