ޅ. މަޑިވަރުގައި މިއަދު ހުޅުވި އެއާޕޯޓް އިންޓަނޭޝަނަލް އެއާޕޯޓެއްގެ ގޮތުގައި ތަރައްގީ ކުރުމުގެ ތައްޔާރީތައް ވަމުން އަންނަ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެއެވެ.

އެއާޕޯޓު ހުޅުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ރައީސް ވިދާޅުވީ، މަޑިވަރު އެއާޕޯޓް ހުޅުވިގެން ދިޔައީ އެންމެ ފުރިހަމަ ވަޞީލަތްތަކާއެކުގައި ކަމަށެވެ.

ރައީސް ވިދާޅުވީ، ސަރުކާރުން އަމާޒު ހިފާފައިވާ ގޮތަށް 30 މިނެޓުން ދެވޭ ހިސާބުގައި އެއަރޕޯޓްތައް ތަރައްޤީކުރުމުގެ މަސައްކަތް ހުއްޓުމެއްނެތި ކުރިޔަށްދާނެކަމަށާއި މި އަހަރުގެ ތެރޭގައި އިތުރު ދެ އެއަރޕޯޓެއް ހުޅުވުމަށް ތައްޔާރުވަމުން އަންނަކަމަށެވެ.

މީގެ އިތުރުން ރައީސް ވަނީ މަޑިވަރު އެއަރޕޯޓް ތަރައްޤީކުރި ފަރާތުން މި އެއަރޕޯޓް އިތުރަށް ބޮޑުކޮށް އިންޓަރނޭޝަނަލް އެއަރޕޯޓެއްގެ ގޮތުގައި ތަރައްޤީކުރުމަށް މަސައްކަތް ފެށުމުގެ ތައްޔާރީތައްވެސް ވަމުން އަންނަކަން އެމަނިކުފާނު ހާމަކުރެއްވިއެވެ.

މަޑިވަރު އެއާޕޯޓް މިއަދު ރަސްމީކޮށް ހުޅުވާފައިވާއިރު، އެއާޕޯޓަށް ދަތުރުތައް ފެށުމުގެ ހުއްދަ އައިލެންޑް އޭވިއޭޝަނާ ހަވާލުކޮށްދެއްވީ ޓްރާންސްޕޯޓް މިނިސްޓަރު އައިޝަތު ނަހުލާ އެވެ. އަދި އެއާޕޯޓުގެ ފުރަތަމަ ބޯޑިން ފާސް ރައީސް ސޯލިހާ ހަވާލުކޮށްދެއްވީ އައިއޭއެސްގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު މިއާދު އެވެ.

ޖުމްލަ 11 މިލިއަން ޑޮލަރު (170 މިލިއަން ރުފިޔާ) ހަރަދުކޮށްގެން ކުރެއްދޫ ހޯލްޑިންސް އިން 1.2 ކިލޯމީޓަރުގެ ރަންވޭއަކާ އެކު ތަރައްގީކުރި މަޑިވަރު އެއާޕޯޓް ހިންގަން ރާއްޖޭގެ ގައުމީ އެއާލައިން ހިންގާ އައިލެންޑް އޭވިއޭޝަން (އައިއޭއެސް) އާ ހަވާލުކޮށް އެކަމުގެ އެއްބަސްވުމުގައި ސޮއިކުރީ މިދިޔަ މަހުގެ ތެރޭގައެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ހުސޭނުބޭ

    އާނ..... ފުދިއްޖެ. ތިކަން ދެން ތި ނުވީ. ތިއީ ނޫންތަ މަޑީވަރުގައި އެއަރޕޯޓް އެޅިޔަނުދޭން ޕާޓީ ކުދިންލައްވާ ތެޅިއެރުވި މީހާ. ތިކަން ބަހައްޓާފައި ރޯޔަލް ސަފާރީ ރޭޕް ކޭސް އިންޓަނޭޝަނަލް ކޮށްބަލަ!

  2. އަލީވަހީދު

    ރިޔާސީ ވައުދުގެތެރޭ ހިމެނޭ ހުވަދޫ އިންޓަނޭޝަނަލް އެއާޕޯޓު ކޮބާ.

  3. ކާފަބޭ2020

    ސޯލިހޫމިހާރު ސޭވްމަޑިވަރުޖަހައިގެންއުޅުނުމަތިންހަނދާން އަބަހުރިތޯ؟ 30 މިނިޓުންދެވޭހިސާބުގައި އެއަރޕޯޓުއެޅުމަކީ ސޯލިބޭގެ ތަސައްވުރެއްނޫނެއްނޫންތޯ؟ އެކަމަށްކުރީގަހަޖޫޖަހާ ހޯބޯލަވަމުންދުވިހަނދާންނެތުނީތޯ؟ ވެށިހަލާކުވާތީދުވިމީހުނަށް އިންޓަނޭޝަނަލްއެއަރޕޯޓަކަށްހެދީމަ ވެށިސަލާމަތްވަނީތޯ؟😆😆😆😆😆😆😆😆😆😆

  4. އަހްމަދު

    ބަލަގަ ތިޔައެއަރޕޯޓަކާ މިސަުރުކާރަކާއޮތީ ކޮންގުޅުމެއްތޯ ތިޔައީ ރައީސް ޔާމީން ވެރިކަމުގަ އުއްޗުއާ އަޅަންހަވާލު ކުރެއްވި އެއަރޕޯޓެއް އެހެންވެބުނަނީ ކާޅުހާލިހެދީމަ ކޮވެލިބިސްއަޅަނީއޭ ރައީސް ޔާމީން ފެއްޓެވިމަސައްކަތްތަކުގެ ރެބަންކެނޑުމަކީވެސް މިސަރުކާރުން އެންމެބުރަކޮށް ކުރަންޖެހޭ އެއްމަސައްކަތް ޝުކުރިއްޔާ ރައީސްޔާމީން