ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް ވަގުތީގޮތުން ރައީސުލްޖުމްހޫރިއްޔާގެ ޒިންމާތަކުން ދުރުވެ، ނައިބު ރައީސް ފައިސަލް ނަސީމް އާއި ޒިންމާތައް ހަވާލުކުރަން ނިންމަވައިފިއިއެވެ.

ރައީސް ސޯލިހް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ނައިބު ރައީސް ފައިސަލް ނަސީމް އާއި ރައީސުލްޖުމްހޫރިއްޔާގެ ޒިންމާތައް ހަވާލުކުރައްވަނީ މާދަމާ ހެނދުނު ކުރައްވާ ތައިރޮއިޑް އޮޕަރޭޝަނަކާއި ގުޅިގެން ކަމަށެވެ. ރައީސުލްޖުމްހޫރިއްޔާގެ ޒިންމާތައް ނައިބު ރައީސް އާއި ހަވާލުކުރާކަން ރައްޔިތުންގެ މަޖިލީހަށް އަންގަވާނެ ކަމަށް ވެސް ރައީސް ސޯލިހް ވިދާޅުވިއެވެ.

ޤާނޫނު އަސާސީގެ 123 ވަނަ މާއްދާގެ (ހ) ގައި ބުނެފައި އޮންނަނީ ރައީސުލްޖުމްހޫރިއްޔާއަށް އޭނާގެ މަޤާމުގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް އަދާކުރުމަށް ވަގުތީގޮތުން ޢުޒުރުވެރިވެއްޖެކަމަށް ޤަބޫލުކުރެވިއްޖެނަމަ، އެކަން ރައްޔިތުންގެ މަޖިލީހުގެ ރައީސަށް ލިޔުމަކުން އެންގުމަށްފަހު ރައީސުލްޖުމްހޫރިއްޔާގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް އަދާކުރުމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބާ ޙަވާލުކުރާންވާނެ ކަމަށެވެ. އަދި، ރައީސުލްޖުމްހޫރިއްޔާ އޭނާގެ މަޤާމުގެ މަސްއޫލިއްޔަތު އަދާކުރުމަށް އަލުން ޙަވާލުވާންވާނީ އެކަން ރައްޔިތުންގެ މަޖިލީހުގެ ރައީސަށް ލިޔުމަކުން އެންގުމަށްފަހުގައި ކަމަށް ވެސް އެމާއްދާގައި ބުނެފައި ވެއެވެ.

ރައީސް ސޯލިހް މިހާރު ހުންނެވީ ތައިރޮއިޑްގެ ފަރުވާއަކަށް ސިންގަޕޫރުގައެވެ.

ރައީސް ސޯލިހް މިރޭ ވިދާޅުވީ ފަރުވާއަށް ފަހު އެމަނިކުފާނު ވަރަށް އަވަހަށް އެނބުރި މަސައްކަތައް ނިކުމެވަޑައިގެންނެވޭނެ ކަމަށް އުއްމީދު ކުރައްވާ ކަމަށެވެ.

މިއީ ރާއްޖޭގެ ރައީސްއަކު ރައީސްގެ ޒިންމާތައް ވަގުތީގޮތުން ނައިބު ރައީސް އާއި ހަވާލު ކުރައްވާ ފުރަތަމަ ފަހަރެވެ. ނަމަވެސް ދުނިޔޭގެ އެހެން ގައުމުތަކުގައި މިއީ އާއްމު ކަމެކެވެ. ދާދިފަހުން އެމެރިކާގެ ރައީސް ޖޯ ބައިޑެން އެންޑަސްކޯޕީއެއް ހެދުމަށް ވެސް ނައިބު ރައީސް އާއި ވެރިކަން ހަތަރު ގަޑިއިރަށް ހަވާލުކުރިއެވެ.

ކިޔުންތެރިންގެ ހިޔާލު

12 ކޮމެންޓް

  1. ފިދަނަމާރީ

    ރައްޔިތުން ހޭލާ ތިބޭތީ، 2ބޯ ގެރި ދުއްވަން އެއުޅެނީ!
    އިންޑިއާ އަށް އަނެއް އަތޮޅެއް ވިއްކާލަނީ، މިނަމީ ކެރަފާ ނަށީދު އާ 2މީހުން 2 ފެކްޝަން ކުޅިވަރު ކުޅެ ވަޒީރުން އެއްފަޅި އަށް އަރާ ނަސީދު ގެ ކުދިން މީނައަށް ކިޔަނީ އިބޫ ދޮންބެ ޔޯ ކިޔައިގަނެް ރައްޔިތުން ކުރިމަތީ ޑްރާމާ ކުޅުނު ރައީސް، އަދި ހަމަ އެހެންމެ މިރާއްޖެ އިން ކޮވިޑް ކޭސް އެއް ފެނުނީމަ ޓީވީ އަށް އަރާ ނުރޮވޭ އިރު ރޮއެގަތް މީހާ!!

