ތިނަދޫ ރައްޔިތުން ގުނބޯ ހައްދަން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް އެރަށަށް ގާނޫނާއި ހިލާފަށް ސިޓީގެ ދަރަޖަ ދީފިއެވެ.

ސިޓީއެއްގެ ދަރަޖަ ދެވޭނީ އާބާދީގައި ދިހަހާސް މީހުން ހަމަވުމުން ކަމަށް ގާނޫނުގައި ބުނެފައި އޮވެއެވެ. ނަމަވެސް ތިނަދޫގެ އާބާދީ އަދި 7000 އަށް ނަރާއެވެ.

ތިނަދުއަށް ސިޓީއެއްގެ ދަރަޖަ ރައީސް ސޯލިހް މިރޭ އެރަށަށް މިދެއްވީ ތިނަދުއަށް ސިޓީއެއްގެ ދަރަޖަ ދޭން އެމަނިކުފާނު 2018 ވަނަ އަހަރު ވެފައި އޮތް ވައުދު ފުއްދުން ލަސްވަމުން އަންނާތީ ތިނަދޫ ރައްޔިތުންގެ ނުރުހުން ސަރުކާރަށް އަމާޒުވެފައި ވަނިކޮށެވެ.

"މިއަދު ރޫހު ވަނީ މި ފެންމީރު ތިނަދޫ ސިޓީއާ އެކީގައި. އާދެ ތިނަދޫ އަކީ ރާއްޖޭގައި ގާއިމްކުރެވުނު ފަސްވަނަ ސިޓީ. މަރުހަބާ ތިނަދޫ ސިޓީ،" ރައީސް ވިދާޅުވި އެވެ.

ތިނަދޫން ސިޓީއެއްގެ ދަރަޖަ ހޯދަން މިދިޔަ އަހަރުގެ ޖަނަވަރީ މަހާއި އޮގަސްޓް މަހު ވެސް ހުށަހެޅިއެވެ. ރައީސް ވިދާޅުވީ ތިނަދުއަށް ސިޓީއެއްގެ ދަރަޖަ ދިނުމުގެ ގަރާރުގައި މިއަދު ސޮއި ކުރައްވާފައި ވާނެ ކަމަށެވެ.

ތިނަދުއަށް ސިޓީއެއްގެ ދަރަޖަ މިއަދު ދިންއިރު އެންމެފަހުން އެމްޑީޕީގެ ރިޔާސީ ޕްރައިމަރީއަށް ތިނަދުއަށް ވަޑައިގެން ރައީސް ސޯލިހް ވިދާޅުވީ ދެން ތިނަދުއަށް ވަޑައިގަންނަވާނީ އެރަށަށް ސިޓީއެއްގެ ދަރަޖަ ލިބުކަން އިއުލާން ކުރައްވަން ކަމަށެވެ.

ނަމަވެސް ރިޔާސީ ޕްރައިމަރީއަށްފަހު މަޖިލީހުގެ ޖަލްސާތައް ރަނގަޅަށް ކުރިއަށް ނުގެންދެވި، ތިނަދުއަށް ސިޓީއެއްގެ ދަރަޖަ ދިނުމަށް ގާނޫނު ބަދަލު ކުރުމުގެ ފުރުސަތު ރައީސް ސޯލިހަށް ލިބިވަޑައިނުގެންނެވީއެވެ.

ރައީސުލްޖުމްހޫރިއްޔާ އޮފީހުގެ ތަރުޖަމާން މިއުވާން މުހައްމަދު ވިދާޅުވީ ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނުން ރައީސުލްޖުމްހޫރިއްޔާއަށް ލިބިފައިވާ ބާރުގެ ދަށުން ގދ.ތިނަދޫއަކީ ސިޓީއެއްގެ ދަރަޖަ ލިބިގެންވާ ރަށެއްކަމުގައި ރައީސުލްޖުމްހޫރިއްޔާ މިއަދު ކަނޑައަޅުއްވައިފި ކަމަށެވެ.

