އެމްޑީޕީގެ އެތެރެއިން އެޕާޓީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އެހަކެރިކޮށް ޕާޓީ ހިސޯރު ކުރުމުގެ ވިސްނުމުގައި ދުރާލާ ރާވައިގެން ބަޔަކު މަސައްކަތް ކުރަމުން އެބަ ގެންދާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ވެލިދޫ ދާއިރާގެ މެންބަރު މުހައްމަދު އަބްދުﷲ ޝަފީގް (މޯޑު) ވިދާޅުވެއްޖެއެވެ.

"ސަންގު ޓީވީ" ޕްރޮގްރާމެއްގައި ބައިވެރިވެވަޑައިގެން މޯޑު ވިދާޅުވީ އެމްޑީޕީގެ އެތެރޭގެ އިންތިޚާބުތަކާއި ދިމާކޮށް އެމްޑީޕީގެ އާންމު މެންބަރުންނަށް ވަޒީފާގެ ބިރު ދެއްކުން ތަޖުރިބާ ކުރަން ޖެހުނު ކަމަށެވެ. ވަކި ގޮތަކަށް ވޯޓު ދޭނަމަ ވަޒީފާ ބެހުމުގެ ކަންކަން ވެސް ހިނގާފައިވާ ކަމަށް މޯޑު ވިދާޅުވިއެވެ.

"އަޅުގަނޑުގެ ދާއިރާގެ ރައްޔިތުންނަށް ވެސް ތަޖުރިބާ ކުރެވިފައި އެބަހުރި މި ކަންތައްތައް، އެމްޑީޕީގެ ދާއިރާ ރައީސްގެ އިންތިޚާބާއި ދިމާކޮށް ވަޒީފާގެ ބިރު ދައްކާފައި އެބަ ހުރި، ކަމެއް ގޯސް ވާނީ ވަކި ބޭފުޅަކު ކޮށްގެނެއް ނޫން، ކުރިން އަޅުގަނޑުމެނަށް ގޯސްވި ކަންތައް މިހާރު ވެސް ގޯސްވާނެ،" މޯޑު ވިދާޅުވިއެވެ.

އެ ގޮތަށް ކަންތައްތައް ހިނގުމުން އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕްގައާއި، ވަޒީރުންގެ އަރިހުގައާއި، ސަރުކާރުގެ ކުންފުނިތަކުގެ އިސް ބޭފުޅުންގެ އިތުރުން ރައީސް އިބްރާހީމް މުހައްމަދު ސޯލިހްގެ އަރިހުގައި ވެސް އެ ވާހަކަ ދެއްކެވި ކަމަށް މޯޑު ވިދާޅުވިއެވެ. އެކަމަކު ސަރުކާރުން އެކަން އިސްލާހު ނުކުރި ކަމަށް ވިދާޅުވިއެވެ.

"އެ ކަންކަން އިސްލާހު ކުރަން ސަރުކާރުން ބޭނުން ނުވަނީ، ދެން ސަރުކާރުން އެބަވޭ ބަޔާނެއް ނެރެފަ، އެއީ ދެން އެ ބޭފުޅުންގެ ބަސް، އެކަމަކު އިންތިޚާބާއި ދިމާކޮށް އަނެއްކާ ވެސް މި އަންނަނީ އެ ކަންތައްތައް ކަން ގަބޫލު ކުރެވޭ،" މޯޑު ވިދާޅުވިއެވެ.

މޯޑު ވިދާޅުވީ، އެމްޑީޕީގެ ތެރެއިން ވަކި ބަޔަކު އެކަހެރިކޮށް ޕާޓީ ހިސޯރު ކުރަން ބޭނުންވާ ބަޔަކު އެބަ އުޅޭ ކަމަށެވެ. އެ ބަޔަކު ބޭނުން ވަނީ ޕާޓީން ރައީސް ނަޝީދު އެކަހެރިކޮށްލަން ކަމަށާއި އެ ކަމަށް ދުރާލާ ރޭވިގެން މަސައްކަތް ކުރަމުން އެބަ ގެންދާ ކަމަށް އޭނާ ވިދާޅުވިއެވެ.

