އަންނަ ހޮނިހިރު ދުވަހު ބާއްވާ ރިޔާސީ އިންތިހާބުގެ ވޯޓުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ދެ ވަނަ ދައުރު ކާމިޔާބު ކުރައްވާނީ %56 އަށް ވުރެން މަތިން ކަމަށާއި އެގޮތަށް ވިދާޅުވަނީ ވަރަށް ޔަގީންކަމާ އެކު ކަމަށް އެމްޑީޕީގެ ޗެއާޕާސަން އަދި އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލް ވިދާޅުވެއްޖެއެވެ.

ކާނިވަލުގައި ރޭ ބޭއްވި "އުފާވެރި މާލެ" ޖަލްސާގައި ފައްޔާޒް ވިދާޅުވީ މި ކެމްޕޭންގައި އޭނާ ބަލަހައްޓަވާ ޑޭޓާތަކުން ނަތީޖާ ވަރަށް ސާފުކޮށް ފެންނަން އެބައޮތް ކަމަށެވެ.

"މި ކެމްޕޭނުގައި އެ ބުނާ ޑޭޓާ ބަލަހައްޓާ ކުއްޖަކީ އަޅުގަނޑު. ތި ބޭފުޅުންނަށް ޔަގީންކަމާއި ކަށަވަރުކަމާ އެކީގައި މި ދަންނަވަނީ 56 ޕަސެންޓަށް ވުރެން އެންމެ ވޯޓަކުން ވެސް އަޅުގަނޑުމެން ތިރިއެއް ނުވާނެކަން," ފައްޔާޒް ވިދާޅުވިއެވެ.

ރޭގެ ޖަލްސާގައި ފައްޔާޒް ވަނީ މުއިއްޒަށް ތަފާތު ބޮޑެތި ތުހުމަތުތައް ކުރައްވައިފައެވެ. އެގޮތުން މުއިއްޒުއަކީ ހައްދު ފަހަނައަޅާފައިވާ އަދި ކްރިމިނަލް ނެޓްވޯކްތަކާ ގުޅިފައިވާ ބޭފުޅެއް ކަމަށް ވިދާޅުވިއެވެ.

"މިއީ އަޅުގަނޑު އިންތިހާބާ ގުޅިގެން ދައްކާ ވާހަކައެއް ނޫން. މިއީ ބިރުވެރިކަން އޮތީމާ. އަޅުގަނޑުމެންގެ ވާދަ ކުރާ ކެންޑިޑޭޓްއަކީ ޕީއެންސީގެ ކެންޑިޑޭޓޭއް ނޫން. އެއީ މިގައުމުގަ އުފެދިފައިވާ ހައްދަ ފަހަނަ އަޅާފައިވާ ޕާޓީތަކާއި އަދި ނުވިތާކަކަށް މި ގައުމުގައި އޮތް ކްރިމިނަލް ނެޓްވޯކްތަކާ ގުޅިފައި އޮތް ކެންޑިޑޭޓެއް. މިވާހަކަ ދައްކަން ޖެހޭ. މިއޮއްހާ ދުވަހު މި ގައުމުގެ ރައްޔިތުން މި ކުރި ކަންތައް، އިނގިރޭސި ބަހުން ކިޔާނަމަ ވުލްފް އިން ކޯޓަސް، މިއަށް ޖާގަ ދޭކަށް ދިވެހީން މިއަދު ނެތިން" ފައްޔާޒް ވިދާޅުވިއެވެ.

މިރޭ އެމްޑީޕީން ބޭއްވި ބޮޑު ޖަލްސާގެ ތެރެއިން--ފޮޓޯ/ވަގުތު އިމޭޖާސް

ފައްޔާޒް ވިދާޅުވީ މިހާރު ފެންނަމުން ދަނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވާދަވެރިން ވަރަށް ބޮޑަށް ދަށްވަމުންދާތަން ވެސް ފެންނަމުންދާ ކަމަށެވެ.

އެހެންކަމުން އެހެން ދިމާވާ ސަބަބުވެސް ބަލަން ޖެހޭ ކަމަށް ފައްޔާޒް ވިދާޅުވި އެވެ.