ތިނަދުއަށް ސިޓީއެއްގެ ދަރަޖަ ދިން ގޮތުގެ އިތުރު ތަފްސީލެއް ސަރުކާރުން އަދި ހާމައެއް ނުކުރެއެވެ.

ސިޓީއަކަށް ބަދަލުކުރަން ބޭނުންވާ ހުރިހާ ވަސީލަތްތަކެއް މި ރަށުގައި ގާއިމު ކުރައްވާނެ ކަމަށާއިއޭގެ ތެރޭގައި ބައިނަލްއަގްވާމީ ކޮމާޝަލް ޕޯޓަކާއި ތިނަދޫ ކައިރީގައި އެއާޕޯޓަކާއި ޓާޝަރީ ހޮސްޕިޓަލެއް އެޅުމުގެ މަސައްކަތް ހިމެނޭ ކަމަށް ރައީސް ވިދާޅުވި އެވެ.

ކިޔުންތެރިންގެ ހިޔާލު

35 ކޮމެންޓް

  1. ބަލާތި

    މިއަދާއި ހަމައަށް އައި އިރު ރިޔާސީ އިންތިޚާބުގެ ނަތީޖާ: 1. މުއިއްޒު 2. ގާސިމް 3. އިލްޔާސް 4. ޢިބޫ 5. ނާޒިމް 6. އުމަރު 7. ފާރިޝް 8. ޒަމީލް. ތަމެން ބަލަން ތިބޭތި މިގޮތްވާނެ އަންނި ގުޅޭނެ ގާސިމް އާއި ނާޒިމް އާއި އުމަރު ގުޅޭނެ ގާސިމް އާއި ސެޕްޓެންބްރު މަހުގެ 9 ގެ ކުރިން އެމްޑީޕީގެ ކްރެޑިޓް ރޭޓިންގް ދަނީ ދަށަށް ދަށަށް ދަނީ ދަށަށް ދަށަށް ދަނީ ވަރަށް ބާރަށް ގާސިމް ދަނީ ކުރިއަރަމުން ހީނުކުރާ ބާރަށް ގާސިމް ދަނީ ކުރި އަރަމުން ކުރިއަރަނީ...

    21
    57
    • ހިޔާލު

      ރާއްޖޭގެ ފާހަގަ ކޮށްލެވޭ ކޮމީޑިއަންއެއްގެ ގޮތުން ގާސިމު އުޅެނީ ވަރަށް ކުރީގަ. މިރޮނގުން 9 ސެޕްޓެމްބަރއާއި ހަމައަށް އެއްވަނަ ލިބުންވެސް އެކަށީގެން ވޭ!

      24
      2
    • ފަހަރިކަލޭގެ

      ނަތީޖާއިން ހާޓްއެޓެކެއް ނުޖެހުނިއްޔާ ކިތަންމެހާވެސ ްރަގަޅު. އެއީ އެންމެ ބިރުގަންނަ ކަމަކީ. ހެޔޮބޭފުޅެއް. އެކަމަކު ރައީސަކަށް ކަމަކުނުދޭ.

  2. ހަގީގަތް

    އިބޫ އަށް ގޮތް ހުސް ވަމުންދާ މަންޒަރު އެބަ ފެނޭ

    121
    20
  3. މަހުދީ

    ޑރ މުއިއްޒު ތިނަދޫއަށް ސިޓީއެއްގެ ދަރަޖަ ގާނޫނުގެ ތެރެއިން ދެއްވާނަމޭ، އަދި ދެއްވާއިރު ސިޓީއެއްގެ ހުރިޙާ ސިފާ ޖައްސާދޭނަމޭ ވިދާޅުވުމުން މޭކަރައިގެން ވެއްޓެން ދާއިރު ތިމާކުރިކަމެއްކަމަށް ހަދަން އެ ދަރަޖަ ގާނޫނާއި ޚިލާފަށް ދިނަސް ތިނަދޫ ރައްޔަތުން ގުނބޯ ނުހެއްދޭނެ. އިރާދަކުރެއްވިއްޔާ އެކަން އޭގެ އެންމެ އެދެވޭ ގޮތަށް ބައްޓަންކޯށްދެއްވާނީ ޑރ މުއިއްޒު

    143
    15
    • ވަޢުދު

      އިންތިޚާބުގެ ފަހުން ކަމެއް ކުރެވޭނީ އިންތިޚާބުވެގެން. އެހެންނޫނިއްޔާ ދާންޖެހޭނީ ޖަލަށް.

