22:46

ފަލަސްތީނުގެ ހުޅަނގު އައްސޭރީގެ ރާމުއްﷲ ސަހަރުގައި ހުންނަ ކެނެޑާގެ ރެޕްރެޒެންޓޭޓިވް އޮފީސް ކައިރީގައި މުޒާހަރާ ކުރި ފަލަސްތީނުގެ ރައްޔިތުންނަށް ފަލަސްތީނުގެ ފުލުހުން ހުރަސް އަޅައިފި

22:23

އެމެރިކާގެ ޔުނިވާސިޓީތަކުގައި ދަރިވަރުން ކުރަމުންދާ މުޒާހަރާތައް ހޫނުވެ ބައެއް ޔުނިވާސިޓީތަކުން ދަރިވަރުންގެ ޑިމާންޑުތަކަށް ތަބާވާން ފަށައިފި

22:15

ފަލަސްތީނަށް ތާއީދުކުރާ ބޮއިކޮޓްތައް ކުރިއަށް ދާތީ ކޭއެފްސީ މެލޭޝިއާއިން ރެސްޓޯރެންޓްތައް ވަގުތީ ގޮތުން ބަންދުކޮށްފި

 

21:58

ޔަހޫދީންގެ ޣައިރު ޤާނޫނީ ދައުލަތް އިސްރާއީލުން ފަލަސްތީނުގެ ޣައްޒާގައި ހިންގަމުންދާ އަނިޔާވެރި ހަމަލާތަކާއި ދެކޮޅަށް ލުބުނާންގައި އެތައް ހާސް ދަރިވަރުންނެއް މުޒާހަރާ ކުރަމުން އެބަދޭ.

21:18

އދ.ގެ އެޖެންސީ ފޮރ ފަލަސްތީން ރެފިއުޖީސް (ޔޫއެންއާރްޑަބްލިއުއޭ) އަށް ގިނަ ގައުމުތަކުން އަލުން ފައިސާ ދީފައިވީ ނަމަވެސް، އެ އެޖެންސީގައި އަދިވެސް 267 މިލިއަން ޑޮލަރުގެ ކޮމިޓެޑް ފަންޑު ސަސްޕެންޑްކޮށަފައި އެބަހުރި ކަމަށާއި އޭގެ ތެރޭގައި ގިނައީ އެ އެޖެންސީގެ ޗީފް ޑޯނާ އެމެރިކާ ކަމަށް އެ އެޖެންސީގެ ޗީފް ފިލިޕް ލަޒާރިނީ ވިދާޅުވެއްޖެ.

21:17

އިސްރާއީލުގެ އަސްކަރިއްޔާއިން ޝަހީދުވެފައިވާ ފަލަސްތީނުގެ އެތައް ސަތޭކަ ބައެއްގެ ހަށިތައް ހަލާކުކޮށްލާފައިވާ ކަމަށާއި އޭގެ ތެރޭގައި ޕޯސްޓްމޯޓަމް ހެދުމާއި، ބައިބައިކުރުން ފަދަ ކަންކަން ހިމެނޭ ކަމަށް ޣައްޒާގެ މިނިސްޓްރީ އޮފް އެންޑޯމަންޓްސް އެންޑް ރިލިޖަސް އެފެއާޒުން ނެރުނު ބަޔާނެއްގައި ބުނެފި.

 

21:15

އެމެރިކާގެ ޚާރިޖީ ވަޒީރު ޣައްޒާގައި ވަގުތީ ގޮތުން ހަނގުރާމަ ހުއްޓާލުމާ ގުޅޭ ގޮތުން އެހީއާއި ޑިޕްލޮމެސީއާ ބެހޭ ގޮތުން ރަސްގެފާނު އަބްދުالله ދެވަނަ އާއި ޚާރިޖީ ވަޒީރު އައިމަން ސަފާދީއާ ވަކިވަކިން ބައްދަލުކުރައްވައިފި.

21:15

އިސްރާއީލުން ޣައްޒާއާ ދެކޮޅަށް ކުރަމުންދާ ހަނގުރާމައިގައި ކެެނެޑާއިން ގެންގުޅޭ ސްޓޭންޑާ ދެކޮޅަށް ފައަލަސްތީނުގެ ރައްޔިތުން ހުޅަނގު އައްސޭރީގެ ރާމަالله ސިޓީގައި ހުންނަ ކެނެޑާގެ ރެޕްރެޒެންޓޭޓިވް އޮފީސް ކުރިމަތީގައި މުޒާހަރާ ކުރަމުންދާ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެފި.