އެގޮތުން ދިވެހި ރައްޔިތުން ބޭނުންވަނީ ޒަމާނުއްސުރެ އުފެދިފައިވާ އަނިޔާވެރިކަން ނިންމަން ކަމަށެވެ. އަދި އެ އަނިޔާވެރިކަން ނިންމޭނީ އެމްޑީޕީ ކޯލިޝަންގެ ވެރިކަން ކުރިއަށް އޮތް ފަސް އަހަރު ހިނގައިގެން ކަމަށް އޭނާ ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

26 ކޮމެންޓް

  1. މުއިއްޒު އެއްބުރުން

    އެމްޑީޕީގެ އެތެރޭގެ އިންތިހަބު އޮޅުވާލިގޮތަށް މިވެސް އޮޅުވާލުމުގެ ކަންތަށް ބަލަނީ ފައްޔާޒުދޯ؟
    ހައްދުފަހަނަ އަޅާފަވާމީހުނަކީ ކަލޭމެން. ލާދީނީ މީހުން މި 5 އަހަރު ހިމާޔަތް ކުރިގޮތް ރައްޔިތުން ދެކެފި. ނޮވެންބަރު 3 ގެ ބާގީ އާއިލާއާ ގުޅިފައިވާ އިބޫ ނުހޮވާނަން.
    މިފަހަރު ހަމަ އެއްބުރުން މުއިއްޒު!

    71
    1
  2. ކޮމެންޓްކުރާމީހާ

    ފައްޔާޒު ޑޭޓާ ބެލެހެއްޓީއޭ ކިޔާފާ އަދި %56 ލިބޭނެކަމަށް ބުނުމަކުން ގިނަ ރައްޔިތުންނެއް ތިއެއް ޤަބޫލެއް ނުކުރާނެ... ﷲ ގެ ރަޙްމަތާއެކު މި ސަރުސާކުރުގެ 9 ސެޕްޓެމްބަރުގެ ވޯޓާއެކު ނިމިގެންދާނެ...

    67
  3. ހުސްނުވާ

    ވަރަށް ރަންގަޅު ވާހަކަފުޅެއް މިހާރު އެމްޑީޕީގައި ތިބި މީހުންގެ %56 ލިބޭނެ ވާހަކަނޫންތޯ ތިޔަ ވިދާޅުވަނީ އެކްންވާނެ އެކަމު އަޅުގަންޑުގެ ދުއާކީ ﷲ ތަބާރަކަ ވަތައާލާ ތިޔަ ބައިމީހުން ފަލީހަތްކުރަށްވައި މިގައުމު އިންޑިޔާގެ އަޅުވެތިކަމުން ސަލާމަތްކުރައްވައި ސޯލިހުގެ ވެރިކަން ނިމުން ﷲ އަޅުގެ ދުއާ އިޖާބަކުރައްވާށި އާމީން!

    71
    • ނަންނި

      އާމީން

      13
    • ނައްނި

      އާމީން

      11
  4. މަރުކާ

    މާލޭގެ ދިރިއުޅޭ އާބާދީގެ ތެރެއިން ޖަލްސާއަކަށް 2500 މީހުން ނައުމުން މަންޒަރު ވަރަށް ސާފް. ބޯގަން ހިސާބް ގޯސް. ތިޔަހުރީ ބަލިވެފާ، ދެން އޮތީ ބަލިވާ ވަރު ބުނެދިނުން.

    60
  5. މޕ

    މަޖުބޫރުން އައިސް ޖަލްސާ ނުނިމެނީސް ދިޔަ މީހުންގެ ޑޭޓާ ވެސް ބެލެހެއްޓިން ތޯ

    57
  6. އަހްމަދު

    ކޮންމެ މީހަކު ޑޭޓާ ބެލެހެއްޓިޔަސް %56 ލިބޭނެ ގޮތަކީ ދިވެހިންނޫން ބަޔަކު ވޯޓް ލައިގެން ނޫނީ ޑޭޓާ އޮޅުވާލައިގެން!!!

    50
  7. ހުސޭނުބޭ

    ތި ޖަލްސާގައި ތިބި މީހުން އެކަނި ވޯޓުލާފިއްޔާ އެމީހުންގެ 56 އިންސައްތަ ލިބޭނެ. މާނައަކީ ތި ގެންފުޅޭ މީހުންގެ ތެރޭގައިވެސް ވޯޓު ނުދޭނޭ މީހުން ތިބިކަން މީނައަށްވެސް ޤަބޫލުކުރެވެޔޭ!

