ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ތިން މީހަކަށް ތޫނު އެއްޗަކުން ހަމަލާދީ ޒަހަމް ކޮށްލައިފިއެވެ.

"ވަގުތަށް" އެނގިފައިވާ ގޮތުގައި މިރޭ 20:00 ގައި ހިނގި މިހާދިސާގައި އަނިޔާވެފައިވަނީ ތިން ބިދޭސީންނަށެވެ. އޭގެ ތެރެއިން ދެ މީހަކަށް ބޮޑެތި ޒަހަމްތަކެއް ވަނީ ލިބިފައެވެ.

\ތޫނު އެއްޗަކުން ހަމަލާ ދިނުމުގެ ސަބަބުން ޒަހަމްވެފައިވާ ބިދޭސީއެއް-- ފޮޓޯ: އަލީ ވިސާމްއަނިޔާވި މީހުންގެ ތެރެއިން ބައެއް މީހުންގެ ބުރަކަށީގެ އިތުރުން އަތުގެ އެކި ތަންތަނަށް ވަނީ ހަމަލާ ދީފައެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ، މި މާރާމާރީ ހިނގާފައިވަނީ ބިދޭސީންތަކެއްގެ މެދުގައި ކަމަށާއި މާރާމާރީ ހިނގައިގެން އުޅޭ ކަމުގެ މައުލޫމާތު ލިބުމުން ފުލުހުން އެސަރަހައްދުގައި ހަރަކާތްތެރިވަމުން އަންނަ ކަމަށެވެ.

މާރާމާރީ ހިންގީ ވައްކަމުގެ މައްސަލައަކާއި ގުޅިގެން ކަމަށް ވެސް ފުލުހުން ވިދާޅުވިއެވެ. ނަމަވެސް މައްސަލައިގެ އިތުރު ތަފްސީލެއް ފުލުހުން އަދި ހާާމައެއް ނުކުރެއެވެ.

މާރާމާރީގައި އަނިޔާވި މީހުންނަށް ހުޅުމާލޭ ހޮސްޕިޓަލްގައި އަންނަނީ ފަރުވާ ދެމުންނެވެ. އެމީހުންގެ ތެރެއިން އެއްވެސް މީހަކަށް ފުރާނައަށް ނުރައްކާވާވަރުގެ އަނިޔާއެއް ލިބިފައި ނެތް ކަމަށް މަންޒަރު ފެނުނު ބައެއް މީހުން ބުނެއެވެ. ނަމަވެސް ތިން މީހުންގެ ހާލަތާއި ގުޅޭ ގޮތުން ރަސްމީ އިދާރާއެއްގެ ބަހެއް އަދި ނުލިބެއެވެ.

ފުލުހުން ވިދާޅުވީ މައްސަލައިގެ ތަހްގީގު ކުރިއަށްދާ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. ޖަމީލް

    އެފްޑީސީ ފެއިލްވެފައި ކޮބާ ފެންނަން ބުނި ކެމެރާރަށް؟ އަދިވެސް ނުއަގުގައި ބިން ވިއްކައިގެން ބިލިއަނުން ބައްކޮއްގެން ތިބޭ! މިމީހުންނަށް ބެލޭ އެއްވެސް ކަމެއް ނޯވޭ! އެޗް.ޑީ.ސީ ވަނީ ފެއިލްވެފައި

    47
    3
  2. ސަލް

    އިންޑިޔާ ބިދޭސީން ދޯ.. ޑީޕޯޓުކުރޭ.

  3. Anonymous

    އެޗްޑީސީ ސޮހޮލާ! ކޮބާތަ ހުޅުމާލެ ބެލެހެއްޓިފަ. ތިތަން ވެއްޖެއެއްނު މުޖުރިމުންގެ އައްޑާއަކަށް.

  4. ޙަސަނާ

    އެހެންނުވާނީ ބަލަދުވެރިއެއްނެތި އުޅޭނެގޮތަކައް ބިދޭސީންއުޅޭއިރުވެސް ފިޔަވަޅެއްއެޅޭގައުމެއްނޫން މިއްޔަކީ ރައީސްމީހާ އަދިވެސްދުވަނީ ޖާހަތުވަރުގަދަކުރަން ޕާޓީވެސްހިސާރުކުރަން މިހާރު އަންނިގެ މައްޗައްކުރިހޯދައިފި ތިބާންގާޅިންތައްވެސް މިއަންނަ އަހަރޔ ވޯޓުލާނެ..

  5. Anonymous

    ތިކަންވެސް ދެން ކޮޅެއްގައި ޖެެހެންވެއްޖެދޯ ، މާދަމާ މުޅިން ދައްކާނީ ތިވާހަކަ ، ދެން ނުހުއްނާނެ ހަނދާނެއް
    ބަގުލަދޭޝްއިން އެހީ ލިބޭތީ ނެތް ޤަވައިދާ ހިލާފައްއުޅޭ ބިދޭޝީންވެސް ބޭރުކުރާކަށް
    ފައްޔާޒުވެސް އެހެރީ އެމީހުންގެ ކޮމްޕެނީ ނޫމަޑިކުދިންކޮޅު ސަރުކާރުގެ އެހީގައި ފޮނުވާލައިގެން އަރާހެވިފަ

  6. މިތުރާ

    ބިދޭސި ންނަ ނަށްވެސް އެގޭ ވާ ނުވާގައޮ ންނަތަނ ނެއްކަ ންރާއްޖެ އަކީ،! މިތަ ނައް އާސްސަ ބޮޑެތި ޖަރީމާތާއްހި ންގާ އެމީހު ން، ދިވެހި ން އުޅެ ނީ އިއްޒަތުގަ، ކާތަށި ދޮ ން ނަ ން ވެސް ބިދޭސީމީހަކު ބޭ ނު ންވޭ.