"އިސްތިއުނާފް ފަނޑިޔާރުންގެ މަޖިލިސް ވަކި ގޮތަކަށް ބައްޓަން ކުރުމަށް ފަހު މި އަންނަނީ ޗެއާޕާސަންގެ އިންތޚާބު، މި އިންތިޚާބުގައި މިހާ ނުފޫޒު މި ފޯރުވަނީ ހަމަ ޕާޓީ ދަމައިގަންނަން، ރައީސް މުހައްމަދު ނަޝީދު އެކަހެރި ކުރަން،" މޯޑު ވިދާޅުވިއެވެ.

ރައީސް ނަޝީދަށް މިދިޔަ އަހަރުގެ މެއި މަހު ދިން ބޮމުގެ ހަމަލާއަށް ފަހު، އެ ހަމަލާގެ ކަންކަން ޕާޓީގެ ތެރެއިން ބަލަމުން ދިޔައިރު ވެސް "އަޅާނުލާ" އެއް ބަޔަކު ތިބި ކަން މޯޑު ފާހަގަ ކުރެއްވިއެވެ. އަދި ޕާޓީގައި ނަޝީދުގެ ނުފޫޒު އޮތް ކަމަށް ވިދާޅުވެ ވާހަކަ ދައްކަވާފައި ހުރި ކަން ވެސް މޯޑު ފާހަގަ ކުރެއްވިއެވެ.

އެމްޑީޕީގެ ތެރޭގައި ދެ ފެކްޝަނެއް އުފެދިފައިވާއިރު ދެ ފެކްޝަނުން ވެސް އެމްޑީޕީގެ ޗެއާޕާސަންގެ އިންތިޚާބުގައި ވާދަކުރެއެވެ. ނަޝީދުގެ ފެކްޝަނުން ވާދަކުރައްވަނީ މަޖިލީހުގެ މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒް ފަހްމީ (އިންތި) އެވެ. ރައީސް ސޯލިހްގެ ފެކްޝަނުން ވާދަކުރައްވަނީ އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއީލްއެވެ.

ކިޔުންތެރިންގެ ހިޔާލު

20 ކޮމެންޓް

  1. އިންނު މުހައްމަދު

    މީހުން ދެކޭގޮތް ބަދަލުކުރަން ވަރަށް ފައްކާ އުކުޅެއް.

    14
  2. ޙަަަހަ

    ބާކީކުރަންވީ ، އެމްޑީޕީ އުފެއްދި މަޤްޞަދު އޮޅުވާލާ އަމިއްލަ ޖާހު ބޮޑުކޮށް އެމްޑީޕީ ދެކެ މީހުން ރުޅިއަރުވަން އުޅޭމީހެއްތީ

    29
    1
  3. އަބްދޫ

    ތިޔަ ނަސީދު ޖަލުގަ ބައިންދައިގެން މެނުވީ ގައުމަށް ހަމަޖެހުމެއްނެތް. ތުހުމަތުކުރެވޭ ގިނަ މައްސަލަތަކެއް އެބަހުރި

    32
  4. މީހަކު

    ޑިމޮކްރަސީއަކީ ވަކި މީހެއްގެ ނުފޫޒާއި ބާރާއި އޭނާގެ އާއިލާގެ މީހުން ވަޒީފާތަކަށް ނެގުމާއި އޭނާގެ ބާރު ގަދަކުރުމަށް ވަޒީފާ ދިނުމާއި ފައިސާ ބެހުމާއި އޭނާގެ ނުލަފާކަން ދެއްކުމާއި އޭނާގެ ބަސްނޫނީ ޕާޓީގައި ނުވިކުމާއި އޭނާއަކީ ރޫޙާނީ ލީޑަރެއްކަމަށް ދެކުމާއި އޭނާއަކީ ޕަޓީކަމަށް ދުށުމާއި އޭނާ އަމިއްލައަށް ޗާޓުން ބޭރުން ކަންކަން ކުރުން ކަމަށް ވެފައި އޭނާގެ ވިސްނުމާއި ދެކޮޅު ކޮންމެ ކަމެއް އެއީ ޑިމޮކްރަސީއާއި ޚިލާފް ކަމެއް ކަމަށްމިވަނީ ޑިމޮކްރެޓިކް ކޮން ހަމައަކުންތޯ؟

