ޔޫކްރެއިންގައި މިހާރު ހިނގަމުންދާ ހަނގުރާމައާ ގުޅޭގޮތުން ވަޒީރުންގެ މަޖިލީހުގައި މަޝްވަރާ ކޮށްފިއެވެ.

ރައީސް އޮފީހުގައި މިއަދު މެންދުރުފަހު ބޭއްވި ބައްދަލުވުމުގައި ވަޒީރުން ވަނީ ޔޫކްރެއިންގެ މައްސަލައިގެ ސަބަބުން ދުނިޔޭގައި ތަކެތީގެ އަގުތައް އުފުލުމުގެ އިތުރުން އިގްތިސާދީ ގޮތުން ދިވެހިރާއްޖެއަށް ކުރިމަތިވެދާނެ ނޭދެވޭ އަސަރުތަކާ ގުޅޭ މައުލޫމާތު ހިއްސާކޮށް އެފަދަ އަސަރުތައް ކުޑަކުރުމަށް ކުރެވެންހުރި ކަންކަމާ ގުޅޭގޮތުން މަޝްވަރާ ކުރައްވައިފައެވެ.

މީގެ އިތުރުން ބައިނަލްއަގްވާމީ މަސްރަހުގައި ދިވެހިރާއްޖެއިން މި މައްސަލައާމެދު ގެންގުޅޭ ސިޔާސަތުގެ މައްޗަށް ވަޒީރުން ވަނީ ފުޅާ ދާއިރާއެއްގައި ވާހަކަފުޅު ދައްކަވާފައެވެ.

ރަޝިއާ އާއި ޔޫކްރޭން ދެގައުމު ދެމެދުގައި ހިނގަމުން އަންނަ ހަމަލާ ބަދަލު ކުރުންތަކަށް ނިމުމެއް ގެންނަން ސުލްހައިގެ މަޝްވަރާތައް މީގެ ކުރިން ވަނީ ބާއްވާފައެވެ. މިފަދަ ތިން ބައްދަލުބުމެއް ކުރިއަށް ގެންދިޔަ ނަމަވެސް މިއަދާއި ހަމައަށް ހަނގުރާމަ ހުއްޓިފައެއް ނުވެއެވެ.

ރަޝިއާއިން މީގެ ކުރިން ވަނީ ހަނގުރާމަ ހުއްޓާލަން ޑިމާންޑްތަކެއް ކޮށްފައެވެ. އެގޮތުން ރަޝިއާއިން ވަނީ ޔޫކްރޭންގެ ވަކި ސަރަހައްދުތަކެއް އެގައުމަށް ދީފި ނަމަވެސް ހަނގުރާމަ ވަގުތުން ހުއްޓާލާނެ ކަމަށް ބުނެފައެވެ.

ކިޔުންތެރިންގެ ހިޔާލު

9 ކޮމެންޓް

  1. ބަޅ

    ދެން އިސާހިތަކު ތިޔަ ހަނގުރާމަ ނިމިދާނެ. ޢެވަރުގެ ކެބިނެޓެއް ތިއޮތީ. ލޮލް

    15
  2. ވ.ހުސައިން

    ދިވެހިރާއްޖެއިން ޔުކްރެއިން އަށް ވަފުދެއް ފޮނުވާ. ޕުޓިއަށް ޕްރެޝަރު ކުރަން އެބަޖެހޭ. މިއީ ނުރައްކާތެރި ހަގުރާމައެއް. ކުށައްނެތް އެތައް ބަޔަކު މަރަމުން ދަނީ.

    2
    1
  3. ޖޯކެއް

    ކަލޭމެން ކޮންއިރަކު ޔޫކްރޭންއާމެދު ވިސްނީ، ޔޫރަޕްގެގައުމުތައް އެއީކަލޭމެން ރުޅިއަންނަ ގައުމުތަކެއްނުން، އަރަބިގައުމުތައް ނޫނީކަލޭމެންނަކައް މުހިންމެއްނުވާނެ،

  4. Anonymous

    މުސްލިމް ގައުމުތައް ތަޅާ ސުންނާފަތި ކުރި އިރު ކޮބައިބާ މިލާދީނީ ސަރުކާރު

  5. ނަޖީ

    ކަލޭމެން ރަޝިއާދެކޮޅައް ވޯޓުދިންއިރު ހިތަކަށްނާރާދޯ ނިކަމެތިކަމެއައިސްދާނެކަމަކަށް ރަޝިއާއިން އެއޮތީބުނެފަ ތިމަންނަމެނާދެކޮޅަށް ވޯޓުދިން ގައުމުތަކަށް އެހީއެއްވާން 10 ފަހަރަށްވިސްނާނެވާހަކަ

  6. 😂😂

    ރަޝިޔާއަށް ދަތިކުރުމުގެ ފިޔަވަޅު އަޅަން ނުނިންމާތަ. 🤣🤣

    • ޔަހުޔާ

      ހައްހައްހާ

  7. ހާމިދު ޝާހިދު

    ރާއްޖޭން އެހީދީފައި ސިފައިން ފޮނުވަނީތަ!

  8. ބަނީ

    މިފަހަރު ކޮންމެވެސް އެއްގޮތަކަށް މިކަން ނިންމާލެވޭތޯ ބައްލަވާދޭތި.