އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރު ކަމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހް ނެރުއްވި ކެންޑިޑޭޓް ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުހައްމަދު އަސްލަމް ކާމިޔާބު ކުރައްވައިފިއެވެ.

އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕްގެ އިންތިޚާބު ކުރިއަށް ދިޔައީ މިއަދު މެންދުރު ފަހު 1:30 އިން ފެށިގެން ހަވީރު 5:00 އާ ހަމައަށެވެ. މިހާރު ވޯޓު ގުނައި ނިމި ނަތީޖާ ވަނީ ލިބިފައެވެ.

މި އިންތިޚާބުގައި އެމްޑީޕީގެ ދެ ފެކްޝަން ކަމުގައިވާ، ރައީސް ސޯލިހްގެ ފެކްޝަނާއި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ ފެކްޝަނުން ވެސް ވާދަކުރެއްވިއެވެ.

ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރު ކަން އަސްލަމް ކާމިޔާބު ކުރެއްވީ 40 ވޯޓުންނެވެ. އަސްލަމްއާއި ވާދަކުރެއްވި މިހާރު ވެސް އެ މަގާމު ފުރުއްވާ މެދު ހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމަށް ލިބިވަޑައިގަތީ 25 ވޯޓެވެ.

ޕާލިމެންޓްރީ ގްރޫޕްގެ ޑެޕިއުޓީ ލީޑަރު ކަން ކާމިޔާބު ކުރެއްވީ ރައީސް ސޯލިހްގެ ޅިޔަނު އަދި އަލިފުށި ދާއިރާގެ މެންބަރު މުހައްމަދު ރަޝީދު ހުސައިން (ބިގޭ) އެވެ. ބިގޭއަށް 49 ވޯޓު ލިބިވަޑައިގަތެވެ.

އެ މަގާމަށް ދެން ވާދަކުރެއްވި ހުޅުދޫ ދާއިރާގެ މެންބަރު އިލްޔާސް ލަބީބާއި، ހެންވޭރު ދެކުނު ދާއިރާގެ މެންބަރު ހުސައިން ޝަހީމް (އަނދުން) އަށް ވެސް ލިބިވަޑައިގަތީ 34 ވޯޓެވެ.

ޑެޕިއުޓީ ލީޑަރުގެ މަގާމަށް ދެ މެންބަރުން އިންތިޚާބު ކުރާއިރު، އިލްޔާސްއާއި އަނދުންއާއި ދެމެދު އަލުން އިންތިޚާބެއް ބާއްވަން ޖެހޭނެއެވެ.

އެމްޑީޕީ ޕީޖީގެ އާ ލީޑާޝިޕް

  • ގްރޫޕްގެ ލީޑަރު - ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުހައްމަދު އަސްލަމް
  • ޑެޕިއުޓީ ލީޑަރު - އަލިފުށި ދާއިރާގެ މެންބަރު މުހައްމަދު ރަޝީދު ހުސައިން (ބިގޭ)
  • އެސްޖީ - ފުވައްމުލައް މެދު ދާއިރާގެ މެންބަރު ހުސައިން މުހައްމަދު ދީދީ
  • ޑެޕިއުޓީ އެސްޖީ - ފޭދޫ ދާއިރާގެ މެންބަރު މުހައްމަދު ނިހާދު
  • ޗީފް ވިޕް - ތިނަދޫ އުތުރު ދާއިރާގެ މެންބަރު އަބްދުލް މުޣުނީ
  • ވިޕް - ކޮމަންޑޫ ދާއިރާގެ މެންބަރު މުހައްމަދު ރާޝިދު (ރާޑޯ)
  • ވިޕް - ވައިކަރަދޫ ދާއިރާގެ މެންބަރު ހުސައިން ޒިޔާދު (ފިއްޓެ)
  • ވިޕް - އިހަވަންދޫ ދާއިރާގެ މެންބަރު މުހައްމަދު ޝިފާއު
  • ވިޕް - މައްޗަންގޯޅި ދެކުނު ދާއިރާގެ މެންބަރު އަހްމަދު ޚައިތަމް
  • ވިޕް - ފޮނަދޫ ދާއިރާގެ މެންބަރު މުސާ ސިރާޖް

ކިޔުންތެރިންގެ ހިޔާލު

15 ކޮމެންޓް

  1. އަހުމަދު

    ވިކިހުސްވެފަ ތިބި މެންބަރުން.