    25
  5. ޖަޒްބާތް

    ކީއްވެ ނަން ނުބުނެވިގެން ތިޔަ އުޅެނީ، ނުފޫޒް ފޯރުވަނީ ކާކުކަން!!! ކާކުދެކެ ބިރުގަންނަނީ!!! ކޮބާތަ ތިބުނާ ޑިމޮކްރަސީ!!!

    24
  6. Anonymous

    ދެބޯގެރި ނުދުއްވައި، އިސްލާމްދީނާއި ދިވެހި ރައްޔިތުންގެ މަޞްލަޙަތު އިސްކުރަންވީ.

    22
  7. ޗިންޓޮ

    އެމްޑީޕީއިން ނަޝީދު ހަމަ ބޭރުކުރަންވީ. އޭނާ ކިހިލި ޖަހައިގެން ގެންގުޅެން އޮތް އެއްޗެއްނޫން އެއީ

    22
  8. ރިޔާޒު

    ތިކަން ކުރަން މާލަސްވެސްވެއްޖެ، ވަގުތުން ވަގުތަށް ތިކަން އޮޕަރޭޓްކުރަން ވެއްޖެ.

    24
  9. އަޝްރީން

    އެމްޑީޕީގެ ކުރިމަގައް އެޕާޓީއިން ހުރިހާ ސެކިއުލަރިސްޓުން ނުވަތަ ލާދީނީ މީހުން އެއްކޮއް ބޭރުކޮއްލުން ނުހަނު މުހިންމު.

    25
  10. ސ

    މޑޕ އިން ތިޔަގެންގުޅޭ ފިކު ރު ކަމުދެއެވެ އޭނާ މޑޕ އިން ބޭ ރު ނުކޮށް ދެން ކާމިޔާބެއް ނުލިބޭނެއެވެ ޕާޓީގެ
    އަގު ވެއްޓި ތާއީދު ގެއްލިފައިވަނީ އޭނާގެ ސަބަބުންނެވރެ.

    26
  11. އެރރ

    ނަސީދު އެކަހެރި ކުރުމަކީ ގައުމީ ވާޖިބެއް!
    އެކަންކޮށްފަނޫނީ ހަމަނޭވާލެވޭކައްނެތް!

    27
  12. ޖޖ

    ގުޑް ނިއުސް

    18
  13. އަލީ

    އަންނިގެ ނުބައި ރޭވުމުގެ ތެރެއިން ޑޮކްޓަރ މުނައްވަރުމެން ކަހަލަ ޕާރޓީ އުފެއްދި އެތައް ބައެއް ވަނީ ޕާޓީން ބޭރުކޮށްފަ. އަންނި ޒުވާނުންނައް ފުރުސަތު ދޭށޭ ކިޔާފަ މިކަލޭގެ މި އޮންނަނީ ބޯވައެއްހެން ޕާރޓީގަ ތަތްކޮށްފަ

