ބޮޑު ލޯނެއް ނަގައިގެން ސަރުކާރުގެ މަސްކުންފުނި މިފްކޯއިން ގެނައި އާ ބޯޓު "ޖަޒީރާ 103" ގެ ހާލަތު ވަރަށް ދެރަކަން ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް އާއްމު ކުރެއްވި ފޮޓޯތަކަކާއި ވީޑިއޯތަކަކުން ކަށަވަރު ކުރެވިއްޖެއެވެ.

އެ ބޯޓުގެ ހާލަތު ދައްކުވައިދޭ ފޮޓޯ އާއި ވީޑިއާ ހިއްސާކޮށް ޝިޔާމް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އެތައް މިލިޔަން ޑޮލަރެއް ލޯނުގެ ގޮތުގައި ނަގައިގެން އާ ބޯޓެއްކަމަށް ބުނެ ގެނައި ބޯޓު މި މަހުގެ 18 ވަނަ ދުވަހު މަސްކިރަން ފުރަތަމަ ފަހަރަށް ފެށި އިރު ބޯޓުގެ ހާލަތު އޮތީ ވަރަށް ދަށްކޮށް ކަމަށެވެ.

އެ ބޯޓުން ވިއްސަކަށް ޓަނު ކިރާފައި ޖެހުނީ ހުއްޓާލަންކަން ޝިޔާމް ފާހަގަ ކުރެއްވިއެވެ.

ޝިޔާމް ޓްވީޓް ކުރައްވާފައިވާ ފޮޓޯ އާއި ވީޑިއޯއިން ފެންނަ ގޮތުގައި އެ ބޯޓުގައި ހުރީ ވަރަށް ބޮޑަށް ދަބަރު ޖަހާފަ އެވެ. ވީޑިއޯތަކާއި ފޮޓޯތަކުން އެނގޭ ގޮތުގައި މިފްކޯގެ ބޯޓު އޮތީ ބޮޑު މަރާމާތަކަށް ބޭނުން ވެފައެވެ.

މިފްކޯގެ އާ ބޯޓަކީ މި އަހަރުގެ އޭޕްރިލް މަހުގެ ތެރޭގައި ކޮރެއާގެ ޑޮކްޔާޑަކުން ރާއްޖެއަށް ގެނެސްފައިވާ ބޯޓެކެވެ. މިފްކޯގެ “ޖަޒީރާ 103” ބޯޓު ރަސްމީ ގޮތުން ބޭނުންކުރަން ފަށާފައިވަނީ މި މަހުގެ 18 ވަނަ ދުވަހުގަ އެވެ. އެ ބޯޓުގައި 120 ޓަނުގެ މަސް ފިނިކޮށް ބެހެއްޓޭނެ އެވެ. އަދި 420 ޓަނުގެ މަސް ރައްކާކޮށްފައި އެ ބޯޓުގައި ބެހެއްޓޭނެ އެވެ.

ޝިޔާމްގެ ޓްވީޓާއި ގުޅިގެން "ވަގުތުން" ކޮމެންޓެއް ހޯދުމަށް މިފްކޯގެ މެނޭޖިން ޑިރެކްޓަރު އިސްމާއިލް ފައުޒީއަށް މެސެޖް ކުރުމުން މެސެޖް ބެލުމަށްފަހު އެއްވެސް ރިޕްލައިއެއް ކޮށްފައެއް ނުވެއެވެ.

މިފްކޯ އިން މަސް ބޯޓެއް ގަތީ ބަޔަކު "ބޮޑު ކަޓެއް" ނަގައިގެން ކަމަށް ބުނެ މީގެ ކުރިން ވެސް މީސް މީޑިއާގައި އެކި ފަރާތްތަކުން މިފްކޯގެ ވެރިންނަށް ތުހުމަތުތައް ކޮށްފައި ހުއްޓެވެ.

ކިޔުންތެރިންގެ ހިޔާލު

28 ކޮމެންޓް

  1. ރާފިޔު

    ހިންނަވަރު އިބްރާހިމްއަށްތި ދައްކަބަލަ.

    43
    1
  2. ފަހަރިކަލޭގެ

    އަބަދުވެސް ތިޔަ މިފްކޯއަކީ އާ ބޯޓޭ ކިޔައިގެން ބެންކޮކުން ބާދަބަރު ބޯޓު ގަންނަ ބައެއް. އެބައި ދާނީ ޖީބަށް! ތީ މިފްކޯގެ ބޮޑު ސިއްރު!

