އިދިކޮޅު ފާޓީއަށް ލިބޭ ގޮނޑި މަދުވަނީ ކޮން ސަބަބަކާ ހުރެތޯ ބަލާ ދިރާސާ ކުރުމަކީ މުހިންމު ކަމެއް ކަމަށް ހުޅުހެންވޭރު ދާއިރާގެ ކުރީގެ މެމްބަރު މޫސާ މަނިކު (ރީކޯ މޫސަ) ވިދާޅުވެއްޖެއެވެ.

މަޖިލިސް އިންތިޚާބުގެ ވަގުތީ ނަތީޖާއިން ދައްކާ ގޮތުގައި އިދިކޮޅު އެމްޑީޕީއަށް ކާމިޔާބުކުރެވުނީ 12 ގޮނޑިއެވެ. މީގެ އިތުރުން ރައީސް ނަޝީދު އިސްވެ ހުންނަވާ އުފެއްދެވި "ދަ ޑިމޮކްރެޓްސް" ގެ އެއްވެސް ކެންޑިޑޭޓަކަށް ގޮނޑި ކާމިޔާބެއް ނުކުރެވެއެވެ.

ރީކޯ މިއަދު "އެކްސް" ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އެކަން ކުރުމަކީ ޑިމޮކްރަސީއަށް މުހިއްމު ކަމެއް ކަމަށެވެ. 18 ވަނަ މަޖިލީހުން ފެށިގެން ކޮންމެ އިންތިޚާބެއްގައި، ސަރުކާރު ހިންގާ ޕާޓީއަށް މެޖޯރިޓީީ ލިބެމުން އަންނަ ކަމަށާއި އެއީ ސިޔާސީ ގޮތުން ކުޅިބައި އެތުރެމުންދާ ގޮތް ކަމަށް ވެސް ވިދާޅުވިއެވެ.

އިންތިޚާބުން ބަލިވިޔަސް އެމްޑީޕީގެ ޕާޓީގެ ލީޑަރޝިޕް ރަޖާލައިގެން ތިބެން ނުވާނެ ކަމަށް ވެސް ރީކޯ ވަނީ މީގެ ދެ ދުވަސް ކުރިން ވިދާޅުވެފައެވެ.

ރީކޯ ވިދާޅުވީ ޑިމޮކްރޮސީގައި ބަލިވާ ފަހަރާއި ގަދަވާ ފަހަރު އަންނާނެ ކަމަށެވެ. މީގެ ކުރިން އެމްޑީޕީން ކަންކުރަމުން އައި ގޮތަކީ އިންތިޚާބަކުން ބަލިވިޔަސް ޤައުމީ މަޖްލިސް ބައްވާ، މެމްބަރުންނަށް މަޢުލޫމާތު ޙިއްސާކޮށް ނޫސް ކޮންފަރެންސް ބާއްވާ މެމްބަރުންނަށް ހިތްވަރުދިނުން ކަމަށެވެ.

ރީކޯ ކުރެެއްވި އިތުރު ޕޯސްޓެއްގައި ވިދާޅުވީ އެތައް ބައެއްގެ ބުރަ މަސައްކަތުން 2005 ވަނަ އަހަރު ޕާޓީ ސިސްޓަމް ތަޢާރަފު ކުރުމުން ކުރީގެ ރައީސް މުހައްމަދު ނަޝީދު، އެމްޑީޕީ ސިފަކޮށްދެއްވީ އެމަނިކުފާނުގެ ފިކުރު ކަމަށެވެ. އަދި ކުރީގެ ރައީސް މައުމޫނު ޑީއާރްޕީ ސިފަކޮށްދެއްވީ އެމަނިކުފާނުގެ ފިކުރު ކަމަށް އޭނާ ވަނީ ސުވާލު އުފައްދަވާފައެވެ. އެބޭފުޅުންގެ ބާރުކެނޑޭ ވަރަކަށް ޕާޓީވެސް ފުނޑާލަން މަސައްކަތް ކުރައްވާ، އާ ޕާޓީއެއް ހެދުމުން "ފިކުރު" ފެނިއްެޖެ ކަމަށް ރީކޯ ކުރެއްވި ޕޯސްޓްގައި ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

21 ކޮމެންޓް

  1. ސަމީރު

    ކަލޭ ކަހަލަ ދައުލަތަށް ފައިސާ ނުދައްކާ ތިބޭ މީހުން ނާ ގައުމަށް ގައްދާރު މީހުން ގިނަވީމަ!

