އައްޑޫސިޓީން ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ދަންނަވާ ވަރުގެ މަރުހަބާއެއް އެމްޑީޕީގެ ޗެއާޕާސަންކަމުގެ އިންތިހާބުގައި ވާދަ ކުރައްވާ އިކޮނަމިކް މިނިސްޓަރ ފައްޔާޒް އިސްމާއިލަށް އެސިޓީން ކިޔައިފިއެވެ.

ކެމްޕޭނަށް ފައްޔާޒު މިރޭ އައްޑޫއަށް ވަޑައިގަތުމުން 400 އަށްވުރެ ގިނަ މީހުން ވަނީ ފައްޔާޒަށް މަރުހަބާ ކިޔާފައެވެ. އޭގެ ތެރޭގައި ރަށުގެ ގިނަ އަދަދެއްގެ ރައްޔިތުންނާއި އެސިޓީގެ މޭޔަރ އަލީ ނިޒާރުގެ އިތުރުން ރައްޔިތުންގެ މަޖިލިހުގެ މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފް އާއި ފޭދޫ ދާއިރާގެ މެންބަރު މުހައްމަދު ނިހާދު ހިމެނެއެވެ.

ފައްޔާޒް އައްޑޫއަށް ވަޑައިގަތުން ވަނީ ހޫނު މަރުހަބާއެއް ކިޔާފައި-- ވަގުތު އިމޭޖެސް: ތަލްހަތު

އެމްޑީޕީގެ ޗެއާޕާސަންގެ އިންތިޚާބުގެ ކެމްޕޭނަށް ފައްޔާޒު އައްޑޫއަށް ވަޑައިގެންފައިވާއިރު، އެމަގާމަށް ވާދަ ކުރައްވާ ރައްޔިތުންގެ މަޖިލީހުގެ މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒް ފަހްމީ (އިންތި) ވެސް ވަނީ މިއަދު އައްޑޫއަށް ވަޑައިގެންފައެވެ.

އެމްޑީޕީގެ ޗެއާޕާސަންގެ އިންތިޚާބާއި ދިމާކޮށް އެތެރޭގެ މަސްރަހު ވަނީ ހޫނުވެފައެވެ. އިންތިގެ ޓީމާއި ފައްޔާޒުގެ ޓީމާއި ދެމެދު ބަހުގެ ހޫނު ހަމަލާތަކެއް ދަނީ ރައްދު ކުރެއްވުމުންނެވެ. އިންތިއަށް ތާއީދު ކުރާ، ސަރުކާރު މަގާމުތަކުގެ ތިބި މީހުނަށް ވަޒީފާގެ ބިރު ދައްކަމުންދާ ކަމަށް އިންތިގެ ޓީމުން ތުހުމަތުކޮށްފައިވެއެވެ. އެ ތުހުމަތުތަކަށް ސަރުކާރުން ވަނީ އިންކާރުކޮށްފައެވެ.

އިންތިއަކީ އެމްޑީޕީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ ފެކްޝަންގެ ބޭފުޅެކެވެ. ފައްޔާޒަކީ އެމްޑީޕީގެ އެންމެ އިސް ލީޑަރު އަދި ރައީސް އިބްރާހީމް މުހައްމަދު ސޯލިހްގެ ފެކްޝަންގެ ބޭފުޅެކެވެ.

ކިޔުންތެރިންގެ ހިޔާލު

17 ކޮމެންޓް

  1. ބޮއް

    ނަޝީދު މޭކަރާނެދޯ؟ ނާހާބާ އަހަރެމެންވެސް އެބަތިބޭމޭ!

    11
    1
    • ޙައްގުބަސް

      އައްޑޫ ތީ މޮޔައިން އުޅޭ ތަނެއް!! މިނަހަލާލު ބައިގަނޑު އަބަދު ކޮނޑަށްލައިގެން ތިބީމަ އައްޑުއަށްވަނީ ކޮންކަމެއް؟ މުޅި އައްޑޫ އެވަނީ އިންޑިޔާގެ ސިފައިންގެ ޖަގަހައަކަށް ހަދާފަ!! އެކިއެކި މަޝްރޫއުތައް ހިންގާނަމުގަ!

