ބަރުލަމާނީ ނިޒާމަކަށް ބަދަލު ކުރަން އެއްބަސްނުވެވޭނަމަ، 30 އިންސައްތަ ވޯޓުން ރައީސް އިންތިޚާބު ކުރެވޭ ގޮތަށް ގާނޫނު އަސާސީ އިސްލާހު ކުރަން ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ހުށަހަޅުއްވައިފިއެވެ.

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ ހިމެނޭހެން އެ ޕާޓީގެ އެތެރޭގެ ފަސް އިންތިޚާބެއްގެ ތާރީޚު ކަނޑައަޅަން މިރޭ 8:30 އަށް ޕާޓީގެ ގައުމީ މަޖިލީހުގެ ޖަލްސާއެއް ތާވަލުކޮށްފައިވަނިކޮށް ނަޝީދު ވަނީ ގައުމީ މަޖިލީހަށް މިރޭގެ ޖަލްސާއަށް އިތުރު ކަމެއް ހުށަހަޅުއްވައިފައެވެ.

އެ ކަމަކީ، ޕްރައިމަރީގެ ތާރީޚަކީ މި އަހަރުގެ އޮކްޓޯބަރު މަސް ކަމަށް ކަނޑައެޅުމަށާއި، އޭގެ ކުރިން ގާނޫނު އަސާސީއަށް އިސްލާހު ގެންނަން ޖެހޭ ކަންކަމަކާއި މެދު އެމްޑީޕީން ގޮތެއް ނިންމުމަށް އެ ޕާޓީގެ ކޮންގްރެސްއެއް ބޭއްވުމެވެ.

މީގެ ތެރެއިން މައިގަނޑު ކަމަކަށް ނަޝީދު ހުށަހަޅުއްވައި ވެރިކަން ކުރާ ނިޒާމުގެ ފެންނަ ނުފެންނަ ވޯޓެއް ބޭއްވުމަށެވެ. ނަޝީދު މަސައްކަތް ކުރައްވަމުން ގެންދަވަނީ ބަރުލަމާނީ ނިޒާމަކަށް ވެރިކަން ކުރުމުގެ ނިޒާމު ބަދަލު ކުރެއްވުމަށެވެ.

އެ ގޮތަށް އެއްބަސްނުވެވޭނަމަ ރިޔާސީ ނިޒާމުގައި ވެސް ކޯލިޝަނެއް ނެތި އެމްޑީޕީއަށް ވެރިކަމަށް އާދެވޭނެ ގޮތަކަށް ނިޒާމު ބަދަލު ކުރަން ނަޝީދު ހުށަހަޅުއްވައެވެ. މި ގޮތުން 50 އިންސައްތަ ވޯޓުގެ ބަދަލުގައި 30 އިންސައްތަ ވޯޓުން ވެރިކަމަށް އާދެވޭ ގޮތަށް ގާނޫނު އަސާސީ ބަދަލު ކުރަން ހިމަނާފައިވެއެވެ.

އެމްޑީޕީގެ ގައުމީ މަޖިލީހުގެ މެންބަރުންނަށް ރައީސް ނަޝީދު ފޮނުއްވި ލިޔުމުގައި އެމަނިކުފާނު ހުށަހަޅުއްވާފައި ވަނީ، މި އަހަރުގެ ޖޫން މަހު އެ ކަންކަމާއި މެދު އެމްޑީޕީން ގޮތެއް ކަނޑައެޅުމަށް ޓަކައި އެ ޕާޓީގެ ކޮންގްރެސްއެއް ބޭއްވުމަށެވެ.

30 އިންސައްތަ ވޯޓުން ވެރިކަމަށް އާދެވޭ ގޮތަށް ހަދަން ނަޝީދު ހުށަހެޅުއްވިއިރު، ދާދި ފަހުން ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަންގައި ތިން ސިޔާސީ ޕާޓީއެއް ވާދަކޮށްގެން އެމްޑީޕީއަށް 48 އިންސައްތަ ލިބިގެން ކާމިޔާބުވުމުން ނަޝީދު ކަންބޮޑުވުން ފާޅުކުރައްވާފައިވެއެވެ.

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވާނެ ކަމަށް މިހާތަނަށް އިއުލާން ކުރެއްވީ ވެސް އެ ޕާޓީގެ ފުރަތަމަ ސަރުކާރުގެ ރައީސް ކަން ކުރެއްވި ނަޝީދު އެކައުންޏެވެ. ނަމަވެސް ރައީސް އިބްރާހީމް މުހައްމަދު ސޯލިހް ވެސް ވާދަކުރައްވާނެ ކަމަށް އެމަނިކުފާނުގެ ބައެއް އަރިސް ބޭފުޅުން ވިދާޅުވަމުން އެބަ ގެންދަވައެވެ.

