ޕޮލިސް ބޯޑުގެ މެންބަރެއްގެ ގޮތުގައި ހުންނެވި ހާމިދު އަބްދުލް ޣަފޫރު، އެމްޑީޕީގެ ޗެއާޕާސަންގެ އިންތިޚާބުގައި ވާދަކުރައްވާ ރައްޔިތުންގެ މަޖިލީހުގެ މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒް ފަހްމީ (އިންތި) އަށް ކެމްޕޭން ކޮށްދެއްވަން އައްޑޫ ސިޓީއަށް ވަޑައިގެންފިއެވެ.

އިންތިގެ ކެމްޕޭނަށް އައްޑޫ ސިޓީއަށް ވަޑައިގެންފައިވާ އޭނާގެ ޓީމުގައި ހިމެނޭ އެހެން މީހުނާއި އެކު ހާމިދު މިއަދު ވަނީ ދޮރުން ދޮރަށް ވެސް ވަޑައިގެންފައެވެ. އިންތިއާއި ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ އާއި އެކު ހާމިދު ހުންނެވި ފޮޓޯތައް ވެސް އަންނަނީ ދައުރުވަމުންނެވެ.

"ވަގުތު" އަށް އެނގިފައިވާ ގޮތުގައި، އިންތިއާއި އޭނާގެ ޓީމާއި އެކު ހާމިދު ވެސް މި ވަގުތު ހުންނެވީ އައްޑޫ ސިޓީގެ ހުޅުދޫއާއި މީދޫ ހިމެނޭ ފަސްގަނޑުގައެވެ.

ޕޮލިސް ބޯޑުގެ މެންބަރެއްގެ ގޮތުގައި ހާމިދު އިންނަވަނީ، ރައްޔިތުންގެ މަޖިލީހުން ކަނޑައަޅާ މެންބަރެއްގެ ހައިސިއްޔަތުންނެވެ. އެމްޑީޕީގެ މެންބަރެއްގެ ގޮތުގައި ކުރިން މަޖިލީހުގައި ވެސް އުޅުއްވި ހާމިދަށް ރުހުން ދިން މަޖިލީހުގައި ވެސް އޮތީ އެމްޑީޕީގެ ސުޕަ މެޖޯރިޓީއެވެ.

ޕޮލިސް ބޯޑުގެ އެކުލެވުން އޮތް ގޮތާއި މެދު ފެށުނީއްސުރެން ފާޑުކިއުންތައް އަމާޒުވެފައިވެއެވެ. އެ ބޯޑުގައި ތިބެނީ، ރައީސުލްޖުމްހޫރިއްޔާ އައްޔަން ކުރައްވާ ދެ މެންބަރަކާއި، ތައުލީމީ އަދި ތަޖުރިބާގެ ދާއިރާއިން ތިން މެންބަރުންނާއި، މަޖިލީހުން ކަނޑައަޅާ އާންމުންގެ ތެރެއިން ދެ މީހެކެވެ.

ޕޮލިސް ބޯޑަށް ހާމިދު އައްޔަން ކުރުމުން ވެސް އޭނާއަކީ ފެށުނީއްސުރެން އެމްޑީޕީގައި އިސްކޮށް އުޅުއްވާފައިވާ ބޭފުޅަކަށް ވާތީވެ ފާޑުކިއުން އަމާޒުވެފައިވެއެވެ. މީގެ ކުރިން މަސްތުވާތަކެތީގެ މައްސަލައެއްގައި ހައްޔަރުކުރުން ހާމިދު ވަނީ އެއަށް ޓެސްޓް ކުރަން ކުޑަކަމުދާ ތަކެތި ދިނުމަށް ވެސް ދެކޮޅު ހަދައިފައެވެ.

ކިޔުންތެރިންގެ ހިޔާލު

8 ކޮމެންޓް

  1. ދިމިޤްރާތީ

    ހާމިދައް އެނގޭ ރައީސް ސޯލިހުގެ ވެރިކަން ނިމިއްޖެ ކަން އައްޔަނުކުރެއްވި ބޯޑުވެސް އުވޭނެކަން ދެންމިހާރު އެތިބެނީ ފާޑަކައް މަގުމަތިވެ ކުރިން މަސައްކަތްކުރި ގޮތައް މަގުމަތީގަ މަސައްކަތް ކުރަންޖެހިފަ އެކަމަކު މިފަހަރު މަގުމައްޗައް ނުކުމެ ޑިމޮކްރަސީއޭ ގޮވަންފަށައިފިއްޔާ ރަނގަޅައް ޑިމޮކްރަސީ ދައްކާދޭނަން