    65
    17
  2. ކުރައްވާނދޭންވެ

    މިކަން މިފަހަރު ނިންމަވާ ދެއްވާ ގައުމަށް ގައްދާރުވެފައިވާ ވެރިންގެ ކިބައިންނާއި އިންޑިއާގެ އަޅުވެތި ކަމުން މިގައުމު ސަލާމަތް ކުރައްވާނދޭންވެ ސަލާމަތް ކުރައްވާނދޭންވެ ސަލާމަތް ކުރައްވާނދޭންވެ ސަލާމަތް ކުރައްވާނދޭންވެ ސަލާމަތް ކުރައްވާނދޭންވެ ސަލާމަތް ކުރައްވާނދޭންވެ ސަލާމަތް ކުރައްވާނދޭންވެ ސަލާމަތް ކުރައްވާނދޭންވެ ސަލާމަތް ކުރައްވާނދޭންވެ ސަލާމަތް ކުރައްވާނދޭންވެ ސަލާމަތް ކުރައްވާނދޭންވެ ސަލާމަތް ކުރައްވާނދޭންވެ ސަލާމަތް ކުރައްވާނދޭންވެ ސަލާމަތް ކުރައްވާނދޭންވެ ސަލާމަތް ކުރައްވާނދޭންވެ ސަލާމަތް ކުރައްވާނދޭންވެ ސަލާމަތް ކުރައްވާނދޭންވެ ސަލާމަތް ކުރައްވާނދޭންވެ ސަލާމަތް ކުރައްވާނދޭންވެ ސަލާމަތް ކުރައްވާނދޭންވެ ސަލާމަތް ކުރައްވާނދޭންވެ ސަލާމަތް ކުރައްވާނދޭންވެ ސަލާމަތް ކުރައްވާނދޭންވެ ސަލާމަތް ކުރައްވާނދޭންވެ ސަލާމަތް ކުރައްވާނދޭންވެ ސަލާމަތް ކުރައްވާނދޭންވެ ސަލާމަތް ކުރައްވާނދޭންވެ ސަލާމަތް ކުރައްވާނދޭންވެ ސަލާމަތް ކުރައްވާނދޭންވެ ސަލާމަތް ކުރައްވާނދޭންވެ ސަލާމަތް ކުރައްވާނދޭންވެ ސަލާމަތް ކުރައްވާނދޭންވެ

    82
    17
    • ފާތުމަ

      ގައްދާރު ވީ ޔާނު

  3. މާމީ

    އަލްހަމްދުލިﷲ އަވަސް ޝިފާއަކައް ހިތާދެކޮޅައް ވެސް އެދެން..

    3
    5
  4. ނަޖީ

    ދެންގައުމަޝާ ރައްޔިތުންނަ އެމްމެ ފަދާހުރިގޮތަކީ އިބުރާހީމް އިސްތިއުފާދެއްވުން

  5. ޖުއްބާ

    ނާސިރު ސިންގަޕޫރުގަ ރާއްޖެ ދަވާލައިގެން ވަޒަންވެރިވެގެން ހުރިގޮތައް، ކަލޭވެސް ތިތާ ދެން ހުރޭ. ރާއްޖެ އަންނާނެކަމެއް ނެތް.

  6. ސާބަހޭ ގަޓް ރައީސް

    ﷲގެ ޙަޟްރަތުން ރައީސް ޞާލިޙަށް ފުރިހަމަ ޝިފާއެއް މިންވަރު ކުރައްވާށި! އާމީން، މަޤާމަށްވުރެ ފުރާނަ މާ މުހިންމު ވާނެއެވެ. މަޤާމުގައި ހުރެވޭނީވެސް ފުރާނަ ހުރިއްޔާ އެވެ. ވެރިކަން ދެއްވާ ފަރާތަކީ ﷲ އެވެ.

    4
    1
  7. މަޖީދާސ

    އަހަރުމެންނަށް ހެޔޮ

  8. ކެނެރީ

    އިބޫ އައުޓް އިބޫ އައުޓް އިބޫ އައުޓް އިސްލާމްދީނުގެ އަދުއްވުން ނިކަމެތިކުރައްވާ ނެތިކުރައްވާދޭވެ

  9. ރައީސް

    ސިވިލް ވާރ؟

  10. ޑރ. ރާމީ ޙަަސަން މަނިކު މ.ވައިނުޖެހޭގެ

    ގިނަ ފަހަރަށް ތައިރޮއިޑް ގެ އޮޕަރޭޝަން ކުރަނީ ކެންސަރަށް ޝައްކު ކުރެވުނީމައެވެ. އިބޫ އޮޕަރޭޝަަން ކޮށްފައި ނަގާ އެތިކޮޅު، ޓެސްޓް ކުރުމަށްފަހު ހޮސްޕިޓަލުން ދޭ ނަތީޖާ އަކީ ދިވެހި ރައްޔިތުންނަށް ހާމަ ކުރަންޖެހޭ، އަދި ދިވެހި ރައްޔިތުންނަށް އިނގެންޖެހޭ ނަތީޖާ އެކެވެ. ކެންސަރު ނެތަސް، ކެންސަރު ހުއްޓަސް ދިވެހި ރައްޔިތުންނަށް ހާމަ ކުރަންޖެހޭނެއެވެ.

  11. ދޮންބެ

    ގާނޫނުގައިވާ ނަންބަރު ކިޔައި ހެދިއަސް ހަމައެކަނި މިކަން ގާނޫނަށްބެލިއަސް ކިތައްކަންތައް ގާނޫނާ ޚިލާފަށް ކުރަނީ އިންސާފެއްނެތް