ދޫނިތައް ނައްތާލެވުނީމަ އެކަމާ ހިތާމަ ކުރާކަމަށް ފިޝަރީޒް މިނިސްޓްރީން ވިދާޅުވެއްޖެއެވެ.

ދޫނިތައް މަރާލި މައްސަލައިގައި ވަރަށް ބޮޑަށް ފާޑުކިޔުން އަމާޒުވުމުން ފިޝަރީޒް މިނިސްޓްރީން ނެރުނު ބަޔާނެއްގައި ދޫނިތައް ނައްތާލެވުނީތީ ހިތާމަ ކުރާކަމަށް ބުނި ނަމަވެސް މިނިސްޓްރީގެ ނިންމުން ދިފާއުކޮށް ބަޔާނުގައި އިތުރަށް ބުނީ މިފަދަ ކަންކަން ހިނގަނީ ދޫނިތައް އެތެރެ ކުރާ މީހުން އިޖުރާއަތްތަކާއި ހިލާފު ވުމުން ކަމަށެވެ.

ބަޔާނުގައި ބުނީ ފިޝަރީޒް މިނިސްޓްރީގެ ދަށުން ހިންގާ ޕްލާންޓް އެންޑް އެނިމަލް ކަރަންޓީން ސާރވިސްއިން ދޫނިތަކެއް ނައްތާލުމާއި ގުޅިގެން، ރައްޔިތުން ފާޅުކުރައްވަމުން ގެންދަވާ ކަންބޮޑުވުންތަކާއި އިޙްޞާސްތައް އިޚްލާސްތެރިކަމާއެކު ބަލައިގަނެ، އެކަމާމެދު ހިތާމަކުރާ ކަމަށެވެ.

ދިވެހިރާއްޖެއަށް އެތެރެކުރާ ދިރޭ ޖަނަވާރާއި ގަސްގަހާގެހި އިންސްޕެކްޓްކޮށް ކަރަންޓީންކުރުމަކީ، ދިވެހިރާއްޖޭގެ ޤާނޫނީ އިޖުރާޢަތްތަކާއި ބައިނަލް އަޤްވާމީ މުޢާޙަދާއާއި އެއްގޮތަށް މިނިސްޓްރީން ފޯރުކޮށްދިނުން ލާޒިމްކުރާ އަސާސީ ޚިދުމަތެއް ކަމަށް ބަޔާނުގައި ބުނެފައި ވެއެވެ.

މިގޮތުން، ޤާނޫނާއި ޤަވާއިދާއި ޚިލާފަށް ރާއްޖެއަށް އެތެރެކުރާ ތަކެތި ނައްތާލަންޖެހޭ ޙާލަތްތަކުގައި، ޤާނޫނާއި ޤަވާއިދާއި އެއްގޮތައް ނައްތާލަމުން އައިސްފައިވާ ކަމަށް ވެސް ބަޔާނުގައި ބުނެފައި ވެއެވެ. މިކަމާއި ގުޅިގެން، ކަން ހިނގާފައިވާ ގޮތުގެ ތަފްޞީލު ރިޕޯޓެއް އެކުލަވާލުމަށް ރައީސުލް ޖުމްހޫރިއްޔާ ވަނީ އެންގަވާއި ކަމަށާއި އެ މިރިޕޯޓަކީ، ލިބެންހުރި ލިޔެކިޔުމާއި މައުލޫމާތުގެ މައްޗަށް ބިނާކޮށް، ކަންހިނގިގޮތުގެ ޙަޤީޤަތް ދެނެގަނެ، އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށް މަގުފަހިކުރުމުގެ ގޮތުން އެކުލަވާލާ ރިޕޯޓެއް ކަމަށް ބަޔާނުގައި ބުނެފައި ވެއެވެ.

