ގދ. ‎ތިނަދޫގައި މާރާމާރީއެއް ހިންގި އުމުރުން ދުވަސްވީ މީހަކު ހައްޔަރުކޮށްފިއެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ، އެރަށުގައި މާރާމާރީގައި އެއް ހިންގައިގެން މިއަދު މެންދުރު 12:30 ގައި ފުލުހުންނަށް ރިޕޯޓްކޮށްފައިވާ ކަމަށެވެ.

އަދި އެ މާރާމާރީއާ ގުޅިގެން 65 އަހަރުގެ ދިވެހި ފިރިހެނަކު ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވިއެވެ.

ފުލުހުން ދަނީ މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ.