އައްޑޫ ސިޓީގެ މުސްތަގްބަލް ބިނާ ކުރަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ދެވަނަ ދައުރެއް ހައްގު ކަމަށް އެ ސިޓީގެ މޭޔަރު އަލީ ނިޒާރު އިއްޔެ ވިދާޅުވެއްޖެއެވެ.

ދެކުނުގެ އެންމެ ބޮޑު ސިޓީ، އައްޑޫގެ ބިން ހިއްކުމުގެ މަޝްރޫއު ރަސްމީކޮށް ފެށުމަށް މަރަދޫގައި ބޭއްވި ޖަލްސާގައި މޭޔަރު ނިޒާރު ވިދާޅުވީ އައްޑޫ ސިޓީގައި ހިއްކާ ބިން ހެޔޮ ގޮތުގައި ބޭނުން ކުރައްވާނެ ކަމަށެވެ. އެގޮތުން ބިން ބޭނުން ކުރާނެ ގޮތާ ގުޅޭ ގޮތުން މަރަދޫ އާއި މަރަދޫ ފޭދޫ ރައްޔިތުންނާ އަންނަ މަހު މަޝްވަރާތައް ފަށާނެ ކަމަށް މޭޔަރު ވިދާޅުވިއެވެ.

"މި ބިމުގެ ޕްލޭންތައް ހިއްކާ ނިމޭއިރަށް އޮގަސްޓް މަސް ތެރޭގައި ބިން ޕްލޭން ކުރުމަށްޓަކައި އަޅުގަނޑުމެން މަސައްކަތް ފަށާނަން. އަޅުގަނޑުމެން ބަޖެޓުގައި ފައިސާ އެބަހުރި މިކަން ކުރަން، މިއީ އަޅުގަނޑުމެން އެހެން ދައްކާ ވާހަކައެއް ނޫން." ނިޒާރު ވިދާޅުވިއެވެ.

ނިޒާރު ވިދާޅުވީ މި އަހަރު ނިމުމުގެ ކުރިން ބިން ޕްލޭންކޮށްގެން މަރަދު އާއި މަރަދޫފޭދޫގެ ރައްޔިތުންނަށް ބިން ބޭނުން ކުރުމަށްޓަކައި ހުށަހަޅަން ޖެހޭ ހުށަހެޅުންތައް ހުށަހަޅައި މަސައްކަތް ފައްޓަވާނެ ކަމަށެވެ.

ނިޒާރު ވިދާޅުވީ އައްޑޫ ސިޓީގެ ތަރައްގީއަށްޓަކައި މި ސަރުކާރުން ހަ ބިލިއަނަށް ވުރެ ގިނަ ރުފިޔާ ހޭދަކުރަމުން އަންނަ ކަމަށެވެ. މިއީ އައްޑޫއާ ނުލާ ރާއްޖޭގެ ތަރައްގީ ކުރިއަށް ނުގެންދެވޭނެ ކަމަށް ރައީސް ސޯލިހު ގެންގުޅުއްވާ ވިސްނުން ހަގީގަތަކަށް ހެދުމަށް ކުރާ ހޭދައެއް ކަމަށް އޭނާ ވިދާޅުވިއެވެ.

ނަމަވެސް ސިޔާސީ ސިޔާސަތަށް އަންނަ ބަދަލާއެކު ފަހަތަށް ދެމިގަތުމަކީ މީގެކުރިން ރައްޔިތުން ކުރި ހިތި ތަޖުރިބާއެއް ކަމަށާއި ކުރިއަށް އޮތް ތަނުގައި ވެސް ދެރަ ގޮތެއް ވެދާނެ ގޮތަކަށް އަމަލުތައް ނުބެހެއްޓުމަށް އައްޑޫ ރައްޔިތުންނަށް އިލްތިމާސްކުރާ ކަމަށް ނިޒާރު ވިދާޅުވިއެވެ.

އަދި މިހާރު މި ފެންނަ ތަރައްގީގެ މަތީގައި ދެމި ތިބެ އައްޑޫގެ އިގްތިސާދު ބިނާ ކުރުމަށް އައްޑޫ ރައްޔިތުން ގޮތް ނިންމަންޖެހޭ ކަމަށް ނިޒާރު ވިދާޅުވިއެވެ.

