އެމްޑީޕީ ޕާލިމެންޓްރީ ގްރޫޕްގެ އެތެރޭގެ މަޝްވަރާތައް އިތުރުކޮށް ޕާލިމެންޓްރީ ގްރޫޕް ކުރިއަށް ވުރެ ބޮޑަށް ހަރަކާތްތެރި ކުރައްވާނެ ކަމަށް އަލަށް އިންތިޚާބުވި ޕީޖީ ލީޑަރު މުހައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ.

ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރު ކަން އަސްލަމް ކާމިޔާބު ކުރެއްވީ 40 މެންބަރުންގެ ވޯޓުންނެވެ. އަސްލަމްއާ ވާދަކުރެއްވި ކުރީގެ ޕީޖީ ލީޑަރު، މެދު ހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމަށް ލިބިވަޑައިގަތީ 25 ވޯޓެވެ.

ރައްޔިތުންގެ މަޖިލީހުގައި ހިތަދޫ އުތުރު ދާއިރާ ތަމްސީލް ކުރައްވާ މެންބަރު އަސްލަމް "ވަގުތު" އަށް ވިދާޅުވީ، މެންބަރުން އޭނާއާ ހަވާލު ކުރެއްވީ ޒިންމާއެއް ކަމަށާއި އެ ޒިންމާ ފުރިހަމައަށް އަދާ ކުރައްވާނެ ކަމަށެވެ.

"ޕާޓީގެ އަސާސީ ގަވާއިދުގައި އޮންނާނެ ޕާލިމެންޓްރީ ގްރޫޕް ހިންގާނެ ގޮތުގެ ގަވާއިދު، އެ ގަވާއިދުގެ އިމުގެ ތެރެއިން ޕާޓީގެ ޕާލިމެންޓްރީ ގްރޫޕް ލީޑް ކުރުމުގެ މަސައްކަތް އަޅުގަނޑު ކުރާނީ،" އަސްލަމް ވިދާޅުވިއެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް ދިން ބޮމުގެ ހަމަލާ ދިރާސާކުރި ސަލާމަތީ ޚިދުމަތްތަކުގެ ކޮމިޓީ (241 ކޮމިޓީ) ގެ މުގައްރިރަކަށް ވެސް ހުންނެވި އަސްލަމް ވިދާޅުވީ ޚިޔާލު ތަފާތު ވެފައިވާ އެމްޑީޕީގެ މެންބަރުން ޖަމާކޮށް، ޕާޓީ އިތުރަށް ހަރަކާތްތެރި ކުރެވޭނެ ކަމަށެވެ.

"ޕާލިމެންޓްރީ ގްރޫޕްގެ މެންބަރުންގެ މަޝްވަރާ އާއި ޚިޔާލު ހޯދައިގެން ކޮންމެ ކަމެއް ވެސް ނިންމާނީ، އެ ނޫން ގޮތަކަށް ޕާލިމެންޓްރީ ގްރޫޕް ނުހިންގާނަން،" އަސްލަމް ވިދާޅުވިއެވެ.

ޕާލިމެންޓްރީ ގްރޫޕްގެ ބައްދަލުވުންތައް ހުޅުވާނުލާ ކަމުގެ ޝަކުވާއާ ގުޅޭ ގޮތުން ސުވާލު ކުރުމުން އަސްލަމް ވިދާޅުވީ، ބައްދަލުވުންތައް ހުޅުވާލުމަކީ ރަނގަޅު ޚިޔާލެއް ކަމަށެވެ. ނަމަވެސް އެފަދަ ބޮޑު ނިންމުމެއް ނިންމަން ޖެހޭނީ ވެސް ޕާލިމެންޓްރީ ގްރޫޕްގެ މެންބަރުން ކަމަށް އޭނާ ވިދާޅުވިއެވެ.

"ވީހާވެސް ފުޅާ ދާއިރާއެއްގައި، ބައްދަލުވުންތައް ގިނަކޮށް، ވަރަށް ހަރަކާތްތެރިކޮށް، ޕާޓީގެ އަސާސީ ގަވާއިދުގައިވާ ގޮތުގެ މަތިން ޕާލިމެންޓްރީ ގްރޫޕް ހިންގޭތޯ މަސައްކަތް ކުރާނަން،" އަސްލަމް ވިދާޅުވިއެވެ.