    45
    • ށޫޟާ

      މިފްކޯ އެއްނުން. ސަރުކާރުން ކުރި ވައްކަމެއްމީ.. މިފްކޯ ބޮލަށް ކަނޑާލައިގެން ނިންމައެއް ނުލެވޭނެ!!

      12
  3. ާަމަރީ

    ފުރަތަމަ ދުވަހުވެސް ބަނޑުފިލާ ގަނޑު ދިޔައީ..

    39
  4. ކަރާ މޯލަޑިވްސް

    ނޫނޭ ދިޔައީކީ ވައްކަމެއް ނޫން. އިޔަކަށް ނުކިޔާނެ ވައްކަމެކޭ

    30
    1
  5. އައިމަން

    އައު ބޯޓެއް މަހާ ޖައްރާފާއަކީ

    34
    • އައިމަން

      ޙަމަ ވެދާނެދޯ؟ ޚީއްކުރާނީ وآلله اعلم

  6. ސައްޕު

    ސިޔާސީ މީހުންނަކީ ދޮގުހަދަން ތިބޭބައެއް. އެމީހުންގެ ދޮގުތައް ފަތުރައިދެނީ ނޫސްވެރިން. ރައްޔިތުންނަށް އޮތްގޮތަކީ އެމީހަކު ގަބޫލުކުރަން ބޭނުންގޮތެއް ގަބޫލުކުރުން. ދޮގެއްކަމަށް ގަބޫލުކުރާ މީހުންނާއި ތެދެއްކަމަށް ގަބޫލުކުރާމީހުންވެސް އުޅޭނެ.

    22
    3
    • ކުންބެ

      2005ގަބަދެފައިންބޯޓެއްއެއީ

      3
      1
  7. މަތިމަތިން

    މިފްކޯއަކީ އަންޒަމާނުއްސުރެ އޭރަކު އެތަނުގެ ކަންކަމާ ހަވާލުވެގެން ތިބޭ ބަޔަކު ނަފާ ހޯދަން އޮތް ކުންފުންޏެއް. އިލްޔާސް އިބްރާހީމާއި ސަޓޯގެ މަޝްހޫރު އެފްޕީއައިޑީގެ މައްސަލަ، ލޮލީ ޖާބިރުގެ ޗެއަރމަންކަމުގައި ކޫއްޑޫ ތިޖޫރީގައި ފައިސާ ހުސްވެފައި ކަރުދާސް ހުރި މައްސަލަ ފަދަ އެތައް ކަމެއް އޮތް ކުންފުންޏެއް. އަތުގައި މާކަ ބޮޑު އެއްޗެއް ނެތް ބައެއް މީހުން ތިޔަ ކުންފުނީގެ ވެރިއަކަށް ދުވަސްކޮޅަކު ހުރެފައި ނަސަންދުރައިން ފްލެޓް ގަނެފައިވެސް އެބަހުރި. މިފަހަރު ތިއޮތީ ބޯޓެއްގެ މައްސަލަ. މިހެން ހުންނަ މައްސަލަތައް ބަލަން އެންކްއެރީ ކޮމިޝަން ހަދައިގެން އެހާވަރަށް ޚަރަދުކުރޭ. ދުވަހަކުވެސް ދައުލަތަކަށް ހޯދުނު އެއްޗެއް އަދި ކުންފުންޏަށް ލިބުނު ފައިދާއެއް ނެތް.

    22
  8. ހަސަނު

    އެއް ނޭވާއިން ލާރިގަނޑު ދަވާލީ

    27
  9. ކަރުންވ

    ތިވާނީ އޮޅުމަކަށް އެ ބޯޓް އެއީ ބަނދެ ބޭލި އިރު ހަމަ އާބޯޓެއް ދެން ދުވަސްވީމައި ވެދާނެތާ ތިވަރުގެ ކަމެއް .. ހަހަހަ