    29
  14. ޑިރާސާ

    އިދިކޮޅު ގެ އަޑު މައިތިރި ކުރަން ،އެމް.ޑީ.ޕީ އާއި ސަރުކާރުން ކުޅޭ ޕޮލިޓިކަލް ގޭމެއް.. މަގްސަދަކީ ރައީސް ސޯލިޙް ދެވަނަ ދައުރަކަށް ހޮވޭނީ އިދިކޮޅުގެ އަޑު މީޑިޔާއިން ފަނޑު ކުރެވިގެން ކަމަށް އެމީހުން ދެކެނީ.. އިދިކޮޅުން 2023 ގައި ކަމެއް ކުރަން ބޭނުމިއްޔާ އެބަޖެހޭ މީޑިޔާ ޑޮމިނޭޓް ކުރަން. ކޮންމެ ދުވަހަކުވެސް އިދިކޮޅުގެ ކެންޕެއިންގެ ޙަބަރު ދެތިން ޙަބަރު މީޑިޔާއިން ރައްޔިތުންނަށް ތިލަވާން ޖެހޭ..

  15. ވިސްނާ

    ތިކަންކުރަން މިހާރުވެސް ލަސްވެއްޖެ މިހެންމިބުނީ ޕާޓީއުފެއްދި މަޤްސަދު ވަރަށްރަގަޅު
    ޕާޓީބޭފުޅުންގެ ވާހަކަތަކުން އޭރުއެގޭ ނަމަވެސް ޕާޓީ އުފެއްދި މަޤްސަދާ ޕާޓީވުޖޫދުވުމުން
    ކަންކުރައްވާނެކަމަށް އަޑުއެރުވިގޮތާ ޚިލާފަށްދާކަންފާހަގަކުރެވޭ ވީމާ، މިކަމުގައި ޕާޓީގެރައީސް
    ޒިންމާނަންގަވަންޖެހޭނެ ކަންކަންއިސްލާހުނުކުރެވޭނަމަ އެއީ ޕާޓީގެރައީސް އެކަމަށް އެކަށީގެން ނުވަނީ ނުވަތަ ގާބިލްނޫނީ ވީމާ، މިފަދަފަރާތެއްއެކަހެރިކުރަންޖެހޭމިފަދަނާގާބިލް
    ފަރާތެއް އެކަހެރިނުކުރާނަމަ ޕާޓީހަލާކުވެ ޕާޓީމަތިންޕާޓީގެމެންބަރުން ފޫހިވެ ވަކިވުންނޫން
    ގޮތެއްނޯންނާނެ އެކަމުގެ ކޮޅުމަތި މިހާރުވެސްފެންނަމުންދޭ އަހަރެންމީ ކުރިން އެމްޑީޕީއަށް
    ތާޢދުކުރިފަރާތެއް ނަމަވެސް މިހާރު ޕާޓީމަތިންފޫހިވެއްޖެ އެއީ ޕާޓީގެރައީސްގެ ޢަމަލުތަށް
    ހުންނަގޮތުން އެއީޕާޓީ އަމިއްލައެއްޗެއްކަމްށްދެކޭގޮތަށް ޢަމަލުތަށްހުރުންމުސްލިމްގައުމެއްގަ
    މުސްލިމުން ތިބިޕާޓީއެއްގަ މުސްލިމްނޫން ފަރަންޖީންރުހޭގޮތަށް ޢަމަލުތަށް ހުރުމާ ވާހަކަ
    ދެއްކުން ( ކީރިތިރަސޫލާއާ ޤުރްއާން ގަބޫލްނުކުރާކަމަށް ބެލެވޭގޮތަށް ހަޖޫޖެހުން ބޮވޭނޭ
    ބޮވެންހުންނަށްޖެހޭނޭ ރާއްޖޭގައި އިސްލާމްދީން ނޫންއެހެންދީންތަށް އޮންނަންޖެހޭނެކަމަށް ދެކުން އިންޑިއާގެ އަޅުވެތިކަމަށްގޮސްގެންވެސް ވެރިކަންނުވަތަ
    ބޮޑުވަޒީރުކަން ބޭނުންވުން އަދިވެސް...........

  16. ނަޒޫ

    ކޮންމެހެންވެސް އެމްޑީޕީއިން އެބަޖެހޭ ގައުމު ފަސާދަ ކުރާ މީހުން ބޭރުކޮށް ގައުމަށާއި ދީނަށް އަދި މިނިވަންކަމަށް ހަގީގީ ހެޔޮ އެދޭމީހުން ލާން.