  2. Anonymous

    ރިޝްވަތު ބަހާތީ ޔައުނީ ވަޒީފާއާއި ގިނަލާރިދޭތީ،

  3. ރައްޔިތުން

    ބާރު ލިބިފައިއޮތްއިރު ލާދީނީ ކަންކަން ޕްރޮމޯޓްކުރުމުގެ ނަތީޖާ

  4. ގސ

    ތިދިރާސަ ނަތީޖާ ވ.ސާފް

  5. ޝާވިން

    ޢަހުލާގު ފެންވަރު ދައްވީމަ ހޮވަން ބޭނުން ނުވަނީ. ޜައްޔިތުން ތަމްސީލު ކުރާމީހުން ހަޑި ހުތުރުބަހާ ކަރާޓީ ތެޅުން ނޫންކަމެއް ނުކުރޭ. ޙޮވުނީމަ ރައްޔިތުމީހާ ގެއްލުނީ. ޥޯޓު ހޯދަންވީމަ ގެއަށް އައިސް އެއްޗެހި ދޮވެދީ ފިރުމާ ހަދާ ވޯޓު ދިނީމަ ހަލޯ ބައި ބައި ނޫނީ ކިޔާކަށް ނޭނގޭ.

  6. ާމޮޔަމީހަ

    ބުރޯ .. އަޒުލް ކުރުން / ފިލްމު ނޭޅުވެނީސް އަނެއްކާ އަނެއް ފިލްމު ކުޅެން ސްޓޯރީ ލިޔަންފެށީ .. ކިހާދެރެކަމެއް މައިތިރިވެ ދެންވެސް ހުރެބަލަ .. އައުގުރާނަ ނުގޮވަ ! ރައްޔިތުންގެ ބަސް ފެނޭތަ ..

  7. ކަހުރަބު

    ސަރުކާރަށް ދައްކަން އޮތް ފައިސާތައް ދައްކާފަ އަނގަތަޅާ ބަލަ

  8. ހަމްދު

    މިވެސް އެމްޑީޕީ ބޭނުން ވެގެން އުޅޭ މީހެއް

  9. ޑައެލޯގް

    އިދިކޮޅުޕާޓީއަށް ޔައުނީ އެމްޑީޕީއަށް އެންމެ މަދުން ގޮނޑިލިބިފައިވަނީ އިބޫކިޔާ އެއްވެސް އިލްމެ އަދި ހިލްމެއްނެތް މީހަކު ވެރިކަމަށްއަރާ ރީކޯމޫސަމެންކަހަލަ ނާޖައިޒް ގޮތުގައި ރިސޯޓްހޯދާފައިވާ މީހުންގެ އަތުން ޓެކްސްނުނަގާ 60،000 ރުފިޔާލިބޭ އާދައިގެ މީހެއްގެ އަތުން އިންކަމްޓެކްސް ނެގުމާއި، ދަރަނި 120 ބިލިއަނަށް އަރުވާލާއި ފައިސާޗާޕުކުރުމާއި ވުޖޫދުގައިނެތް ގޯތިތަކެއްދީ އިންޑިޔާ އެމްބަސެޑަރު ގައުމުހިންގުމާއި ވަންކަންއިތުރުވީމައެވެ.

  10. ވާނުވާބެ

    އިންތިހާބު ނިމުމާއިއެކު ފާޅުވީ ދޯ، ދަޢްލަތުގެ މާލިއްޔަތަށް ދަރާފަ އޮތް ދަރަނި އަދާކޮށްބަލަ، ދެން ތިދިރާސާވެސް ކަލޭ ހަދާފަ ހިތްހަމަޖެހިލައިގެންހުރޭ

  11. މަމިހެންބުނީވެސް

    އިދިކޮޅުގައިބތިބެގެން ރައްޔިތުންނަށް ހޯދައިދެވޭނެ މޮޅެއް ނޯންނާނެތީ..

    11
  12. ާއަލީ

    މޯލްޑިވިއަން އަށް ދައްކަން ޖެހޭ ލާރިއާ ރަހާ ރިސޯޓުން ދައުލަތަށް ދައްކަންޖެހޭ ކުއްޔާއި، ޖޫރިމަނާ ދައްކާނެ ދިރާސާއެއް ފުރަތަމަ ހަދަން ޖެހޭނީ

    18
  13. ހުސޭނު

    ރޫޅާލާނަށް ތިޔައީ ވާންވީގޮތް ގަށްޖާބޯ ވެރިކަމަށް ދަހިވެތިވީމަ ވާނީ ތިޔަހެެއް ޕާޓީ ތެރެއިން ކުރިފަޅައިގެން ނުކުތީ ދަނޑިޕާރޓީ ހުންނާނީ ރަނގަޅަށް މަޖުޅީހަށް ފާރަވެރި ވެވިފައި