"ދިރޭތަކެތަކެއްޗަށް ލިބިދޭންޖެހޭ ރައްކާތެރިކަމާއި ހިމާޔަތް ފޯރުކޮށްދެވޭކަމާއި، ރައްޔިތުންގެ އާއްމު ޞިއްޙަތު ރައްކާތެރި ކުރެވޭކަން ކަށަވަރު ކުރުމާއިއެކު، ޕްލާންޓް އެންޑް އެނިމަލް ކުރަންޓިން ޚިދުމަތް ދިވެހިރާއްޖޭގައި އިތުރަށް ފުޅާކޮށް ހަރުދަނާކުރުމަށްޓަކައި، ޤާނޫނާއި ޤަވާއިދަށް ގެންނަންޖެހޭ އިސްލާހުތައް ގެނައުމުގެ މަސައްކަތް، ކަމާބެހޭ މަސްލަޙަތު ވެރިންގެ ލަފަޔާއި އިރުޝާދާއިއެކު ކުރިއަށް ގެންދާނެކަމުގެ ޔަޤީންކަން ރައްޔިތުންނަށް މިފުރުޞަތުގައި އަރުވަމެވެ." ބަޔާނުގައި ބުނެފައި ވެއެވެ.

އަދި މިކަމާއި ގުޅިގެން ޤާނޫނާއި ޤަވާއިދާއި ޚިލާފަށް އަމަލުކޮށްފައިވާ އެންމެހާ ފަރާތްތަކާއިމެދު ޤާނޫނީ ފިޔަވަޅު އަޅާނެކަމުގެ ޔަޤީންކަން އަރުވާ ކަމަށް ވެސް ބަޔާނުގައި ބުނެފައި ވެއެވެ.

ބަޔާނުގައި އިތުރަށް ބުނީ މިފަދަ ކަންކަން މުސްތަޤްބަލުގައި ތަކުރާރުވިޔަ ނުދިނުމަށްޓަކައި ކުރެވޭނެ އެންމެ މުހިންމު ކަމަކީ، ދިވެހިރާއްޖެއަށް ދޫންޏާއި ދިރޭތަކެތި އެތެރެކުރާ ފަރާތްތަކުން އެކަމަށް ކަނޑައަޅާފައިވާ ޤާނޫނީ އިޖުރާޢަތްތަކާއި އެއްގޮތަށް އަމަލުކުރަމުން ގެންދިއުން ކަމަށްވާތީ، ރާއްޖެއަށް ދިރޭތަކެތި އެތެރެކުރާ ފަރާތްތަކުން، އެކަންކަމަށް ކަނޑައަޅާފައިވާ ޤާނޫނީ އިޖުރާޢަތްތަކާއި އެއްގޮތަށް އަމަލުކުރަމުން ގެންދިއުމަށް މިފުރުޞަތުގައި އިލްތިމާސްކުރާ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

24 ކޮމެންޓް

  1. އޭ އާރް

    އަމާ ކީތީވެ ފަރަށް ދާވާހަކަ ނުދައްކާ... މުސާރަ ނުދެނީތަ ނުވަތަ ގަދަކަމުން ވަޒީފާ އާއި ހަވާލު ކުރުވަނީތަ އަޅެ ދެން ފަހެ

    14
    • އޮޅޮ.

      މިހިރަ ވޭމަންޑޫ ފޮސްބޮތްބާ. ކަލޭ ލަދެއްނުގަނޭތަ ބަޔަކު ހޯބޯލަވާގަތީމަ ހިތާމަކުރަން. ކަލޭގެ ނަމުގެ ކުރިއަށް "ޑރ" ލާފަ އެވަނީ ކަލޭ އެހެންމީހުންގެ ސިކުނޑިން ވިސްނަންތަ.

      11
      1
  2. ސަލާމް

    އިޖްރާތް ހަމަނުކޮށް ބަންގާޅު މީހުންވެސް އުޅެނީ.
    އިންޑިއާ ސިފައިން ވިސާނެތި އައްޑުގައި ނުގޮސް ތިބީވެސް.
    ކޮންކަމެއް ކުރެވުނީ ؟

    22
  3. އަލީ ބުނީ

    އެހެންވިއްޔާ ގަވައިދާ ހިލާފައް ބަންގްލަދޭސް އިން އެތެރެކޮއްފަ ތިބި މީހުން ވެސް ނައްތާލަންވީ ނުން.

