ރައީސް އިބްރާހީމް މުހައްމަދު ސޯލިހްގެ ސަރުކާރާއެކު ތަރައްގީ ހޯދަން އެމްޑީޕީގެ ޗެއާޕާސަންގެ އިންތިޚާބުގައި ތާއީދު ކުރައްވާނީ އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއީލަށް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު ދެކުނު ދާއިރާގެ މެންބަރު ހުސައިން ޝަހީމް (އަނދުން ހުސައިން) ވިދާޅުވެއްޖެއެވެ.

އަނދުން ހުސައިން މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، އޭނާގެ ދާއިރާގެ ރައްޔިތުންނަށް ގޯތި ހޯދުމާއި، ފްލެޓާއި، ވިޔަފާރި ލޯނާއި ބޭނުންވާ ތަރައްގީއާއި ކުރިއެރުން ސަރުކާރާއެކު ހޯދަން ފައްޔާޒަށް ތާއީދު ކުރައްވަން ނިންމަވާފައިވާ ކަމަށެވެ.

"މަސައްކަތް ކުރާނީ ރައްޔިތުން އިންތިޚާބު ކުރި ސަރުކާރާއެކު،" އަނދުން ހުސައިން ހުންނެވީ ރައީސް ސޯލިހްގެ ފެކްޝަންގައި ކަން ހާމަ ކުރައްވައި ކުރެއްވި ޓްވީޓްގައި ލިޔުއްވާފައިވެއެވެ.

އަންނަ އޭޕްރީލް މަހު ބާއްވާ އެމްޑީޕީގެ ޗެއާޕާސަންގެ އިންތިޚާބުގައި ވާދަކުރައްވަނީ ފައްޔާޒުގެ އިތުރުން، މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒް ފަހްމީ (އިންތި) އެވެ. އިންތި ވާދަކުރައްވަނީ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ ތާއީދާއި އެކުގައެވެ.

އެމްޑީޕީގެ އެތެރޭގެ ކޮންމެ އިންތިޚާބެއްގައި ދެ ފެކްޝަންގެ ވާދަވެރިކަން މިހާރު ފެނެއެވެ. ރައީސް ސޯލިހް ކެންޑިޑޭޓުން ނެރުއްވާއިރު، ރައީސް ނަޝީދު ވެސް ކެންޑިޑޭޓުން ނެރުއްވައެވެ.

ބެލެވޭ ގޮތުގައި ރިޔާސީ ޕްރައިމަރީއަށް މި ދެ ބޭފުޅުން ވެސް ހުންނެވީ ތައްޔާރަށެވެ. އެމްޑީޕީގެ ޗެއާޕާސަންގެ އިންތިޚާބު ބެލެވެނީ ރިޔާސީ ޕްރައިމަރީގެ "ޓެސްޓް ރައުންޑް" އެއް ގޮތުގައެވެ.

ކިޔުންތެރިންގެ ހިޔާލު

7 ކޮމެންޓް

  1. މޖ

    ފައްޔާޒު ހަމަ އޯކޭ ތިކަމަށް

    4
    7
  2. އަހުމަދު

    ތިއުޅެނީކީ ދާއިރާ ރައްޔިތުންނަ ތަރަށްގީ ހޯދާކަށްނޫ އަމިއްލަޔަށް ތަރަށްގީ ހޯދަންވެގެން.

    14
  3. ޫހހހ

    އަނދުނައް ނުވާނެ އެއްކަމެއްވެސް އަނގައެއް އޮތީމަ ވާހަކަދަޢްކަނީ އަދި އެޙާބަސްމަގު ހުތުރު ވާނެ