  17. ބުއްޅަބޭ

    ތިކަން ކުރަން މާ ލަސްވެސް ވެއްޖެ!

    11
  18. މޯޑުބޭ

    "ރައީސް ނަޝީދު ރައީސް މައުމޫނަށްވެ ނިމިއްޖެ" ކަމަށް ވަގުތުން ގެނެސްދިން އިލްމީ އާރޓިކަލް މޯޑު ވިދާޅުވޭ. އިތުރު ވާހަކަ ދައްކާނެ ކަމެއް ނެތް. މި އުޅެނީ އާއިލީ ނުފުޒާ ވަކިމީހެއްގެ ނުވަތަ ބައެއްގެ ނުފޫޒާ ތިމާގެ މީހުންގެ މީހުންގެ އުދަގޫ އެމްޑީޕީގެ ތެރެއިން ކަޑުވާލާ އެމްޑީޕީ އަކީ ވަކި މީހެއްގެ ނުވަތަ ބއެއްގެ މިލްކަކަށް ދެކޭ ދެކުން ނިމުމަކަށް ގެނައުމަށް. މިކަން ގަބޫލު ނުކުރެވެންޏާ މައުމުނޭ 30 އަހަރޭ ތިމާގެ މީހުނޭ ޅިޔަނުންނޭ ބައިތުލްމާލޭ ކިޔައިގެން ކީ ހާ ޅެންތައް ފަރިއްސަށްވެ ނިމޭނެ! ދިވެހި ރައްޔިތުން މިތިބީ އެ ފުރަސަތު އެއްވެސ ްބަޔަކަށް ދޭކަށް ނޫން ބްރޯ.

  19. ތިނަދޫ މީހާ

    އަންނި އާއި އިބޫ އާއި ދެމީހުން ޕާޓީ ހަފައިގެން ކެޔަސް އަހަރުމެންގެ މައްސަލައެއްނެތޭ. އަހުރެމެން މިކިޔަނީ ހަވަރު ތިނަދޫގަ ހިއްކާފަ އެއޮތް މާސިންގާ 64 ހެކްޓަރު ބުމުން ގޯތި ދޫކުރާށަެ. މިއުޅެނީ ވަންނާނެ ބޯހިޔާވަހިކަމެއް ނެތިގެންނޭ.

  20. ހަޝީންގ

    ނަޝީދު ރިޓަހާކޮއްލަންފެނޭ.. ނަޝީދުގެ ފަރާތުން ޕާޓީ ކުރިއެރުމަށްވުރެ ބޮޑަށް ޕާޓީގެ އަގު ދިވެހި ރައްޔިތުން ކުރިމަތީ ވެއްޓި އަދި އެމްދީޕީދެކެ ރައްޔިތުން ނަފުރަތުކުރާ ޒާތު ވާހަކައާއި ކަންކަން އަބަދުމެ ފެންނަނީ. އަދި ނަޝީދު ހީކުރާގޮތުގައި އެމްޑީޕީއަކީ އޭނާއާއި އޭނާގެ އާއިލާގެ މިލްކެއް. ޕާޓީތެރޭގައި މީނަ ހިންގަނީ މުޅިންވެސް ކުރޯނިޒަމް. އާއިލީ ގުޅުމައި ލޯޔަލިސްޓު ރައްޓިހިންތަކެއްގެ މުށުގައި ޕާޓީ ހިސޯރުކޮއްގެން. މިއީ މައުމޫނުގެ ޒަމާނުގަ އޭނާވެސް ވެރިކަމުގައި ގެންގުޅުން އޫސުލުތައް. މިގޮތައް ކަންކަންވެގެންދާކަށް އެމްޑީޕީގެ އާންމު އެއްވެސް މެމްބަރަކު ބޭނުމެއް ނުވޭ...