    27
    1
  4. އުގުރި

    ކުރެވޭ ހިތާމަ އަކުން އެ ދޫނިތަކުގެ ފުރާނަ އިއާދަ ނުކުރާނެ

    25
  5. ސާމަރާ

    ރޭޕްކޭސް ހިންދާލީ މަރުތަކުގެ މައްސަލަ ފޮރުވާ ފަސްއެޅީ ދައުލަތުގެ ރިޒާވް ދިރުވާލީ މުޅިގައުމާއި ރައްޔިތުން ބިކަކޮށް ވިއްކާލީ މިކަމާދެރަވަން. ވަރަށް ތާހިރެންނުން.

    14
  6. އެޖެންޑާ 19

    ކޮއްމެކަމެތްވެސްކޮއްފަ ތިހެންކަލޭމެންބުނާނެ މިހާރުގައުމުތައް ހިފުމާ ހަނގުރާމަކުރުމާ އަދި ނިޒާމުތަކާ ކުޅޭނީ ހަތިޔާރުއެޅި ބައްނޫން އެގައުމުތަކުގަ ތިބޭ އެޖެންޓުން ތައުލީމީ ނިޒާމު ތެރެއިން މިޑީއާ މެދުވެރިކޮއް ދޭމެސެޖް އާތްމުކުރާވީޑިއޯތައް އަވައްޓެރި ގައުމުތަކުން ވެސްފެއްނަނީ އެމަންޒަރު ތައުލީމު ހޯދުމައް ވަޒީފާގައުޅުމައް ދަތިވާ ފިއަވަޅުތައްއެޅުން ދީންތަކާގުޅޭގޮތުން ހުރިހާމިނިސްޓަރީ ތަކުން ކަމެއްކޮއްފަ ނިމުނީމަ ރޮއެހޭރެނީ ކޮއްމެފަހަރަކުވެސް ކޮވިޑް އިސްލާމް ފޮތުންވެސް މީއަރަތެއްބާ އެކަކުވެސްއިސްތިއުފާއެއްނުދޭމަގާމުން

  7. ވަހީދު

    އެމްޑީޕީ ވެރިކަމުގައި ނެތް ނަމަ މިހާރު އެމީހުން ކޮންމެ ދޫންޏަކަށް ސަންދޯކެއް ހަދާ އެހިފައިގެން މަގު މައްޗަށް ނިކުމެ ހުކުރު މިސްކިތް ކުރިމަތީ އަންނި އިމާމަކަށް ބަހައްޓާގެން ކަށުނަމާދުވެސް ކުރީސްކަންނޭގެ

    6
    3
  8. މުޙައްމަދު

    މޮޅު ވާހަކަ. ކޮށް ނިންމާފަ ހިތާމަ ކުރަނީ ކޮން ބައެއްގެ ލޮލުގަ އަނދުން އަޅުވަންތަ.

    19
  9. ކަކުނި

    ގޯސްކަމެއް ކުރެވުނުކަން ވިސްނެނީ ރައްޔިތުން ހޯބޯ ލަވައިގަތީމަ ދޯ..

    18
  10. ޢަލީ

    ހިތާމަ ކުރަންވީކީނޫން އިސްތިއުފާ ދޭންވީ، ފަހުން އެހެން މިނިސްޓަރުކަމެއް ދިނަސް ހެޔޮ މިހާރުން މިހާރަށް އިސްތިއުފާދޭންވީ، ހަސަނަކަށްނޭނގެ ވާއެއް ނުވާއެއް، ތިވަރުމީހުންނަށް ކޮން މިނިސްޓަރުކަމެއް ކުރެވޭނީ، ހިތާމަކޮށް މާފަށްއެދި ދެފައިގަ ހިފާ ބަދަލުދިނަކަސް ނުވާނެ އިސްތިއުފާ، ހަސަން އިސްތިއުފާ، ޙަސަން އިސްތިއުފާ،

