މާލޭގައި މަސައްކަތް ކުރާ "ވަގުތު" މުވައްޒަފުންގެ ތެރެއިން އެންމެ ދަށް މުސާރައެއް ލިބޭ މުވައްޒަފަކަށް ވެސް އެންމެ މަދުވެގެން -/15000 ރުފިޔާގެ މުސާރައެއް ލިބޭ ގޮތައް "ވަގުތު" މުވައްޒަފުންގެ މުސާރަ އާއި އިނާޔަތްތައް ދޭ އުސޫލަށް ބަދަލު ގެނެސްފިއެވެ.

"ވަގުތު" އިން މިއަދު ނެރުނު އިންޓާނަލް މެމޯއެއްގައި ބުނެފައި ވަނީ މިމަހުން ފެށިގެން މާލޭގައި މަސައްކަތް ކުރާ "ވަގުތު" މުވައްޒަފުންގެ ތެރެއިން އެއްއަހަރު ވެފައިވާ ކޮންމެ މުވައްޒަފަކަށް ވެސް މުސާރައިގެ ގޮތުގައި މަދުވެގެން -/15000 ރުފިޔާ ލިބޭނެ ކަމަށެވެ.

"ވަގުތު" މާލޭ އޮފީހުގައި މަސައްކަތް ކުރާ މުވައްޒަފުންގެ ތެރެއިން އެއްއަހަރު ނުވާ މުވައްޒަފުންނަށް ވެސް އެންމެ ދަށް މުސާރައެއްގެ ގޮތުގައި -/10000 ރުފިޔާ ލިބޭނެއެވެ. އަދި އަތޮޅުތެރޭގައި މަސައްކަތް ކުރާ މުވައްޒަފުންނަށް އެންމެ ދަށް މުސާރައެއްގެ ގޮތުގައި -/7500 ރުފިޔާ ލިބޭނެއެވެ.

"ވަގުތު" ގެ އޮފިޝަލަކު ވިދާޅުވީ މިހާރު ވެސް "ވަގުތު" އަކީ އެންމެ ބޮޑު މުސާރައެއް މުވައްޒަފުންނަށް ދެމުން އަންނަ މީޑިއާ ކަމަށާއި، މުވައްޒަފުން ކުރާ މަސައްކަތާއި އެކަށީގެންވާ ވަރުގެ މުސާރައެއް ކޮންމެ މުވައްޒަފަކަށް ވެސް ދިނުން އެއީ "ވަގުތު" އިން އެންމެ އިސްކަންދޭ ކަންތައް ކަމަށެވެ.

"ވަގުތު" އަކީ ދިވެހިންގެ މެދުގައި އެންމެ މަގުބޫލް ރާއްޖޭގެ ވެބްސައިޓެވެ. އެންމެ ގިނަ މީހުން ޒިޔާރަތް ކުރާ ރާއްޖޭގެ ވެބްސައިޓްގެ މަގާމު "ވަގުތު" އިން ދަމަހައްޓަމުން އަންނަތާ މިހާރު ދެއަހަރަށް ވުރެ ގިނަ ދުވަސް ވެއްޖެއެވެ.

ކިޔުންތެރިންގެ ހިޔާލު

10 ކޮމެންޓް

  1. Anonymous

    ވަރަށް އުފާ ވެއްޖެ

    24
    1
  2. އަވަށުމީހުން

    މުސާރަ ހަލާލްވާ ވަރަށް މަސައްކަތް ކުރައްޗޭ.. ރާއްޖޭގެ ގިނަ މުވައްޒަފުން ޑިއުޓީ ގަޑީގެ ބޮޑުބައި ހޭދަކުރަނީ އޮފީހުން ބޭރުގައި..

    24
    2
  3. އެއްލޯޖޯބެ

    އަހަރެމެނަށް ކީއް ؟؟ ފޮނިނުކަނޑާ ހުރޭ ..

    14
    16
    • އަލީ

      ހެހެ ކިހިނެއް އިންގެނީ ކަލޭ ހާލު ޖެހޭ ދުވަހެއްގަ ކަލޭޔައް އެހީވާނީ މިތަނުން މުވައްޒަފަކު ނޫންކަމެއްވެސް!!

      15
      3
  4. ހިމާރުލްގައުމު

    ކަލޭމެންގެ މިހާރުގެ ޙަބަރުތައް ބަލާލީމަ އެނގޭ އިންޑިއާ އެމްބަސީން ފަންޑު ކޮށްދޭކަން. އެހެންވީމަ ފަނަރަ ހާހެއް ނޫން ފަނަރަ ލައްކަވެސް ދެވޭނެ.

    5
    3
  5. ަަަވގތ ފޭން

    ވަޒީފާއަށް އެޕްލައި ކުރަން ބޭނުން )):

    2
    1
  6. ތުން ތުނާ

    މާ ބޮޑު އެއްޗެއްތަ؟1000 ޑޮލަރު ހަމައެއް ނުވޭ

    2
    2
  7. އިބްރޭ

    ނެތްތަ ޖޮބެއް. ޖޮބްލެސް މަ

  8. 👸

    ކޮންގްރޭޓްސް ވަގުތު ޕީޕަލް.. ޔޫ ޑިސާރވް އިޓް
    ♥️♥️♥️

    2
    1
  9. ޣާބިރު

    "ވަގުތު" މާލޭ އޮފީހުގައި މަސައްކަތް ކުރާ މުވައްޒަފުންގެ ތެރެއިން އެއްއަހަރު ނުވާ މުވައްޒަފުންނަށް ވެސް އެންމެ ދަށް މުސާރައެއްގެ ގޮތުގައި -/10000 ރުފިޔާ ލިބޭނެއެވެ. އަދި އަތޮޅުތެރޭގައި މަސައްކަތް ކުރާ މުވައްޒަފުންނަށް އެންމެ ދަށް މުސާރައެއްގެ ގޮތުގައި -/7500 ރުފިޔާ ލިބޭނެއެވެ