އެއްބަޔަކު ދިދަ ހިފައިގެން ތިބިއިރު އަނެއް ބަޔަކު "ބޭއިންސާފާ ދެކޮޅު" ކަމަށް ގޮވާލާ ޕޯސްޓަރުތައް ހިފައިގެން ތިބި ކަމަށްވޭ.

20:12

ނިރުބަވެރި އިސްރާއީލުގެ ސިފައިން އިމާރާތަކުން ވައްޓާލި ފަލަސްތީނުގެ ޣައްޒާ މީހަކު ޝަހީދުވެއްޖެ

19:19

ޣައްޒާގެ އަލް ޝުޖާއްޔާ އަވަށުގައި އިސްރާއީލު ސިފައިން އާންމުންގެ ޖަމާއަތްތަކަށް ދިން ހަމަލާއެއްގައި ފަލަސްތީނުގެ ދެ މީހަކު ޝަހީދުވެއްޖެ.

18:29

ޔަހޫދީންގެ ޣައިރު ޤާނޫނީ ދައުލަތް އިސްރާއީލުން ފަލަސްތީނުގެ ޣައްޒާގައި ހިންގަމުންދާ ލާއިންސާނީ އަނިޔާވެރި އުދުވާނާއި ދެކޮޅަށް އަޑު އުފުލަމުންދާ އެމެރިކާގެ ޔުނިޔާސިޓީގެ ދަރިވަރުން ކިޔެވުމުން މަހްރޫމް ކޮށް، ސަސްޕެންޑް ކުރަމުންދާ ކަމަށް އަލް ޖަޒީރާ އިން ރިޕޯޓް ކޮށްފި.

17:31

އިސްރާއީލުން ޣައްޒާގައި ކުރަމުންދާ ހަނގުރާމަ ވަގުތީ ގޮތުން ހުއްޓާލައި، ހަމާސްގެ ބެލުމުގެ ދަށުގައި ތިބި އަސީރުން ދޫކޮށްލަން އިސްރާއީލުން ހުށައެޅި ސުލްހައިގެ އެއްބަސްވުން ގަބޫލު ކުރުމަށް އެމެރިކާ އާއި އިނގިރޭސިވިލާތުން ބާރު އަޅަމުން އެބަ ގެންދޭ.

17:28

އިސްރާއިލަށް ހަތިޔާރު އެކްސްޕޯޓް ކުރުން ހުއްޓާލުމަށް ގޮވާލައި ޖަރުމަނުގެ ގާނޫނު ހަދާ މަޖިލީހުގެ ކުރިމަތީގައި ގާއިމުކޮށްފައިވާ ފަލަސްތީނަށް ތާއީދުކުރާ ކޭމްޕެއް ބާލިންގެ ފުލުހުން މިދިޔަ ހުކުރު ދުވަހު ހުސްކޮށްފި

ނިކަރާގުއާގެ އައިސީޖޭގެ އަޑުއެހުންތައް ފެށުމާ ދިމާކޮށް ބާލިން ކޭމްޕް (އޮކިއުޕައި އެގެއިންސްޓް އޮކިއުޕޭޝަން) ފެށީ އޭޕްރީލް މަހުގެ އަށް ވަނަ ދުވަހު.

"ވިސްނުމަކީ އެކަމަށް ސަމާލުކަން ދިނުން އަދި... ޣައްޒާގައި އިސްރާއީލުގެ ޖަރީމާހިންގުމަށް ޖަރުމަނު ވިލާތުގެ ބައިވެރިވުމާއި ހަރަކާތްތެރިވަމުންދާކަން އެންގުން،" ކޭމްޕް އިންތިޒާމްކުރާ ޖަރާ ނަސްރު ރޮއިޓާސް ނިއުސް އެޖެންސީއަށް ބުނި.

17:25

ޔޫއެން އެޖެންސީ ފޯ ފަލަސްތީން ރެފިއުޖީސް (ޔޫއެންއާރްޑަބްލިއުއޭ) އާ ބެހޭ މިނިވަން ރިވިއު ގްރޫޕަކުން މިދިޔަ ހަފުތާގައި ނެރުނު ރިޕޯޓުގައި "ނިއުޓްރަލިޓީއާ ގުޅުން ހުރި ބައެއް މައްސަލަތައް" ފެނިފައިވޭ.

ފަރަންސޭސި ވިލާތުގެ ޑިޕްލޮމެޓް ކެތަރިން ކޮލޯނާ އިސްވެ ހުންނަވައިގެން 54 ސޮފްހާގެ ރިޕޯޓެއްގައި ވާގޮތުން ޔޫއެންއާރުޑަބްލިއުއޭ އަކީ ފަލަސްތީނުގެ އިންސާނީ އަދި އިގްތިސާދީ ކުރިއެރުމަށް ބަދަލު ނުކުރެވޭ އަދި ކޮންމެހެން ބޭނުންތެރި ޖަމާއަތެއް.