      14
      4
  4. އަލީ

    މޮޔައެއް ވެރިކަމަށް އެރުވީމަ ވާނީ މިހެން.

    85
    13
  5. ތައިލަމް

    ކޮންމެ އެއްޗެއް ހެއްދިޔަސް އެއޮތީ ސީޓީގެ ދަރަޖަ ދީފަ. ދެން ތިބޭ ކަލޭމެން ދެމިޔަކަނުން ސޮނިބާލަން. ސިޓޢަކަށް ބޭނުންވާ ހުރިހާ ޚިދުމަތެއް ފޯރު ކޮށްދޭނެ. އިބޫ އެއީ ވަޢުދު ފުއްދާނެ ރައީސެއް. ޕީޕީ ރަނޑު ބައިގަނޑު ގެ ވަގުން އުޅޭހެން ރައްޔިތުންނަށް އަނިޔާއެއް ނުކުރާނެ.

    17
    108
    • އެނޮން

      ރައްޔަތުން = އެމްޑީޕީ އެކަނި؟… އެނގޭއެއްޗަކީ އެމްޑީޕީއާ ހިލާފު ވެއްޖެނަމަ އަނިޔާ ކުރާކަން…. ޕެޕާސްޕރޭޖަހާތަން ނުފެނޭތަ ކޮންމެ ރަށަކުން… އިދިކޮޅުވާމީހުން ހައްޔަރު ކުރާތަން ނުފެނޭދޯ… ވީމާ ރައްޔަތުންނޭ ނުކިޔާ
      ދެން ވައުދުގެ ވާހަކަ
      1. ބްރިޖު ނޭޅުނު
      2. ޓާރޝަރީހޮސްޕިޓަލް ނޭޅުނު
      3. ކެންސަރ ހޮސްޕިޓަލް ނޭޅުނު
      4. ހަދަން ބުނި ކޯޒްވޭތައް ނުހެދުނު
      5. މަހުގެ ހަމަ އަގެއް ނުދެވުނު
      6. އެކަނިމާއެކަނި ދަރަނި 40 އަހަރުގެ ދަރަންޏަށް ވުރެ ބޮޑު

      78
      8
      • ޝްރޭ

        *އުފަންވާ ކޮންމެ ދަރިއަކަށް ލިބޭނެ ކަމަށް ބުނި ޕެކޭޖް
        މިވެސް އެޑް ކޮށްލާ

        22
        1
      • ފުއްލާ މާބެ

        ދެތިން ަރށެއްގަ ނަރުދަމާ އާ ޖެޓީ ގަޑެއް އަޅައިއގެން މިހާ ފޯރި މި ނަގަނީ ވެރިކަން ލިބުނީކަމަށް ހީކޮށް. އެކަމކު އެ ނަރުދަމާއަކީ ރޔ ފަށަފަ ހުރި މަޝްރޫއު. އިތުރަށް އެއަށް ބަޖެޓުން މުށްޖަހާފަ ލާރި އެޅީ. ޖީބަށް ކަހަންވެގެން. ދެން ބަދަރާ ޖެތީ ހަދަން މި ހަދަގޮތަކީ 5 މިލިޔަނަށް ހެދޭ ޖެޓީގަޑު 50 މިލިޔަނަށް ފޮތުގަ ޖަހައިގެން އެފައިސާ ވެސް ޖީބަށް.