"ރައީސް ސޯލިހަށް ދެވަނަ ދައުރެއް ދިނުމަށް އައްޑޫ ސިޓީގެ ރައްޔިތުންނަށް ލާޒިމުވާ ސަބަބަކީ އައްޑޫގެ އިގްތިސާދު ބިނާކުރުމަށް، އައްޑޫގެ މުސްތަގުބަލު ބިނާކުރުމަށް. އަޅުގަނޑުމެން އެކަން ކުރަންޖެހޭ." ނިޒާރު ވިދާޅުވިއެވެ.

ނިޒާރު ވިދާޅުވީ އިދިކޮޅު ފަރާތްތަކުން ދައްކާ ދެއުޅިއެއް ނުވާ ވާހަކަތަކާއި ހަގީގަތާ ހިލާފު ދޮގު ވާހަކަތަކުގެ ސަބަބުން ބޮޑުވެގެންވާ "ބޮނޑިއެއް" ލިބުމުގެ ފުރުސަތު އެބައޮތް ކަމަށެވެ. ބަޔަކު ދައްކާ ވާހަކައަކަށް ނިންމުންތައް ނިންމަން ނުޖެހޭ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

17 ކޮމެންޓް

  1. ހުސެން

    އަޅިނިބުރުވަ ނިޒާރު ރެ އިބިރިހިމާ ނިހޮވޭހެއް އެހެންކަމަކާއި ވޭނޑެ

    23
  2. ހަވާސާބޭބެ

    އައްޑޫގައި ވަކި ސަރުކާރެއް ހަދާފަ ގެންދަންވީނުން ތިޔަ ަހައްގުވާ މީހާ، އައްޑޫ މީހުންނަކީ ހައްދާލަން ވަރަށް ފަސޭހަބައެއް!

    27
  3. ޜައްޔިތުމީހާ

    އައްޑޫގެ މުސްތަގުބަލަކީ ދިގުމުއްދަތަކައް ބޭރުބަޔަކައް ހިބައިން ދިނުން ކަމުގަވަނީނަމަ ތިޔަވިދާޅުވީ ރަންގަޅައް

    26
  4. ޑައެލޯގް

    ނިޒާރުމެންގެ ޖީބުފުރަން އިބޫއަށް ދެވަނަދައުރެއް ހައްގުވަންޏާ ހައްގުވެއްޖެއެވެ. ރައްޔިތަކަށް ކުރާނެފައިދާއެއްނޯންނާނެއެވެ. އިބޫއަށް ކުރެވުނުކަމަކީ އިންޖީނުތަކަށް ތެޔޮއެޅުން ކާޑުގެބާވަތްތައް އެތެރެކުރުން، މިކަހަލަ އާންމުކަންކަމެވެ. މެގަޕްރޮޖެކްޓެއް ނުކުރެވެއެވެ. އެހެންނަމައީ ވިލިމާލެ ބްރިޖްނިމުނީހެވެ. 5 އަހަރުވީއެވެ.

    22
  5. އަހަރެންގެ ވަގުތު

    ނުކުލެދޭ މީހުންގެ އެލަވަންސު ބޮޑު ނުކުރާތީ ސޮރީ

    18
  6. އަލީ

    ވެރިމަކަށް އަންނަނީ 2 ވަނަ ދައުރެއް ދިނީމާ ވާ ވައުދު ފުއްދާކަށް ނޫން ، ދެވެން އަންނަނީ 1 ދައުރު.. ފުއްދޭ ވައުދެއް ތިޔަހުރީ ފުއްދިފަ...ދެން އެހެންނޫނަސް ކަނޑުވިއްކާލާ ޤައްދާރުވީ މީހުން ހޮވަން އަހަރެމެން ބޭނުމެއްނޫން...ބޭނުމީ މިހާރުވެސް ވެރިކަމުން އަޒުލުކޮށް ޝަރީއަތް ހިންގަން

    22
  7. އަހުމަދު

    މިއޮށްހާ ދުވަހު އައްޑޫ ބާއްވާފަ ދައުރު ނިމެން ކައިރިވީމާ ކަމެއްކުރާ ވައްތަރު ދައްކާލީ ދެވަނަ ދައުރެއް ހޯދުމަށް، ދެވަނަ ދައުރު ހޯދައިގެން ނޫނީ ކަންކަން ފުރިހަމަ ނުކުރެވޭނެ ކަމަށް ދައްކަންވެގެން މަކަރުވެރި

