އެކި މައްސަލަތަކުގައި ފުލުހުންގެ ބެލުމުގެދަށަށް ގެނެސްފައިވާ ތަކެތީގެ ތެރެއިން ދ.ކުޑަހުވަދޫ ޕޮލިސް ސްޓޭޝަންގެ ބެލުމުގެ ދަށުގައި ހުރި ބަނގުރާ ނައްތާލައިފިއެވެ.

ފުލުހުން މިއަދު ވިދާޅުވީ އޮގަސްޓް 11 ވަނަ ދުވަހު ކުޑަހުވަދޫ ޕޮލިސް ސްޓޭޝަންގެ ގޯތިތެރޭގައި ނައްތައިލާފައިވަނީ ތަފާތު 70 އިންސިޑެންޓެއްގައި ފުލުހުންގެ ބެލުމުގެ ދަަށަށް ގެނެސްފައިވާ 302 ފުޅި ބަނގުރަލާއި 779 ދަޅު ބަނގުރަލެއެވެ.

ނައްތާލި ބަނގުރާތައް އަތުލައިގަތް އިންސިޑެންޓްތަކުގެ ތަފްސީލެއް ފުލުހުން ހާމަކޮށްފައެއް ނުވެއެވެ.

ފުލުހުން ވިދާޅުވީ ބަނގުރާ ނައްތާލުން ކުރިއަށް ގެންގޮސްފައިވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެވޭ ބަނގުރާ އަދި ބަނގުރަލުގެ މައްސަލަތަކާ ގުޅިގެން ހިފެހެއްޓޭ ތަކެތި ނައްތާލުމުގައި އަމަލުކުރާ ގޮތުގެ ގަވާއިދުގެ ދަށުން އެކަމަށްޓަކައި އެކުލަވައިލި ކޮމިޓީގެ ބެލުމުގެ ދަށުންނެވެ.

ރިސޯޓްތައް ހިންގާ އަތޮޅުތަކުގައި އޮންނަ އެއާޕޯޓްތަކުން ބަނގުރާ އަތުލައިގަންނަ މިންވަރު ވަރަށް ގިނައެވެ. ގިނައިން ބަނގުރާ އަތުލައިގަންނަނީ ރާއްޖެ އަންނަ ނުވަތަ ރާއްޖެ އިން ފުރައިގެންދާ ފަތުރުވެރިންގެ އަތުންނެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. މުއިއްޒު 2023

    ބަނގުރާ ކައްކައިގެން އަރުވާލި އިބޫ ސޯލިހު ވެރިއަކަށް ހޮވީމަ ބަނގުރާ އާންމުވާނެ. މިފަހަރު މިކަން ބަދަލު ކުރަންޖެހޭ.