ރިޔާސީ ޕްރައިމަރީގައި ވާދަކުރެއްވުމުގެ ޝައުގުވެރިކަން ހުންނެވި ނަމަވެސް އެއަށް ވުރެ ބޮޑަށް ބަރުލަމާނީ ނިޒާމަކަށް ވެރިކަން ކުރުމުގެ ނިޒާމު ބަދަލު ކުރުމުގެ ޝައުގުވެރިކަން ހުންނެވި ކަމަށް ނަޝީދު ވިދާޅުވެފައިވެއެވެ. އެ ކަމަށް ގޮވާލާ ޕެޓިޝަނެއްގެ މަސައްކަތް ވެސް ކުރެއްވިއެވެ.

ނަޝީދުއާއި އެމަނިކުފާނުގެ އަރިސް ބޭފުޅުން ބަރުލަމާނީ ނިޒާމަކަށް ވަކާލާތު ކުރައްވަމުން ގެންދަވާއިރު، ރައީސްގެ އަރިސް ބޭފުޅުން ގެންދަވަނީ ރިޔާސީ ނިޒާމުގެ ދިފާއުގައި ވާހަކަ ދައްކަވަމުންނެވެ. އެ ކަމުގައި ދެ ރައީސުންގެ ޚިޔާލު ތަފާތުވުން ކަމަށް އޮތް ކަމަށް ބެލެވުނަސް، ރައީސް މާ ގިނަ ވާހަކައެއް ނުދައްކަވައެވެ.

ނޫސްވެރިންގެ ބައްދަލުުވުންތަކުގައި މި ސުވާލު އަމާޒު ކުރެއްވުމުން ރައީސް ވިދާޅުވަނީ އެމަނިކުފާނުގެ ސަމާލު ކަން ހުންނެވީ ވައުދުފުޅުތައް ފުއްދެވުމަށް ކަމަށާއި އެ ކަމަށް ސަމާލު ކަން ނުދެއްވާ ކަމަށެވެ. ބަދަލު ކުރަން ބަޔަކު ބޭނުންވާނަމަ، އެ ކަން ކުރެވޭނީ ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކުން ކަމަށް ވެސް ވިދާޅުވެއެވެ.

ދެހާސްހަތްވަނަ އަހަރު ބޭއްވި ފެންނަ ނުފެންނަ ވޯޓުގައި ނަޝީދުއާއި އެމްޑީޕީން ތާއީދު ކުރީ ބަރުލަމާނީ ނިޒާމަކަށެވެ. ނަމަވެސް 60 އިންސައްތަ ރައްޔިތުންގެ ތާއީދުން ކަނޑައެޅުނީ ރިޔާސީ ނިޒާމެވެ. ރިޔާސީ ނިޒާމަކަށް ތާއީދު ކުރެއްވީ އޭރުގެ ރައީސް މައުމޫން އަބްދުލް ގައްޔޫމްއާއި އެމަނިކުފާނުގެ ޑީއާރުޕީއެވެ.

އޭރު ބަރުލަމާނީ ނިޒާމަށް ދެން ތާއީދު ކުރެއްވި ކުރީގެ ރައީސް އަބްދުﷲ ޔާމީން ލީޑް ކުރައްވާ ޕީޕީއެމް ޕީއެންސީގެ ލީޑާޝިޕުން ވެސް ވިދާޅުވެފައިވަނީ ޔާމީން މިހާރު ހުންނެވީ ރައްޔިތުން ނިންމި ނިޒާމު ކަމުގައިވާ ރިޔާސީ ނިޒާމު ތަންފީޒު ކުރެއްވުމަށް ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

57 ކޮމެންޓް

  1. ރެފްރީ

    ރައްޔިތުންގެވޯޓުން ވެރިކަންނުލިބޭނެކަން ޔަގީންވާތީދޯތެޅިގަތީ ؟؟ ވެރިކަމަށް ހިތުންނިޔަތްގަތީމަ ހޮވޭގޮތަށްގާނޫނުހަދަމާ؟

    109
    1
  2. ފައުޒީ

    އެެއްވެސް އިންތިޚާބަކާ ނުލާ ވެރިކަމަށް އާދެވޭގޮތައް ގާނޫނު އަސާސީއަށް އިސްލާހެއް ހުށައަޅުއްވަންވީނޫންތޯ.

    98
  3. ޒަރީނާ

    ތީތިވެސްކަޑަ .. 5% އަށްދަށްކޮށްލާ އޭރުންއަދިމާފަސޭހައިންހޮވިދާނެ !! މަގުންހިނގާލާފަދާއިރު ތިމާގެމޫނަށްބަލައިފިކޮންމެމީހަކީވެސް ތިމަންނާއަށްވޯޓިދިންމީހެއްކަމަށް ކަނޑައެޅިއްޔާއަދިމާރަނގަޅުވާނެ!!