    21
  8. Anonymous

    މިގައުމަށް އެއްމެ ބޮޑު ސުޕަރ ތަރައްގީތައް ގެނެސްދިން ރ.ޔާމީނަށް ރައީސުކަމުގެ ދެވަނަ ދައުރެއްދޭން ނުވި ޙައްގެއް އެއްވެސް ގާބިލުކަމެއްނެއް ގައުމު ވިއްކައި ބަނޑަށްއަޅަމުުުންދާ ރ.އިބުރާހީމަށް ދެވަނަ ދައުރެއްދޭން ޙައްގުވާނެކަމަށް ގަބޫލުކުރާނީ ކޮންރައްޔިތެއް؟؟މިގައުމުދުށް އެއްމެ ގަޓް ރައީސު ރ.ޔާމީނު ވެރިކަމުން ނުބޭލިގެން ކަލޭމެން ހިންގިހާ ޖަރީމާތަށް ރައްޔިތުންނަށް ފެނިފައިވަނީ، ވީއިރު މިހާރު ތިކިޔަނީ ކޮން ލަވައެއްތަ؟؟

  9. އަހްމަދު

    ސޮރީ ބުރޯ! ދެވެނަ ދައުނެއް ދީފީއްޔާ އައްޑޫވެސް ބަޔަކަށް ނުދޭނެކަމުގެ ގެރެންޓީއެއްނެތް! މިހާރުވެސް ކާރިން ފެންނަނީ މުންޑު ޕެލޭމެން!

    20
  10. އިބްރާހީމް

    ރޭވިގެން ހިންގޭ ޖަރީމާ:.
    އިންޑިޔާއިން އަޑިގައި އޮވެގެން މިސަރުކާރުން ކުރަމުންދާ އެންމެ މުޑުދާރު މަސައްކަތަކީ ރާއްޖޭގެ މަސްވެރިކަމުގެ އިންޑަސްޓްރީ ހަލާކުކޮށްލުމާއި ކުދި މެދުފަންތީގެ ވިޔަފާރިތައް ބޯރާ ވިޔަފާރިތަކަށް ހުޅުވާލުމެވެ.
    ފެނަކައިން ރަށްރަށުގައި ދެމުންދާވަޒީފާތަކަކީ ހަމައެކަނި އެމްޑީ ސައީދު ވައްކަންކުރުމަށް ކުރާކަމެއްނޫނެވެ. އޭގެސަބަބަކީ ސަރުކާރުގެ ސަބްސިޑީގައި މަސްވެރިކަން ހަލާކުކޮށްލުމެވެ. މިގޮތުން 2 މަސްދޯނި ދުއްވާރަށެއްގައި 16 މީހުންނަށް ފެނަކައިން ވަޒީފާ ދިނުމުން އެދެދޯނި މަހަށް ފުރޭކަށްނެތެވެ. އާބާދީ އެހާބޮޑެއްނޫނެވެ. އެހެންކަމުން މިހާރުވަނީ އެއްދޯނި ވިއްކާލާފައެވެ. އަނެއްދޯނި ގަންނާނެބަޔަކު ހޯދަނީއެވެ. މާދަމާ އެމީހުން ވަޒީފާ ގެއްލޭދުވަހު މަހަށްދާކަށް ދޯންޏެއް ނޯންނާއެވެ. ރައްޔިތުން ނިކަމެތިވީއެވެ.
    އައްޑޫގައި ތިމާވެއްޓަށް ގެއްލުން ނުވާގޮތަށް ފަޅުހިއްކެން އޮއްވާ ކޮންނަ ބޯޓް ބޭނުންކޮށްގެން 19,030,000,000.00ރ. (ނަވާރަ ބިލިއަން ތިރީސް މިލިއަން) ޚަރަދުކޮށްގެން އިންޑިޔާއިން އެހިންގާ ޖަރީމާއަކީ ދެކުނުގެ މަސްވެރިކަން ހަލާކުކޮށްލުމެވެ. އިންޑިޔާއަށް ކޮވިޑްހާލަތުގައި ރާއްޖެ ދެމިއޮތީ މަސްވެރިކަމުންކަން އެގެއެވެ. ދެކުނުގެ މަސްވެރިކަން އޮންނަ ގޮތުން ހުވަދޫގައި އެންވެރިކަން ނޯންނަ ވަގުތު އައްޑުގައި އެންވެރިކަން އޮވެއެވެ. މިހާރު އައްޑޫ އެތެރެވަރި ކޮނުމުން އެންވެރިކަން އާލާވާ ފަރުތަކަށް ކިސަޑުއަރާ 30 އަކަށް އަހަރަށް އައްޑޫގެ އެންވެރިކަން ގެއްލިގެންދާނެއެވެ. މިކަމުގެ ސަބަބުން ދެކުނުގެ މަސްވެރިކަމަށް އިއާދަ ނުކުރެވޭ ވަރުގެ ބޮޑު ގެއްލުމެއް ވެގެންދާނެއެވެ.
    މިއަޅުވެތި ސަރުކާރުގެ ވެރިންގެ ދެލޯނެތްތާގައި ކަންފަތެއްވެސް ނެތީއެވެ. އިއްޔެ ޓޫރިޒަމް ނެތްވަގުތު މަސްވެރިކަން އޮތެވެ. މާދަމާ ޔޫރަޕްގައި ހަގުރާމެއް ފެށޭއިރު ރާއްޖޭގެ މަސްވެރިކަން ހަލާކޮށްލާފައި އޮތުން ޓޫރިޒަމް ނެތިގެންދާ ވަގުތު ރައްޔިތުން ޖެހޭނީ ބަޑަށްނޫންތޯއެވެ.
    ވެރިކަމުގެ ދަހިވެތިކަމާއި އެކު ވެސް މިއީ ދިވެހި ޤަވްމަށް ދޭން ހެޔޮނުވާވަރުގެ ބޮޑުގެއްލުމެކެވެ.

