ދުނިޔޭގެ ބޮޑެތި ގައުމުތައް ހިމެނޭގޮތަށް ރަޝިޔާ އާއި ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅުތައް އަޅަމުންދާއިރު ރަޝިޔާއިން ދާދިފަހުން މިވަނީ އެފަދަ ގައުމުތައް ހިމަނައިގެން ލިސްޓެއް އެކުލަވާލައި އާންމު ކޮށްފައެވެ.

މިދިޔަ ހޯމަ ދުވަހު ރަޝިޔާ ސަރުކާރުން އެކުލަވައިލި މި ލިސްޓުގައި ހިމެނެނީ އީޔޫގެ މެންބަރު ގައުމުތަކާއެކު 22 ގައުމެކެވެ. މި ލިސްޓުގައި ހިމެނެނީ ރަޝިއާ ސަރުކާރުން އެގައުމާއި އަވަށްޓެރި ޔޫކްރެއިނަށް ހަމަލާ ދޭން ފެށި ފަހުން ރަޝިޔާ އާއި ރަޝިޔާގެ ކުންފުނިތަކާއި ރައްޔިތުންނާއި ދެކޮޅަށް އެކި ފިޔަވަޅުތައް އަޅާފައިވާ ގައުމުތަކެވެ.

ރަޝިޔާއިން ޔޫކުރޭންގައި ހިންގާ ޖަރީމާތައް ކުށްވެރިކޮށް އ.ދ. ގެ ޖެނެރަލް އެސެމްބްލީން ފާސްކުރި ގަރާރަށް ރާއްޖެއިން ވަނީ ތާއީދުކޮށް ވޯޓުދީފައެވެ. ފާއިތުވި ބުދަ ދުވަހު ރާއްޖެއިން މި ވޯޓު ދިން ނަމަވެސް ރަޝިޔާއިން އާންމުކުރި ލިސްޓުގައި ރާއްޖެ ހިމަނާފައެއް ނުވެއެވެ.

ރަޝިއާއާ ދެކޮޅު ގައުމުތަކުގެ ލިސްޓު:
1. އެމެރިކާ
2. ކެނެޑާ
3. އިނގިރޭސި ވިލާތް (ޖާޒީ، އަންގްވީލާ، ބްރިޓިޝް ވާޖިން އައިލެންޑްސް، ޖަބްރާލްތާ ހިމެނޭ ގޮތަށް)
ޔޫރަޕިއަން ޔޫނިއަންގެ މެމްބަރު ގައުމުތައް
4. އަލްބޭނިއާ
5. އެންޑޯރާ
6. އައިސްލެންޑް
7. އޮސްޓްރޭލިއާ
8. މޮންޓެނީގްރޯ
9. ސްވިޒަލެންޑް
10. ލިކްޓަންސްޓައިން
11. މޮނާކޯ
12. ނޯވޭ
13. ސަން މަރީނޯ
14. ނޯތް މެސެޑޯނިއާ
15. ޖަޕާން
16. ސައުތް ކޮރެއާ
17. ޔޫކްރެއިން
18. މައިކްރޮނީޝިއާ
19. ނިއު ޒިލެންޑް
20. ސިންގަޕޫރު
21. ޓައިވާން

ރަޝިޔާއިން ޔޫކްރެއިންއާ ދެކޮޅަށް ކުރާ ހަނގުރާމައާ ގުޅިގެން ބައިނަލްއަގްވާމީ މުޖުތަމައުގެ ރުޅިވެރިކަން އިންތިހާއަށް ގޮސްފައިވާއިރު، އީޔޫ، އިނގިރޭސިވިލާތް އަދި އެމެރިކާއިން ވެސް ވަނީ މޮސްކޯއާ ދެކޮޅަށް އިގްތިސާދީ ގޮތުން ގިނަ ދަތިކުރުމުގެ ފިޔަވަޅުތަކެއް އަޅައިފައިކަން ފާހަގަ ކުރެވެއެވެ.

