ކޮވިޑް-19 ގައި ރާއްޖެ އިން އިތުރު މީހަކު ނިޔާވެ، ކޮވިޑް ޖެހިގެން ރާއްޖެ އިން ނިޔާވި މީހުންގެ އަދަދު 290 އަށް އަރައިފިއެވެ.

ކޮވިޑް ޖެހިގެން ތިނަދޫން ރޭ ވަނީ މީހަކު ނިޔާވެފައެވެ. ތިނަދޫން ނިޔާވެފައި ވަނީ 75 އަހަރުގެ ދިވެހި އަންހެނެކެވެ.

ފަހަކަށް އައިސް ރާއްޖޭގައި ކޮވިޑް-19 ޖެހޭ މީހުންގެ އަދަދު ވަނީ ދަށްވާން ފަށައިފައެވެ. މިދިޔަ މަހު، ދުވާލެއްގެ މައްޗަށް ކޮވިޑް ޖެހޭ މީހުންގެ އަދަދު 2،000 އިން މަތީގައި އުޅުނު ނަމަވެސް، މިހާރު އެ އަދަދު ވަނީ 1،000 އަށް ދަށްވެފައެވެ.

ރާއްޖެ އިން މިހާތަނަށް 162،169 މީހުން ކޮވިޑަށް ފައްސިވެ 146،161 މީހުން ވަނީ މި ބަލީގައި ނިޔާވެފައެވެ. މިވަގުތު އެޑްމިޓްކޮށްގެން ފަރުވާ ހޯދަމުން އަންނަނީ 26 މީހެކެވެ.

ބަލި ޖެހިފައި މިވަގުތު ތިބި މީހުންގެ އަދަދު 15،706 އަށް އަރައެވެ.