      32
      • ހިމޭން

        ކަޑަވީދޯ؟؟ ކަލޭ އެކަނި މިރާއްޖޭގަ ހަމަޖެހޭ މީހަކަށް ހުރީދޯ؟؟ އައްޑޫ ރައްޔިތުންނަށް އެނގޭނީ އެމީހުންނަށް އެންމެ ރަނގަޅުގޮތާ އެ މީހުން ތާއީދުކުރާނެ މީހަކު.. ކަލޭ ހިމޭނުންހުރޭ ޑައެޖިން ކައިގެން..

        1
        8
  2. ާއަލިތައްޚާނު

    ފައްޒާޒުއަށް މިފަހަރު މި ސަޕޯޓް ކުރަނީ އިމްތިޔާޒު ފަހުމީ ސީދާ ޗޮކުން ދުއްވާލަން. ރަނގަޅަށް އިންތިއަށް ރާކަނިމަސް ކާންދޭނަން.

    22
    4
    • ކަމުދިއުން

      ކަލޯ ކެނެރީ ބުއްޅަހޮއްކޮ ކަޑައެއްވާނެދޯ؟؟ މަށަށް ޔަޤީން ރޭގަ ނުވެސް ނިދާނެ.. އީ-ހަނގުރާމަ (އީވާ) އަދި މަތިމަސް ބޮނޑަބުރި މެން އެހާ ތަރަތަރަ ލައިގެން ހަޖަމު ނުވެގެން އެ އުޅެނީ މިސަބަބާހުރެ.. ބަލަ އެމްޑީޕީގެ ޔޫތުން މިހާރު ތިޔަ ބުއްޅަހޮއްކޮޔާ ބޮޑު ގުރޫބު ބަލައެއް ނުގަނެއޭ، ފަޔާމެން ކަންކަން ގެންދާގޮތް ގިނަ މެންބަރުންނަށް ކަމުދަނީ.. ޑިކްޓޭޓަރ ޝިޕާ ރޫހާނީ ލީޑަރުންގެ ޒަމާން މާޒީވެއްޖެ

  3. ޝާމް

    އަސްލުވެރިކަން ކުރަނީ ފައްޔާޒުކަމައް ބަޔެއް ފަރާތްތަކުން ދެކޭ.

    13
    3
  4. ކުރިން އެމްޑީޕީ ހާޑުކޯ ތިނަދަު އެކްޓިވިސްޓެއް

    ކިންގްއަކަށް ކިޔާވަރުގެ މަރުހަބާއެއް ކިޔަސް. ހަވަރު ތިނަދޫއިން ހިއްކާފަ އެއޮތް 64 ހެކްޓަރު ބިމުން ގޯތި ނޫނުކުރަނީސް އެމްޑީޕީއަަށް ދޭނެ ވޯޓެއް ނެތް. އެމްޑީޕީއަށް ވަރަށް ވެދުމާއި ސަލާމެވެ

    9
    2
  5. ލުޓޭރުންގެ ސަރުކާރު

    އައްޑޫމީހުން ވާނީ ހަމަ އައްޑޫ މީހުންނަ ދުވަހަކު ދެގިތެނުވާނެ..ފައިގެ ބޮޑުވާ އިގިއްޔަށްވު ރެ ދު ރަށް ނުވިސްނާނެ..ފައިޔާއްޒަށް މަ ރުހަބާ ކިޔަން ތިނުކުތް އަދަދަށް އިންޑިޔާ ސިފައިންތިބުމާ ދެކޮޅަށް އަޑުއުފުލަން ނުކުންނަ ނަމަ މިއަދުމާ ރީތިވާނެ..އިއްޔެ ނަޝީދާހެދި މަ ރުދަންނެހުނު މީހުން މިއަދު ފައިޔާއްޒާހެދި.

    14
    3
  6. އެރރ

    އައްޑޫ މީހުންނަކީ ހައުދަހައިވާ ފަސޭހައިން ގުނބޯ ހެއްދޭ ބައެކެވެ.

    އެހެންޏާ ފަހެ މީހަކު އަޖައިބު ހަރާނެއްނުވާނެހޭ، އޮރިޖިނަލް އިންތި ދިޔައީމާ ނުކުތީ ހައެއްކަ ކެނައެވެ.