    29
    • އައިމަން

      ޙަމަ ވެދާނެދޯ؟ ޚީއްކުރާނީ وآلله اعلم

  10. ކައުންސެލަރު

    މަހާ ޖައްރާފު ގެނައިމާ ހަޖަމު ނުވެގެން ބުނީ ބާ ދަބަރު ގަނޑެކޭ. ކީއްކުރާ އެއްޗެއްހޭ. އެއިން ކުރެވޭ ކުރާ ބޭނުން އެބަފެނޭނު. ކަމެޕޭނަށް އެންމެ ބޮޑު ފައިދާއެއް މިސަރުކާރަށް ކުރަނީ އެއިން. މިސަރުކާރުން އެއާޕޯރޓެއް އެޅިއްޔާ އަޅާފައޮތީ މަހާޖައްރާފުން ވެލިއަޅާ ހިއްކައިގެން. އެމްތީސީސީއަށް ރެކޯރޑް ފައިދާ ލިބިފައޮތީ މަހާ ޖައްރާފު މަސައްކަތް ފެށިފަހުން. ރަށްރަށުގެ ބިންހިއްކަން މަހާޖައްރާފުވަރުގެ އަނެއް ބޯޓެއް މިސަރުކާރަކަށް ނުގެނެވުނު. މަހާ ޖައްރާފު މަސައްކަތް ފަށައިގެން އަދިއަދަށް ދާންދެންވެސް މަސައްކަތުގައި އެއްވެސް މައްސަލައެއްނުޖެހި މިއަދާހަމައަށް ވާސިލުވީ ޖަޒީރާ 103 ކަހަލަ ދަބަރު ގުޅައަކަށްނުވީމާ ގެޓްވެބަލަ. މިހިރީ ރައްޔިތުންނަށް ހެޔޮވެރިކަމޭ ކިޔާ އަނގަހުޅުވާލީމާ އެއަށްހެއްލި ގެއްލެނީ އަމިއްލަ ސިކުނޑިއަށް އަމިއްލައަށް ޗިޕުޖެހިގެން ތިބިތަންދޮރުނުދަންނަ ބތ އިން. ވައިތް ކޮލާސްގަ ތިބިމީހުން ކަނޑުކޮހުން ހައްދާފައި ކާވަރުން ކަނީ. ކޮހުން ތިބޭ އަދިވެސް ބާދަބަރުގުޅަ އެތެރެކުރާމީހުންނަށް ވޯޓުދޭން ދެބަންދިހާރުގަ

    45
    1
  11. ކޮވިޑް

    ތީ ކެމެރާގެ ކޮލެޓީ ދައްވީމަ ފެންނަ ގޮތް .މިސަރުކާރުން ވަރަށް ބާދަނގަޑަށް ލޯބި ކުރާނެ.

    6
    1
  12. އިލޫލާ

    ހުސް ކޮރަޕްޝަން ބައިއެޅުން މިނޫން ކަމެއް ނެތް!

  13. މަންކީ

    ރޯމާދުވާލު ވައްކަން ކުރުމުގަ ވައްކަންތަކުގަ މަތިއަޅާ ސޯލިހު ޕްރޮމޯޓްކުރަން 3 ސޭހަކު ލާރިބެހުމު ލޮލް

  14. ހުސޭނުބޭ

    އެކަމަކު އާބޯޓެއްގެ ލާރި މިފްކޯގެ ވެރިން އެތިބީ ބަނޑުއަޅައިގެން

  15. ސަރަފަކައްދަ

    ރައްޔިތުންގެ ޓެކްސް ފައިސާ އިން މިފަދަ ބޭކާރު ޙަރަދު ތައް ކުރާ އިރު ކޮބާތޯ ރައްޔިތުން ހޮވާފައި ތިބޭ މެމްބަރުންތައް. އެވެރިންގެ ހާލަތަކީވެސް ހަމަ މިއީތޯ! ރައްޔިތުންނޭވެ. ދެން އޮންނަ މަޖިލިހަށް މީގެ އެއްވެސް މެމްބަރެއް ނުހޮވުމަށް ނިޔަށްގަނެ ސިއްކަ ޖަހައިގެން ތިބެމާ.

