އައްޑޫސިޓީގައި ދިރޭ ކުކުޅާއި ކޮށި ކުކުޅު ވިއްކުމަށް ހާއްސަ ބޮޑު ކުކުޅު ފާމެއް ހުޅުވައިފިއެވެ.

އިއްޔެ އައްޑޫގައި ހުޅުވިގެން ދިޔަ މި ފާމަކީ ހިތަދޫގެ ކުންފުންޏެއް ކަމަށްވާ ބީޓެކުން ގާއިމުކުރި "ބީޓެކް ޕޯލްޓްރީ ފާމް" ނަމަކަށް ކިޔާ ފާމެކެވެ.

އައްޑޫގައި މިފަދަ ގޮތަކަށް އަލަށް ފެށި މި މަސައްކަތް އިފުތިހާތުކޮށް ދެއްވީ އައްޑޫސިޓީގެ މޭޔަރު އަލީ ނިޒާރާއި އައްޑޫގެ ކުރީގެ މޭޔަރު އަދި މިހާރު ސަރުކާރުގެ ޕްލޭނިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަބްދުﷲ ސޯދިގް (ސޯބެ) އެވެ.

މި ފާމަކީ ކުކުޅު އާލާކޮށް ކުކުޅުގެ ވިޔަފާރި ފުޅާކުރުމަށް ހިންގާ ފާމެއް ކަމެއް އެތަނުގެ ވެރިފަރާތުން ބުނެއެވެ.

މިހާރުވެސް މި ފާމުން ދިރޭ ކުކުޅާއި ކޮށި ކުކުޅު ވިއްކަމުންދާއިރު މިތަނުން ކުކުޅު ކިލޯއެއް 65ރ. އަށް ގަންނަން ލިބޭނެއެެވެ. ރާއްޖޭން ބޭރުން ފިޔޮށް އެތެރެކޮށްގެން ފިޔޮށްތައް ބޮޑުކޮށްގެން މި މަސައްކަތް ކުރިޔަށް ގެންދާއިރު، ކުކުޅު ވިއްކަމުން ދަނީ ހިތަދޫ ލޯކަލް މާރުކޭޓްގައިކަން ފާހަގަކޮށްލަން ޖެހެއެވެ.

ކިޔުންތެރިންގެ ހިޔާލު

12 ކޮމެންޓް

  1. މއކ

    ވަރައްސަޅިކަމެއް. ރާއްޖޭގެ އެހެންހިސާބުތަކުގަވެސް ޕޮލްޓްރީ ފާމްތައް ހަމަހަދަންވީ. އައިސްކުކުޅު އިންޕޯޓް ނުކޮއްވާނެ

    15
    2
    • ނަނަނަ

      ނުވާނެ ތިކަމެއް. ދެތިން އަހަރު. ދެން ބޮނޑު ނަގުލަށް..

      7
      3
      • ކުރުކުރު

        ދޫ ރައްކާތެރިކުރަން ދަސކުރަންވީ. ހަމަކަމެއް ފަށާއިރަށް ނުވާނެޔޭ އަނެކެއްޗަކޭ ކިޔާ ހިތްމަރާ ގޮތަށް ކޮމެންޓު ކުރުން ވ ކަޑަ. އަހަރެމެން ހުރިހާ ދިވެހިންނަށްވެސް މިކަން ރަނގަޅަށް ކުރިއަށް ދަންޏާ ކިހާ ރަނގަޅު

  2. މިތުރާ

    ސަޅި ކަމެއް، ކުކުޅު ރޯގާފަދަ ބަލިތަކުން ސަލާމަތް ވުމަށާއި ކުކުޅާއި އިންސާނުން ބަލި ރައްކާތެރިކުރުމަށް ކުކުޅު ފާމްގައި އެކަމައް ހާއްސަލެބޯޓުރީއެއް ހުރޭބާ،

    13
    2
  3. 933329325428736

    ގުޅޭނެ ނަންބަރެްއް ކޮބާ

  4. ދީ

    އައްޑޫ ގޫބައްޑާމެން

    9
    10
  5. މުޙައްމަދު123

    ކޮށި ކުކުޅު އެއީ ކޮއްޓާއެކު ވިއްކާ ކުކުޅުތަ. ކަތިލާފަ ކުކުޅު ކޮށާފަ ވިއްކާނަމަ ކުކުޅު މަސް ވިއްކައޭ ބުނަންވީނު.

    13
    • މުހައްމަދު 1234

      ތެދެއް! 😂. ދިރޭ ކުކުޅު އެވިއްކަނީ ކޮށްޓަށް ނުލާ. މަރުވެފަ ހުންނަކުކުޅު ކޮށީގަ. ހެހެހެހެ. މުހައްމަދުފާހަގަ ކުރި ޕޮއިންޓު ވ ފައްކާ.

    • ބޯކިބާ

      ކޮށިކުކުޅަކީ ޓާކީ މަރުކާގެ ހުދުކުކުޅަށް ކިޔާ ނަމެއް. ދިވެހިބަސް ނޭނގުނަސް ހަންފަތުރާތި.

  6. މުޖުތަބާ

    އިފްތިތާހު ކޮށްދިން ދެމީހުންނަކީ ޕްރޮޖެކްޓްތަށް ފެއިލް ވުމުގެ ގިނަ ރެކޯޑްތަކެއް އޮތް ދެމީހުން އެހެން ވީމަ ތިކަން ކުރިއަރާދާނެކަމުގެ އެއްވެސް އުންމީދެއްނެތް. އައްޑޫ "އަސްޕްރޮޖެކްޓް" ހެހެ

  7. Abdulla

    ތިކަން ފުޅާކޮށް ބްރީޑް ކުރެވޭނެ ނިޒާމް ހަދާ މުޅި ރާއްޖެ ކަވަރު ކުރެވޭތޯ ބަލ،ަންވީ. އަދި އައިސް ކުކުޅހު ހަދަން ސަބްކޮންޓެކްޓައް ދެވިދާނެ ނުވަތަ އަމިއްލައައްވެސް ކުރެވިދާނެ. 65ރ ވިއްޔާ ތި ގަންނާނީ ބޭރު ކުކުޅު ނުގެނެސް.

  8. ގޫކާޓުބެއްޔާ

    ދެންރަގަނގަޅުވާނެ ސޯބެއާ މިޔަރު ބިސްނާޅައިފިއްޔާ