    13
    1
  14. ކާފަބޭ2020

    މިހާރުތިޔައީ އެމްޑީޕީއެއްނޫން! ޑީއާރުޕީންތިޔަޕާޓީވަނީރޫޅާލާފަ މިފަހަރުވެސް ކިތައްމީހުނަށްޕްރައިމަރީއަކާނުލާ ޓިކެޓުދިންތޯ؟ ޕާޓީއަށްޓަކައިމަރުދިންމީހުންވީބާކީ ވައިކުޑައިގަފޭބިމީހުނަށް ޓިކެޓުތައްބަހާލީ ކޮންއުސޫލަކުންތަމޫސާ! މިކަހަލަސަބަބުތަކާހުރެ މީހުންވޯޓުލާންނުނިކުތީ! ވޯޓުލާމީހުން ގިނަކުރަންބޭނުންނަމަ

  15. ވިސްނާ

    އިބިލީހުގެ ރޯލް އަދާކުރާ މީހެއް މިއީ. އެއިރެއްގައި ވެރިއަކަށް ހުންނަ މީހަކަށް ސަނާކިޔައިގެން ދައުލަތަށް ދައްކަންޖެހޭ ޓެކްހަށް މަކަރުހަދާ މީހެއް.

  16. އަބްދުﷲ

    އެއީ އެއްޖިންސުން ގުޅުން ހިންގާ ފަރާތްތަކާއި އަދި އިސްލާމްދީނަށް ފުރައްސާރަކުރުން ދިފާއު ކުރުމާއި، ހުޅަނގުގެ ވައްޓަފާޅިއަށް މާ ތަރުހީބުދީ އިސްލާމްދީނާ ކުޅެގަންނަން އުޅޭ ކޮންމެ ބަޔަކަށް އަބަދުވެސް އޮންނާނީ ގެއްލުމާއި ހަލާކު. ލަދެއްވެސް ނުގަނޭތަ އޭގެ މީހުންނާއި އެކު ސަރުކާރު ހިންގަންވެސް؟

  17. ޝިމާން

    އެންމެ ބޮޑު މަސްއަލައެއްގެ ގޮތުގައި ފާހަގަވި ކަމަކީ އެމް.ޑީ.ޕީގެ ރިޔާސީ ޓިކެޓްގައި ޤައުމުގެ ރައީސުލް ޖުމްހޫރިއްޔާ ކަމުގެ މަޤާމަށް ރައީސް އިބްރާހީމް މުޙައްމަދު ޞޯލިޙް އަށް ވަޑައިގެންނެވުމާއި ހަމައަށް 07 އަހަރު ވަންދެން ޕާރޓީގެ ރޫޙުގައި ހުއްޓާ ނުލާ ބިރުވެރިކަމާއި ނާމާންކަމުގައި އެތައް އަނިޔާއެއްގައި މުޒާހަރާތަކު ގައްޔާއި
    އެކި ބަންދުތަކުގައި ދިރިއުޅުން ޤުރުބާން ކުރި ޕާރޓީގެ ޙަޤީޤީ ރޫޙުގައި މަސައްކަތްކުރި ޕާރޓީގެ މެމްބަރުންގެ އަގު ވަޒަން ނުކޮށް ވެރިކަމާއި މަޖިލީހުގެ ސްޕަރމެޖޯރިޓީ ލިބުމުން؛ ކުޅި ބަލަން ދުރުގައި ތިބި ބަޔަކު ގެނެސް ޕާރޓީގެ ބާރުވެރިންނަށް ހަދައި ވެރިކަމުގެ ކޮއިލުތެރެއަށް ވައްދައިގެން އެމް.ޑީ.ޕީގެ ތާއީދު މިޤައުމުން ގެއްލުުވާލި އިސް މީހަކީ އިބްރާހީމް މުޙައްމަދު ޞޯލިޙް ކަން އެނގޭތީ މިއީ އެންމެ ބޮޑު ސަަބަބު ކަމުގައި ބުނަންޖެހޭ.