  11. އާދަންބެ

    ކޮން ކޮހެއް ގޮވާކަށް. ސިއްހީގޮތުން މައްސަލައެއް ނެތްކަން އެނގޭ. ހަމަ ގަވައިދުގެ ފިއްޔަކާ ފުށޫއަރާތީ ސިއްހަތު ރަނގަޅު ދޫނިތަކެއް ކަލޭމެން މަރާލީ ހަމަ ނޭއްގާނީކަމުން. ނާތަހުޒީބު ބަޔަކީ ހަމަ. ވަލުޖަނަވާރުންވެސް ތިއަށްވުރެ ރަނގަޅުވާނެ. ކޮންމެސް މޮޅު ގާނޫނީ ވާހަކައެއް ދައްކާފަ ރައްޔިތުން ގުނބޯހެއްދޭތޯ ބަލާތި. ދޫނިމަރާ ސަރުކާރު.

  12. މިތުރާ

    ތީކީއްކުރާ ތަނެއްތަ؟ ޙިތެއްނެތް ބަޔެއް، އިސްތިޔުފާ،އިސްތިޔުފާ އިސްތިޔުފާ،🤔😭😭😭😭😭😭😭😭😭😭😭😭😭😭💔💔💔💔💔💔💔

    17
  13. ވައިކިންގ

    ޝަޓް އަޕް. ކީރިތި ﷲ ގެ ޙަޟްރަތުގައި ޒާތްޒާތުގެ ބަހަނާއެއް ނުދެއްކޭނެ. ތިޔަބައިމީހުން ކުރީ ޖާހިލިއްޔަ ޒަމާނުގައިވެސް މީހުން ނުކުރާކަހަލަ ނުބައިނުލަފާ ޢަމަލެއް. އެ ދޫނިތައް އޭގެ ވެރި ރަސްކަލާނގެ ޙަޟުރަތުގައި ޔަޤީނުންވެސް ޝަކުވާ ކުރާނެ. އެއީ އެންމެ މަތީ ދަރުބާރު. އެ ނުބައި ޢަމަލުގައި ބައިވެރިވީ އެންމެން އެކަން ދެކޭނެ.

    30
  14. ސޯޓުބެ

    މަރާފަ އަތުރާފަ ފޮޓޯނަގަން މިކަން ކުރިމީހުން އާއިލާ މީހުން ތިމާގެ މީހުން މަރުވީވަ މިހެން އަތުރާފަ ފޮޓޯނަގަންވީ

    17
  15. ަމަހާދޭވާ

    ވަޒީރު ކަލޭގެ އިސްތިއުފާ ދީފަ ވަރަށް ހިތާމަ ކުރަމޭ ބުނިނަމަ މާތާހިރު ވާނެ! ލަދު ހަޔާތް ކުޑަކަން!

  16. މުސްލިމް

    ހިތާމަ ކުރާކަން ވެސް ރައްޔިތުން ކައިރީ ބުނަން ޖެހޭ... ދެންމީ ކިހާ ދެރަކަމެއް 😠... ގިޔާމަތް ދުވަހު އެގޭނެ ހިތާމަ ކުރާ ގޮތް ހަމަ ރަގަޅަށް ވެސް...... އެކަމަކު ކަންކުރި ކުރިން އެއް ފަހަރު ވިސްނާލި ނަމަ... އެއީ ވެސް އަހަރުމެން އިންސާނުން ކަހަލަ ދުނިޔެއަށް މާތްﷲ ފޮނުއްވި މަޚުލޫޤެއް.... އަދިވެސް ބުނާނެ ހިތާމަ ކުރަމޭ

  17. ހުއްޓިކުއްޓި

    ތިމިނިސްޓްރީ ތީމީހުން ފެލާތަނެއް.ކަރަންޓީން ކުރާމުދާ ނައްތާލާއިރު ވެރިފަރާތައް ނޭގޭ.ހާއްސަކޮށް ރާއްޖެއެތެރެ ކުރާ ގަސް،ނައްތާލަނީ އެއްކަމެއް މިވެރިންގެ ގޭގޭގަ
    ޢިންދަނީއެއް ކަމެއް ނޭގެ. ަ ަ

