ދިވެހި ދައުލަތަށް ދިގު މުއްދަތަކަށް ހިދުމަތް ކުރެއްވި ބޭފުޅުންނަށް އިނާމު ދެއްވުމަށް ބާއްވަވާ ރަސްމީ ޖަލްސާ، އަންނަ ހޮނިހިރު ދުވަހު ހެނދުނު 9:00 ޖަހާއިރު ސޯޝަލް ސެންޓަރުގައި ބާއްވާ ގޮތަށް ހަމަޖައްސަވައިފިއެވެ.

މި ޖަލްސާގައި، 148 ބޭފުޅަކަށް އިނާމު ދެއްވާނެއެވެ. އެ ބޭފުޅުންނަށް ދެއްވާ ޝަރަފުގެ ބެޖާއި ޝަރަފުގެ އައްޑަނަ ދެއްވާނީ، ރައީސް އިބްރާހީމް މުހައްމަދު ސާލިހެވެ.

ޝަރަފުގެ ބެޖާއި ޝަރަފުގެ އައްޑަނަ ލިބިވަޑައިގަންނަވާ ބޭފުޅުންގެ ތެރޭގައި، ދައުލަތުގެ އެކި މުއައްސަސާތަކުގައި އެކި ފެންވަރުގެ މަގާމުތައް ފުރުއްވާފައިވާ ބޭފުޅުން ހިމެނިވަޑައިގަންނަވައެވެ.

ދިވެހި ދައުލަތަށް ހިދުމަތް ކުރުމުގެ އިނާމަކީ، ދިވެހި ދައުލަތަށް 35 އަހަރަށްވުރެ ދިގު މުއްދަތަކަށް ހިދުމަތް ކޮށްފައިވާ މުވައްޒަފުންގެ ތެރެއިން މަގާމުގެ މަސްއޫލިއްޔަތު އަދާކުރުމުގައި، ގާބިލްކަމާއި އިހްލާސްތެރިކަމާއެކު ކޮށްފައިވާ ހިދުމަތްތަކަށާއި، އެ މުއައްސަސާއެއްގެ ކުރިއެރުމަށް ކޮށްދީފައިވާ ހިދުމަތްތަކުގެ އަގު ވަޒަންކުރެއްވުމުގެ ގޮތުން، 2021 ވަނަ އަހަރު ދެއްވަން ފެއްޓެވި ޝަރަފުވެރި އިނާމެކެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ހަސަން ހުސެއިން

    މިއިނާމުދޭތަ އަހަރަކު 4 ފަހަރު އެހެން ބޭބޭފުޅުންގެ ވެރިކަމުގެ ދައުރުގައި މި އިނާމްދެއްވަނީ އަހަރަކު އެއްފަހަރު