        މިފަަހަރު ހަމަ ބޭރު ! އައުޓް ! އުންޑިއާ އައުޓާއާއެކު

    • މީހާ

      ކަލޯ ހަމައެއް ނޫން

  6. ނާފިޒު

    ރަެްޔެތުމީހާ ގުބޯހެއްދީދޯ؟؟؟

    62
    3
  7. Anonymous

    ކޮންތާކުން ތަ ހިސާބެ ކޭވޫ. ތެނަދޫ އާބާދީ 6000 އަ ބޮނޫ ކިޔަ؟ މީހަކުން ދެކެ ރޫޑި އެރިޔަސް ތީބޮޑެވަރެ

    27
    3
  8. ބުއްޅަބޭ

    މީނަ ހިފާ ހައްޔަރުކުރޭ...

    52
    5
  9. ޜައްޔިތުމީހާ

    ރައްޔިތުންނައް ތިޔަދެއްވީ ނުބައިމެސެޖެއް

    49
    3
  10. ސޮހޮލެއް

    ޢޭނައަބަދުކުރަނީ ގާނޫނާހިލާފުކަންތައް މިއުޅޭގުރާކޮށި މާރީބޭނުންކޮއްގެން އަދިއެކަންތަކައްބާރުދޭން އޭ އޭމްޑީޕީމީހުންކިޔާމީހަކާއެކް މިކަން ނިއްމާގާނޫނެއްހަދާ ގޮޅިއެއްލާނެ ތިބެމާކުޅިބަލަންވާގޮތުގެ

    48
    1
  11. ސުން

    ތިނަދޫ މީހުން މިރޭ ނުނިދާނެ.ތިނަދޫ ކުއްޖަކަށް ދަންވަރު ގުޅާލާފަ ތީ ކޮންކުއްޖެއްހޭ އަހާލީމަ ބުނީ ތިނަދޫ ސިޓީ ކުއްޖެކޭ.

    50
    1
  12. ޗަނބޭލީ

    ސޯލިހު މިފަހަރު ފެއިލްވެއްޖެ ރ ޔާމީނަށް އަނިޔާކުރުމުން މިވަރު މިވީ މިއީ ހަގީގަތަކީ ވަށްކަންކުރި މީހުން އުފަލުގަ ގައުމުތަރަށްގީކުރި ބޮޑު ސައްޔާހެއް ޖަލުގަ ބޭންދުމަކީ ރަށްޔަތުން ރުޅިއެރި އެއްސަބަބު.

    63
    4
  13. ވަށްޑެ

    ގާނޫނާއި ހިލާފުވީ މުއިއްޒެއްނޫން ކަލޭ ކަލޭވަނީ ގާނޫނުތަކާހިލާފުވެ ފައިސާބޭނުމުގަ އިންޑިއާަ ސިފައިން މިގައުމަށް އަރުވާފަ މިއީ އިއާދަނުކުރެވޭވަރުގެ ބޮޑުގެއްލުނެއް ޕޯޗުގީޒުންގެ އަޅުވެތިކަމަށްވުރެ ކަލޭގެ އަޅުވެތިކަން 100 ގުނަ ނުރަށްކާ އެއްބުރުން މުއިއްޒު4،✅

    63
    3
  14. ތެނަ

    ތިނަދޫ މީހުން ތިބޭނެ އަތްޖަހަން. އެމީހުންގެ ވޯޓް ގިނައިން ލިބޭނީ އަނގައިން ކަންކަން ކޮށްދިނީމަ.

    47
    4
  15. ވަޢުދު

    އިންތިޚާބުގެ ފަހުން ކަމެއް ކުރެވޭނީ އިންތިޚާބުވެގެން. އެހެންނޫނިއްޔާ ދާންޖެހޭނީ ޖަލަށް.

    17
    1
  16. ސަނާ

    މިކަލޭގެ ވާނެ ރަގަޅަށް ވޯޓުން ތަޅާ ބަލިކޮށްލަން! ރައްޔިތުން ތައްޔާރުތޯ؟

    21
    3
  17. މިގައުމުގެހަލާކު

    ލޮބުވެތި އެންމެހާ ރައްޔިތުންނޭ އެމްޑޕީގެ ކެންޑޑޭޓައް ވޯޓުނުދެއްވާތި

    26
    2
  18. ބޯހަލާކު

    މަސްތުވާ ކޮންމެ އެއްޗަކީ ޙަރާމް އެއްޗެކެވެ. ވެރިކަމަށް މަސްތު ވިޔަސްމެއެވެ. މިހާރު ވެރިކަމުގައި މިތިބީ ޤާނޫނު އަސާސީ މައްޗަށް ފައިން އެރި މީހުންނެވެ.