    75
  4. ޑިރާސާ

    50 % ނުލިބޭނެ ހެން ހީވަނީ ދޯ ..! ސުކޫލު ކުއްޖަކު އެގްޒޭމުން ފާސްވަނީވެސް 50% ޕަސެންޓު ލިބިގެން.. ހަވާސާގައި ހުންނަން ޖެހުނީމައި އުނދަގޫ ވަނީ ދެއްތޯ.. ރައީސް ސޯލިހު މީހާރުވެސް ރައީސް ނަޝީދަށްވުރެ ގިނަ ދުވަހު ވެރިކަމުގައި ހުރެފި. އެކަމާ ފަަޔަށް ހިނި އަރައިގެން އެ އުޅުއްވަނީ . އެތެރޭ ކޯޅުން ފެށުނީ...

    80
  5. ކިޔުންތެރިޔާ

    އުމުރުން ދުވަސްވާ ވަރަކަށް ސިޔާސީ މީހުންގެ ހުދުމުހުތާރު ސިފަ ފައުޅުވޭ.

    84
  6. މާލޭގެ މޭޔަރު

    ކީއްކުރަންތޯ %30 ވޯޓުން ވެރިކަމަށް އާދަވޭ ގޮތަށް ހަދަން ތި އުޅުއްވަނީ؟ އަނެއްކާވެސް ރަސްކަމަކަށް ބަދަލުކުރަންވީ ނުންތޯ ކިންގްޑަމް އޮފް ކެނެރީ ނަމުގަ؟

    79
    2
  7. އެލެކުސް

    ވެރިކަން ކޮއްފައިވާ ޕާޓީއެއް އަދި ވެރިކަން ކޮއްފައިވާ މީހަކަށް ވެރިކަމަށް ނާދެވޭގޮތަށް ހަދަން ދިވެހިން ބޭނުންވަނީ. ވަރަށް ސާފު މީ ދިވެހިން މިއަދު ދެކޭގޮތް، ނަސީދު ހިތަށް އެރިހާގޮތަކަށް ދިވެހިން ނުހެއްލޭނެ. މީ 2022

    66
    2
  8. އަބްދޫ

    މޮޔަޔާ 30% ވޯޓް 3 މީހުނަށް ލިބިދާނެ ވީމާ އެއްދައުރުގަ 3 މީހުން ވެރިކަން ކުރާނިތަ؟

    59
    1
    • ކަނީރު

      މޮޔަވިމީހަކު ތިކޮމެންޓް ކިޔާލުމުންވެސް އެނގިއްޖެ. އެހެންވީމަ ދެބަންދިހަ އަރައިގެން ކޮމެންޓް ނުކުރާނީ

      1
      5
  9. އަލިބެ

    ކަލޭއެކަނި ވޯޓުލައިގެން ވެރިކަމަށް އާދެވޭގޮތް ހަދަންވީނޫން. ހަޔާތްކުޑަ އާދަމްގެދަރިއެއް.

    69
    2
  10. އަޙްމަދު

    ދެން އޮންނަ ޖަލްސާއެއްގައި ބުނެލާ ދެންވެރިކަން ކުރާނީ ތިމަންނާއޭ! އެނިމުނީއެއްނުން! ކޮންވޯޓެއް ކީކުރާވޯޓެއް! ކޮން %30، %20، އަދި %10 އެއްތަ!

    57
  11. ހޯރަ

    ޤާނޫނު އަސާސީ ރަސްކަމަކަށް ފަހިކޮށް، މަނިކުފާނު މުޅި އުމަރަށް "ރަސްގެފާނު" ހެދިފަ ހުރެބަލަ. ރަސްގެފާނު ހުންނަވާނީ އަބަދުވެސް ގޮތުގައި. އަނގޮޅިތީބު ކަތީބު ފަދައިން.

    53
  12. ހަސަނާ

    ރައްޔިތުން ގެ ތާއީދު ނެތީމާ ދެން ހަކުރު ގިނަވޭ.ހަނދާންނައްތާލާ

    52
  13. އަހުމަދު

    މެސެޖު ވަރަށް ސާފު. ނަޝީދު އެއުޅެނީ ޑިކްޓޭޓަރޝިޕަކަށް ދާން. މައުމޫނު ވެރިކަމުން ބޭލީ ހެޔޮވެރިކަމެއް ކުރަން ނޫންކަމާއި، އެކަން ކުރީ މައުމޫނުގެ ވެރިކަމުގެ ދަހިވެތިކަމުގައި ކަން މިއަދު ވަރަށް ސާފު

    62
    1
  14. ހާޖާނު

    މޮޔަވީތަ؟ ނުވާނެ އެހެނަކުން

    59
    • Anonymous

      މޮޔައެއް ނުވޭ. އެމްޑީޕީ ކުރަން ބޭނުންވާ ކަމެއް ކުރަމުން މިދަނީ. ދިވެހިންނަކީ ވިކޭ ބަޔެއް. 500 ރުފިޔާ ދީފަ ބޮލުގަ ފިރުމާލީމާ ބުނި ގޮތަކަށް ދިވެހިން ވޯޓުދޭނެ.

