ރިޔާސީ އިންތިޚާބު ކާމިޔާބު ކުރަން ބޭނުންވާ 50 އިންސައްތަ އަޣުލަބިއްޔަތު 30 އިންސައްތައަށް ކުޑަކުރަން ވެގެން އެމްޑީޕީގެ ކޮންގްރެސްއަށް ހުށަހަޅާފައިވާ އޮންނަ ހުށަހެޅުމާއި މެދު ވިސްނުން ގެންގުޅެން ނުޖެހޭ ކަމަށް ޖުމްހޫރީ ޕާޓީން ބުނެފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ހުށަހެޅުއްވުމާއި މެދު ޖޭޕީން ދެކޭ ގޮތަކާއި މެދު ސުވާލު ކުރުމުން އެ ޕާޓީގެ ތަރުޖަމާނު އަލީ ސޯލިހް ވިދާޅުވީ، އެ ހުށަހެޅުއްވުމަކީ އެމްޑީޕީގެ އެތެރޭގައި އޮތް ކަމެއް ކަމަށެވެ. އެއާއި މެދު އެމްޑީޕީގެ ނިންމުމެއް ވެސް ނެތް ކަން އޭނާ ފާހަގަ ކުރެއްވިއެވެ.

"އެމްޑީޕީގެ އެތެރޭގެ ކަމެއް އަދި އެއީ، އެމްޑީޕީން ފާސްކުރީއެއް ވެސް ނޫން، ކޮންގްރެސްއެއް ބާއްވަން ނިންމައި، އެ ކޮންގްރެސްގައި ބަހުސްކޮށް ގޮތެއް ކަނޑައަޅަން ނިންމީ، އެ ވަރުގެ [ކުޑަ] ހުށަހެޅުމަކަށް ސަމާލު ކަން ދޭކަށް ނުޖެހޭ،" އަލީ ސޯލިހް ވިދާޅުވިއެވެ.

މި ސަރުކާރުގެ އެންވަޔަރަމަންޓް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރަކަށް ހުންނެވި އަލީ ސޯލިހް ވިދާޅުވީ ޖުމްހޫރީ ޕާޓީން އެ ކަމަށް ސަމާލު ކަމެއްދީ ބަސް ބުނާނީ އެ ޕާޓީގެ ދައުރާއި ހަމައަށް އެ ކަން އައުމުން ކަމަށެވެ. އެއީ މަޖިލީހަށް އެ ކަމެއް ހުށަހެޅުމުންނެވެ.

"އެމްޑީޕީގެ އެ ކޮންގްރެސްއިން ފާސްކޮށްގެން، އެ ޕާޓީން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިގެން، ދެން ޖޭޕީން އެ ކަމުގައި ދެކޭ ގޮތެއް ހާމަ ކުރާނެ،" އަލީ ސޯލިހް ވިދާޅުވިއެވެ.

އެމްޑީޕީގެ ކޮންގްރެސް ބާއްވަން ނިންމާފައި ވަނީ އަންނަ އޮގަސްޓް މަހުގައެވެ. އެ ކޮންގްރެސްއަށް މި މައްސަލަ ތާވަލުކޮށްފައިވެއެވެ.

ނަޝީދު ފުރަތަމަ މަސައްކަތް ކުރައްވަމުން ގެންދެވީ، ބަރުލަމާނީ ނިޒާމަކަށް ވެރިކަން ކުރުމުގެ ނިޒާމު ބަދަލު ކުރުމަށެވެ. މި އިސްލާހުތައް ހުށަހެޅުއްވީ، އެ ކަމަާށް މާ ބޮޑު ތަރުހީބެއް ޕާޓީ ތެރެއިން ވެސް ނުލިބުމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

11 ކޮމެންޓް

  1. ކީއްކުރާނީ

    ބާކީ ފަޅެއް ނެތީތަ ތިސޮރައް ދޭނެ. ވަގުކަލޭގެ

    10
  2. އަރީ

    ޖޭޕީ އަކީ ފަލަ ބިޔަ ބޮޑު މުސްކުޅި ފިރިހެނަކަށް ކިޔާ ވަނަމެއްތަ؟

  3. އަހުމަދު

    ނަޝީދު 30 ޕަސެންޓު ބޭނުންކޮށް ވެރިކަމަށް ސަވާރުވެ، ޖޭޕީގެ ތާއީދުގެ ބޭނުން ކެނޑޭ ހިސާބުން ޖޭޕީ ބޭރުކޮއްލަފާނެ. އެހިސާބުން އިނާޔަތްތައް ކެނޑުނީ. އޭރުން ސަމާލުކަން ދޭނެ

