ރާއްޖޭއިން މަސް އެކްސްޕޯޓް ކުރަމުން ގެންދަނީ ޓަނަކުން 280 ޑޮލަރުގެ ގެއްލުމުގައި ކަމަށް ފިޝަރީޒް މިނިސްޓަރ ޑރ. ހުސެއިން ރަޝީދު ހަސަން ވިދާޅުވެއްޖެއެވެ.

މިފްކޯއިން އަލަށް ގެނައި ބޯޓުގެ އޮޕަރޭޝަން ރަސްމީކޮށް ފެށުމުގެ ގޮތުން ގދ.ފަރެސް މާތޮޑާގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ފިޝަރީޒް މިނިސްޓަރ ޑރ.ހުސެއިން ވިދާޅުވީ، މިހާރުވެސް މިފްކޯއިން މަސް އެކްސްޕޯޓުކުރަމުން ދަނީ ކޮންމެ ޓަނަކުން 280 ޑޮލަރު ގެއްލުމުގައި ކަމަށެވެ.

އެހެންކަމުން މަސްވެރިކަމަށް އޮތް އެންމެ ބޮޑު ހުރަހަކީ މަސްވެރިކަމަކީ ފައިދާވާ ވިޔަފާރިއެއްގެ ގޮތުގައި ހިންގުން ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

"ބެންކޮކަށް ގޮސް ވިއްކޭ އިރުގައި، ޑެލިވަރީ ކޯސްޓު އާއި ހުރިހާ ހަރަދެއް ލައިގެން އަރާ 1800 ޑޮލަރުވަރު، ބެންކޮކުން ފްރީޒްކޮށްފައި ހުންނަ މަސް ގަންނަނީ އެއަށްވުރެ ދަށް އަގެއްގައި، އެހެންވީމަ ގެއްލުންވާނެ އެއް ނޫންތޯ، އެކަން ކުރަން ޖެހޭ" މިނިސްޓަރ ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވި ގޮތުގައި މަސްވެރިކަމުން ފައިދާއެއް ނުލިބުނަސް މިކަން ހުއްޓާލެވެން ނެތެވެ. ގެއްލުމުގައިވެސް މިކަން ކުރަމުން ގެންދަނީ އިތުރު އޮޕްޝަނެއް ނެތުމުން ކަމަށް މިނިސްޓަރ ފާހަނގަކޮށްލިއެވެ.

މީގެއިތުރުން 17،000 މަސްވެރިން ތިބެފައި 600 އަށްވުރެ ގިނަ މަސްވެރި އުޅަނދު ރަޖިސްޓްރީކޮށް ލައިސަންސް ނަގައިގެން މަހަށްދާއިރު، މަސް ބޭރުކޮށްގެން ގެއްލުންވަމުން އައި ނަމަވެސް، އެއީ ހުއްޓާލެވޭ ވަރުގެ ކަމެއް ނޫން ކަމަށާއި ސަރުކާރުން އެކަން ކުރަނީ މަސްވެރިންނާއި މަސްވެރިންގެ އާއިލާތަކުގެ ހައްގުގައި ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

މި ވިޔަފާރިއަކީ ފައިދާވާ ވިޔަފާރިއަކަށް މި ސަރުކާރުން ހަދާނެ ކަމަށާއި، މަހުގެ އަގު މަތި ކުރުމަށް ކުރެވިދާނެ ކަންތައްތައްވެސް އެބަހުރި ކަމަށެވެސް މިނިސްޓަރ ވިދާޅުވިއެވެ. އެގޮތުން މަސް ކުނި ނުވެ ތާޒާކޮށް ބަހައްޓަން މަސްވެރިން ސަމާލުކަންދޭން ޖެހޭ ކަމަށް މިނިސްޓަރ ވަނީ ވިދާޅުވެފައެވެ.

"މަސް ކުނިވީމައި، މަހަކަށް ރަނގަޅު އަގެއް ނުލިބޭނެ، މަސް ފިނިކޮށް ތާޒާކޮށް ބަހައްޓަން ސަމާލުކަން ދޭން ޖެހޭ،" މިނިސްޓަރ ވިދާޅުވިއެވެ.