      7
      1
  15. އަހުމަދު

    ކަލޯ.....
    ވެރިކަމަށް އާދެވެން އޮތްހާ ކަމެއް ކުރާތި. ރައްޔިތުން ނިންމީ ރިޔާސީ ނިޒާމް އެކަމު މި ސޮރަށް އެކަމުނުދިޔަ. މުޅި އުމުރު އެހޭދަ ކޮއްލަނީ ވެރިކަމަށް ޓަކާ... ބަދަލަކަށް ކިޔާފަ ތި ސޮރަށް ވެރިކަން ދިނީމަ ދައުރު ދެބައި ނުވަނީސް އިސްތިއުފާ ދީފަ ދިޔަ މީހަކަށް ދެން ވާނީ ކޮންވަރެއް؟

    44
    1
  16. ޒަބީބު

    30 އިންސައްތަ ވޯޓުން ހޮވިގެން ޥެރިކަމަށް އާދެވޭގޮތް ހަދަން ހުށަހެޅުމުން ނަޝީދު މާޔޫސް ވެފައިވާވަރު ހާމަވޭ. ޢަދި ވެރިކަމަށްް ބޫތުކައިފަ ހުރި ވަރު ހާމަވޭ. ވީމާ ބަރުލަމާނީ ގެންނަން މަސައްކަތް ކުރަނީ ރައްޔިތުންގެ ތާއީދު ނެތުމުންކަން ވެސް ވަރަށް ސާފުކޮށް އެނގި ހާމަވެއްޖެ. އަދި ނަޝީދުގެ މި ޑެސްޕަރޭޓް އެޓެމްޕޓުން ބަރުލަމީ ނިޒާމެއްގައި ރައްޔިތުންގެ ނިއްމުމެއް ނުވަތަ ސޭ އެއް ނޯންމާނެކަމާއި މަދު ވޯޓުކޮޅަކުން މަޖިލީހަށް ހޮވިގެން ރައްޔިތުންގެ ތާއީދު ނެތް މީހަކަށްވެސް ވެރިކަމަށް އާދެވޭނެކަން ވެސް ވަރަށް ސާފުކޮށް ރައްޔިތުންނަށް އޮޅުންފިލައިފި. ވީމާ ނަޝީދު ބަރުލަމާނީ ގެންނަން މަސައްކަތް ކުރަނީ ރައްޔިތުނގެ ތާއީދު ނެތުމުން ވެރިކަމަށް ނަޝީދުއަށް އާދެވޭނެ ހަމައެކަނި ގޮތަކީ ބަރުލަމާނީ ނިޒާމު ކަމަށް ވާތީ. ނަޝީދު 30 އިންސައްތަ އިން ވެރިކަމަށް އާދެވޭނެ ގޮތަށް ތިޔަ ހުށަހެޅީ ކީއްވެތޯ. އެއް(1) ވޯޓުން ވެރކަމަށް އާދެވޭ ގޮތަށް ހުށަހަޅަންވީ ނޫންތޯ ؟ އެއިރުން ނަޝީދުގެ އަމިއްލަ ވޯޓުން ވެރިކަމށް އާދެވޭ ގޮތް ހެދޭނެ ނޫންތޯ. އެކަމަކު މީ ޑިމޮކްރެސީގެ އައްޕަ ޔޯ!!!!

    47
    • ވިކިލީކުސް

      ނަޝީދު ކަހަލަ ކޮހަކަށް ވެރިކަން ދޭން ހެޔޮނުވާނެ.
      ރައީސްކަމުގަ ނަޝީދަށްވުރެ ގިނަދުވަހު އިބޫ ހުރީމަ ނަޝީދު ޖެލަސްވެއްޖެ.