    38
  2. ޙަސަނުލް

    ތި ޑިމޮކްރަސީ އަކީ ވަބާއެއް ޝައިޠާނީ ވަބާއެއް

    35
    1
  3. އައުޓް

    ކެނެރީގެ ނަޝީދު އައުޓް އިންޑިއާ އައުޓް އިންތި އައުޓް އިންޑިއާ އައުޓް ކެނެރީގެ ނަޝީދު އައުޓް އިންޑިއާ އައުޓް އިންތި އައުޓް އިންޑިއާ އައުޓް ކެނެރީގެ ނަޝީދު އައުޓް އިންޑިއާ އައުޓް އިންތި އައުޓް އިންޑިއާ އައުޓް ކެނެރީގެ ނަޝީދު އައުޓް އިންޑިއާ އައުޓް އިންތި އައުޓް އިންޑިއާ އައުޓް ކެނެރީގެ ނަޝީދު އައުޓް އިންޑިއާ އައުޓް އިންތި އައުޓް އިންޑިއާ އައުޓް ކެނެރީގެ ނަޝީދު އައުޓް އިންޑިއާ އައުޓް އިންތި އައުޓް އިންޑިއާ އައުޓް ކެނެރީގެ ނަޝީދު އައުޓް އިންޑިއާ އައުޓް އިންތި އައުޓް އިންޑިއާ އައުޓް ކެނެރީގެ ނަޝީދު އައުޓް އިންޑިއާ އައުޓް އިންތި އައުޓް އިންޑިއާ އައުޓް ކެނެރީގެ ނަޝީދު އައުޓް އިންޑިއާ އައުޓް އިންތި އައުޓް އިންޑިއާ އައުޓް ކެނެރީގެ ނަޝީދު އައުޓް އިންޑިއާ އައުޓް އިންތި އައުޓް އިންޑިއާ އައުޓް ކެނެރީގެ ނަޝީދު އައުޓް އިންޑިއާ އައުޓް އިންތި އައުޓް އިންޑިއާ އައުޓް ކެނެރީގެ ނަޝީދު އައުޓް އިންޑިއާ އައުޓް އިންތި އައުޓް އިންޑިއާ އައުޓް ކެނެރީގެ ނަޝީދު އައުޓް އިންޑިއާ އައުޓް އިންތި އައުޓް އިންޑިއާ އައުޓް ކެނެރީގެ ނަޝީދު އައުޓް އިންޑިއާ އައުޓް އިންތި އައުޓް އިންޑިއާ އައުޓް ކެނެރީގެ ނަޝީދު އައުޓް އިންޑިއާ އައުޓް އިންތި އައުޓް އިންޑިއާ އައުޓް ކެނެރީގެ ނަޝީދު އައުޓް އިންޑިއާ އައުޓް އިންތި އައުޓް އިންޑިއާ އައުޓް ކެނެރީގެ ނަޝީދު އައުޓް އިންޑިއާ އައުޓް އިންތި އައުޓް އިންޑިއާ އައުޓް ކެނެރީގެ ނަޝީދު އައުޓް އިންޑިއާ އައުޓް އިންތި އައުޓް އިންޑިއާ އައުޓް ކެނެރީގެ ނަޝީދު އައުޓް އިންޑިއާ އައުޓް އިންތި އައުޓް އިންޑިއާ އައުޓް ކެނެރީގެ ނަޝީދު އައުޓް އިންޑިއާ އައުޓް އިންތި އައުޓް އިންޑިއާ އައުޓް ކެނެރީގެ ނަޝީދު އައުޓް އިންޑިއާ އައުޓް އިންތި އައުޓް އިންޑިއާ އައުޓް ކެނެރީގެ ނަޝީދު އައުޓް އިންޑިއާ އައުޓް އިންތި އައުޓް އިންޑިއާ އައުޓް

    32
  4. ގެދަބުޅި

    ތެދުވެރިވާނީ މިހާވަރަށް. ޕޮލިހުންގެ އަމުރަށް ނުކިޔަމަންތެރިވެ ހީސްފޮދުނުދީ ހުރިމީހަކު ޕޮލިހުންގެ ސުލޫކީމައްސަލަތައްބެލުމަށް އޮންނަބޯޑަށް އެހޮވުނީ ރައީސްގެންގުޅުއްވާ ޒީރޯ ޓޮލަރަންސްގެ މޮޅުސިޔާސަތުގެ ދަށުން.

    52
    • ޖދޖ

      މިސޮރު ޕޮލިސް ބޯޑަށް ހޮވަފަ ވަނީ ރައީސެއް ނުން. ހޮވި ރައްޔިތުން ވޯޓުދީގެން ހޮވާފަ ތިބި ބަޔަކު

  5. ކޮރަލް

    އަންނި ފަހަތުން މިއުޅެނީ ކުޑަ ކަމުދާ ތަކެތި ޓެސްޓް ކުރަން ޖެހޭ މީޙުންނެވެ.

  6. އައުޓް

    އިންތި އައުޓް އިންޑިއާ އައުޓް ބަރުލަމާނީ އައުޓް ސްޓެޓިކް އައުޓް އިންތި އައުޓް އިންޑިއާ އައުޓް ބަރުލަމާނީ އައުޓް ސްޓެޓިކް އައުޓް އިންތި އައުޓް އިންޑިއާ އައުޓް ބަރުލަމާނީ އައުޓް ސްޓެޓިކް އައުޓް އިންތި އައުޓް އިންޑިއާ އައުޓް ބަރުލަމާނީ އައުޓް ސްޓެޓިކް އައުޓް އިންތި އައުޓް އިންޑިއާ އައުޓް ބަރުލަމާނީ އައުޓް ސްޓެޓިކް އައުޓް އިންތި އައުޓް އިންޑިއާ އައުޓް ބަރުލަމާނީ އައުޓް ސްޓެޓިކް އައުޓް އިންތި އައުޓް އިންޑިއާ އައުޓް ބަރުލަމާނީ އައުޓް ސްޓެޓިކް އައުޓް އިންތި އައުޓް އިންޑިއާ އައުޓް ބަރުލަމާނީ އައުޓް ސްޓެޓިކް އައުޓް އިންތި އައުޓް އިންޑިއާ އައުޓް ބަރުލަމާނީ އައުޓް ސްޓެޓިކް އައުޓް އިންތި އައުޓް އިންޑިއާ އައުޓް ބަރުލަމާނީ އައުޓް ސްޓެޓިކް އައުޓް އިންތި އައުޓް އިންޑިއާ އައުޓް ބަރުލަމާނީ އައުޓް ސްޓެޓިކް އައުޓް އިންތި އައުޓް އިންޑިއާ އައުޓް ބަރުލަމާނީ އައުޓް ސްޓެޓިކް އައުޓް

  7. ޖާބެ

    ނުވާނެ ފައިސާއިންވާނީ