މިނިސްޓަރ ވިދާޅުވީ މަސް ދޯނިތަކުގައި މަސް ފިނިކުރާ ނިޒާމްތައް ގާއިމްކުރުމަށް ލޯންތައް ދޫކުރުމަށް ނިންމާފައިވީ ނަމަވެސް އެލޯނަށް މަސްވެރިންގެ މާބޮޑު ތަރުހީބެއް އެއަށް ނުލިބޭ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

7 ކޮމެންޓް

  1. ލޮލް

    އެކަމް މިއަހަރައް ވުރެ ފައިދާވި އަހަރެއްނެތޯ 😂

    4
    1
  2. ހުސޭނުބޭ

    ބޮޑު ދޮގެއް ތިއީ. ކުންފުނީގެ ބޮޑެއްގެ ޖީބަށް ލާރިކޮޅު ކަހާލަނީ. މީގެ ކުރިންވެސް ތިގޮތަށް މަސް އެކްސްޕޯޓްކޮށްގެން ކުންފުންޏަށް ވަރަށް ގެއްލުވިކަމަށް ވަނީ. 400 ޓަނު ބޯޓަށް އެރުވިކަމަށް ރެކޯޑްކުރާއިރު 1000 ޓަނު މަސް ގެންދޭ. އެ ބުނާ 400 ޓަނު ކުންފުނީގެ ނަމުގައި ކިރާލާއިރު އަނެއް 600 ޓަނު ކުންފުނީގެ ބޮޑުން ނާ ގުޅިފައިވާ އެޖެންޓުންނަށް ކިރާލަނީ.

  3. ކޮރުލިޝަން

    މިއީ ފައިދާވާ ވިޔަފާރިއަކަށް ހަދާނަމޭ މިނިސްޓަރު ބުނާއިރު ދައުރުގަ ބާކީ އޮތީ ދެ ދުވަހާއި ފަޅިއެއް. ރައްޔިތުންގެ ޖީބަށް ޑޮލަރާއި ޕައުންޑު ލާނަމޭ ކިޔައިގެން އައި ކޯލިޝަން ރާއްޖެ ބަނގުރޫޓު ކޮށްފި

    7
    1
  4. ދިވެހި ރައްޔިތެއް

    ޕްރައިވެޓް ކުންފުނިތަކަށް ފިނިކުރި މަސްވިއްކައިގެން ފައިދާވޭ އެކަމަކަު މިފްކޯއަށް ފައިދާ ނުޥޭ. މީ އަރަތެއް.

  5. ކޮރަލް

    އެތެރޭގެ ބޭކާރު ހަރަދު ތައް ބޮޑީ އެވެ. އިސްތިއުފާ ދީފަ އެހެން މީހަކާ ހަވާލު ކޮށް ބަލާށެވެ.

  6. އަޙުމަދު

    އޮނަރަބަލް މިނިސްޓަރު ކަނޑުމަސް ފައިދާ ލިބޭގޮތަށް ވިއްކޭނެގޮތް ކިޔާ ދެއްވާފައި ފައިދާ ވާގޮތަށް މަސްވެރިކަން ކުރެވޭނެ ގޮތްތައް ވިދާޅުވެ ދެއްވަންވީ ނޫންތޯއެވެ. 2018 އިންތިހާބުގައި ބައެއްފަރާތްތަކުން ކަނޑުގައި ޕްލެޓްފޯމް އަޅާނެ ކަމަށް ވިދާޅުވެ ޔޫރަޕުގެ މާރކެޓް ތަކަށް މަސް އެކްސްޕޯޓް ކުރެވޭނެ ކަމަށް ވިދާޅުވި، 4 ނިމުނު އިރު ޔޫރަޕުގެ އެއްވެސް ދިމާލަކުން ދިވެހި މަސް ގަތުމަށް މަގެއް ފަހިނުވި ނޫންތޯއެވެ. މޮރިޝަސްގެ ކަނޑު ގައުމުތަކަށް ކުއްޔަށް ދީގެން ދާ ޖަހައިގެން މަސް ހިފައިގެން ބޮޑު އަގުގައި ޔޫރަޕުގެ މާރކެޓް ތަކަށް ަ. އެކްސްޕޯޓް ކުރަމުން އެދަނީ. ވީމާ ދިވެހިން ދޮށި އަޅައިގެން މަސްބޭނުމުގެ ބަދަލުގައި ދާ ޖަހައިގެން މަސް ހިފަން ވިސްނަންޖެހޭ މިހާރު.

  7. އަހުމަދު

    ވާވާ. ބިގް ފިޝް ކަހަލަ ކުދި ކުންފުނި ތަކުން ފައިދާ ވެ އެތައް ޕްރޮޕޮޓީ އެއް ހޯދި އިރު މުޅި ގައުމު ދީގެން އޮތް މިފްކޯ ގެއްލުމުގައި ވިޔަފާރި ކުރާތީ ވިޔަފާރި ކުރަން އެނގޭ ބަޔަކު ތިތަނަށް ހޯދަން ވެއްޖެ ހެން ހީވަނީ. ވަކި ފިކުރަކަށް ތާއީދު ކުރާތީ މި ސަރުކާރުގެ ތާއީދު ކުޑަ ކުރަން މަސައްކަތް ކުރާ ކަމަށް ފާހަގަ ވެ

    1
    1