މާލޭގައި ފުޅާ ދާއިރާއެއްގައި ބަނގުރަލުގެ ވިޔަފާރި ކުރަމުންދިޔަ އިންޑިއާ ތިން މީހަކު 280 ފުޅި ބަނގުރަލާއެކު ހައްޔަަރުކޮށްފިއެވެ.

މި މައްސަލައިގައި ހައްޔަރުކޮށްފައި ވަނީ 26 އަހަރުގެ ފިރިހެނަކާއި 22 އަހަރުގެ ފިރިނެއްގެ އިތުރުން 48 އަހަރުގެ ފިރިހެނެކެވެ.

މި މީހުން ހައްޔަރުކޮށްފައި ވަނީ ދިރިއުޅެމުންދާ ގޭގެ ތިރީގައި ހުންނަ ކޮޓަރިއަކުންނާއި ގޯޅިގަނޑުގައި ހުންނަ އެޕާޓްމެންޓެއްގެ ކޮޓަރިއެއްގެ ތެރެއިން ގިނަ އަދަދެއްގެ ބަނގުރާ ފެނިގެންނެވެ. މިގޮތުން 500 އެމްއެލްގެ 273 ފުޅި އާއި 5 ލީޓަރުގެ 4 ފުޅި އާއި ޖޭމްސަން ބްރޭންޑްގެ ތިން ފުޅި ފެނިފައި ވެއެވެ.

އޭގެ އިތުުރެން ބަނގުރާ ކެއްކުމަށް ސެޓްއަޕް ހަދާފައިވާއިރު، ބަނގުރާ އަޅައި އެއްޗެހި ތައްޔާރުކޮށްފައި ހުރި 36 ޓައްޕު ފެނިފައިވާ ކަމަށްވެސް ބުނެފައި ވެއެވެ.

މި މައްސަލައިގައި ހައްޔަރު ކުރި މީހުންގެ ބަންދަށް ކްރިމިނަލް ކޯޓުން ޖަހާފައި ވަނީ 15 ދުވަހެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. Anonymous

    މީ Hama ހުރެފަ ލެއްގި އެއްޗެއްތަ

  2. އުނޫ

    މިއީ ޗޯރު އިންޑިއާސިފައިންނަށް ހަދިޔާކުރި ތަކެތި ފަޅާއެރީމަ ދެންހަދާނީ ކިހިނެއް.

  3. އާދަނާ

    އަވަހަށްދޫކޮށްލާ!!! ގެރިމޯދީގެ ދަރިން މިގައުމުގަ އުޅޭނީބޭނުންގޮތަކަށް، މީބީތާވެފަހުރި ވެރިޔަކުހުރިގައުމެއް، ގައުމުގެ މިނިވަންކަންވިއްކާލި ޗޯރުއިބުރާހިމާ ބޭރުކުރުން ވަރަށް މުހިންމު!

  4. ހުސެން.

    ދޫ ކޮށްލާ ، އިބޫ ގެ ފަހުދުވަސް ކޮޅު ގުނަމުން ދަނީ . މިއަދުވީކަމެއް ވާނީ ' އިންޑިއާއިން އިބޫ އަށް ހިމާޔަތެއްވެސް ނުދޭނެ.