  17. ޙައްގުބަސް

    ޚުދުމުޚުތާރުކަން ހުރިވަރު ނިކަން ދެކިބަލަ!! ރާއްޖެގެ ރައްޔިތުންގެ އަގުލަބިއްޔަތުން ވެރިކަން ކުރެވޭނީ!! ރާއްޖެގެ ރައްޔިތުންގެތެރެއިން ވޯޓްލާން ޝަރުތު ފުރިހަވާ ރައްޔިތުންގެ މެދުގައި ނެގޭ ވޯޓަކުން ވޯޓް ލީ މީހުންގެ ތެރެއިން 51 އިން ސައްތަ ލިބިގެން ވެރިކަމަށް އާދެވެންވާނީ!! 30% 40% 50% އެއްނޫން އަގުލަބިއްޔަތަކީ!! 51% ގާނޫނު އަސާސީގައި ލިޔެފައި އޮތީ ކަމެއްވެގެން!! 51 އިން ސައްތަ ރައްޔިތުންގެ އަގުލަބިއްޔަތަކީ! ރައްޔިތުންގެ ތާޢީދު އޮތް ވެރިކަމަކަށްވާނީ އޭރުން! މިނޫން ގޮތަކަށް ބަދަލުކޮށް ޑިމޮކްރަސީއާ ބީރައްޓެހި ޚުދުމުޚުތާރު ވެރިަމެއްކުރެވޯ ތިއުޅެނީ! ކުންފުންޏެއްނޫން މިރާއްޖެއަކީ!! ޑިމޮކްރަސީއޭ ކިޔާ ވާހަކަ ދައްކާ މީހުންގެ ހުރި އަޑި ނުބައިކަމާ ނޭއްގާނީކަން އެނގި ހާމަ މިވަނީ!! ރައްޔިތުން މަރާފަވެސް ވެރިކަންކުރެވޭތޯ މިއުޅެނީ!!

    49
    • މެތުސް ސަރު

      50% + 1 ވޯޓް މިއީ މިނިމަމް ފޯރމިއޔލަަރ

  18. Anonymous

    މީނަ މަރަށް ތެޅެނީތަ

    45
    1
  19. އަޖޭ

    ވެރިކަމަށް ނާދެވޭނެ ގޮތަކަށް ފޮޑިއެއްވެސް ނުޖަހާތި އަދިވެސް ބުނޭ ތިމަންނާ ވެރިކަމެއް ބޭނުމެއް ނޫނޭ ބޮއްޅަބެ

    41
  20. Anonymous

    މިގައުމުގަ ތިބި ހުރިހާދޫނިތަށް ކަލޭމެންގެ ބެލުމުގެ ދަށުން މަރާލާފަ ދެން ކޮން ބިލެއް ފާސްކުރާކަށް

    41
  21. އަހުމަދު

    10% ރަނގަޅު ވާނެ. އެހާކަތް ވަރު ސައްހަ ވޯޓް ލިބޭނީ. ރައްޔިތުން ނޫޅޭ ޕާޓީ ތަކަށް ވޯޓު ދޭކަށް.

    36
  22. އަހްމަދު

    ގައުމީ މަޖިލީހުންނިންމަންވީނު ދިވެހިރާއްޖޭގައި ވެރިކަންކުރެވޭނީ ހަމައެކަނި މުރައިދޫގޭ ރަދުންނަށޭ ގައުމީމަޖިލީހުންނިންމާފަ ސްޕަމެޖޯރިޓީ މަޖިލީހުން ގާނޫނުއަސާސީއައް ބަދަލުގެނައިމަ ތިކަންހަމަޖެހުނީނު

    38
  23. ާައަސްލު

    ތާއީދު ނެތީމަ، އެއްގޮތުން ނޫނިއްޔާ އަނެއް ގޮތުންވެސް އަމިއްލައަށް ބިލްތައް ފާސްކޮށްގެން ވެރިކަމަށް އަންނަން މިއުޅެނީ. ޔާ ﷲ މީނާގެ ކިބައިން މިޤައުމު ސަލާމަތް ކޮށްދެއްވާނދޭވެ! އާމީން

    47
  24. ގެދަބުޅި

    ހާާދަ އަމިއްލައެދުންބޮޑ ު އިންސާނެކޭމީ. މީމީނާގެ އެކަނި ގައުމެއްތަ. އެމްޑީޕީ ކަލްޓް ލީޑަރު. ވެރިކަމަކީ ﷲދެއްވާ އެއްޗެއް. އާމާނާތެއް.އެއަމާނާތަށް ޚިޔާނާތްތެރިވި މީހެއްތީ. ލަދުޙަޔާތްވެސް ކުޑަ. ތިމަންނާއަށް އެކަނި ރައްކާތެރިކަން ވެސްދޭންވީ. މީޖަންގަލީއުސޫލުގެންގުޅެންގޮސްބަލަ އެހެންތަނަކަށް ވެރިކަންކުރަން ކަލްޓްގުރޫޕް ގޮވާއިގެން. ގަނޑިޔަ އަންނީ

    35
  25. ސަޑުހަސަނު

    މަބުނީ މީނަޔަށް ހިބަކޮށްފަ ވެރިކަން ދޭންވީނު. ކިހާބޮޑު ބޮޑު މުސީބާތެއް މީ.

    36
  26. Anonymous

    ޑިމޮކުރަސީ ދޮންވެ ފައްކާވީ
    ހާހާހާ

    37
    1
  27. ހުސެން

    ކީއްކުރާވޯޓެއް! މަގޭވެރިކަމެކޭ މީކިޔާފަހުރީމަ ނިމުނީއެއްނޫން. އަޅުގަނޑުމެން އަނގަޔާ އަތާދިމާވާތޯބަލަން ހޭބޯނައަރާ މަސައްކަތް ކޮށްލަކޮށްލާ ތިބޭނަން.