  11. نسيم

    ކުރީގެ މީހުންގެ ހުންނަނީ އިނގިރޭސިންގެ ލޭ އަންނަން އޮތް ޖީލުގެ ކުދިންގެ ހުންނަނީ އިންޑިއާގެ ލޭ

  12. އއ

    އައްޑޫ އާއްމު ގިނަމީހުންނަކީ އޮއިވާލި ކޮއްލަން އެއްޗެއް ބޭނުންވާ ބައެއް!!!. އެދިޔަތާކައް އެމީހުންވެސްދާނެ. !!!! 50 އަހަރުވެއްޖެ އެއާޕޯޓު ތަރައްގީ ކުރާތާ . !! އެކަމަކު ނޭގޭނެ މީމިމީހުންނައް ކަމެއް ކުރާނެކަން. !

  13. ކޮރޮވަލިގޭ

    އޯކޭ.. ތިކަން ކުރަން ބޭނުމިއްޔާ އައްޑޫއިން "އިންޑިޔާ މީހުން ބާލާ.." އޭރުން ފުލް ސަޕޯރޓު ދޭނަން

  14. ޙަންކެޑެ

    ކަލޭވެސްދެންކޮސްނުގޮވާ މިހެންތިއްބާވިއްކާލާނެ ގެދޮރުވެސް އައްނަނީ އައްނަނީ ކަނޑުފަޅުވިއްކާ ކިނބުލެހެން އައްނަނީ އައްނަނީ ކިނބުލެއްހެން ކާލަން

  15. އަހްމަދު

    ނިޒާރު އައްޑޫރައްޔިތުންތިގޮތައް އެމްޑީޕީއަށް ހެއްދިދާނެ އެކަމުދިވެހިރައްޔިތުން މިތިބީ ކަނޑުޗޯރައް ވޯޓުދޭގޮތަކަށްނޫން ވަރައްބޮޑައްސޮރީ

  16. މޮހޮރު

    ޜާއްޖޭގެ އޮތް ރަންމުތަކީ އަށްޑުގެ ގުޅިފަވާ ކަންޑު، ކަނޑުގެ މުހިނަމުކަން އެނގޭނީ ބޭރު ގައުމަކާ ހަންގުރާމަ ކުރަން ޖެހިއްޖެ ހާލަތެއްގަ،،،، ދުނިޔޭގެ ހުރިހާގައުމަކާ ސްޕައިކުރެވޭނެ ޕޮއިންޓެއް،،،، 2ވަނަ ބޮޑު ހަނގުރާމައިގެ، ބުރިޓިސްމީހުން އަށްޑޫގަ އިންޓަނޭސަނަލް އެއާރޕޯޓު އެއް އޭޅީ އަށްޑޫމީހުން ދެކެވާލޯތްބަކުން ނޫން، އެއި އެމީހުންގެ ހަންގުރާމަ ކުރުމަށް،،،، އިންޑިޔާ ޗައިނާވެސް ބޭނުންވޭ ރާއްޖޭގެ ރަތްމުތް ކަމަށްވާ އަށްޑޫގެ ކަނޑު،،،،،🤔

  17. ޝަރު

    ޗޯރޭ ކަހަލަ ބުރާންތިން ގިނަ ތަނެއް ތި އައްޑޫއަކީ