  18. ބޮޑުރަސްގެފާނު

    އެއްޗެއް ބޮވޭތީ

  19. ޢަލީ

    ދަނިހެއައިސްބަލާ މޫސައައް މަޖިލިހައް ވަދެވުނީކީ ތަެުލީމުހުރެގެނެއްނޫން މަޟްހޫރުވީމަ އިދިކޮޅު މީހުން ނުހޮވެނީ ރައްޔިތުން ތާއީދުނުކުރާތީ އެނގިއްޖެ ގަމާރީވެސް ވ ވަރަކައް ނޫނިއްޔާ

  20. ތަކުރު

    .މިޤައުމުގެރައްޔަތުންނަކީ ވަކިސިޔާސީވަކިފިކުރަކައް ނިސްބަތްވާބަޔަކައްވިޔަސް ސިޔާސީވެރިން ބުނިހާގޮތެއްހަދާނެބައެއް ނޫންކަންއަދިވެސް ސާފުވާވަރުނުވަނީތޯ؟
    .ޕާޓީފިކުރައްވުރެ މިޤައުމާއި މާތްވެގެންވާ އިސްލާމްދީން މިޤައުމުގެ ރައްޔަތުންނައް މުހިންމުކަން ސާފުވާވަރު ނުވަނީތޯ؟
    .ރައްޔަތުންގެ މަޖިލީހަކީ ތިމަތިމާމެން ހިތުހުރިހާ ސަކަރާތެއް ޖަހަންއޮތްތަނެއްކަން ސާފުވާވަރުނުވަނީތޯ ؟؟؟

  21. ރާއިޒް

    ރައީސް ނަޝީދު މިދިވެހިރާއްޖެއަށް ޑިމޮކްރަސީ ގެނައުމަށް ކުރެއްވި މަސައްކަތާއި ވީ އާދައާއި ޚިލާފު ގުރުބާނީ އެއްނަފުސަކަށް ވެވުނު އެހެން މީހެއް މިރާއްޖޭގައި ނުހުންނާނެ. އޭގެ ނަތީޖާއެއްގެ ގޮތުން ރައީސް ނަޝީދު އަށް ރައްޔިތުން މިރާއްޖޭގެ ވެރިކަން ޙަވާލު ކުރުމުން އެތައް ދާއިރާއަކުން މުޅި ރާއްޖޭގެ ހުރިހާ ރައްޔިތުންނަށް ދައުލަތުގެ ތެރެއިން އިޖުތިމާޢީ ރައްކާތެރިކަން ހޯދައި ދެއްވި. ދައުލަތަށް އިތުރު އާމްދަނީ ލިބޭނޭ ޓެކްސް ނިޒާމެއް ތަޢާރަފްކޮށް އެކަން ފެއްޓެވި. ބޯހިޔާވަހި ކަމާއި އަގު ހެޔޮކޮށް ދަތުރު ކުރެވޭނެ ދަތުުރު ފަތުރުގެ ނިޒާމެއް ޤާއިމްކޮށް ދެއްވި. މީގެ ތެރެއިން ކޮށްދެވުނު އެންމެބޮޑު ކަމަކީ އެމީހެއްގެ ވޯޓް އަނެއްމީހާއަށް ނުދައްކައި ސިއްރު ގޮތުގައި ރައްޔިތު މީހާއަށް ލެވޭނެ ގޮތް ހަމަޖައްސައި ދިނުން.
    މިދެންނެވި ނަޝީދުއަށް އެމް.ޑީ.ޕީ މެމްބަރުން ދިން ރިޔާސީ ޓިކެޓް ހިންނަވަރު އިބްރާހީމް މުޙައްމަދު ޞޯލިޙް އަށް ރައީސް ނަޝީދު ވެދުމަށް އެރުވުމުން ވެރިކަމުގެ ލައްޒަތާއި ދަހިވެތިކަމުގައި ރައީސް ނަޝީދުގެ ބާރު ކަނޑުވާލައި އެމް.ޑީ.ޕީގެ ތާއީދު މިރާއްޖެއިން ގެއްލުވާލި މީހަކީ އިބްރާހީމް މުޙައްމަދު ޞޯލިޙް. އިބްރާހީމް މުޙައްމަދު ޞޯލިޙް އަންނި އާއި މެދު ކަންކުރިގޮތުން އަންނި ތާއީދު ކުރާ މީހަކަށް ނުވަތަ ޕާރޓީއަކަށް އަންނިއަށް ތާއީދު ކުރާމީހަކު ވޯޓްލާން ބޭނުމެއް ނުވޭ. އަންނިއަށް ތާއީދު ކުރާ މީހަކު މިހާރު ވޯޓް ދޭން ބޭނުންވަނީ ސީދާ އަންނިއަށް ދޭ ވޯޓަކަށްވާނަމައެވެ.
    ވީމާ؛ ރީކޯ މޫސާމަނިކު ތިޔަބުނުއްވި އެމް.ޑީ.ޕީއަށް މިރާއްޖޭގައި އޮތް ބޮޑު ތާއީދު މިރާއްޖެއިން ގެއްލުވާލި މައިގަނޑު ސަބަބުގެ ނަންބަރު އެކެއް އެއީ ކުރީގެ ރައީސް އިބްރާހީމް މުޙައްމަދު ޞޯލިޙް.