ސަރުކާރުން ހިންގާ ޖަރީމާތަކާއި ކުރާ އަނިޔާގެ ވާހަކަ ދެއްކުމަކީ އެންޓި ކެމްޕޭން ކުރުން ނޫން ކަމަށާއި ޖަރީމާތައް ނުހިންގާ ނަމަ ރައްޔިތުން އެވާހަކަ ނުދައްކާނެ ކަމަށް އުނގޫފާރު ދާއިރާގެ މެންބަރު އަދި އެމްޑީޕީގެ ޗެއާޕާސަން ކަމަށް ވާދަކުރައްވާ އިމްތިޔާޒު ފަހުމީގެ ތަރުޖަމާނުކަން ކުރައްވާ މުހައްމަދު ވަހީދު (ވައްޑޭ) ވިދާޅުވެއްޖެއެވެ.

ރ. ދުވާފަރުގައި އެމްޑީޕީގެ އިސް ސަފުގައި މަސައްކަތް ކުރާ އެކްޓިވިސްޓަކު ހުރި ސިޔާސީ މަގާމުން އޭނާ ވަކުކުރުމާއި ގުޅިގެން އެމްޑީޕީގެ ދެ ފެކްޝަން އަރާރުންވެފައިވާ މި ދަނޑިވަޅު ކުރެއްވި ޓުވީޓެއްގައި ވައްޑޭ ވިދާޅުވީ އަނިޔާގެ ވާހަކަ، ގޯނާގެ ވާހަކަ، ޖަރީމާގެ ވާހަކަ ދެއްކުމަކީ އެންޓި ކެމްޕެއިން ނޫން ކަމަށާއި އެފަދަ ކަންކަން ނުކުރާ ކަމުގައި ވާނަމަ މީސްމީހުން އެފަދަ ވާހަކައެއް ވެސް ނުދައްކާނެ ކަމަށެވެ.

"އަނިޔާގެ ވާހަކަ، ގޯނާގެ ވާހަކަ، ޖަރީމާގެ ވާހަކަ ދެއްކުމަކީ އެންޓި ކެމްޕެއިން ކުރުމެއް ނޫން. އެފަދަ ކަންކަން ނުކުރަންޏާ އެވާހަކައެއް މީހުން ނުދައްކާނެ. އަޅުގަނޑުމެން ވެރިކަމަށް އައީވެސް ޔާމީނުގެ އަނިޔާއާ ކޮރަޕްޝަނުގެ ވާހަކަ ދައްކައިގެންކަން ހަނދާން ނައްތާލައިގެން ނުވާނެ!" އެމްޑީޕީއަށް ވެރިކަން ލިބުނީ އަނިޔާވެރިކަމާއި ދެކޮޅަށް ވަކާލާތުކޮށްގެންކަން ފާހަގަކުރައްވާ ވައްޑޭ ވިދާޅުވިއެވެ.

ކުރިއަށް އޮތް އެމްޑީޕީގެ ޗެއާޕާސަންގެ އިންތިހާބާއި ދިމާކޮށް ސަރުކާރު ފެކްޝަނުން ވަޒީފާގެ ބިރު ދައްކާ ކަމަށް އެމްޑީޕީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް ތާއީދުކުރައްވާ މުވައްޒަފުން ވަކިކުރާ ކަމަށް ބުނެ ހުދު ރައީސް ނަޝީދުވެސް ވަނީ ސަރުކާރަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެ ރައީސްއަށްވެސް ފާޑުވިދާޅުވެފައެވެ.

ވަޒީފާއިން ވަކިކޮށްފައި ވަނީ ދުވާފަރު ސިއްހީ މަރުކަޒުގެ ހިންގެވުމާއި ހަވާލުވެ ހުންނެވި ސީނިއަރ އެޑްމިނިސްޓްރޭޓަރ އަހްމަދު އާމިރެވެ.

އޭނާ ވަޒީފައިން ވަކި ކުރި ސަބަބާއި ގުޅޭގޮތުން ރައީސް އޮފީހުގެ ތަރުޖަމާން މަބްރޫކް އަޒީޒް ވިދާޅުވީ އެ ފަރާތުގެ ވަޒީފާގެ މަސްއޫލިއްޔަތުތަކާއި ޚިލާފަށް އަމަލުކުރަމުންދާ ކަމުގައި ގިނަ އަދަދެއްގެ ރައްޔިތުން ސޮއިކޮށްފައި ޕެޓިޝަނެއް ހުށަހެޅުމާއި އަމިއްލަ ފަރާތްތަކުން ފޮނުވައިފައިވާ ސިޓީތަކުގެ ޒަރީއާއިން ރައީސަށް ލިބިފައިވާ ކަމަށެވެ. އެ ކަން ބެލުމަށް ފަހު، ވަޒީފާއިން ވަކިކުރީ އަމަލު ކުރަން ކަނޑައަޅާފައި އޮންނަ ގަވާއިދުތަކާއި އުސޫލުތަކުގެ ތެރެއިން ކަމަށް އޭނާ ވިދާޅުވިއެވެ.

