ދީނަށް ގޮން ޖަހަން ބޭނުން ކުރާ ހަތިޔާރަކަށް ދެން އެމްޑީޕީ ނެހެދޭނެ ކަމަށް އައްޑޫގެ މޭޔަރު އަލީ ނިޒާރު ވިދާޅުވެއްޖެ އވެ.

އަލީ ނިޒާރު އެގޮތަށް ވިދާޅުވީ ވެރިކަން ކުރާ އެމްޑީޕީގެ 18 ވަނަ އަހަރީ ދުވަހުގެ މުނާސަބަތާ ގުޅުވައިގެން ކުރެއްވި ފޭސްބުކް ޕޯސްޓެއްގައެވެ.

އަލީ ނިޒާރު ވިދާޅުވީ ޒަމާންވީ އާއިލީ ބާރާއި ކަސްތޮޅުގެ ސަގާފަތުން މިނިވަންވެފައިވާ ފުރަތަމަ ސިޔާސީ ފިކުރަކަށް އެމްޑީޕީ ހަދާލެވިފައިވާ ކަމަށާއި އަދި ޕާޓީގެ މުސްތަގްބަލް ފެންނަނީ ކުރިއަށް ވުރެ އުޖާލާކޮށް ކަމަށެވެ.

"ދިވެހިންގެ ދީނާއި ސަގާފަތަށް ގޮންޖަހަން ބޭނުން ކުރާ ހަތިޔާރަކަށް ދެނެއް އެމްޑީޕީ ނެހެދޭނެ.". ނިޒާރު ވިދާޅުވި އެވެ.

ދީނާއި ގުޅުވައިގެން ދެއްކި ވާހަކަތަކަކީ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުއަށް އަމާޒުކޮށް ދެއްކެވި ވާހަކަތަކެއްތޯ "ވަގުތުން" ސުުވާލު ކުރުމުން ނިޒާރު އެކަމަށް އިންކާރު ކުރެއްވިއެވެ.

އެހެން ނަމަވެސް ކުރިން ދީނާ ހިލާފު ވާހަކަތައް އެމްޑީޕީގައި ދެކެވިފައިވާ ކަމަށް ނިޒާރު ވިދާޅުވިއެވެ. އެހެން ނަމަވެސް އެމްޑީޕީގެ އާ ލީޑާޝިޕްއާއެކު އެކަން ބަދަލުވެ މުސްތަގުބަލު ފެންނަނީ އުޖާލާކޮށް ކަމަށް އޭނާ ވިދާޅުވިއެވެ.

އެމްޑީޕީގައި ދީނާ ހިލާފު ވާހަކަތައް ދައްކާކަމަށް އާންމުން އަބަދުވެސް ތުހުމަތު ކުރެއެވެ. ހާއްސަކޮށް އެ ޕާޓީގެ ރައީސް ކަމުގައި ކުރިން ހުންނެވި ރައީސް ނަޝީދާއި އެމަނިކުފާނަށް ތާއިދު ކުރައްވާ ބޭފުޅުންނަށް އޭގެ ތުހުމަތު ބޮޑެވެ.

ރައީސް ނަޝީދު އެމްޑީޕީން އިސްތިއުފާ ދެއްވާފައިވާ އިރު އެމަނިކުފާނަށް ތާއިދު ކުރައްވާ މަޖިލިސް މެމްބަރުން މިހާރު ދަނީ "ދަ ޑިމޮކްރެޓްސް" ގެ ނަމުގައި އާ ޕާޓީއެއް އުފައްދަން މަސައްކަތް ކުރަމުންނެވެ. އެ ޕާޓީ އުފައްދަން އިލެކްޝަންސް ކޮމިޝަނުން މިހާރު ވަނީ ހުއްދަވެސް ދީފައެވެ.

"ދަ ޑިމޮކްރެޓްސް" އިން ކުރިއަށް އޮތް ރިޔާސީ އިންތިހާބަށް ކެންޑިޑޭޓަކު ނެރޭނެކަން ވެސް ވަނީ ހާމަކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

12 ކޮމެންޓް

  1. މަތަރަސް

    އަލީ ގުއިރޯނުގާޖެހުނިތަ؟ ފޮޓޯހުރީތަ؟؟

    8
    1
  2. ޏިޒާރު

    ކަލޭމެންގެ ނޫޅޭ ކޮންމެ ކޮކްޓެިލެކޭ ކިޔަސް ލާދީނީ ނޫން މީހެއް ޑިމޮކްރެޓިކް ކިޔަސް އެމްޑ÷ީ ކިޔަސް ހަމަ އެކައްޗެއް

    6
    1
  3. The

    ކެސިނޯ ޖާބެ ކޮބާ. ޢަސްލު ގޮންޖެހުން ވަރުގަދަ ކޮއްލީ އޭ ދޯ ތިކިޔަނީ

    10
  4. ރައީ ސް

    ބޭފުޅާ އުސްތާޒަކަށް ވެ ވަޑައިގަތީ ނޫރާނީ މަކުތަބުން

    7
    2
  5. ނަމަ

    އަލީ ނިޒާރު ހެޔޮކޮން ތިޔަބުނީ ދެން ފެންނާނީ ތި ޕާޓީ އުވޭތަން ކަންނޭގެ

    9
    1
  6. ޙަދިސައިބު

    އަދިވެސް ތީ ލާދީނި ބައިގަޑެއްބގެންގުޅޭ ޕާޓީއެއް ނަސީދަށްވުރެން ނުބައި ލާދީނީ މީހުން މިހާރުވެސް އެމްޑީޕީގައި ވަރަށް ގިނަ!

  7. ބޭބެ

    ނިޒާރު ލާރިކޮޅެއް ބޭނުން ވީތަ

  8. ޒަިއިދު

    ދެންފެއްނާނީ ތިޕާޓީ އުވިފަވަނިކޮއް ދީނެއްވސް ލާދީނެއްވެސް ނެތް .

  9. ކޮވިޑް

    ތެދަކަށް ވެދާނެ. ދެން ކިޔަން އޮތީ ފޭރޭ ޗޯރު ޕާޓީ.

  10. Anonymous

    މީނަ މި ހިސާބަށް އައީ ނަޝީދުގެ ސަޕޯރޓް ލިބިގެން. ދެން މީނާ ގުއިރޯނުގަ މިޖެހުނީ ސަލާމަތް ވާން ބޭނުންނަމަ އަވަހަށް ގުއުރޯނުން ސަލާމަތްވޭ/

    6
    1
  11. ކޮބަޑި

    ދެންއަޅަގަ ކެސިނޯ ކޭބަލްކާރުގަ އައިސް ކެސިނޯ ޖާބެ އެވަނީނު ތިޔަ ޕާޓީއަށް.

  12. Anonymous

    މިހާރު އެމްޑީޕީ ބޮޑުވެ ތަސައްރަފު ފުދިފައިވަނީ، އެޕާޓީގައި ތިބި ޅަކުދިން ޕާޓީ ދޫކޮށްލާފަ ހިގައްޖެ އެމްޑީޕީ ބާރަށް ކުރިޔަށް !