    50
    1
    • Anonymous

      ނުވިކޭ މީހަކީ ކޮބައިބާ

      12
      4
    • ވިކުން

      ތިވެސް ވިކި ހުސްވެ ގެއްލި ހަލާކުވެފަ ހުރި މީހެއް

      12
      5
  2. އަޙްމަދް

    އަދުގެ ސިޔާސީ މަޝްރަހުގައި ނަޝީދުގެ މިސާލަކީ ދަތްނެތް ހިޔަޅެއްގެ މިސާލެވެ.

    44
    1
    • ދެރަވެއްޖެ، ބަލިވެއްޖެ.

      ނަޝީދޫ .ނަޝީދޫ. ނަޝީދޫ. ނަޝީދޫ. ނަޝީދޫ. ނަޝީދޫ. ނަޝީދޫ.. އަދިވެސް ކަލޭ ޑިމޮކްރަސީއޭ، ބަރުލަމާނީއޭ، ކިޔަމުން ދުވާކަށް ލަދެއް ނުގަނާނެ ދޮތަ.. ދެން ކަލޭ ވޯޓް ހޯދަން ނާންނާތި "ނުދޭނަން" މިބުނީނު ނުދޭނަމޭ ހަމަ ނުދޭނަން.

  3. އަހުމަދު

    ރަނގަޅު ހަބަރެއް. އަލްހަމްދުލިﷲ

    29
    1
  4. ރެފްރީ

    ބަރުލަމާނީއަށް އެބުނަނީ ނޫނެކޭ !!

    35
  5. އަލީ

    މީނަ ގެ ނެތް މައްސަލައެއް. މީނަ ގޮވާ މީހުން ގޯހީ. ހިތަދޫ އުތުރު ދާއިރާގެ މީހުންނަކީ ސިކުނޑީގަ ވިސްނުމެއް ހުންނަ ބައެއްނޫން. އެހެންވެ އެދާއިރާއަށްވެސް މީނަ ހޮވަނީ.

    26
    1
  6. އައުޓް

    ކެނެރީގެ ނަޝީދު އައުޓް އިންޑިއާ އައުޓް ކެނެރީގެ ނަޝީދު އައުޓް އިންޑިއާ އައުޓް ކެނެރީގެ ނަޝީދު އައުޓް އިންޑިއާ އައުޓް ކެނެރީގެ ނަޝީދު އައުޓް އިންޑިއާ އައުޓް ކެނެރީގެ ނަޝީދު އައުޓް އިންޑިއާ އައުޓް ކެނެރީގެ ނަޝީދު އައުޓް އިންޑިއާ އައުޓް ކެނެރީގެ ނަޝީދު އައުޓް އިންޑިއާ އައުޓް ކެނެރީގެ ނަޝީދު އައުޓް އިންޑިއާ އައުޓް ކެނެރީގެ ނަޝީދު އައުޓް އިންޑިއާ އައުޓް ކެނެރީގެ ނަޝީދު އައުޓް އިންޑިއާ އައުޓް ކެނެރީގެ ނަޝީދު އައުޓް އިންޑިއާ އައުޓް ކެނެރީގެ ނަޝީދު އައުޓް އިންޑިއާ އައުޓް ކެނެރީގެ ނަޝީދު އައުޓް އިންޑިއާ އައުޓް ކެނެރީގެ ނަޝީދު އައުޓް އިންޑިއާ އައުޓް ކެނެރީގެ ނަޝީދު އައުޓް އިންޑިއާ އައުޓް ކެނެރީގެ ނަޝީދު އައުޓް އިންޑިއާ އައުޓް ކެނެރީގެ ނަޝީދު އައުޓް އިންޑިއާ އައުޓް ކެނެރީގެ ނަޝީދު އައުޓް އިންޑިއާ އައުޓް ކެނެރީގެ ނަޝީދު އައުޓް އިންޑިއާ އައުޓް ކެނެރީގެ ނަޝީދު އައުޓް އިންޑިއާ އައުޓް ކެނެރީގެ ނަޝީދު އައުޓް އިންޑިއާ އައުޓް