    43
  8. ހުސޭނުބޭ

    ކަލޯ ބަލަހައްޓާ ޑޭޓާއިންތަ ވޯޓުގެ ނަތީޖާ ކަނޑައަޅަނީ. ހުރެ މިފަހަރު ކަލޭ ތި ބަލަހައްޓާ ޑޭޓާތައް ގިރާފަ ބޯންދޭނަން.

    42
    • ބޮނދޫ

      ރާއްޖޭ ގެ ކަންކޮލުތަކުގަ އުޅޭ ގަވާއިދާ ހިލާފައް އުލޭ މީހުން ގެ ކަންތަށް ނުބެލީ އެމީހުން ގެ ވޯޓް ހޯދައިގެން %56 ހަމަކުރަން

      20
  9. މެޔޮނައިސް

    އަޅުގަނޑު ބަލަހައްޓަން ޕީޕީއެމް.ގެ ޑާޓާ....އެއްބުރުން މުއިއްޒު..އިންޝާﷲ..އާމީން

    33
    1
  10. ސަޑަމޯ

    ކަލެޔަށް ޑާޓާ ދައްކާލާނަން މަޑު ފަސް އޮށްކުލައިގަ

    21
    1
  11. އަބްދޫ

    އަޅުގަނޑުވެސް ޑޭޓާ ބަލަހައްޓަން .އަޅުގަނޑުގެ ޑާޓާ ތައ ދައކާގޮތުން ޕީޕީއެމް 55 ޕަސެންޓް އެމްޑީޕީ އަށް ލިބޭނީ ވޯޓްލާ މީހުންގެ 30 ޕަސެންޓް .ދަނޑި ޕާޓީއަށް 8 ޕަސެންޓް ޖޭޕީ އަށާއި އެހެން މީހުނަށް ބާކީބައި. ވީމާ ތިބޭފުާގެ ޑާޓާ ދިމަލެއްނުވޭ.

    22
    1
  12. ޢައްދޫ

    ޗޮކުންދާނީ . 2 ވަނަ ދެވުނަސް ނަސީބެއް.

    27
  13. ހުސައިން803

    މިޤައުމުގެ އަމާންކަމާއި އިޖުތިމާއީ ފޭރާން ގެއްލުވާލައި މިޤައުމުގައި ބޮޑުހުޅުޖަހާ، ބަޑިބުރާސް ފަތީގައި 16 ދިވެހިން މަރާލުމުގެ އިސްސަފުގައި ތިބިމީހުން ތިބީ އެމްޑީޕީއެވެ. މިޤައުމު އަމާންކޮށް މިދަނީ މިހާރުގެ އިދިކޮޅުން މިޤައުމުގެ އަމަންއަމާންކަން ގެއްލުވާލަން ބޭނުންނުވާތީއެވެ. ރަށްރަށުގައި މިހާރުވެސް އިދިކޮޅުގެ ކުޑަހަރާތެއް ހިންގާލިޔަސް ވާގޮތް އެބަފެނެއެވެ.

    21
    1
  14. ކޮސްފަހަރި

    ކަލޯ މި 5 އަހަރު ބަދަލު ދިނުމުގެ ނަމުގައި ދައުލަތުގެ ބަޖެޓުގެ 40% ޖީބަށް ޕަކަޅާ ކޮށްލުމުގައި އިސްރޯލެއް އަދާކުރި ޗޯރޭގެ ދަރިވަރު ކުޑަޗޯރޭ އަދި ވައްކަންކުރާގިތް އެހެން މީހަކަށް ނޭގޭގޮތަށް ކުރުމުގެ ހުނަރު ހުރި ކަމަށް ބުނާ ކުޑަޗޯރޭ މެނަށް 25% ލިބުނަސް ނަސީބު. މިފަހަރު ލަދުން ދެފައި ކައިރި ނުކރެވޭ ވަރަށް ލަދުގަންނަން ޖެހޭނެ! ގައްދާރުގެ ނިމުން ކައިރިވަނީ. ޗޯރޭ ކުޑަޗޯރޭ ފަހަރިބޭ މި 3 ގައްދާރުންނަށް ށ. ޢަތޮޅުގެ ޖަލު ފަހަރިބޭ އެބަ ތައްޔާރުކުރޭ