    38
  28. އައުޓް

    ކެނެރީގެ ނަޝީދަކީ އެއީ ޚުދު މުޚުތާރު ވެރިކަމެއް ކުރަން އުޅޭ މީހެކޭ އޭނާ ބޭރުކުރަން އެބަޖެހޭ މަޖްލީހުގެ ތެރޭން ކެނެރީގެ ނަޝީދު އައުޓް އިންޑިއާ އައުޓް ނިޒާމީ ވޯޓަކަށް އެމްޑީޕީން ނުދެވޭނެއޭ ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކަށް ދާން ޖެހޭނީ ނިޒާމީ ވޯޓަކަށް ދާނަމަ ނުވަތަ ރައްޔިޔުންގެ ކުޑަ ކުޑަ އާބާދީ އެއްގެ ބަޔަކު ތާއީދު ކުރާ މީހަކު ނުޖެހޭނެއޭ ރާއްޖޭގެ ރައްޔިތުންގެ ރައީސަކަށް ހޮވަން ކެނެރީގެ ނަޝީދު އައުޓް އިންޑިއާ އައުޓް ކެނެރީގެ ނަޝީދު އައުޓް އިންޑިއާ އައުޓް ކެނެރީގެ ނަޝީދު އައުޓް އިންޑިއާ އައުޓް ކެނެރީގެ ނަޝީދު އައުޓް އިންޑިއާ އައުޓް ކެނެރީގެ ނަޝީދު އައުޓް އިންޑިއާ އައުޓް ކެނެރީގެ ނަޝީދު އައުޓް އިންޑިއާ އައުޓް ކެނެރީގެ ނަޝީދު އައުޓް އިންޑިއާ އައުޓް ކެނެރީގެ ނަޝީދު އައުޓް އިންޑިއާ އައުޓް ކެނެރީގެ ނަޝީދު އައުޓް އިންޑިއާ އައުޓް ކެނެރީގެ ނަޝީދު އައުޓް އިންޑިއާ އައުޓް ކެނެރީގެ ނަޝީދު އައުޓް އިންޑިއާ އައުޓް ކެނެރީގެ ނަޝީދު އައުޓް އިންޑިއާ އައުޓް ކެނެރީގެ ނަޝީދު އައުޓް އިންޑިއާ އައުޓް ކެނެރީގެ ނަޝީދު އައުޓް އިންޑިއާ އައުޓް ކެނެރީގެ ނަޝީދު އައުޓް އިންޑިއާ އައުޓް ކެނެރީގެ ނަޝީދު އައުޓް އިންޑިއާ އައުޓް ކެނެރީގެ ނަޝީދު އައުޓް އިންޑިއާ އައުޓް ކެނެރީގެ ނަޝީދު އައުޓް އިންޑިއާ އައުޓް ކެނެރީގެ ނަޝީދު އައުޓް އިންޑިއާ އައުޓް ކެނެރީގެ ނަޝީދު އައުޓް އިންޑިއާ އައުޓް ކެނެރީގެ ނަޝީދު އައުޓް އިންޑިއާ އައުޓް

  29. ޛސޖޖ

    ސާބަހޭ. ބަޔަކު ވޯޓު ނުުލިޔަސް ދާއިމަށް އެމްޑީޕީ ޔަށް ފަތްލިޔެފަ ވެރިކަން ދޭންވީނުން. ބޮޑުވަރުތީ.

  30. ނާދިރާ

    13 އަހަރުގެޖަލުހުކުމަށް ފިލަންވެގެން ދައްކާ ގޮތްކުޑަ ވާހަކަ. މި ވެރިކަން ނިމުމާއެކު ތޭރިތަކުގެ ދަށަށް ކޮށްޕާލެވޭނެ. އިންޝާﷲ

  31. ޑައެލޯގް

    އެމްޑީޕީހާ އަމިއްލަ އެދުން ބޮޑުބަޔެއްނެތެވެ. 2008 އަހަރު މައުމޫނަށް ވެރިކަންލިބޭނެކަންއެގޭތީވެ އެއިރުކީ %50 އިންނޭ ވެރިކަންލިބެންވީ އަންނި އެބުނާގޮތަށް އޮތްނަމަ މައުމޫން އެއިރު ހޮވުނީހެވެ. އެކަމު މިހާރުމިކިޔަނީ %30 ވެރިކަމަށްއަންނަވާހަކައެވެ. އެއީ އެމްޑީޕީއަށް އެކަނިލިބޭނީ އެވަރުކަންޔަގީންވާތީއެވެ.

