ވ.އާރަށުގެ މައްސަލައިގައި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް އުފުލާފައިވާ ރިޝްވަތު ގަބޫލު ކުރުމުގެ ކުށުގެ ދައުވާއާއި މަނީ ލޯންޑަރިންގެ ކުށުގެ ދައުވާއަށް އެމަނިކުފާނު އިންކާރު ކުރައްވައިފިއެވެ.

މިއީ ވ. އާރަށުގައި ރިސޯޓެއް ތަރައްގީ ކުރުމަށް ދޫކޮށް އެއް މިލިއަން ޑޮލަރު ޔާމީންގެ އަމިއްލަފުޅު އެކައުންޓަށް ޖަމާކުރި ކަމަށް ބުނާ މައްސަލައިގައި އުފުލާފައިވާ ދެ ދައުވާއެކެވެ.

މީގެ ކުރިން މިދިޔަ މަހުގެ 27 ވަނަ ދުވަހު ބޭއްވި ޝަރީއަތުގެ އަޑުއެހުމުގައި ޔާމީނަށް ކުރާ ދެ ދައުވާ ދައުލަތުން ވަނީ އިއްވަވައި ދެއްވައިފައެވެ.

މިއަދު ކުރިއަށް ދިޔަ އަޑުއެހުމުގައި ޖަވާބުދާރީ ވާން ދެއްވި ފުރުސަތުގައި ރައީސް ޔާމީން ފުރަތަމަ ވިދާޅުވެފައިވަނީ އެމަނިކުފާނަށް ދައުވާ ސާފުނުވާ ކަމަށެވެ.

ރައީސް ޔާމީންގެ ގާނޫނީ ވަކީލުން ވަނީ ދައުވާގައި ސާފު ނުވާ ކަން ފާހަގަ ކުރައްވައި، އެ ކަންކަން ސާފުކޮށްދެއްވަން ދައުލަތުގެ ކިބައިން އެދިވަޑައިގެންފައެވެ.

މި ގޮތުން ދެ ދައުވާގައި ވެސް، ކުށުގެ އަމަލާއި، އަމަލު ކުރި ވަގުތާއި، އަމަލު ހިންގި ގޮތާއި، ދައުވާގައި ބަޔާން ކުރާ ނުފޫޒު ފޯރުވަން ކުރި އަމަލާއި އެ އަމަލުގެ ތަފްސީލް ނެތް ކަން ދިފާއުން ފާހަގަ ކުރެއްވިއެވެ.

ރިޝްވަތުގެ ދައުވާގައި، ދިފާއުން އަމާޒު ކުރެއްވި ސުވާލުތަކުގެ ޖަވާބުގައި ދައުލަތުން ވިދާޅުވީ، މި މައްސަލައަކީ ތަނެއްގައި ހުރެގެން ކުރެވޭ ކުށަކަށް ނުވާތީއާއިއެކު ތަނާއި ވަގުތު ބަޔާން ކުރުން މުހިންމު ނުވާ ކަމަށެވެ.

މީގެ އިތުރުން ޔާމީންގެ އެކައުންޓަށް އެއް މިލިއަން ޑޮލަރު ޖަމާ ކުރި ޗެކާއި، ކުރީގެ ނައިބު ރައީސް އަހްމަދު އަދީބާއި ފޯނުން ގުޅުއްވައި ޔޫސުފް ނައީމްއާއި ދެކެވުނު ވާހަކަތަކެއް ދައުލަތުން ފާހަގަ ކުރެއްވިއެވެ. އެއީ ޔާމީން ނުފޫޒު ފޯރުވި ގޮތް ބަޔާން ކޮށްދެއްވަން ދައުލަތުން ފާހަގަ ކުރެއްވި ކަންކަމެވެ.

މަނީ ލޯންޑަރިންގެ ދައުވާގައި ދައުލަތުން ވަނީ، ޔާމީން ރިޝްވަތުގެ ގޮތުގައި ގަބޫލު ކުރެއްވި ފައިސާއަކީ ކުށުގެ ފައިސާއެއް ކަން އެނގިވަޑައިގަންނަވާނެ ކަމުގައެވެ. އަދި ފައިސާގެ އަސްލު އޮޅުވާލަން ކުރެއްވި ކަމަކީ އެ ފައިސާ އެކި އެކި އެކައުންޓްތަކަށް ބަދަލު ކުރުން ކަމަށް ދައުލަތުން ވިދާޅުވިއެވެ.

މި ހުރިހާ ސުވާތަކަށް ޖަވާބު ދެއްވުމުން ވެސް ދައުވާ މުޅިން ސާފު ނުވާ ކަމުގައި ޔާމީންގެ ވަކީލުން ވިދާޅުވިއެވެ. ނަމަވެސް ދައުލަތުން ޖަވާބު ތަކެއް ދެއްވާފައިވާތީ ދިފާއުއާއި ދައުލަތުން ވެސް އެދިވަޑައިގަތީ އެ ކަމުގައި ގާޒީ ގޮތެއް ނިންމެވުމަށެވެ.

ދެ ފަރާތުގެ ވާހަކަތަކަށް ރިއާޔަތް ކުރެއްވުމަށް ފަހު، މި މައްސަލައާއި ހަވާލުވެ ހުންނެވި ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަހްމަދު ޝަކީލް ވަނީ ޖިނާއީ އިޖުރާއަތުގެ ގާނޫނާއި ހަވާލާދީ ދައުލަތުން ދައުވާ ސާފު ކޮށްދޭން ކުރަން ޖެހޭ ކަންކަން ކޮށްފައިވާ ކަމަށް ކަނޑައަޅުއްވައިފައެވެ.