    10
  4. މޭކަޕް ހަސަން

    ތިއޮތީ އަނދުން ހުސެއިން ރަނގަޅަށް އަނުދުން އަޅުވާފައި. ފެން އޮތްތާކަށް މަސްދާނީ. ކެރަފާ ނަޝީދަކީ މިހާރު ދަތްނެތް ހިޔަޅެއް. އެކަން އެންމެ ރަނގަޅަށް އެނގޭނެ އެކަކީ އަނދުން ހުސެއިން . ވުމާއެކު އަނދުން ހުސެއިން ކޮޅު ބަދަލުކޮށްލީ. އަނދުން އަ\ށް އެނގޭނެ މީގެ ކުރިން މަޖްލިސް ރައީސް ގެ އިންތިޚާބުގައި އިބޫ ފެކްޝަން ޢާއި ދެކޮޅުވެރިވެ ނަޝީދު ގެ ފެކްޝަނުގެ ކެންޑިޑޭޓް އަށް ތާއީދު ކުރުމުން އަނދުން ހުސެއިން ދަރިފުޅަށް ކުރިމަތިވި ނުރައްކާ. އެފަހަރު މިސަރުކާރުން އަނދުން ގެ ދަރިފުޅަށް ދީފައިވާ ބޮޑު ވަޒީފާއިން އޭނަ ވަކިކުރާނެ ކަމުގެ އިންޒާރު ދިން. އެވާހަކަ އަނދުން އަމިއްލަ އަށް ނޫސްތަކަށް ދިނީ . ވީމާ އަނދުން ގެ ތި ނިންމުން ހަމަ ބަރާބަރު. އެކަމަކު ތި ބޯގަންވިލާ ފައްޔާޒަކީ މިސަރުކާރުގެ ބުރޯ. ޕާކިސްތާނު ގެ މރ. ފައިވް ޕަސެންޓް ކުރީގެ ބޮޑު ވަޒީރު ބޭނަޒީރު ބުއްޓޫ ގެ ފިރި އާސިފް އަޅީ ޒަރުދާރީ ގޮތައް ރާޢްޖޭގެ މރ. ފައިވް ޕަސެންޓަކީ ބުރޯ ފައްޔާޒު. ފައްޔާޒު އ\ާއި ރަސްމީ ވިޔަފާރީ ގެ ކަމެއްގައި ވިޔަފާރިވެރިއަކު ބައްދަލުކުރަން ދިޔާމަ ވާހަކަ ދައްކާފައި ދެން ވިޔަފާރިވެރިޔާ ގެއަށް ދިއުމުން އޭނައަށް އަންނާނީ ފައްޔާޒު ގެ ރައްޓެއްސެއްގެ ފޯން ކޯލް ކަ،މައް ވާހަކަ ދެކެވޭ، އެއީ ފައްޔާޒައް ދޭންޖެހޭ ކަޓާއި ބެހޭގޮތުން ވާހަކަ ދައްކަންކަމަށް ވަރަށް މުއުތަބަރުކޮށް އަޑު އިވޭ. ދެން ފަހުން މައްސަލައެއް ޖެހުނަސް ފައްޔާޒު އޭގެން ރެކޭނެ. އެއީ ވިޔަފާރިވެރިޔާ އަށް ފޯންކުރީ ފައްޔާޒު ނޫން ވީމަ.

    9
    1
  5. އަހްމަދު

    މިކަލޭގެ އަމިއްލައެދުމެއްއޮވެގެންނޫނީ ދުވަހަކުވެސް މަސައްކަތެއްނުކުރާނެ ކުއްލިއަކަށް ފައްޔާޒުއާ ބައިއަތުމިހިފީ އިންތިހާބުވިންކުރެވޭނެ ފޯމިއުލާއަކީ މިއީކަމައްޔަގީންވީމަ އިލްޔާސްލަބީބު ބަލިކުރަންބޭނުންކުރެވޭނެ ފޯމިއުލާއަކަށް އޮތީ ހަމައެކަނި ބުރޯއާޑީލުހެދުން ސާބަހޭ އަނދުންހުސެއިން

  6. އެރރ

    މިއަދު އަންނި އަތުގަ ސަރުކާރުގެ ބާރެއްނެތް
    ބޮޑެތި އަދަދުން ފައިސާދެވޭކައް ނެތް
    ވީމާ....އަންނިތައްޕާހުން ހޮވުނު ހަދާން ނައްތަލާ އަންނިދޫކޮށްދިޔައީ

    ތިކަމާ އަންނިވާނެ ދެރަ ހުސެނައް އިހުސާސް ކުރެވޭތޯ؟

    8
    2
  7. ތިރިބެ

    ސަލާންޖެހުން ހުއްޓައްވެގެއް މިސަރުކާރު ގެނައީ އެކަމަކުވެސް ބުރޯހެދިގެން ރައްޔިތުން އަޅުވެތި ކުރުންނޫކަމެއްނުކުރޭ ލޯނެއްހޯއްދައްވެސް ފައިބުޑައް .އެހެރީ މެއްބަރުން އަޅުވެތިވެފަތިބިވަރު