އެމްޑީޕީގެ ޗެއާޕާސަންގެ އިންތިޚާބުގައި ވާދަކުރައްވާ ދެ ބޭފުޅުން ކަމުގައިވާ އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއީލްއާއި ރައްޔިތުންގެ މަޖިލީހުގެ މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒް ފަހްމީ (އިންތި) ވެސް މިއަދު އައްޑޫ ސިޓީއަށް ވަޑައިގަންނަވާ ގޮތަށް ހަމަޖައްސައިފިއެވެ.

އެނގިފައިވާ ގޮތުގައި ފައްޔާޒުގެ ޓީމާއި އިންތިގެ ޓީމު ވެސް މިއަދުން ފެށިގެން އަންނަ އާދީއްތަ ދުވަހާއި ހަމައަށް ހަރަކާތްތެރި ވާނީ އައްޑޫގައެވެ. މިގޮތުން އައްޑޫގައި ދޮރުން ދޮރަށް ހިނގުމާއި ކެމްޕޭންގެ އެކި ހަރަކާތްތައް ދެ ބޭފުޅުން ވެސް ގެންދަވާނެއެވެ.

ފައްޔާޒުގެ އަރިހުގައި އޭނާއަށް ތާއީދު ކުރައްވާ ރައްޔިތުންގެ މަޖިލީހުގެ އައްޑޫ ދާއިރާތަކުގެ މެންބަރުން އުޅުއްވާނެއެވެ. އޭގެ ތެރޭގައި އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމްއާއި، ފޭދޫ ދާއިރާގެ މެންބަރު މުހައްމަދު ނިހާދުއާއި، މަރަދޫ ދާއިރާގެ މެންބަރު އިބްރާހީމް ޝަރީފް (މަވޯޓާ) ހިމެނިވަޑައިގަންނަވައެވެ. ސަރުކާރުގެ އިސް މަގާމުތަކުގެ ބައެއް އެހެން ބޭފުޅުން ވެސް ބައިވެރިވެވަޑައިގަންނަވާނެއެވެ.

އިންތިގެ އަރިހުގައި ހުޅުދޫ ދާއިރާގެ މެންބަރު އިލްޔާސް ލަބީބްއާއި، ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲއާއި، އެމްޑީޕީގެ ނައިބު ރައީސް އަދި ރައީސް އޮފީހުގެ މިނިސްޓަރު މުހައްމަދު ޝިފާޒް (ޝިއްޕެ) އާއި، އެމްޑީޕީގެ ކުރީގެ ޗެއާޕާސަން އަދި ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ހަސަން ލަތީފްއާއި، އުނގޫފާރު ދާއިރާގެ މެންބަރު މުހައްމަދު ވަހީދު ބައިވެރިވެވަޑައިގެންނަވައެވެ.

އެމްޑީޕީގެ ޗެއާޕާސަންގެ އިންތިޚާބާއި ދިމާކޮށް އެތެރޭގެ މަސްރަހު ވަނީ ހޫނުވެފައެވެ. އިންތިގެ ޓީމާއި ފައްޔާޒުގެ ޓީމާއި ދެމެދު ބަހުގެ ހޫނު ހަމަލާތަކެއް ދަނީ ރައްދު ކުރެއްވުމުންނެވެ. އިންތިއަށް ތާއީދު ކުރާ، ސަރުކާރު މަގާމުތަކުގެ ތިބި މީހުނަށް ވަޒީފާގެ ބިރު ދައްކަމުންދާ ކަމަށް އިންތިގެ ޓީމުން ތުހުމަތުކޮށްފައިވެއެވެ. އެ ތުހުމަތުތަކަށް ސަރުކާރުން ވަނީ އިންކާރުކޮށްފައެވެ.

އިންތިއަކީ އެމްޑީޕީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ ފެކްޝަންގެ ބޭފުޅެކެވެ. ފައްޔާޒަކީ އެމްޑީޕީގެ އެންމެ އިސް ލީޑަރު އަދި ރައީސް އިބްރާހީމް މުހައްމަދު ސޯލިހްގެ ފެކްޝަންގެ ބޭފުޅެކެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. ހަސަންކަލޯ

    އިންތި ތިޔައީ އައްޑޫއަށް ސަފުން ނަޔަސްހެޔޮ މީހެއް. ސިޔާސީގޮތުން ހެދި ހުރިހާ ދޮގުތަކެއް ހެދުމުގެ އެންމެ އިސްމީހާތީ. ދޮގުހެދުމުގައި އަދުލެއް އިންސާފެއް ނެތް މީހެއްް ތިނޫނިއްޔާ ސިޔާސީ މަސައްކަތުގައި ނޫޅޭނެ.

  2. އގއހ

    އިލެމްސަން ކޮމިސަނުން އިންތިހާބޭ ކިޔާއިރު އައްޑުއަށް ދުއްވައި ގަންނަނީ ކޮން ބޭނުމަކުބާ. އައްޑޫ ބިން ހިއްކަން ފެށީމާ އެއީ ގޯސްކަމަކަށްވެފަ އެހެން ރަށްރަށުގަ ބިން ބޭނުން ގޮތަކަށް ރިޕޯޓް ހަދައިގެން ހިއްކަން ވީ.

    4
    1
  3. ޖާބެ

    އެފައިސާ މިފައިސާ މިފަހަރު ފެންނާނެ އެމް،ޑީ.ޕީގަ އެފައިސާ މިފައިސާ އެބުރޭތަން އިންތިމެންގެ އަމިއްލަ ފަލްސަފާ އަތައްގޮވާތަން ތިޔަފެންނަނީ ދެންކިޔާނެ އެއްޗެއް ނޯންނާނެ.. އެމް.ޑީ.ޕީޔައް ވެރިކަން ހޯދަން ބޭނުމިއްޔާ ތިބެލަންޖެހޭނީ ފިތިގެން އެތެރޭގަ ވ.ސާފު މިކަން ..

  4. ނަންނުގަތި

    އައްޑޫ ކުދިންނޭ. ކޮންމެ ކުއްޖަކުވެސް ބަލާތި ލާރިކޮޅެއް ލިބޭތޯ. ދޭނަމޭ ކޮށްދޭނަމޭ ބުނާ ކަމަކީ ވަގުތީ އެއްޗެއް. ކެމްޕޭނަށްދާ ވަގުތެއްގަ ރުފިޔާ އެއް ލިބޭނީ.. ދެމީހުން އަތުން ވެސް ހޯދޭތޯ ބަލާތި.

  5. ދަރަނި ދަންތުރަ

    ބޮޑުތަނުން ބޮޑުއެއްޗަކުން ހުތުރުގޮތަކަށް އިންތި ބަލިވާނެ ، އިންތި ޔަކީ ނަސީދުގެ ޕަޕެޓެއް އިސްލާމް ދީނުގެ އަދުއްވެއް ކޮރަޕުޓު މީހެއް ...

  6. ނަޖީ

    ރައީސް ޖައްސަވާއިރު ކުރީގެ ރައީސް ސޯލިހުނުކިޔަނީ ކީވެގެންބާ މިހާރުގެ ރައިސަކީ ފައިސަލް ނަސީމު