    ބްރޯ ފައްޔާޒު ދިޔައީމާ މުޅިއައްޑޫ ލުއްސައިގެން އައިސް އެތިބީ ދަތްޕިލާ އަތައްލައިގެން އެއާޕޯޓުގަ. ޕިސް..ޕިސް..ޕިސް...!

    21
    4
  7. ޛެހޭ

    ކިހާ ޔޫރޯ އަކާ ޑޮލަރެއް ލިބުނުތޯ މިހާތަނަށް . ފައްޔާޒް މިނިސްޓަރަކަށް ވީ ސުރެން އައްޑޫ އަށް

    17
  8. ފެނު ބައްޑާ

    އަށްޑޫގަ ތިބެނީ ބޮލަށްފިތަލާފަ ދޫކޮށްލާ ތަވާޅުތަކަކާ ތަފާތެއް ނުހުންނަނެ އަށްޑޫގަ އިންޑިޔާސިފައިންނާ ދެކޮޅަށް އަޑުއުފުލަން ނުކެރުނު މޮޔަން ތަކެއް ނިކަން ދެކިބަލަ ޔޫކުރޭނު އެމިހުންގެ ގައުމާއި މިނިވަންކަން ދިފާއުކުރަން ކޮންމެ ފަރުދަކު ނިކުމެ އެތިބީ ފުރާނަ އަތްމައްޗައް ލައިގެން އިންޑިޔާ ސިފައިން ގެ ހިމާޔަތުގަ ނިކުމެ އަޑު އުލި ބޮލުރޮދި ކެޑިފަ ތިބި ބާކިން ތެތިބީ އާހިރަތް ވިއްކަލާފަ ދުނިިޔެ މަޖަލާ ޔަހޫދީންގެ ރުހުން ހޯދަން ދުވާ ލަދީނީ އައުވަނުންގެ ފަހތުން ތާއަބަދު ދުވަނީ މިޔޯ އެންމެ ތަރައްގީ މީހުން އުޅޭ އަތޯޅު ހެހެހެ ހީ ހި 2ކުޅުބިހަށް ގައުމު ވިއްކަލި ސޭލް ސޭލް

    22
    2
  9. Anonymous

    ރާޖެ އިސް ސަފި މިތިބި އެންމެން މިހާރުދަންނާނެ ތީ ގަމާރުނގެ އަތޮޅުކަން

    16
    1
  10. މުހައްމަދު އަންޖުމް

    ތިޔޮތީ އާކުކުޅަކަށް ގާބިހެއް އެޅިފަ ބާރަށްބަގުޑި ބައްދާތި ތިޔަ މަރުހަބާއިން ތިމާޔަށް ގިޔާމަތް ދުވަސް ހަނދާންވާނެބާ؟

  11. އިލްޔާސް ވަހީދް

    އައްޑޫ މީހުންނަކީ ހައުދަހައިވާ ފަސޭހައިން ގުނބޯ ހެއްދޭ ބައެކެވެ.
    އެހެންޏާ ފަހެ މީހަކު އަޖައިބު ހަރާނެއްނުވާނެހޭ، އޮރިޖިނަލް އިންތި ދިޔައީމާ ނުކުތީ ހައެއްކަ ކެނައެވެ.
    ބްރޯލާރިއަޅަނީ ފައްޔާޒުއައް ދިޔައީމާ މުޅިއައްޑޫ ލުއްސައިގެން އައިސް އެތިބީ ދަތްޕިލާ އަތައްލައިގެން އެއާޕޯޓުގަ. އެވެސް މާލޭގަތިބިމީހުން ހަތެރެއްގެ ފުލައިޓްން ފައްޔާޒް އޭގެފަހުން ހުސްވަގުން ޕިސް..ޕިސް..ޕިސް...!

  12. މަ މިހިށީ މާލޭ@

    ތަ ފިރިން ހައުދަހައި ބޯ ގަޅި އޭ ދީ؟

  13. ބުރޯ

    އަސްލުގަ ވާގޮތަކީ ބޮޑުބްރޯ ދިޔައިމާ ނުކުންނަން ޖެހެނީ

  14. ރައްޔިތު މީހާ

    ކިތަންމެ ރުޅި ގަދަ ވިޔަސް މިފަހަރު ހަމަ ހޮވާނީ ފައްޔާޒް އާއި ރޮޒޭ ދައްތަ. ބުއްޅަބޭ ކަދަވާނެ ދޯ. ހީހީއް