    38
  7. ކަތުރުކަށި

    ނަޝީދުއަށް އަރެމެން ދޯނިން މަހައްދާނެ ފުރުސަޔެއް ލިބިދޭތޯ ކެޔޮޅު ކައިރީ މި އަހާލަނީ. ކެޔޮޅު ބުނާ އެއްޗެއް ފަހުން ބުނެލާނަން.

    34
  8. ފެނޭދޯ

    ކެނެރީގެ ނަޝީދު ބަލިވާކަމުގެ އަލާމާތް ތައް ފެންނަނީއޭ ފެންނަނީއޭ ފެންނަނީއޭ ފެންނަނީއޭ ފެންނަނީއޭ ފެންނަނީއޭ ފެންނަނީއޭ ފެންނަނީއޭ ފެންނަނީއޭ ފެންނަނީއޭ ފެންނަނީއޭ ފެންނަނީއޭ ފެންނަނީއޭ ފެންނަނީއޭ ފެންނަނީއޭ ފެންނަނީއޭ ފެންނަނީއޭ ފެންނަނީއޭ ފެންނަނީއޭ ފެންނަނީއޭ ފެންނަނީއޭ ފެންނަނީއޭ ފެންނަނީއޭ ފެންނަނީއޭ ފެންނަނީއޭ ފެންނަނީއޭ ފެންނަނީއޭ ފެންނަނީއޭ ފެންނަނީއޭ ފެންނަނީއޭ ފެންނަނީއޭ ފެންނަނީއޭ ފެންނަނީއޭ ފެންނަނީއޭ ފެންނަނީއޭ ފެންނަނީއޭ ފެންނަނީއޭ ފެންނަނީއޭ ފެންނަނީއޭ ފެންނަނީއޭ ފެންނަނީއޭ ފެންނަނީއޭ ފެންނަނީއޭ ފެންނަނީއޭ ފެންނަނީއޭ ފެންނަނީއޭ ފެންނަނީއޭ ފެންނަނީއޭ ފެންނަނީއޭ ފެންނަނީއޭ ފެންނަނީއޭ ފެންނަނީއޭ ފެންނަނީއޭ ފެންނަނީއޭ ފެންނަނީއޭ ފެންނަނީއޭ ފެންނަނީއޭ ފެންނަނީއޭ ފެންނަނީއޭ ފެންނަނީއޭ ފެންނަނީއޭ

    25
    1
  9. ރަދީފް

    ފަންސަވީސް އެއީ އާޒިމްގެ ސައިޒް.ފަރަ މަހާ.

    32
  10. ރެފްރީ

    މަރުހަބާ ރިޔާސީނިޒާމަށް

  11. އިންޑިއާއައުޓު

    ތިޔައީ ހަމައެއްބައެއް ނުވާނެ ބަދަލެއް ފެހިކާނީ އެއްގަލަކުން

    5
    1
  12. ވެރިކަން ބޭނުން މާކަނާކަލޯ

    އަންނި ގެ ސިޔާސީ ކުރިމަގު ފެންނަނީ ވަރަ ބިދިފައި އިން އެކަމުވެސް ގުރުވަ ނޫނީ ނުކާން އިން މާކަނާއެއްގެ މިސާލެވެ.