ރައްޔިތުންގެ މަޖިލިހުގެ 17، 18 އަދި 19 ވަނަ މަޖިލިހުގައި ވެސް ހިތަދޫ އުތުރު ދާއިރާ ތަމްސީލް ކުރައްވާ މެމްބަރު އަސްލަމް ވަނީ 18 ވަނަ މަޖިލިހުގައި އެމްޑީޕީ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރުގެ މަގާމު ދުވަސްކޮޅަކު ފުރުއްވައިފައެވެ.

އަސްލަމަކީ އެމްޑީޕީގެ އެންމެ އިސް ލީޑަރު އަދި ރައީސް އިބްރާހީމް މުހައްމަދު ސޯލިހްއާއި އެމްޑީޕީގެ ރައީސް ނަޝީދުގެ ވެސް އަރިސްކޮށް މަސައްކަތް ކުރައްވާފައިވާ ބޭފުޅެކެވެ. އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ނަޝީދުގެ ކެމްޕޭން މެނޭޖަރަކަށް ހުންނެވިއިރު، ރިޔާސީ އިންތިޚާބުގައި ރައީސްގެ ކެމްޕޭން މެނޭޖަރަކަށް ހުންނެވިއެވެ.

އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރުގެ މަގާމާއި އަސްލަމް ހަވާލުވެވަޑައިގަތީ ދެ ލީޑަރުންގެ މެދުގައި ޚިޔާލު ތަފާތުވުން ބޮޑުވެ ދެ ފެކްޝަނެއް އުފެދިފައިވާ ދަނޑިވަޅެއްގައެވެ. ޕީޖީ ގްރޫޕްގެ އިންތިޚާބުގައި ވެސް ދެ ފެކްޝަންގެ ވާދަވެރިކަން އޮތް އިރު، އަސްލަމް ނުކުންނެވީ ރައީސްގެ ފަޅިންނެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. ހަސަނާ

    އަސްލަމާ ހެއިއަރަގެން ނުނީ ކަމަށް ވޭނެއި.

  2. މަތަރަސް

    ކޮންކަމެއްކުރެވޭނީ ދެފަހަރުހަމަޔައް ނިދިފައި؟ ދެންހޭލާނީދޯ؟؟ތިކަހަލަ މީހުންތިބޭނީ ފޭރާބޮބިގަޑުދަށުގައި:: ތިޔައްކިއަނީ ހިއްގާބަރު؟އުމުރުހޭދަކުރީމަޖުލީހުގައި މިވެރިން މިރާވާނީ ކެނެރިނަޝީދު ރީދޫބައިން ދުއްވާލަން މިހާރު ކެނެރީނަޝިއައް ހަޔަކައްޖެފައިހުންނާނެ ؟/މިހާރި ތޮޔޮލާގެން ބަރުލަމާނީ ދެމިފައިހުންނާނެ؟؟ ތިޔަނަޝީދު އިރުއޮސެނީ؟؟ދެން ރައްޔަތުންބަލައެއްެނުގަންނާނެ ؟؟ދެންއޮތީ ދޮލުއަހަރު ؟؟

  3. ތުއްތޫ

    ތީ އަނގަ ފޮނި

  4. ކަތި ތިލަފަތް.

    ރާބޯ ދަކަނާ. މީހާ ހީވެނީ،ނީލަގެރި އެތައް ކާގެން ހިށީ ހެން

  5. ކޮއްޔާ

    ހޭޖެހޭ މަޝްވަރާ ކުރާތި // ހަމަހޭގައި ހުރެގެން //
    އަސްލަމް ފުރަތަމަ މަޖިލީހަށް ހޮވުމުންވެސް ދިވެހިގައުމީ ދިދަ ބަރަލްކުރަން ބުނެފައޮތީ // އެހެންވެ ބުނެލީ //