    23
  19. ޡީނާ

    ބޯ ހަލާކު. މިވަރަށް ބޯކޭމާ ވެސް ވޯޓު ދީފާނެބާ؟ ކޮތަޅު އަވާގައި ޖެއްސިޔަސް މިނިވަންކަން ވިއްކާލިޔަސް ލޯނު ދަރަނިން އިޝްރާފް ކުރިޔަސް ރައްޔިތުންނަށް ވަރިހަމަ ވެދާނެބާ؟

    21
    2
  20. ބަލާތި

    ތިތަނުގައި ގިނައީ އެހެން ރަށްރަށުން ގެންދިޔަ މީހުންދޯ ހަގީގީ ކެމްޕެއިން އެކުރަނީ ގާސިމް އަދި މުއިއްޒު ބޭރު ރަށްރަށުން މީހުން ނުގެނެސް އެމެން އެނިންމަނީ ކެމްޕެއިން މަމެންގެ ރަމަލު ތަކުން އިބޫ ދަނީ 3 އަށް 1. މުއިއްޒު 2. ގާސިމް 3. އިބޫ އިބޫ 3 އަށް ދަނީ އަންނި އާއި ނާޒިމް އާއި އުމަރު ގާސިމަށް ތާއީދު ކުރަން ނިންމުމުން އަދި މިމަންޒަރު ފެންނާނެ ސެޕް 9 ގެ ކުރިން ގާސިމް އެއީ ކޮމަން ކެންޑިޑޭޓަކީ ބަލަން ތިބޭތި މިތަން ފެންނާނެ ތަމެންނަށް...

    16
    1
  21. މުޙައްމަދު

    ވައުދު ފުއްދުމުގައި ގާނޫނަކަށްވެސް މިވަގުތު ބެލުމެެއް ނެތް ދޯ. މިހިރީވާ ރައީސެއް. އަޅެ ކެރޭނެތަ މާލޭގެ އާބާދީ 1 ލައްކައިގަ އުޅޭއިރު 10 ސިޓީ ހަދާލަން.

    20
  22. އިކުރާމު

    ގާނޫނޫ ބަދަލު ކުރުމުގެ ބާރުއޮްއްވާ ބަދަލުނުކޮއް ސިޓީ އެއްކަމައް ނީންމީ ވޯޓައް ރައްޔިތުންނައް އޮޅުވާލުމައް ދެން ހޮވިޔޖެއްޔާ ބުނާނެ ކުރިން ބުނިއެތި ކެންސަލު

    22
  23. ކަރާ ފެޅުން

    އިބޫ ގޮތްހުސްވެ ހަސްފަތާލައް ގެންދަން ޖެހޭވަރު ވެގެން އުޅޭތަން މިފެންނަނީ. އެހެންވެ ޕީއެސްއެމްގެ ރިޔާސީ ބަހުސައް އެފިލީ.

  24. ގދ. ހވރ ތނދ ބގަރު ސޓ ކއނސލްގެ ރއސ އަލްއސތޒު ޑކްޓަރ ޕްރޮފސރ ބންޕަރ ރނއެދުރު ސައދު އލ

    ނަމުން ތިނަދޫއަކީ ވިލާތުގެ ބައްރަކަށް ހެދިޔަސް ކަމުން ތިނަދޫއަކީ އިންޑިޔާގެ ނިކަމެތި ވިލެޖެކެވެ