    20
  15. Anonymous

    ޢަދި މާތް ﷲ ގެ އިރާދަފުޅާއި އެކު ދެން މިޤައުމުގައި ވެރިކަން ކުރާނީ ތި ބުނާ ހަރުކަށިމީހުން

    19
  16. ކަލޯ

    ޑޭޓާ ފެންނާނީ ވޯޓު ލީމަ . ރައްޔިތުން ވޯޓު އެޅީމާ. އިނގޭތޯ
    އަޅުގަނޑު މެން ވާހަކަ ދައްކަނީ ރައްޔިތުން ގެ ހިތާ. އެޑޭޓާ ވަރަށް ތަފާތު. 40.21 ފަސަންޓުން ބޮޑުބަލިވަނީ. ފައްޔާޒު ޫޫޫޫޫޫ ޫޫޫޫޫޫޫޫ

    15
  17. ނިހާ 55

    ބުނަން ރަގަޅު ވާހަކައެއް މަވެސް ދިޔައިން ތިތަނަށް އެކަމު ހަރާންވާނެ މަވޯޓުދޭނެނަމަ އިބުރޭއަށް ވަޒީފާ ގަ ހުރީމަ އެމްޑީއަށް އަންގާލަން ދިޔައީ

    17
  18. ކ

    އަނެއްކާ އިންޑިއާ ސަފީރާއި މީނައާއި ދެމީހުންނަށް އިލެކްޟަން ކޮމިޟަންގެ އެސްސެސް އޮތްތޯ ބެލުން ވަރަށް މުހިންމު ،އިލެކްޟަން ސާވާ އާއި ޑޭޓާ ތަކަށް ވަދެވުމަކީ ވަރަަށް ނުރައްކާތެރި ރަނގަބީލެއް މިކަމަށް ފާރަވެރިވާން ޖެހޭ އެންމެން

    16
  19. އާމިނަ

    ޑެޓާ އޭ ކިޔައިގެން 56% އޭ ތިކިޔަނީ ވޯޓް އޮޅުވުމަށްޓަކައި. ތީ އެމްޑީޕީގެ މަކަރުވެރިކަމުގެ ދަށުގައި ނުޖެހޭތި. މިފަހަރު ވަރަށް ފާރަ ވެރިވާންޖެހޭނެ. މުޅީންވެސް ވޯޓް ގަންނަނީ. ކޮބާތޯ މިރާއްޖޭގައި ތިބި އަސްލު ދިވެހީންގެ ތާއީދެއްނެތް. ވޯޓް ލާރި ދީގެން ގަންނަނީ. ރައްޔިތުންގެ އަސްލު ފިކުރަކާ ގުޅިފަ އޮތްކަމެއްނޫން ރޭގަ ފެނުނީކީ. މުޅީންވެސް ވޯޓްގަނެގެން.ބަންގާޅިންނާ އެކިއެކި މީހުންޓީޝާޓް ލައިގެން ގޮސްތިބީ. އެހެންވެސް އިދިކޮޅު މީހުން އޮޅުވާލުމަށްޓަކއި މީހުންއެއްކުރަންޖެހޭ.

    13
  20. ނަފާ

    ހުސައިން 803 އަށް ތާއީދު.

  21. ހަސަނު

    ސަރުކާރުން ދަނީ ރައްޔިތުންނަށް ، އާއިލަތަކަށް ލައްކައިން ލައްކައިން ރުފިޔަބަހަމުން.
    ރައްޔިތުންނޭ ! ރައްޔިތުންނޭ! ޚަތިމުގަ އަތްލާ ހުވާކުރުވިޔަސް މިޤައުމާމެދު ފުންކޮށް ވިސްނާ ތިބޭފުޅުންގެ ވޯޓް އެއީ ގައުމު ޙިމާޔަށް ކުރުވަން ދެވޭވޯޓަކަށް ހައްދަވާތި.

    12
  22. Anonymous

    ޙެކަރުން ހަޔާ ކޮށްގެން 😎

    10
  23. އަބްދޫ

    ހުރިހާ ބަދަލު ދިނުން އޮތީގޯސްކޮށް ހިންގާފަ. އަލުން ތަހުގިގު ކޮށް ސަރީއަތަށް ހުށަހަޅަންޖެހޭނެ.