ރަސްމީ އެއްވެސް ލިޔެކިއުމެއް ނެތް ނުވަތަ ރާއްޖޭގެ ގާނޫނުއަސާސީއާ ހިލާފުވާ ބިދޭސީން ފޮނުވާލުމަށްޓަކައި ތައްޔާރުކުރާ ޑިޓެންޝަން ސެންޓަރުތަކުގެ މަސައްކަތް ނިމުމުން ރާއްޖޭގައި ބޮޑުވެފައި އޮތް ބިދޭސީންގެ މައްސަލަ ވަށާ ޖެހޭ ގޮތެއްގައި ހައްލުވެގެންދާނެ ކަމަށް މޯލްޑިވްސް އިމިގްރޭޝަންސް އިން ހާމަކޮށްފިއެވެ.

މިއަދު އޮތް ރައްޔިތުންގެ މަޖިލީހުގެ ޚާރިޖީ ގުޅުންތަކުގެ ކޮމިޓީގައި ވަނީ ރަސްމީ ލިޔެކިޔުން ނެތް ބިދޭސީ މަސައްކަތްތެރިންގެ މައްސަލައާ ގުޅޭގޮތުން ކަމާ ގުޅުންހުރި އިދާރާތަކާއި މަޝްވަރާ ކުރައްވާފައެވެ. އެގޮތުން މަޖިލީހުގެ ޚާރިޖީ ގުޅުންތަކުގެ ކޮމިޓީއިން މިނިސްޓްރީ އޮފް ފޮރިން އެފެއާޒް، މޯލްޑިވްސް އިމިގްރޭޝަން އަދި މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓްގެ ބޭފުޅުން ހާޒިރުކޮށް މިއަދު ވަނީ ސުވާލުކޮށްފައެވެ.

މިއަދުގެ ކޮމެޓީގައި މެންބަރުން ކުރެއްވި ސުވާލުތަކަށް ޖަވާބުދެއްވަމުން މޯލްޑިވްސް އިމިގްރޭޝަންސްގެ ކޮންޓްރޯލާ މުހައްމަދު އަހުމަދު ހުސެއިން ވިދާޅުވީ މީގެ ކުރިން މަސައްކަތް ކުރަމުން އައީ ވަރަށް ކުރީގެ ސިސްޓަމަކަށް ކަމަށާއި ނަމަވެސް ފަހުން އިކޮނަމިކް މިނިސްޓްރީން ގެނައި ބަދަލާއެކުގައި މިހާރުގެ ސިސްޓަމުން މި މަސައްކަތްތައް ކުރުމުގައި ފަސޭހަތަކެއް ލިބިފައިވާ ކަމަށެވެ.

މިއަދުގެ ކޮމެޓީގައި އިމިގްރޭޝަންސްގެ ވެރިން: ފޮޓޯ- މަޖިލިސް

"ތަންކޮޅެއް އޮޓަމެޓިކް ދިމާލަކަށޭ މިހާރު މިސްރާބުދާން މިހުރީ. އެހެންޏާ ވާގޮތަކީ އަސްލު އަޅުގަނޑުމެން ހުރިހާ އެންމެންވެސް މަސައްކަތް މި ކުރަންޖެހެނީ ވަރަށް މެނުއަލް މަސައްކަތް. ޑޮކިއުމަންޓް އެއްޗެހީގައި އެއްޗެހި ސްކޭންކޮށް ކަންތައްތައްކޮށް. އޭގެ ބަދަލުގައި މިހާރު އަޅުގަނޑުމެންނަށް ކުޑަކޮށް ޓައިމް އެބަ ލިބޭ އެހެން ކަންކަމުގައި. މިސާލަކަށް ކަންކަން ތަހުގީގު ކުރުމާއި މިހުރިހާ ކަންކަމަކަށް އިނގޭތޯ." ކޮމެޓީގައި މުހައްމަދު އަހުމަދު ހުސެއިން ވިދާޅުވިއެވެ.

މި ސިސްޓަމް އެއްކޮށް މަސައްކަތް ކުރަން ފެށުމާއިއެކު ބިދޭސީންގެ ކަންކަން މެނޭޖުކުރުމުގައި ވަރަށް ބޮޑެތި ފަސޭހަތަކެއް ލިބިގެންދާނެ ކަމަށް އޭނާ ވިދާޅުވިއެވެ. ނަމަވެސް ކިތަންމެ ބައިވަރު ގާނޫނުތަކެއް ހެދިކަމުގައި ވީނަމަވެސް ބިދޭސީންގެ މައްސަލައަށް އެކަށޭނެ ހައްލެއް ލިބިގެންދާނީ ޑިޓެންޝަން ސެންޓަރުތައް ތައްޔާރުކޮށް އެތަންތަނުގެ ބޭނުން ހިފަން ފެށުމާއެކުގައި ކަމަށް ވިދާޅުވިއެވެ.

