އެމެރިކާއިން ސްރީލަންކާއާއި ދިވެހިރާއްޖެއަށް ކަނޑައަޅާފައި ހުންނެވި ސަފީރު އަތުލް ކެޝަޕް މަގާމުން ވަކިކުރަން ނިންމާފައި ވާތީ ރޭ އެނބުރި ގައުމަށް ވަޑައިގެންފިއެވެ.

ލަންކާގައި އިއްޔެ ވަނީ ކެޝަޕްގެ ދައުރު ހަމަވުމާ ގުޅިގެން އޭނާގެ ހިދުމަތްތައް ފާހަގަކޮށް ކުލަގަދަ ހަފްލާއެއް ބާއްވާފައެވެ. ސަފީރު ކަމުގެ މަގާމަށް ކެޝަޕް އައްޔަން ކުރީ 2015 ވަނަ އަހަރުގެ އޮގަސްޓް މަހުގެ ތެރޭގައެވެ.

އެމެރިކާއަށް ފުރާވަޑައިގަންނަވަމުން ކެޝަޕް ވިދާޅުވީ ރާއްޖެއާއި ލަންކާގެ ރައްޔިތުންނަށް އުފާވެރި ކަމާއި، ސުލްހަ މަސަލަސްކަމުގެ އިތުރުން މިނިވަންކަންމަތީ ދެމިއޮތުމަށް ދުއާ ކުރައްވާ ކަމަށެވެ.

އެމެރިކާގެ ރައީސް ޑޮނާލްޑް ޓްރަމްޕް ވަނީ ރާއްޖެ އާއި ލަންކާގެ ސަފީރު ކަމަށް އެލަނިއާ ޓެޕްލިޒް އައްޔަން ކުރުމަށް ސެނެޓަށް ހުށަހަޅުއްވާފައެވެ. އެލަނިއާ ޓެޕްލިޒް ކުރިން ހުންނެވީ އެމެރިކާއިން ނޭޕާލަށް ކަނޑައަޅާފައިވާ ސާފީރުގެ މަގާމުގައެވެ.

އައު ސަފީރު ޓެޕްލިޓްޒަކީ އެމެރިކާގެ ޚާރިޖީ ދާއިރާގެ އިސް ބޭފުޅެކެވެ. އޭނާ މިހާތަނަށް އަފްޣާނިސްތާނާއި ޕާކިސްތާނާއި ބަނގުލަދޭޝްގެ އިތުރުން މެދުތެރޭ އޭޝިއާގެ ގައުމުތަކުގައި އޭނާ ވަނީ އެމެރިކާގެ ޑިޕްލޮމެޓެއްގެ ގޮތުގައި މަސައްކަތް ކުރައްވައިފަ އެވެ.

ކެޝަޕް ވަނީ ރާއްޖޭގެ އިދިކޮޅު ސިޔާސީ ފަރާތްތަށް ހިމެނޭގޮތަށް ބައެއް އިސް ބޭފުޅުންނަށް ވަދާއީ ރޯދަ ވީއްލެވުމެއް މިދިޔަ ރޯދަ މަހު ދެއްވާފައެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ހުސޭނުބޭ

    އެކަނިވެރިން އަނބިންތަކުގެ ހަދާންތަކާއެކު ރަށަށް..............

  2. ޒާ

    އުނގުޅިލާފަ ދިޔައީ.

  3. އަޙުމަދު

    އަލަޙަމްދު ލިއްﷲ