  32. ރބރ

    އިންޝާﷲ ދެނެއް ނުލިބޭނެ %5 އަށް ހެދިޔަސް

  33. ކައުންސެލަރު

    ފާހާނާ ތަށިމަތީ އިނދެގެންވެސް ވެރިކަން ނޫން އެހެންކަމެއް ބޭނުންނުވާ އަދި ގެއްލުނުއެތި ބޮޑުމީހާ ކޮންމީހާ؟

  34. ޜިޔާސީ އިންތިޙާބު

    ބީތާ އޭރުން ކަލެއައްވުރެ ފަސޭހަ ޔާމީން 30ހޯދާނެ. ހީނުކުރާތި ކޯޓުތައް ބޭނުން ކޮށްގެން ޔާމީން ދުއްވާލެވޭނެކަމަކަށް

  35. އިންޑިޔާ އައުޓު

    ކޮންމެހެވޯޓް އަޅާކަށް ނުޖެހޭނެ ގޮސްގޮނޑީގައިއިށީދޭ އޭރުން އެއޮތީ ނިމިފާ

  36. ޙަޖަމްނުވާ

    ޙަމައެކަނި ތިބާއަށް ތާއީދު ކުރާ މީހުންގެ ވޯޓުން އެކަނި ވެެރިކަމަށް އާދެވޭ ގޮތަށް ހެދީމަ ރަގަޅުވާނެ ޕަސެންޓް ނުކިޔާ. 30ޕަސެންޓަކީ އެހެން ޕާޓީއެއްގެ އެހީއާ ނުލާ ލިބޭނެ ވަރުތޯ؟

  37. ޙުސައިން މޫނާބޭ

    މައްޗަންގޯޅީގެ 5000 ވޯޓުން ހޮވޭ މީހަކު ރައީސަކަށް ބަހައްޓަން ފެންނަނީ މިއީރަންގަޅުގޮތަކީ!

  38. ޢިޔާބު

    ކޮންމެއަކަސް މިމީހާއަކީ މި ގައުމުގެ ހަލާކު. ގައުމީ ޓިއުމަރެއް

  39. މުޖޫގެ އައްޕަ

    މުޙައްމަދު ނަޝީދު - %30
    އިބްރާހިމް މުޙައްމަދު ސޯލިޙް %36
    އަބްދުﷲ ޔަމީން އަބްދުލް ގައްޔޫމް - %34

    ހެހެ .. އެވަރުންވެސް ފުލަށް ދޯ؟

  40. ޒީރޯ ޓޮލަރަންސް

    ވެރިޔާ މާތާހިރުވާނެ، ތިމަންނައަށް ރައީސްކަމަށް ނާދެވިދާނެތީއޭ މިއުޅެނީ ބުނިއްޔާ. ކޮންމެހެން މިހާރުމިއޮތް އަޅުގަނޑުމެންގެ ވެރިކަން، އަޅުގަނޑުމެން ޕާޓީއަށް ގެއްލިދާނެތީއޭ މިއުޅެނީބުނެ ޕާޓީތެރެ ގަޑުބަޑުކޮށް ނިޒާމް ފުޑާލަން އުޅޭކަށެއްނުޖެހޭ.

  41. ރަބަރޭ

    ވަރަށް ޔަގީންކަމާ އެކު މިބުނަނީ 50% ކީތްކުރަން 30% ވެސް ނުލިބޭނެ ގާނޫނުތައް ކަލޭމެން ބޭނުންވީމާ ހިތުހުރިހާ ގޮތަކަށް ގާނޫނުތައް ބަދަލުކުރަނީ ކަލޭމެންނަށް ވެރިކަން ނުލިބޭނެ ކަލޭމެންތީ ރާއްޖޭގެ ހަލާއްކު ކަލޭމެންނާ ވެރިކަން ހަވާލު ކޮށްފިނަމަ ފާފަވެރި ވާނެ

  42. އަބްދޫ

    ގާނޫނުއަސަސީގެ 9 ވަނަ މާއްދާ ބުނާގޮތުން ވައްކަން ކޮށްފިކަން ސަރީއަތަށް ސާބިތުވެފާ ހުރި މީހަކަށް ރައީސއކްނ ނުލިބޭނެ. ކެނެރީގެ ނަސީދަކީ ވައްކަން ކޮށްގެން ރ.އަގޮޅިތީމަށް އަރުބވާލާ ހުކުމް ތަންފިޒު ކޮށްފާހުރި ވަގެއް. ބަރުލަމާނީ ހަދަންވެގެންއުޅެނީ ވެސް މިހެންވެ. ގާނޫނުއަސަސީފގަ ބުނަނީ ގާނޫނުއަސަސިއާ ހިލާފު ކޮންމެ ނިންމުމެއް ބާތިލަވާނެކަމަށް މިހެން ވުމުން ސްޕްރީމްކޯޓްގެ ހުކުމަކަށް ވިޔަސް އެހުމް ބާތިލްވާނެ ދެވަނަފަހަރަށް ރިވިޔުކޮށް ސްޕްރީމްކޯޓުން އެހުކުމް ބާތިލްކުރެވޭނެ. ނަސީދަކީ ވެލާނާގެ އިން އާސާރީ3 ތަޅާއ 2 ތަޅުދަނޑި ގެންދިޔަކަމަށް އިއުތިރާފް ވެގެން ވައްކަން ސަާބިިތުވެފައިވާ ވަގެއް. ރައީސްކަމަށް ވާދައެއް ނުކުރެވޭނެ.