17:13

ނިރުބަވެރި އިސްރާއީލުން ފަލަސްތީނުގެ ޣައްޒާގައި ހިންގަމުންދާ ގަތުލު އާންމުގައި ނޫސްވެރިޔަކާއި އޭނާގެ ދަރިފުޅު ޝަހީދުކޮށްލައިފި.

 

16:54

ގުދުސްގެ ކުރީގެ ސިޓީގެ ބާބް އަލް ސާހިރާ (ހެރޯޑްސް ގޭޓް) ގައި މަގުމަތިން ދާ ފަލަސަތީނު މީހުންގެ ފަހަތުން އިސްރާއީލު ސިފައިން ދަތުރުކުރާ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެފި.

16:53

ޣައްޒާގެ ދެކުނުގައި ހަލާކުވި ޔާސިރު އަރަފާތު އެއާޕޯޓުގެ ކައިރީގައި އިޒްރޭލުގެ ހަނގުރާމަމަތީ މަތިންދާ ބޯޓުތަކުން ބޮން އަޅާފައިވާ ކަމަށް ގުދުސް ނެޓްވޯކްއިން ބުނެފި.

16:43

ނިކަރާގުއާގެ އެ މައްސަލައިގެ އަމުރެއް ނެރުމަށް އދ.ގެ އެންމެ މަތީ ކޯޓުން ތާވަލުކޮށްފައިވަނީ ރާއްޖެ ގަޑިން މިއަދު އިރުއޮއްސި 6:00 ގައި

 

16:43

ޣައްޒާއާ ދެކޮޅަށް އިޒްރޭލުން ކުރަމުންދާ ހަނގުރާމައަށް ޖަރުމަނުން ތާއީދުކުރާ ކަމަށް ބުނެ، އެ ގައުމާއި ދެކޮޅަށް ވަގުތީ ފިޔަވަޅުއެޅުމަށް ނިކަރާގުއާ އެދުމުން އިންޓަނޭޝަނަލް ކޯޓް އޮފް ޖަސްޓިސް (އައިސީޖޭ) އިން މިއަދު ހުކުމް ކުރާނެ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެފި.

 

14:17

ފަލަސްތީނުގެ ޣައްޒާގައި ފުނޑުފުނޑުވެފައިވާ އިމާރާތްތަކުގައި 10،000 މީހުންގެ ހަށިގަނޑު ހަލާކުވެ ކުނި ވަމުންދާތީ ޣައްޒާގައި ބަލި ފެތުރެމުންދާ ކަމަށް ޣައްޒާގެ ހެލްތް މިނިސްޓްރީން ބުނެފި

ގެއްލުނު ފަލަސްތީނުގެ 10،000 އަށް ވުރެ ގިނަ މީހުން ޣައްޒާގައި ހަލާކުވެފައިވާ އެތައް ސަތޭކަ އިމާރާތެއްގެ ކުނީގެ ދަށުގައިވާ ކަމަށް ބެލެވޭ ކަމަށް އެ މިނިސްޓްރީން ވަނީ ބުނެފަ

އެ ސަރަހައްދުގައި ހަރަކާތްތެރިވާ ސިވިލް ޑިފެންސް އެޖެންސީން އެކްސް ގައި މިހެން ބުނެފައި މިވަނީ ހަނގުރާމައިގައި ޝަހީދުވި މީހުންގެ އަދަދު 34،535 އަށް އަރާފައި ވަނިކޮށް

"ކުނިތަކުގެ ދަށުގައި އެތައް ހާސް ހަށިތަކެއް ޖަމާވަމުން ދިއުމުގެ ސަބަބުން ބަލިތަކާއި ބަލިމަޑުކަން ފެތުރެން ފަށާފައިވާ ކަމަށާއި ހާއްސަކޮށް ހޫނު މޫސުން ފެށުމާއި ފިނިހޫނުމިން އިތުރުވެ، ހަށިތައް ހަލާކުވުމުގެ މަރުހަލާ ހަލުވިވެގެން ދާ ކަމަށް އެ ޖަމިއްޔާއިން ބުނޭ

