މަސްވެރިކަމަށް ދޫކޮށްފައިވާ ތ.ފުނައްޑޫ އޮޕަރޭޝަނަށް ގެނެސް އެތަން ހިންގުުމަށް ސަރުކާރުގެ މަސް ކުންފުނި މިފްކޯ އާއި ހަވާލުކޮށްފިއެވެ.

ފުނައްޑޫ އޮޕަރޭޝަނަށް ގެނެސް އެތަން ހިންގުމަށް މިފްކޯ އާއި ހަވާލު ކުރުމުގެ ރަސްމިއްޔާތުގައި މިފްކޯގެ މެނޭޖިން ޑިރެކްޓަރު އިސްމާއިލް ފައުޒީ ވިދާޅުވީ، ފުނައްޑޫ އޮޕަރޭޝަނަށް ގެނައުމަށްޓަކައި ބޮޑެތި މަސައްކަތްތަކެއް ކުރަން އެބަހުރި ކަމަށާއި އެކަމަށް ކުރަން ޖެހޭ މަސައްކަތްތައްކަށް ބޭނުންވާ ތަކެތި ލިބުނުހާ އަވަހަކަށް އެ ތަނުގެ މަސައްކަތް ފަށާނެ ކަމަށެވެ.

އެގޮތުން މަސްގަނެ ރައްކާކުރާނެ ގޮތާއި މަސް އެކްސްޕޯޓް ކުރުމުގެ މަސައްކަތަށް ބޭނުންވާ ތަކެތި ހޯދަން ޖެހޭނެ ކަމަށް މިނިސްޓްރީން ވަނީ ބުނެފައެވެ.

 

މީގެއިތުރުން މިފްކޯއިން ބުނާގޮތުގައި އެރަށް އޮޕަރޭޝަނަށް ގެންނަން 236 މިލިޔަން ރުފިޔާގެ އިންވެސްޓްމެންޓެއް ކުރަން ޖެހޭނެއެވެ. އެގޮތުން ރަށުގެ ތަންތަން މަރާމާތުކޮށް، ބޭނުންވާ ވަސީލަތްތައް ޤާއިމްކުރުމަށް 90 މިލިއަން ރުފިޔާ ޚަރަދުވާނެ ކަމަށާއި ފުނައްޑޫ ބަނދަރު މަސްގަނެވޭ ފެންވަރަށް ތަރައްޤީކުރުމަށް 146 މިލިއަން ރުފިޔާ ވެސް ހަރަދުވާނެ ކަމަށް މިފްކޯއިން ވަނީ ބުނެފައެވެ.

ސަރުކާރުން އެރަށް މިފްކޯއަށް ދީފައިވަނީ ކުއްޔަށެވެ.

މީގެކުރިން ވެސް ފުނައްޑޫ އޮޕަރޭޝަނަށް ގެނެސް އެތަން ހިންގުމަށް ވަނީ ބަޔަކާ ހަވާލުކޮށްފައެވެ. އެގޮތުން 2014 ވަނަ އަހަރު އަމިއްލަ ފަރާތަކުން ފުނައްޑޫ އޮޕަރޭޝަނަށް ގެނެސް، މަސްގަނެ އެތަނުގައި އެކްސްޕޯޓްކުރިއެވެ. ނަމަވެސް ރަށް ތަރައްގީކުރަން ނެގި ލޯނެއް ނުދައްކައިގެން ޖެހުނު މައްސަލަތަކެއްގައި ރަށުގައި ކުރަމުން އައި މަސްވެރިކަމާއި ގުޅޭ މަސައްކަތްތަކެއް އޮތީ ހުއްޓިފައެވެ.

އެކުންފުނިން އެ ލޯނު ނުދެއްކުމާއި ގުޅިގެން ސަރުކާރުން ވަނީ އެރަށް އެމީހުންގެ އަތުން ނަގާފައެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. މާމީ

    ލޯނު ދޯ ލޯނު ދެނީ ކޮންބައެއް....

    3
    1
  2. ާަމަރީ

    ތިދިޔައީ ދުވަސް..

    1
    1
  3. ޓުހޫ

    ޝުކުރިއްޔާ މެމްބަރު ޢަބްދުﷲ ރިޔާޒު..ވަކާލާތު ކުރާކަަމަށްޓަކައި އަދި ރާއްޖޭގެ ރައީސްއަށް ވެސް..ތ.އަތޮޅު ޕްރޮޖެކްޓްތައް ކުރިޔަށްދާގޮތް ގާތުން ބަލަމުން މިދަނީ... ކުރިޔަށް ނުދާނަމަ ވޯޓު ދެވެން ނެތް.. އާތަޖުރިބާ އަކާއި ދިމާލަށް ދާނީ

  4. އާދަނާ

    މިއޮތީވާ ދަރުކާރެއް، ވެރިކަމަށް އަރާއެންމެ ފުރަތަމަވެސް މަސްކިލޯއަކުން 8 ރުފިޔާދައްކޮށްލި، މިހާރުމިބުނަނީ ގެއްލުންކޮށް މަސްބޭރުކުރާވާހަކަ!!! ރައްޔިތުމީހަޔަށް ވިއްކާ މަސްދަޅެއްގަ އޮންނަނީ ކުޑަމަސްފޮއްޗެއް، އޭތިމިވިއްކަނީ 18 ނޫނީ 20 ރުފިޔައަށް، ދެންހިސާބުޖަހާލާ ރައްޔިތުން!! ނުވަންނާ ފައިބާ ވެރިކަމުން، ތިކަންވާނެމީހަކާ ހަވާލުކޮށްފަ!!!