    5
    1
  18. ޕެޓް ލަވަރ

    އައި ވިލް ނެވާރ ފޮގެޓް ޔޫ ***** !! ނައްތާ ލަން މަޖުބޫރުވާން ތީ މަސްތުވާތަކެތި ތަ؟ އަޖައިބެއް. ތިނޫން ގޮތަކަށް ތިކަން ނިންމުނީސް... ގަވައިދު ގާނޫނު ގިރާގެން ބޯންވީ އަމިއްލަ ފައިދާއަށް ކަމެއް ކުރަން ވީމަ. ތީ އަޅެ ކުށެއް ނެތް މައުސޫމް ލޯބި، އޮޅުވާ، ސްމާޓް ދޫނި ތަކެކޭ!! ބަޔަކު ކަމެއް ކުރި އޭ ކިޔާފަ ކަލޭމެން ނުޖެހޭ ދިރޭ އެއްޗިސް ގެ ފުރާނަ ދުއްވާލަން!! ޖަސް* *** !!

  19. ޚިޔާލު 2

    މަރާލުމަކީ ގެއްލުމެއް އެހެންވެސް ތަކެތި ގަވައިދާ ޚިލާފަށް އެތެރެކުރުމުން ނީލަމުގައި ވިއްކާލާ އެފައިސާ ދަވްލަތުން ހިގި ހަރަދަށް ނުވަތަ ޖޫރިމަނާ ގޮތުގައިނެގޭ މަދުވާނަމަ ދައުވާކޮށްގެންވެސް ފައިސާ ހޯދޭނެ. ތިކަމުގެ ނަތީޖާއަކީ ދަވްލަތުގެ ފައިސާއިންވެސް އެތެރެކުރިފަރާތަށް ވެސް ގެއްލުމާއި ނިކަމެތިކަން.
    ބޮލެއްވެސް ނެތް ބައެއްގެ ދަށުދަރަޖައިގެ އަމަލެއްނޫންތޯ.

  20. އެހއން

    އޭޖް ކަޓާފ ހުންނަ ވެހިކަލް ރަޖިސޓްރީ ކުރެވޭ އިތުރާތެއްނެތި. ކުޑަކުޑަ ދޫންޔެއް ވީމަ އިޖުރާތު ؟

  21. ދޫނި ބޭބެ

    ގެނޭ އެ ދޫނިތައް

  22. ޙސހެހެހ

    “ބަޔާނުގައި އިތުރަށް ބުނީ މިފަދަ ކަންކަން މުސްތަޤްބަލުގައި ތަކުރާރުވިޔަ ނުދިނުމަށްޓަކައި ކުރެވޭނެ އެންމެ މުހިންމު ކަމަކީ، ދިވެހިރާއްޖެއަށް ދޫންޏާއި ދިރޭތަކެތި އެތެރެކުރާ ފަރާތްތަކުން އެކަމަށް ކަނޑައަޅާފައިވާ ޤާނޫނީ އިޖުރާޢަތްތަކާއި އެއްގޮތަށް އަމަލުކުރަމުން ގެންދިއުން ކަމަށްވާތީ، ރާއްޖެއަށް ދިރޭތަކެތި އެތެރެކުރާ ފަރާތްތަކުން، އެކަންކަމަށް ކަނޑައަޅާފައިވާ ޤާނޫނީ އިޖުރާޢަތްތަކާއި އެއްގޮތަށް އަމަލުކުރަމުން ގެންދިއުމަށް” މިވާހަކަ މިއޮތީ މިތާ މަސައްކަތްކުރާ މީހުންގެ އެޓިޓިއުޑް ހުންނަ ގޮތަށް. ޤާނޫނާ ކޮމަން ސެންސާ ވަކިކުރަން ނޭގޭ ބައެއް.

  23. ލޫޒަރ ސަރުކާރު

    ގަވައިދަށް އުޅެން ދޭބަ ގެޔަށް. މައި ރެސްޕެކްޓް ޓު ޔޫ ސަރ އިޒް ޒީރޯ.. އެޔޮއް ލޯބި ދޫނިތައް. މީހަކު މަރާލަންވެސް ތި މީހުން ފަސްނުޖެހޭން!!