  16. ސަލާމް

    މަހާޖައްރާފް އެއަރޕޯޓް ފެނަކަ ވެމްކޯ މިހެންގޮސ ދިގުކުރާކައް ލިޔާނެކަމެއްނެތް މިއީކުރީސަރުކާރުގެ ރައީސް ޔާމީންގެ މިންނެތް މަސައްކަތް މިކަންކަމައް ހެކިވާނެ މިސަރުކާރުވެސް ކޮބާތަ މިސަރުކާރުގެ މޮޅުކަމެއް މިސރުކާރުގެ މޮޅުކަމަކީ އަތުޖެހުނުގޮތަކައް ވަގއްކެއުން ފަސ އަނހަރުވަނީ ކުރެވުނު އެއްވެސް އާރުލާކަމެއްނެތް

  17. އައިމަން

    މިހާރުވެސް މަހާ ޖައްރާފާ ހަމަ ހީވަނީ އާބޯޓެއްހެން ތިލަފުއްޓައް އެއްލާލިޔަސް

  18. ސަމީރު

    ތިބޯޓު ތައް ރާއްޖެ އައި މަގުމަތީ ހިފެއްޓިީ ބައިނަލް އަގުވާމީ ކަނޑު ތަކުގަ ދުއްވޭ މިންގަޑަށް ނުފެތި އޮތީމަ، އެގައުމުން ބޯޓު ތައް ދޫކޮއްލީ ބޮޑު ޖޫރިމަނާ އެއްވެސް ކޮއްފަ، ފޮރިން މިނިސްޓްރީ އަށް އިންގޭނެ އެކަން، ހީވާ ގޮތުން ހަސްން ކުރުސީ ވ އަވަހަށް ފައިން ކުރި ޑޮކިއުމެންޓްސް ތައް ލީކް ކުރާނެ!!! ޔާމިން ބޮލުގަ ވައްކަން އަޅުވައިގެ ވެރިކަމައް ގެނެވުނީ 5މާމުލު 5ވަގުންގެ ތެރެއިން ވެސް މައި ވަގު ކަލޭގެ!! ރައްޔިތުން ވިސްނަވާ މީ ސަރުކާރުން ކުރާ ބޮޑެތި ވައްކަންތަށް!!

  19. އަހްމަދު

    120 ޓަނޭ ތިކިޔަނީ ފުރަތަމަ ދުވަހުވެސް ކިރުނީ ކިރިޔާ 90 ޓަނު ، ރައްކާކުރެވެނީ 220 ޓަނު ، މިހށރުކިރެނީ 15 ޓަނު

  20. ކުންބެ

    ތީ 2005ގަ ބަދެފައިންބޯޓެއް
    އާބޯޓެކޭ ކިއީމަ ލަދުގަނޭ
    ތީތި ލާރިގަޱުަނީ ކާލާފަ

  21. ޓަކަނޭ ޕްރޯ

    މިފްކޯ އަކީ ޖަޕާން މީހުން ގެންގުޅުނު ހޯކޯމާރު ބޯޓުތައް ފެލިވަރަށް ދީފާ މަސް ފެކްޓްރީ އެއްވެސް ޖަޕާނުން އަޅައިދީފަަ ހިލޭ ސަރުކާރަށް ދިން ކުންފުންޏެއް. އެކި ސަރުކާރުތަކުގައި އެކި ނަންނަމުގައި ސިޔާސީވެރިން ކިރުފެލަން ގެންގުޅޭ ގެރިއެއް މިއަދު އެ ކުންފުންޏަށް ކިއަނީ މިފްކޯ ދެން އަންނަ ސަރުކާރަކުން ސިފްކޯ ކިޔާފަ މިލިއަނުން ދަވާލާނެ . މަސްވެރިންނަށް ހުރިހާ ގެއްލުމެއް . ގއ ތިނަދޫ މީހުން ހެދިހެން އައިސް ޕްލާންޓް ތަކުގައި ތަޅުއަޅުވާފަ މޫދަށް ތަޅުދަނޑި އެއްލަންވީ ކޮންމެ ރަށަކުންވެސް

  22. އަސް

    ކިހިނެއް އެގެނީ އެ ފޮޓޯތަކަކީ މިފްކޯ ބޯޓްގެ އެތެރޭގެ ފޮޓޯކަމެއް.

    2
    2
  23. ދިރާސާ

    މިފްކޯ އަކީ ތިބާވަތުގެ ޖަރީމާތަކަށް ވަރަށް ފަރިތަ ކުންފުންޏެއް.. މިހާރުރުވެސް ކޯޓުތަކުގައި އެހިނގަނީ ހިންގާފައިހުރި ތިބާވަތުގެ ޖަރީމާގެ މައްސަލަތައް. ސިވިލް ކޯޓުގެ މާދަމާގެ ޝަރީއަތް ޝެޑިއުލް ބަލާލީމައި އެކަން އެނގޭނެ.

  24. ާއަލިބެ

    ހުސް ވަގުން.