72 ފުޅި ބަނގުރަލާއެކު ކ. މާފުށިން ދިވެހި ޒުވާން ފިރިހެނަކު ހައްޔަރުކޮށްފިއެވެ.

ފުލުހުން ވިދާޅުވީ، މާފުށީގައި ހިންގި ބަނގުރާގެ އޮޕަރޭޝަނެއްގައި 24 އަހަރުގެ ދިވެހި ފިރިހެނަކު ހައްޔަރުކޮށްފައިވާ ކަމަށެވެ.

ފުލުހުން ވިދާޅުވީ، އޭނާ ހައްޔަރުކޮށްފައި ވަނީ މާފުއްޓަށް ބަނގުރާ އެތެރެކުރަންއުޅޭ ކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހޯމަ ދުވަހު ހިންގި އެ އޮޕަރޭޝަނެއްގައި ކަމަށެވެ.

މާފުށި ޕޮލިހާއި އިންޓެލިޖެންސް ގުޅިގެން ހިންގި އެ އޮޕަރޭޝަނުގައި އޭނާ ހައްޔަރުކޮށް ބަލައި ފާސްކުރިއިރު 72 ފުޅި ބަނގުރާ އޭނާގެ އަތުން ފެނިފައިވެއެވެ.

މި މައްސަލައާ ގުޅިގެން އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް މާފުށ ކޯޓަށް ހާޒިރުކުރުމުން، އޭނާގެ ބަންދަށް 12 ދުވަހުގެ މުއްދަތު ދީފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ސަންފަ

    ގެސްޓަހައުސްތައް ހިންގަން އެހާވަރެއް އަރުވައިގެން ބުއްޅަ އުޅުނު ކަމަކީ ތިޔައީއޭ މީހުން ދިރިއުޅޭ ރަށްރަށުގަ ރާ އާއްމު ކުރުމާ އޫރުމަސް ވިއްކުން ހުއްދަ ކުރުން . ޢިިމްރާންުވެސް މިހާރު ބުނާނެ އޯކޭއޭ އާއްމުން ދިރިއުޅޭ ރަށްރަށުގަ އާއްމުކޮށްވެސް އޫރުމަހާ ރާވިއްކުންވެސް އެމީހެއްގެ އަމިއްލަ ކަމެކޭ ރާބުއިމާ ނުބުއިމަކީ .