ހުޅުމާލޭގައި ޕިކަޕަކާއި ސައިކަލެއް ޖެހިގެން ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފިއެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ، މިއެކްސިޑެންޓް ހިނގާފައިވަނީ ހުޅުމާލޭ ފޭސް ދޭކަށް އަރާ ބްރިޖް ސަރަހައްދުގައި ކަމަށާއި އެކްސިޑެންޓްގެ ރިޕޯޓް ލިބިފައިވަނީ މެންދުރު 12:50 އެހާކަންހާއިރު ކަމަށެވެ.

މި އެކްސިޑެންޓްގައި ސައިކަލު ދުއްވި ދިވެހި ފިރިހެން މީހާ އަށް އެކި ވަރުގެ އަނިޔާވެގެން ޓްރީޓޮޕް ހޮސްޕިޓަލުގައި ފަރުވާ ދެމުން އަންނަ ކަމަށް މީޑިއާ އޮފިޝަލް ވިދާޅުވިއެވެ. އެހެން ނަމަވެސް ލިބިފައިވާ އަނިޔާގެ ތަފްސީލެއް ހާމަ ކޮށްފައެއް ނުވެއެވެ.

އެކްސިޑެންޓްގައި ޕިކަޕް އަދި ސައިކަލު ދުއްވި މީހާ އަކީ ވެސް އެ ކެޓެގަރީގެ ލައިސަންސް އޮންނަ މީހުން ކަމަށް މީޑިއާ އޮފިޝަލް ވިދާޅުވިއެވެ.

"މިމައްސަލަ ފުލުހުން ދަނީ ތަހުގީގު ކުރަމުން" މީޑީއާ އޮފިޝަލް ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ބުރުގާ

    އަޅާނުލާ.

    3
    1
  2. ޕިކަޕު

    ބްރިޖް ކުރިމަތިން ހުރަސް ކުރެވޭ ގޮތަށް އޮތުން އެއީ މައްސަލައެއް. ބްރިޖަށް ވިއްޔާ އަރާފަ ފައިބާނީ. އޭގެ ކުރިމަތިން ދުން ޖަހާފަ ހުރަސް ކުރެވިގެން ނުވާނެ.

    14
  3. އަބްދޫ

    މި ކަހަލަ އެކްސީޑެންޓް ވަނި ސައިލކަލް ދުއްވާމިހާ ފަރިތަކަމުންގޮސް ކުރިޔަށް ދުއްވަފަދާ ސައިކަލްގެ ކުރިން އޯވަރޓޭކް ކުރާތީ.މިފަދަ މަންޒރެއް މިއަދު 5.35 ގަދިމަވެއްޖެ ބޮޑު ޕިކަޕެއް ކުރިޔަށް ގޮސްގޮސްހުއްޓާ ޕިކަޕް ގެ ވަާތްފަރާތުނ އަރާ ޕިކަޕް ކުރިމަތިން އަބުރާލާއިގެ ޕާކިންޒޯނަށް ދިޔައީ ރޭސްދީފަ ސައިކަލް ޕިކަޕް ވާތްފަރާތުން ޕިކަޕް ކުރިމައްޗަށް ނިކުތުމުން ޕިކަޕް ޑްރައިވަރަށް ކުއްލިޔަކަށް ބުރަކި ނުޖެއްސުނުނަމަ ސައިކަލް އޮތިހީ ޕިކަޕް ދަށުވެފަ. މަގުމަތީގަ ދުއްވަ ދުއްވުމުގަ ޒުވާނުން ގަވާއިދަށް ހުރުމަތްތެރިކުރުވާ.ގަވައިދު ލައިސަންސްއޮންނަ ހުރިހާފަރާތްތަކަށް ހަނދާންކޮށްދިނުމުގެ ކެމްޕޭނެއް ހިންގަންޖެހޭ.

    14
    1
  4. ޕިކަޕު

    ޕިކަޕު ދުއްވާ މީހާ ވެސް އެބަޖެހޭ ލޭން ގަ ދުއްވަން. ހަމަ ކުއްލިޔަކައް ހުރެލާފަ ލޭން ބަދަލު ކޮށްލީމަ ކަޑަދޯ!!!!!!