ފ.ނިލަންދޫގައި އެޅުމަށް ހަމަޖެހިފައިވާ އެއާޕޯޓް ގެ ބައެއް މަސައްކަތް އޯޕެކް ފަންޑުން ދޭން ނިންމި ލޯނު އެހީގެ ދަށުން ކުރުމަށް ނިންމައިފިއެވެ.

އެންވަޔަރަމެންޓް މިނިސްޓްރީގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެކަން އިއުލާން ކުރެއްވީ ހައުސިން މިނިސްޓަރު ޑރ.މުހަންމަދު މުއިއްޒުއެވެ.

"ފ .ނިލަންދޫ އެއާޕޯޓަކީ ރައީސް ޔާމިން ވަރަށް އިސްކަމެއް ދެއްވާ މަޝްރޫއެއް. އެގޮތުން އެއާޕޯޓް ޑިވެލޮޕްމަންޓްއަށް ސަރުކާރުގެ ބަޖެޓުން ވެސް އަދަދެއް ކަނޑައެޅިފައި އެބަވޭ. ނިލަންދޫގައި އެޅުމަށް ހަމަޖެހިފައިވާ އެއޕޯޓް ގެ ބައެއް މަސައްކަތް އޯޕެކް ފަންޑުގެ ލޯން އެހީގައި ކުރެވިގެންދާނެ. ބިންހިއްކުމާއި އެ ބިންހިމާޔަތް ކުރަންޖެހޭ މަސައްކަތް މި ލޯންއެހީގެ ދަށުން ކުރެވިގެން ދާނެ" މިނިސްޓަރު މުއިއްޒު ވިދާޅުވިއެވެ.

މިނިސްޓަރު ފާހަގަ ކުރެއްވި ގޮތުގައި ކޮންމެ ރަށެއްގައި ހުރެފައި ވެސް ފަސޭހަކަމާ އެކު ވައިގެމަގުން ދަތުރުކުރެވޭ ހިސާބުތަކުގައި އެއާޕޯޓް އެޅުމަކީ ރައީސް ޔާމިން ގެ ތަަސައްވުރެކެވެ.

ރާޢްޖޭގެ އެކި ސަރަހައްދުތަކުގައި އެއާޕޯޓް އެޅުމުގެ ގިނަ މަޝްރޫއުތަކެއް ހިންގަމުން އަންނަ ކަން ފާހަގަކޮށްލެވެއެވެ. އެގޮތުން ށ ފޮނަދޫ، ހދ ކުޅުދުއްފުށި، ނ.މާފަރު އެއާޕޯޓް ފާހަގަ ކޮށްލެވެއެވެ. ސަރުކާރުން ކުރިން ހާމަކުރިގޮތުގައި މި އެއާޕޯޓްތަކުގެ އަމަލީ މަސައްކަތް ނިމި މިއަހަރު ހުޅުވިގެންދާނެއެވެ.

އެއޯޕޯޓް އެޅުމުގެ މަޝްރޫއުތަކުގެ ތެރެއިން ރާޢްޖޭގެ މައި އެއާޕޯޓް ވެލާާނާ އިންޓަނޭޝަނަލް އެއާޕޯޓް ތަރައްގީކުރުމަށް ފައްޓާފައިވާ މަސައްކަތް ފާހަގަކޮށްލެވެއެވެ. ސަރުކާރުން ހާމަކުރި ގޮތުގައި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓްގެ މަސައްކަތް ނިމުމުން އެތަން ވެގެންދާނީ މި ސަރަހައްދުގައިވެސް ފާހަގަކޮށްލެވޭ ފެންވަރުގެ އެއާޕޯޓަކަށެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. Anonymous

    ޙޮޅިވާހަކަ

  2. ޢަސްލަމް

    ޙޮޅިވާހަކަ

  3. ޣުރުސެ

    ާނިލަންދުއަށް ދެނީ އެއަރޕޯޓެއް ނޫން. ދާއިރާގެ މެމްބަރު ލާރި ނަގަނީ. ާނިލަންދުއަށް ނަން

  4. މުލައްދަނޑި

    ރައީސް ޔާމީން ގެންނަވާ ތަރައްގީ ފެނިފަ ހަމަޔަގީނުންވެސް އަހަރުމެން އުފާވޭ މިފަދަ އިހުލާސްތެރި ތަރައްގީ ޔައް މަސައްކަތް ކޮއްދެއްވާ ދެވަނަ ވެރިޔަކު މިގައުމަކައް ދުވަހަކުވެސް ނުލިބޭނެ ޝުކުރިއްޔާ ރައީސް ޔާމީން ޝުކުރިއްޔާ ރައީސް ޔާމީން.ﷲ ގެ ރަހުމަތުން 2 ވަނަ ދައުރު މަނިކުފާނައް ކާމީޔާބު ވާނެކަމީ ޝައްކެއް އޮތްކަމެއްނޫން.

  5. ނިލަންދޫ މީހާ

    ތިޔަހުވަފެން މިހާރު ބަލާ ފޫހިވެއްޖެ. މިވެރިކަމުގެ 5 އަހަރު ނިމެންދާއިރު ނިލަންދޫގައި ނިމުނު އެއްވެސް މަސްރޫއެއް ނެތް. ދެނެއް ހުވަފެން ބެލުމަކަށް ވަގުތު ދެވޭކަށްނެތް.

    • ޖަލު ދާއިރާ

      ނިލަންދޫ މީހާ އަށް އަޅުގަނޑު ތާއީދު އާބާދީ މަދޭކިޔާފައި ހަމަ ހިތަށްއެރިގޮތެއް ހަދަމުން ގެންދަވަނީ