    12
  4. ޙަނދުކޭތަ

    ފަހުވަގުތު ރަށެއްނޫނީ ފަޅެއް ނޫނީ ލާރިގަނޑެއްދޭން އެއްބަސްވާއިރައް ތިބައުގަނޑު އޮންނާނީ ވޯޓްވެސްދޭގޮތައް ތިޔަ ދެބައި ގަނަަޑަކީ އަމިއްލަ އެދުމުން ފޯވެ ތިކި ތަޅަތަޅާ ތިބޭ ދެބައިގަނޑު ހާއްސަކޮއް ނަސިދާ ގާސިމް

    13
  5. އިބްރީމް މުހައްމުދު

    ހައިރިސްކް މީހެކޯމީ އެކަމު އެހެން ހުރިހާ އެއްމެން މާސްކުއަޅައިގެން ހައިރިސްކު ކަމަށް ބުނެ ބަހަނާ ދައްކާ މީހާ މާސްކު ނާޅާ

    10
  6. އެއްނަމްބަރ ސައިންޓިސްޓް

    2018 ގައި މިސަރުކާރުން ހެދިފަދަ މަކަރާ ޙީލަތް ނުހަދައިފިނަމަ ޕީޕީއެމް ޕީއެންސީ ކޯލިޝަނުން 2023ގެ ރިޔާސީ އިންތިޚާބު 60 ޕަސެންޓަށްވުރެ މަތިން ކާމިޔަބުކުރާނެކަމަށް ވަރަށް ބޮޑަށް ބެލެވެއެވެ. 2018 ގެ އިންތިޚާބުގައި މަކަރާ ޙިލަތްހަދާ ވޯޓުއޮޅުވަލިއިރުވެސް އެކަނި މާއެކަނި 6 މީހުންނާ ވާދަކުރިއިރު ސޮއްޑުދަށުން ފޮނުވައިލި ވޯޓު ނުހިމަނާ ޔާމީން 42 އިންސައްތަ ވޯޓް ހޯއްދެވިއެވެ.

  7. ނާދިރާ

    ތާކުން ފަރެއް ނޫނީ ގިރި އެއް ނޫނީ ލާރިގަނޑެއް ދެނިކޮށް ޖޭޕީ އޮންނާނީ ސަޅިކޮށް މަޅީގަ ބެދިފަ. ތީ މެޓައެއް

  8. ޢިޔާބު

    އައްޗި... ތިޔަ ގާސިމަށް ބާމުންޑެއް ދިނަސް އޯކޭވާނެ.

  9. ށ.މަތިކޮމަންޑޫ

    ކަލޯ މިހާރު ހާދަ ދަށޭ އަހަރުމެންގެ ވިޔާފާރި. ރަށަށް މީހަކު އަރާވެސް ނުލާ. ވަރަށް ދެރަ ކުރިން ސައި ހޮޓާ ރެސްޓޯރެންޓް ފުރި ބާރުވެފައި މާލޭ ބޭފުޅުން

  10. ހަވާސާ އިބޫ

    ތިޔަ 30% އިސްލާހަށްވެސް އެންމެފުރަތަމަ އޯކޭ ދޭނީ ގާސިމު މީނާއަށޤ އިތުރު 2 ރަށް ދިނީމާ އޯކޭވާނެ ގާސިމަކީވެސް މުރުތަސޤދުވެފައިވާމީހެއް!

  11. އަބުދުﷲ

    ޖޭ ޕީ އަކީ ސިޔާސީ މީހުން ބުލެކްމޭލް ކޮއްގެން ފައިދާ ހޯދަން އެނގޭ ބައެއް . މި މަސައްްކަތުގަ ދުނިޔޭގެ ހުރިހާ މާފިޔާވިސްނުންވެސްްް އޭނަޔައްވުރެ ދައްކަމުގަ ބެލެވޭނީ.