ޖެންޑާ މިނިސްޓްރީއަށް އެކަނި މިންތީގެ ހަމަހަމަކަން ޤާއިމެއް ނުކުރެވޭނެ ކަމަށާއި ޖެންޑަރ އީކުއަލިޓީ ޤާނޫނުގެ ދަށުން މިންތީގެ ހަމަހަމަކަން ޤާއިމުކުރުމުގައި އެކި އެކި ދާއިރާތަކުގެ ޒިންމާތައް އެބަހުރި ކަމަށް ޖެންޑަރ މިނިސްޓަރ އައިޝަތު މުހައްމަދު ދީދީ ވިދާޅުވެއްޖެއެވެ.

މިނިސްޓަރ އައިޝަތު މިހެން ވިދާޅުވީ މިއަދު ފާހަގަ ކުރަމުންދާ ބައިނަލްއަޤުވާމީ އަންހެނުންގެ ދުވަހުގެ މުނާސަބަތުގައި ދެއްވި ހިޠާބެއްގައެވެ.

މިނިސްޓަރ ވިދާޅުވީ ޖެންޑަރ އީކްއަލިޓީ ޕްލޭން އެކި އިދާރާތަކުން ތަންފީޒުކުރުމަށް ހިނގާނެ ޚަރަދު އަންދާޒާކުރުމަށްޓަކައި "އެކްޝަން ޕްލޭންގެ ކޯސްޓް" ކުރުމުގެ މަސައްކަތްތަކެއް ކުރެވޭނެ ކަމަށެވެ. އަދި މި ކޯސްޓިންގެ ސަބަބުން 2023 ވަނަ އަހަރުގެ ބަޖެޓް އެކުލަވާލާއިރު އެކްޝަން ޕްލޭން ތަންފީޒުކުރުމަށް ހުރިހާ ދާއިރާއަކުންވެސް އަންދާސާކޮށް ބަޖެޓް ކުރުމަށް ފަސޭހަވެގެންދާނެ ކަމަށް އެކަމަނާ ވިދާޅުވިއެވެ.

މިނިސްޓަރ ވިދާޅުވީ ދުނިޔޭގެ ގިނަ ޤައުމުތަކުގައި، އަދި ދިވެހިރާއްޖޭގައިވެސް ދިމާވާ ބޮޑެތި ކާރިސާތަކާއި، ކުރިމަތިވާ ހާލަތްތަކުގައި، ނޭދެވޭ އަސަރުތައް ކުރާ އެއް ބަޔަކީ އަންހެނުންނާއި އަންހެން ކުދިން ކަމަށެވެ.

"ކޮވިޑްގެ ޙާލަތުގައި އަޅުގަނޑުމެނަށް އެކި ދާއިރާތަކުން މިކަން ސާފުކޮށް ފެނިގެންދިޔަ. އެގޮތުން، 2020 ވަނަ އަހަރުން ފެށިގެން ދިވެހިރާއްޖެއަށް ދިމާވި އިޤްތިޞާދީ ހީނަރުކަމުގެ ނޭދެވޭ އަސަރުތައް އެންމެ ބޮޑަށް ފެނިގެންދިޔައީ ގިނައިން އަންހެނުން ހަރަކާތްތެރިވާ "އިންފޯރމަލް ސެކްޓަރ"ގައި. ކޮވިޑް ލޮކްޑައުންއަށް ފަހު ވަކި ޖިންސަކަށް ވީތީ ކުރާ އަނިޔާގެ މައްސަލަތައް ރިޕޯޓުކުރާ މިންވަރު އިތުރުވެގެންދިޔައިރު، މިނިސްޓްރީއަށް ހުށަހެޅިފައިވާ ގިނަ މައްސަލަތަކަކީ އަންހެނުންނަށް ކުރާ އަނިޔާގެ މައްސަލަތް. އަޅުގަނޑުމެންގެ ނިޒާމުތައް މިހާރު ހުރި ގޮތުން، މިފަދަ ކޮންމެ ލޮޅުމެއްގައިވެސް، އޭގެ ނޭދެވޭ އަސަރުތައް އަންހެނުންނާއި އަންހެން ކުދިންނަށް ކުރިމަތިވޭ. ދުނިޔެއަށް ކުރިމަތިވެފައިވާ މޫސުމީ ބަދަލުތަކަކީވެސް މިފަދަ ކަމަކަށް ވެގެންދާނެ." މިނިސްޓަރ ވިދާޅުވިއެވެ.

2030 ވަނަ އަހަރަށް ދެމެހެއްޓެނިވި ތަރައްޤީގެ ލަނޑުދަނޑިތައް ހާސިލުކުރުމަށާއި، ދިވެހި ރާއްޖެއިން ބައިވެރިވެފައިވާ ބައިނަލްއަޤްވާމި މުޢާހަދަތަކަށް ރިޕޯޓުކުރުމުގައި، ދިވެހިރާއްޖޭގެ އަންހެނުންގެ ޙާލަތު ބަދަލުކުރުމަށް އިތުރު މަސައްކަތްތަކެއް ކުރަންޖެހޭ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. ޚޮއްޔާ

    ރީނދޫހުން ގަދަ މިނިސްޓަރް // މީނާއަށް ވާ އެއްކަމެއްވެސް ހަރާމް //

    8
    1
  2. ސައުސަން

    ބަންދު ބޯޑު އަޅުވާފަ ތި ބޭކާރު މިނިސްޓްރީ ބަންދުކުރޭ.

    8
    1
  3. ބުއްޅަބޭ

    އެހެންވީމަ ދޭނެ އެއްޗިއްސާއި ނުދޭނެ އެއްޗެހި ކަނޑަނާޅާނީ!

    5
    1
  4. ޝައްފަ

    އެއްކަލަ އިބޫ ގެ "މިސް" އަނގަ ފަޅައިފި. ބަލަގަ ކަލޭތީ 21 މުޢައްޒަފުން ކަނޑާލަން އުޅުނު މީހެކޭ. ރަށަށް ދޭބަލަ.

    7
    1
  5. އައްޑޫ މީހާ

    މިކަމަނާ ނޫނީ އައްޑޫގައި މިނިސްޓަރުކަން ކުރެވޭނެ ގާބިލު މީހަކު ނުހުރޭ. ހުރިހާ ސަރުކާރެއްގައި ވެސް މިކަމަނާ މިނިސްޓަރުކަން އެބަކުރައްވާ. މީދެން ކިހާދެރަކަމެއް. ކޮބާތޯ އައްޑޫއިން ކިޔަވައިގެން ނިކުންނަ ޒުވާނުން.

    3
    1
  6. މިމީހާ

    ހުރިހާ ސަރުކާރެއްގައި ވެސް ދެބަކޮށަންޏާ މިނިސްޓަރު ކަންވެސް ލިބޭނެ. ހިތަދޫ އުތުރު ދާއިރާގައި މުޅިންވެސް އުޅޭނީ އާއިލާ މޮޅުވެން ވަޒީފާ ދޭމިހުން އެފަދަ މީހުން ރިޓަޔަރ ކުރުމެއްވެސް ނޯންނާނެ. އޭގެ މީހެއް މެމްބަރު އަސްލަމް އަކީވެސް..