"މިކަންކަން ހައްލުވެގެން ހަމަ ދާނީ ކިތަންމެ ގާނޫނާއި ގަވާއިދާއި އެއްޗެހި ހެދި ކަމުގައި ވިޔަކަސް ސީދާ ތަންފީޒީ އިދާރާތަކުން އަޅުގަނޑުމެން މީތި މޮނިޓަރިން މެކޭނިޒަމެއް ނެތިއްޔާ މިކަމެއް ހައްލެއް ނުވާނެ. މިހާރު މޮނިޓަރިން މެކޭނިޒަމްގައި މަދުވާ ތަންކޮޅަކީ ޑިޓެންޝަން. އޭރުން މި ސައިކަލް އެއްކޮށް ފުރިހަމަ މިވަނީ. އެހެންމާ ޑިޓެންޝަން ހަދާ ނިމިގެން ޑިޓެންޝަން އޮޕަރޭޝަނަށް ގެނައުމާއި ހިސާބުން އަޅުގަނޑުމެންނަށް މިއޮތީ މުޅި އެތި އޮޕަރޭޝަނަށް ގެނެވިފައި." އޭނާ ވިދާޅުވިއެވެ.

މީގެ އިތުރުން މި ޑިޓެންޝަން ސެންޓަރުތަކުގެ މަސައްކަތް ކުރިޔަށް އޮތް ދެ ހަފްތާއެއްހާ ދުވަހުގެ ތެރޭގައި ނިންމާލެވޭނެ ކަމަށާއި ނަމަވެސް އެތަން ހަވާލު ކުރުމުގެ ތެރޭގައި އެތަނުގައި ހުރި ބައެއް މުދާތައް ވަގަށް ނަގާފައިވާތީ އެތަން އޮޕަރޭޝަނަށް ގެނައުމަށް މަހެއްހާ ދުވަސް ނަގާނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ. ނަމަވެސް އެތަން އޮޕަރޭޝަނަށް ގެނެވުމާއެކު ބިދޭސީންގެ މައްސަލައަށް އެކަށޭނެ ހައްލެއް ލިބިގެންދާނެ ކަމަށް އޭނާ ގަބޫލުކުރައްވައެވެ.

ރާއްޖޭގައި ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންގެ ނިސްބަތް ވަރަށް ބޮޑަށް އިތުރުވެފައިވާއިރު ބިދޭސީންގެ މައްސަލައަކީ މިހާރު ވަރަށް ބޮޑުވެފައިވާ މައްސަލައެކެވެ. މިއަދުގެ ކޮމެޓީގައި އިކޮނަމިކް މިނިސްޓްރީގެ ފަރާތުން ޑެޕިއުޓީ މިނިސްޓަރ ނާޒިމާ ވިދާޅުވީ މިހާތަނަށް ގަވާއިދާ އެއްގޮތަށް ރަޖިސްޓްރީވުމަށް ހުޅުވާލި ފުރުސަތުގައި 49000 ފަރާތަކުން އެދިފައިވާ ކަމަށެވެ. އަދި އޭގެ ތެރެއިން 50 އިންސައްތައެއްހާ މީހުންނަށް މިހާރު މިނިސްޓްރީން އެޓެންޑްކޮށްފައިވާ ކަމަށް ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ޙަސަނާ

    ތިހެން ކިއާލަ ކިއާލަ ތިއްބާ ދައުރު މިއޮއްނިމެނީ އަނެއްކާ ވެސް އަންނަދައުރުގެ ރިޔާސީ ވައުދުގަ ބުނޭ ކުރީސަރުކާރައްހައްލުނުކުރެވުނު ބަދޭސީންގެ މައްސަލަ ހައްލުކުރެވޭނީ މި އިބުރާހިމް ސާލިހު އަށޭ..ބަލަ ހަރުކަށި އަމުރެއް އެއްފަހަރުން ނެރެލަންނުކެރެނީ މީގެ އަޑީގަ އުޅެނީ ހުސް މޑޕ މީހުންވީމަތާ.ހަމަހިލާ އެއްވެސް ތާކު މަސައްކަތްކުރިއަނުދީބަލަ ބަސްތަކައް ެރިޔަނުދީބަލަ 2021 ގެ ރިޔާސީ ބަޔާނުގަ ސޯޅިހު ބުނި 40 ހާސް ވަގުބިދޭސީން ހަމަމަގައް އެލުވި ވާހަކަ އެހެންކަމައްވާނަމަ ކޮބާތޯ އެމީހުން ދެއްކި ވިސާފީ ކިހާވަރެއްލިބުނު ތޯ...

  2. އައްޓަމަސް

    ޑިޓެންޝަން ސެންޓަރ ތަކެއް ހަދައިގެން އަހަރެމެންގެ ޓެކުސްފައިސާ ހޭދަކުރާނެ އަނެއްގޮތް ހޯދީ، ކައިފަލަކުރަން ބައިތިއްބާ ތީގަވްމަށް ބަލަދުއަރާފައި ތިބިބައިގަނޑެއް، ހަނަފީމެން އުފަލުގައި ބޮޑުމުސާރަ ނަގަނަގާ، ހުރިހާ ދެރައެއް ނިކަމެތި ރައްޔިތު މީހާއަށް