    6
    1
  25. އަޖުވާން

    ކިތައްބޭފުޅުންތޯ ޕާޓީއެއްގެ މެނިފެސްޓޯ ކިޔާލެއްވީ، ކިތައްބޭފުޅުންތޯ މިސަރުކާރުގައި އިންޑިއާގެ ނުފޫޒު އޮތްވަރާ ދޭތެރޭ ވިސްނާލެއްވީ، ކިތައްބޭފުޅުންތޯ ދިވެހިރާއްޖޭގެ ތާރީޙުގައިވެސް ކޮރަޕްޝަން ނެތްވަރަށް ޕީ.ޕީ.އެމް ސަރުކާރުގައި އޮތްވަރާދޭތެރޭ ވިސްނާލެއްވީ، ރާއްޖޭގެ ރަށްތައް އެބޭފުޅަކަށް އަމިއްލަ އެސެޓަކަށް ހައްދަވައިގެން މަހުޖަނަކަށްވީ ސަބަބު ތާރީހުން ހެކިދޭކަން ކިތައް ބޭފުޅުންނަށް އެގިލެއްވީ، ވޯޓް ލުމުގެ ކުރިން މިހުރިހާކަމަކަށް ވިސްނާލައްވާ.

  26. ވިސްނާތި

    ސާބަހޭ ގާސިމް ގާސިމް ޒިންދާބާދު މިހާރު ގާސިމްގެ ކެމްޕެއިން ދަނީ ވަރުގަދަ ވަމުންނޭ އަދިވެސް ގާސިމްގެ މެނިފެސްޓޯގައި ހިމެނޭ ތަފްސީލް ތައް ނިހާނު ލައްވާ ކިޔުއްވަންވީއޭ އަދި މާލެ ސަރަހައްދަށް ކޮށްދޭނެ ބޮޑެތި ކަންކަން ވެސް ގާސިމް ކިޔަންވީއޭ އެގޮތުން މާލެ ސަރަހައްދުގައި ވިޔާފާރި ކުރާ ކޮންމެ އަމިއްލަ ކުންފުންނަކަށް އަދި ފިހާރައަކަށް ހުޅުމާލޭ ހުޅަނގުން އޮތް ބިން ހިއްކާ ބިން ކުޑަ ކުއްޔަކަށް ކުއްޔަށް ދޭނެ ކަމަށް އިއުލާން ކޮށް ހަދާ އަދި ކޮންމެ ރިސޯރޓެއްގެ މާލެ އޮފީސް ހެދުމަށް ޓަކައި 1 ހެކްޓަރުގެ ބިން ކޮންމެ ރިސޯރޓަކަށް 10 މިލިއަން ޑޮލަރަށް ވިއްކާލާނެ ކަން ވެސް އިއުލާން ކުރަންވީއޭ އެއިރުން ދެން ވޯޓް ތައް އުފުރިގެން އަންނާނެއޭ..

  27. ތެޔޮ

    ރައީސް އިބޫ ވަރެއް ހަމަނެތް، ކިޔަވައިގެން ތިބި އަޚްލާގެއް، އިހްތިރާމްއެއް ނެތް ބަޔެއް ބޭނުމެއް ނޫން. މަޚްރަޖް ރީތިވެގެން ރާގު ރީތިވެގެން ބަލައިލަން ރީތިވެގެން މިކަން ރަނގަޅަކަށް ނުދާނެ.

  28. ނޯވޯޓުއިބޫ

    ހަންދު ބޭލިޔަސް ވޯޓެއ ްނުދޭނަން ނުކިޔާވާ ތިބި މީހުންނަކަށް. މީ 21 ވަނަ ގަރުނު! ދިވެހިރާއްޖެއަކޫ ތަރއްގީވަމުން އަންނަ ގައުމެއް. މިގައުމުގެ ހުންގާނުގައި ހުންނަންޖެހޭނީ ތަޢުލީމީ އަދި ޕަބްލިކް ސަރވިސް ތަޖްރިބާ ހުރި ބޭފުޅެއް. އަންނި ފޭލްވީ ތަޖްރިބާ ނެތީމަ. އިބޫގެ ދައުރުގަ ގައުމު މިހާބޮޑު އަޑިގަޑަކަށް މި ވެއްޓުނީ ތައުލީމެއް ނެތްތާކު ތަޖްރިބާއެއްވެސް ނެތީމަ.