އެއަށް ފަހު ރައީސް ޔާމީނަށް ދެއްވި ފުރުސަތުގައި އެމަނިކުފާނު ވިދާޅުވީ، ދައުލަތުން ދެއްކެވި ވާހަކަތައް އެމަނިކުފާނަށް އިވިވަޑައިގެންނެވި ކަމަށާއި އެއިން އެއްވެސް ކަމަކީ އެމަނިކުފާނު ކުރެއްވި ކަމެއް ނޫން ކަމަށެވެ. އެހެންވެ އެ ދައުވާތަކަށް އިންކާރު ކުރައްވާ ކަމަށް ޔާމީން ވިދާޅުވިއެވެ.

މި ދެ ދައުވާގެ އިތުރުން ރ. ފުއްގިރި ކުއްޔަށް ދޫކޮށްގެން ދައުލަތަށް ލިބެން ޖެހޭ ފައިސާއަށް ވެސް ޚިޔާނާތްތެރިވި މައްސަލާގައި ޔާމީންގެ މައްޗަށް ރިޝްވަތުގެ ދައުވާއަކާއި މަނީ ލޯންޑަރިންގެ ދައުވާއެއް އުފުލާފައިވެއެވެ. މި ޝަރީއަތް ވެސް ކްރިމިނަލް ކޯޓުގައި ދަނީ ހިނގަމުންނެވެ.

އޭގެ ކުރިން ޔާމީންގެ އެކައުންޓަށް އެއް މިލިއަން ޑޮލަރު ޖަމާވި މައްސަލައެއްގައި އެއީ ގއ. ވޮޑަމުލާ ދޫކޮށް ދައުލަތަށް ލިބެން ޖެހޭ ފައިސާ ކަމަށް ވިދާޅުވެ އުފުލި މަނީ ލޯންޑަރިންގެ ދައުވާ ސާބިތުވެއްޖެ ކަމަށް ކަނޑައަޅައި ކްރިމިނަލް ކޯޓުން ނޮވެމްބަރު 28، 2019 ގައި ފަސް އަހަރުގެ ޖަލު ހުކުމެއް އިއްވިއެވެ.

މި ހުކުމަށް ހައި ކޯޓުން ތާއީދު ކުރި ނަމަވެސް ސުޕްރީމް ކޯޓުން ވަނީ ހުކުމް ބާތިލްކޮށްފައެވެ. އެއީ ދައުލަތަށް ލިިބެން ޖެހޭ ފައިސާ ކަމާއި އެއީ ގއ. ވޮޑަމުލާ ދޫކޮށް ލިބުނު ފައިސާ ކަން ކަށަވަރު ނުކޮށްދެވޭތީ ކަމުަގއި ސުޕްރީމް ކޯޓުން ކަނޑައަޅާފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. ޖާ

    އިންޑިއާ އައުޓް

    8
    1
  2. Anonymous

    އިންސާނުންނާއި ﷲ ތައާލާ އިންސާނުންނަށް ދެއްވި ރިސޯސަސްއާއި ވަގުތު ބޭކާރު ކުރުމަށް ދައލަތުން ޑްރާމާ ކުޅެން އެތައް ބައެއްގެ ވަގުތު ނަގާލުމުގެ ބޭނުމެއް ނެތެއްނު. ރައީސް އޮފީހުގެ މިނިސްޓަރު އޮތީ ތި ދައުވާގެ ހުކުމް މިހާރު އިއްވަވާފަ.
    ޕީޖީއިން ތިކުޅޭ "ކުޅެމާ ކުޅެމާ" ޑްރާމާ ނިންމާލާފަ އެންމެން ގެއަށްގޮސް ނެޓްފްލިކް ބަލާބަލަ. އިހައްދުވަހު ޑިގްރީ ހެދިމީހަކު އުސްގޮނޑިއަކަށް އަރުވާފަ ޑްރާމާގެ އޮޑިއަންސްއަށް ބޭންދުމަކުން ތިކުޅޭ ޑްރާމާއަށް އިތުރު ފުރިހަމަކަމެއް އަންނާނީކީނޫން. އެންމެން ގެއަށްގޮސް ރައްޔިތުންގެ ފައިސާއިން މުސާރައޭ ކިޔައިގެން ބޭނުންވަރަކަށް ފައިސާ ކޮންމެ މަހަކު ނަގަމުންދޭ. މަރުއައިސް ބައްދަލުކުރަންދެން މިގޮތުގައި އުޅުން ކަލޭމެނަށް މާތާހިރުވާނެ.

  3. Happy 123

    ޜ ޔާމީނާއި އޭނަގެ ފައިސާ ފއިސާ…ފައިސާ އާހެދި ބޫތުކާފއި! 😡

    6
    3
  4. ބޮޑު ވަގު

    ލާރިކޮޅެއް ވަގަށް ނެގޭނެ ގޮތެެއް ހުރިއްޔާ ވަގުތުން ސާފުވާނެ. ނަގަންވާ ގޮތަކާ ވައްކަން ކުރަންވީގޮތްވެސް އިގޭނެ.

    2
    6
  5. 1234

    ޔާމީނު އެކައުންޓައް ޖަމާވި 1 މިލިޔަން ދިންމީހާ ތިމަން ދިނީ ބުނީމާ ތިކަން ނިމުނީނު .