12:56

ފަލަސްތީނާ ދެކޮޅަށް ދޭ ހަމަލާތައް ހުއްޓުވުމަކީ ޔަހޫދީ އިސްރާއީލުގެ ދީލަތި ކަމެއް ނޫން ކަމަށް ހަމާސް ޖަމާއަތުގެ ސީނިއަރ އޮފިޝަލެއް ކަަމަށްވާ އުސާމާ ހަމްދާން ބުނެފި. އޭނާ މިހެން ބުނެފައިވަނީ ޣައްޒާގައި ދާއިމީ ގޮތެއްގައި ހަނގުރާމަ ހުއްޓާލުމަށް ގޮވާލާ މައްސަލާގައި ހަނގުރާމަ 40 ދުވަހަށް މެދުކަނޑާލަން އިސްރާއީލުން ހުށަހެޅި ހުށަހެޅުން ބަލައިގަތުމަށް އެމެރިކާ އާއި އިނގިރޭސިވިލާތުން ފަލަސްތީނަށް އިލްތިމާސް ކުރަމުން ދަނިކޮށް އަލް ޖަޒީރާ އަށް ދިން އިންޓަވިއު އެއްގައި

12:53

ޔަހޫދީ އިސްރާއީލުގެ ވައިގެ ހަމަލާތަކާއި ޑްރޯން ހަމަލާތަކުގައި ފަލަސްތީނުގެ ޣައްޒާގެ ނުސޭރަތު ރެފިއުޖީ ކޭމްޕްގައި ތިބި ތިން މީހަކާއި ޣައްޒާ ސިޓީގެ މެދުތެރޭ ސަރަހައްދުގައި ތިބި ދެ މީހަކު ޝަހީދުވެ، ފާއިތުވި 24 ގަޑިއިރު ޣައްޒާގައި ޝަހީދުވި މީހުންގެ އަދަދު 34 އަށް އަރާފައިވާ ކަމަށް ފަލަސްތީނުގެ ދައުލަތުގެ މީޑިއާ ވަފާ ނިއުސް އެޖެންސީން ބުނެފި

ޣައްޒާގެ މެދުތެރޭގެ އިތުރު އަސްކަރީ ތަންތަން ހަލާކުކޮށް، ހަނގުރާމަވެރިން ޝަހީދުކޮށްލާފައިވާނޭ ކަމަށް ޔަހޫދީ އިސްރާއީލުން ބުނެފި

އިސްރާއީލުގެ ހަނގުރާމަމަތީ މަތިންދާ ބޯޓުތަކުން ފާއިތުވި ދުވަހު ޣައްޒާގެ މެދުތެރޭގެ އަސްކަރީ އިންފްރާސްޓްރަކްޗަރ ހަލާކުކޮށްލާފައިވާ ކަމަށް އިސްރާއީލުގެ އަސްކަރިއްޔާގެ އެންމެ ފަހުގެ ހަނގުރާމައިގެ އަޕްޑޭޓްތަކުން ދައްކާފައިވޭ

އޭގެ ތެރޭގައި ރޮކެޓް ލޯންޗް ސައިޓަކާއި ހަތިޔާރު ޑިޕޯއެއްގެ އިތުރުން "އޮޕަރޭޝަނަލް ޓަނަލް ޝާފްޓްސް" ހިމެނޭ ކަމަށް ޔަހޫދީންގެ އަނިޔާވެރި އަސްކަރިއްޔާ އިން ބުނޭ

މީގެ އިތުރުން އިސްރާއީލުގެ ވައިގެ ހަމަލާތަކުގައި އެ ސަރަހައްދުގައި ތިބި އެތައް ހަނގުރާމަވެރިންނެއް ޝަހީދުވެފައިވާ އިރު، އެ މީހުން ވަނީ ޣައްޒާގެ މެދުތެރޭގައި ތިބި އިސްރާއީލު ސިފައިންނާ ދިމާލަށް ބަޑީގެ ހަމަލާތަކެއް ދީފައި ކަމަށް ވެސް ޔަހޫދީ މަސްދަރުތަކުން ބުނޭ

އިސްރާއީލުގެ އަސްކަރިއްޔާއިން އެންމެ ފަހުން ޣައްޒާއަށް ދިން ވައިގެ ހަމަލާތަކުގައި އާންމުން ވެސް ޝަހީދުވެފައިވާއިރު އޭގެ ތެރޭގައި ހޯމަ ދުވަހު ރަފާއެޕާޓްމަންޓެއްގައި ހިޔާވަހިކަން ހޯދަދަމުން ދިޔަ ތިން އަންހެނަކު ވެސް ހިމެނޭ ކަމަށް ފަލަސްތީނުގެ މީޑިއާތަކުން ބުނޭ

ކިޔުންތެރިންގެ ހިޔާލު