އައްޑޫ ސިޓީގެ މޭޔަރު އަލީ ނިޒާރު ކޮވިޑް-19 އަށް ފައްސިވެއްޖެއެވެ.

މޭޔަރު ނިޒާރު މިއަދު ކުރެއްވި ޓްވީޓެއްގައި ވަނީ މި ކަން ހާމަކުރައްވައިފައެވެ. ކޮވިޑަށް ފައްސިވެ ކުދި އަލާމާތްތައް ހުރި ނަމަވެސް އޭނާގެ ހާލަތު ރަނގަޅު ކަމަށް ލިޔުއްވާފައިވެއެވެ.

ހުރިހާ ރައްޔިތުން ވެސް މާސްކް އެޅުމަށާއި، ގިނައިން އަތް ދޮވުމަށާއި ހުރިހާ ރައްކާތެރިކަމުގެ ފިޔަވަޅު އަޅައިގެން ތިބުމަށް ވެސް މޭޔަރުގެ ޓްވީޓްގައި އިލްތިމާސް ކުރައްވައިފައިވެއެވެ.

މި އަހަރުގެ ކުރީކޮޅުން ފެށިގެން ކޮވިޑަށް ފައްސިވާ މީހުންގެ އަދަދު ދިޔައީ އިތުރު ވަމުންނެވެ. އެއީ އޭގެ ނުރައްކާތެރި ވޭރިއަންޓް ކަމުގައިވާ އޮމިިރޮން ރާއްޖޭން ވެސް ފެނި އެ ބާވަތް ފެތުރެން ފެށި ފަހުންނެވެ.

ނަމަވެސް ދުވަހެއް ދުވަހެއް ފަހުން ކޮވިޑަށް ޓެސްޓް ކުރެވޭ މީހުންގެ އަދަދު މަދުވެ، ކޮވިޑަށް ފައްސިވެފައިވާ މީހުންގެ އަދަދު ވެސް ވަނީ މަދުވެފައެވެ.

2019 ގެ ފަހުކޮޅު ޗައިނާއިން ފެނިގެން ދިޔަ މި ވައިރަސް ފެތުރެމުން އަންނަތާ ދެ އަހަރަށް ވުރެ ގިނަ ދުވަސްވީއިރު، މިހާތަނަށް މި ބަލީގެ ފަރުވާގެ ގޮތުގައި ވެކްސިންތަކެއް އުފައްދައި، އޭގެ ގިނަ ޑޯޒްތަކެއް ދަނީ ސިއްޚީ އިދާރާތަކުން ދެމުންނެވެ.