މަސްތުވާތަކެތީގެ މައްސަލައެއްގައި ހައްޔަރު ކުރި ސިމްބޮލިކް ރެކޯޑްސްގެ ރެޕް އާޓިސްޓް އިސްމާއީލް އިފްހާމް މުހައްމަދު (ޕެސްޓް) ބޭސްފަރުވާ އަށް ބަންދުން ދޫކޮށްލި މައްސަލަ ހައިކޯޓުގައި އިސްތިއުފާނުކޮށްފިއެވެ.

ކްރިމިނަލް ކޯޓުގައި ފެބްރުއަރީ 23 ވަނަ ދުވަހު ބޭއްވި އަޑުއެހުމުގައި ޕެސްޓް ބަންދުން ދޫކޮށްލަން ނިންމީ އޭނާގެ ފަރާތުން ހުށަހެޅުމުންނެވެ. އަދި ކޯޓުން ޕެސްޓު ދޫކޮށްލާފައި ވަނީ ދެ މަސް ދުވަހުގެ މުއްދަތަކަށެވެ.

ޕްރޮސެކިއުޓަރ ޖެނެރަލް އޮފީހުގެ އޮފިޝަލަކު ވިދާޅުވީ، އެ މައްސަލަ ހައިކޯޓުގައި އިސްތިއުނާފުކޮށްފައިވާ ކަމަށެވެ.

މިދިޔަ އަހަރުގެ ފެބްރުއަރީ މަހު މަސްތުވާތަކެތީގެ މައްސަލައެއްގައި ހައްޔަރު ކުރި ޕެސްޓްގެ މައްޗަށް އުފުލާފައިވާ ދައުވާތައް ދައުލަތުން އިއްވުމާއެކު އޭނާ ވަނީ އެ ދައުވާތަކަށް އިންކާރުކުރުކޮށްފައެވެ.

އުމުރު ދުވަހުގެ ޖަލު ހުކުމެއް އަންނަ ހުކުމެއް އަންނަ ދައުވާތަކެއް ޕެސްޓްގެ މައްޗަށް ކުރާއިރު، އޭނާ މިހާތަނަށް ވެސް ހުރީ ޝަރީއަތް ނިމެންދެން ބަންދުކޮށްފައެވެ. އަދި އޭނާގެ ބަންދުގެ މުއްދަތު ހައި ކޯޓުން އިސްތިއުނާފް ކުރުމުން އެ ކޯޓުން ވެސް ނިންމީ ބަންދުގެ އަމުރު ދަމަހައްޓާށެވެ.

ޕެސްޓްގެ މައްޗަށް އުފުލާފައިވާ ދައުވާތައް

  1. ކެނެބިސް ޓްރެފިކް ކުރުމުގެ ކުށުގެ ދައުވާ
  2. ޑައިމޯފިން ޓްރެފިކް ކުރުމުގެ ކުށުގެ ދައުވާ
  3. މަސްތުވާތަކެތި ޓްރެފިކް ކުރުމުގެ ކުށުގެ ދައުވާ
  4. ކެނެބިަސް ބޭނުން ކުރުމުގެ ކުށުގެ ދައުވާ
  5. ކުށްކޮށްގެން ހޯދާ މުދަލާއި ފައިސާ ބޭނުން ކުރުމާއި ސިއްރު ކުރުމުގެ ކުށުގެ ދައުވާ

ޕެސްޓްގެ އިތުރުން ޕެސްޓް އާއިއެކު ހައްޔަރު ކުރި އިތުރު މީހުންގެ މައްޗަށް ވެސް ގިނަ ދައުވާތަކެއް އުފުލާފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ސަޓޮ

    މިހާރުން މިހާރައް ހިފާ ޖަލައް ލާންވީ، ކިޔާ ނަމުން ވެސް އެނގޭ ސަހަލެއް ނުވާނެކަން، ޕެސްޓޯ..

  2. ސަމިއްޔާ

    ޕެސްޓް ކޮންޓްލް އައް ގުޅާފަ ދާޖަހާފަ މި ކަލޭގެ އަނބުރާ ޖަލައް ގެންދަންޖެހޭ

  3. އިކްރޭ

    މީނަ ދޫކޮއްލާނެ ކަމެއްނެތް،