  43. ޢަހު

    51 ޕަސެންޓް ލިބިގެން ވެރިކަމަށް އާދެވެނީ އެހެންވެ 30 ބަދަލުކޮއްލީމަ ފަސޭހަ ގޮތެއް

  44. ސަލާމް

    ބައެއްފަހަރު މެޖޯރިޓީ އަނެއްބައިފަހަރު އެމީހެއްގެ ސައިޒާށް ފިޓްވާގޮތަކަށް.

  45. ސަލާމް

    އެއްމެ މީހުންގިނަ ޕާޓީއެއްގެ އެެތެރޭގައި ބާއްވާ އިންތިހާބަކުން ހޮވޭ މީހަކު ވެރިކަމަށް އަންނަންވީ. ދެންތިބީ އެމީހުންގެ އަޅުން.
    ބޮޑު ބލ އެއް.

  46. މަޖީދާ

    ކެނެރީގޭ 50 ކުޅަނދުހަމަނުވާ ކޮސްބެ.
    25 ޕަސެންޓަށްް ހަދާ. ޢެއީ ކަލޭމެންގެ ސައިޒަކީ.

  47. ޙިނި

    މާ ރަގަލެއްނު އެމް ޑީ ޕީ މެމްބަރުންނައް ފެންނަ މީހަކު ވެރިއަކައް ހުންނަ ގޮތައް ފާސް ކުރިއްޔާ………………

  48. ބީރުބޮލް

    މީ ހާދަހާ ނުބައި މީހެކޭ..ނަމުގަ ރައްޔިތުންގެ ވެރިކަން..އެކަމަކު އިސްކުރަނީ މީނަގެ އަމިއްލަ އެދުން. ތިހުރީ ވެރިކަމާ ހެދި ދަހިވެތިވެގެން ގޮސް ސިކުނޑީގަ ނާށި ލާފަ..

  49. ޑޭޑާ

    ކަލޯ ހީކުރަނީ ކަލޯ އެކަނި ކަމަޢްތަ މާތް ރަސްކަލާންގެ ބުއްދި ދެއްވާފަ ވަނީ…އިންސާނަކަށް މިސްމީހުން ގަޅި ހެއްދޭނީވެސް ވަކި ވަރަކަށް ދޯ…ހެޔޮނުވާނެ ކޮންމެ މީހެއްވެސް އެމީހެއްގެ އަމިއްލަ ބުއްދިން ވިސްނަބަލަ..މިކަލޭގެ ވެރިކަން މަރުދުވަހަށް ކުރަން ނޫނީ ހަމަ އެއްކަމެއްވެސް ނިދާ ހޭލައި ހުންނައިރު ކުރޭބާ….ހުސް ފަހުޒަމާނުގެ އަލާމާތްތައް…ދުނިޔެ މީ ވަގުތީ ތަނެއް….މީނަ ކިޔާހާ އެއްޗަކައް ޔޭސް ސަރ ކިޔުން ހުއްޓާލަ..ވަގުތީ އުފަލައް ލިބޭ މަންފާ އައްވުރެ ޢާހިރަތް ދުވަހައް ބިރުވެތިވޭ އަހުންނޭ…ވެރިކަމަކީ އަމަލު ވާ ކަމެއް…ވިސްނާ ފިކުރު ކުރައްވާ…

  50. ޖ

    ވެރިކަމާއިހެދި މިކަލޭގެ މޮޔަވަނީ ހޭބަލިވަނީ

  51. އަރުމް

    މި ގައުމަށް ޖެހިފައިހުރި ބޮޑު ބަލާވެރިކަމެއް މީނާއަކީ. މީނާގެ ކިބައިން ގައުމުވެސް ޕާޓީވެސް ސަލާމަތްވާންވީ! އެމްޑީޕީއަށް ވެސް ގޮތަކީ މިއީ.

  52. akk

    thimanna verkamaahedhi nooleymoo haadhavarakasey dho verikan beynunvegen fenbovaigenfai thihuree

  53. ބުއްޅަބޭ

    30 ޕަސަނަޓް ކިރިޔާ ލިބޭނެކަން ދޯ....