އިންތިޚާބަކަށް ނުފޫޒު ފޯރުވުމުގެ ގޮތުން ސަރުކާރުގެ ވަސީލަތްތައް ބޭނުން ކުރުމަކީ، މި ސަރުކާރުން އެއްވެސް ހާލެއްގައި ޤަބޫލު ކުރާ، އަދި އަމަލުކޮށްފައިވާ ގޮތެއް ނޫން ކަމަށާއި އެ ފަދަ އަމަލުތަކަކީ މި ސަރުކާރުން އަބަދުވެސް ކުށްވެރިކުރާ ކަމެއް ކަމަށް މަބްރޫކް ވިދާޅުވިއެވެ. އަދި މި ސަރުކާރުގެ ސިޔާސަތުތަކާ ދެކޮޅު ކަމެއް ކަމަށް އޭނާ ވިދާޅުވިއެވެ.

ޗެއާޕާސަންގެ މަގާމަށް އިންތިގެ އިތުރުން ވާދަކުރައްވަނީ އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއީލެވެ. އިންތިއާއި ފައްޔާޒު ވެސް ގެންދަވަނީ ރަށްރަށަށް ވަޑައިގެން، އެމްޑީޕީގެ އާންމު ސަޕޯޓަރުންނާއި ބައްދަލުކޮށް ކެމްޕޭން ކުރައްވަމުންނެވެ. އެމްޑީޕީގެ އެތެރޭގެ މަސްރަހު ހޫނުވެފައިވާއިރު، އެތެރޭގެ އިންތިޚާބުތަކުގައި 90،000 އަށް ވުރެ ގިނަ މީހުނަށް ވޯޓު ލެވެއެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. އިންޑިއާއައުޓު

    އިންތިޚާބަކަށް ނުފޫޒު ފޯރުވުމުގެ ގޮތުން ސަރުކާރުގެ ވަސީލަތްތައް ބޭނުން ކުރުމަކީ، މި ސަރުކާރުން އެއްވެސް ހާލެއްގައި ޤަބޫލު ކުރާ، އަދި އަމަލުކޮށްފައިވާ ގޮތެއް ނޫން ކަމަށާއި އެ ފަދަ އަމަލުތަކަކީ މި ސަރުކާރުން އަބަދުވެސް ކުށްވެރިކުރާ ކަމެއް ކަމަށް މަބްރޫކް ވިދާޅުވިއެވެ. އަދި މި ސަރުކާރުގެ ސިޔާސަތުތަކާ ދެކޮޅު ކަމެއް ކަމަށް އޭނާ ވިދާޅުވިއެވެ ދެން ކޮމަންޑޫގަ ސަރުކާރުގެ ވަސީލަތްތައް ބޭނުންކޮއްގެން ކީއްކުރީ ކަދުރުކެއީތަ ލަދެއްނުގަންނަބައެއްމީ

  2. އަބްދޫ

    ސަރުކާރުން އަނިޔާއާއި ޖަރީމާހިންގާތަ؟ ހަމަ ޔަގީނުންވެސް ކެނެރީގެ ނަސިދު އަނިޔާއާއި ޖަރީމާއާއި ތަންތަން ރޯކުރިކަމަށް ތުހުމަތު ކުރެވޭ.

  3. ސަނީ

    ކޮން ޖަރީމާއެއް ؟ ކޮރަޕްޝަނަށް މަގުކޮށާ ނުދޭތީ ؟

    1
    4
  4. އުނގުޅޭ

    ތަންތަންރޯކޮށް ސަރުކާރުގެ މުހިއްމުލިޔެކިޔުންތަށް އަންދާ ވެހިކަލްތަކުގަޔާއި އިމާރާތްތަށް އަޅިޔަށްހަދާލި މީހާ ޖަރީމާއެއް ނުހިންގާދޯ އެމީހާގެ މަށްސަލަނުބަލާ ކުރީގެ ސަރުކާރާއި މިހާރުގެ ސަރުކާރު އަދި ޔާމީންގެ ސަރުކާރުން ހަމަހިމޭނުން ތިބެންޖެހުނު ސަބަބަކީ ކޮބާ؟ މިއީ ނޫންބާ ޖަރީމާއަކީ ވައްޑެވެސް ޖަރީމާއާއި އަންނިމާ އޮޅިގެންތަ ތިޔައުޅުއްވަނީ.

  5. ދަރަނި ދަންތުރަ

    އެމް ޑީ ޕީ ގެ ތެރެއިން ގެއްލުމާ ހަލާކުނޫން އެއްވެސް އެއްޗެއް އުފަންނުވާނެ ، އިސްލާމް ދީނަން ފުރައްސާރަ ކުރުމާ މީހުންގެ އަބުރު ކަތިލުމާ ބަދުނާމްކުރުމާ މީހުންގެ ހައްގުތަކަށް އަރައިގަތުން މިއީ ތިޔަޕާޓީގެ މައިގަނޑު މަސައްކަތަކީ ، އެމް ޑީ ޕީ ގެ ފަރާތުން މިގައުމަށް ލިބުނު އެއްވެސް ރަނގަޅުމަންފާއެއްނެތް ގައުމުއަޅުވެތިކޮށް ދަރަނިވެރިކޮށް ފުނޑާލައިފި

  6. ވައްޑެ ބޮއެ ހަލާކި

    ވައްޑެ ލާދީނީ އޭވެސް ކިޔަނީ ހަމަ ކަމެއް ވީމަ ދޯ..