ރަޝިޔާއިން މިދިޔަ ފެބްރުއަރީ މަހުގެ 24 ވަނަ ދުވަހު ޔޫކްރެއިން އާއި ދެކޮޅަށް ހަނގުރާމަ ފެށިފަހުން ޔޫކްރެއިންގެ އެތައް ސަތޭކަ ބަޔަކު މަރުވެފައިވާ ކަމަށް އދގެ ތަފާސް ހިސާބުތަކުން ދައްކައެވެ. އަދި މި އަދަދު އެތައް ގުނައެއް އިތުރުވެދާނެ ކަމުގެ ބިރު ވަނީ މިހާރު ހީވެފައެވެ.

އދގެ ރެފިއުޖީ އޭޖެންސީން ބުނެފައިވަނީ، ޔޫކްރެއިން ދޫކޮށް އަވަށްޓެރި ގައުމުތަކަށް 1.7 މިލިއަނަށްވުރެ ގިނަ މީހުން މިހާރު ހިޖުރަކޮށްފައިވާ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

18 ކޮމެންޓް

  1. ޢަމާލް

    ދެންވެސް ބޮލަންޑޭ މެން ހުއްޓާލަން ވެއްޖެ ދޯ،ރާއްޖޭގެ ޓޫރިޒަމު ބޮއިކޮޓް ކުރުވަން ނަޝީދު ފެކުޝަނުން ކުރާކަމެއްތީ،

    26
    2
  2. Anonymous

    ޑަބަލް ސްޓޭންޑަރޑް ދިވެހިރާއްޖެ. ފިނޑި މަކަރުވެރި ދޮގުވެރިން

    18
    2
    • ޒައިކް

      ބަލަ އެއީ ރަޝިޔާއިން ނެރުނު ލިސްޓެކޭ އެމީހުން އަމިއްލަޔަށް ބެލި ބެލުމުން ދެކޮޅުވެރި ޤައުމުތައް. އެމީހުންގެ މަހުޖަނުންގެ ޔޮޓުތަކަށް ހިމާޔަތްދޭ ޤައުމެއްވީމަ ބަލާނެތާ ދޯ..

  3. Anonymous

    މިއީ އާދައިގެ ހަނގުރާމައެއްނޫން! އެނގޭ މީހުނަށް އެނގޭނެ މިއީ އިޒްރޭލު ރަޝިޔާ ބަލިކުރުމަށް ކުރާ ހަނގުރާމައެއް. އޭރަށް ސީރިޔާއިން ރަޝިޔާ ފައިބަން މަޖުބޫރުވާނެ. އިޒްރޭލުން ގަބޫލުކުރާ ގްރޭޓަރ އިސްރާއީލު ހެދޭނީ ރަޝިޔާ ސިފައިން ސީރިއާއިން ފައިބައިގެން.
    އެކަމަކު ހުރިހާކަމެއް މޮޅަށް ދެނެވޮޑިގެންވާ ﷲ ސުބުހާނަހޫވަތައާލާގެ މޮޅު ރޭއްވެވުމާ ދެކޮޅަށް ތި ޒައިނިސްޓުންނަށް ކުރެވޭނެ ކަމެއް އޮންނާނެތަ؟ އިންޝާﷲ މުސްލިމުންނާ ކްރިސްޓިއަނުންގެ ގުޅުން ބަދަހިވެ މުސްލިމު އުއްމަތަށް ލިބެމުންދާ އަނިޔާއިން މި އުއްމަތް ސަލާމަތްވާނެ ދުވަސް ލައްކަ ގާތްވެއްޖެ. އެފރިކާއާއާއި އޭޝިޔާއާއި މިޑްލް އީސްޓުގެ މުސްލިމުންނަށް ކޮންފަދަ އަނިޔާއެއް އެމެރިކާއާއި ޔޫރަޕުގެ ނުލަފާ ކްރިސްޓިއަން ޔަހޫދީން އެކުވެ ހަދާފައިވާ ޒައިނިސްޓުން ދެމުން އެގެންދަނީ!

    12
    7
    • ފރތމ

      އޮރތޮޑޮކްސް ކްރިސްޓިއަނުންނާއި ކެތަލިކް ކްރިސްޓިއަން މީހުންގެ ހަނގުރާމައެއް އެ ދަނީ ހުޅަނގުގައި. މީގެ މާނައަކީ ޔުކްރޭން އާއްމުންނާއި ކުރެވޭ ހަނގުރާމަ އެކޭ ނޫން. އޮރތޮޑޮކްސް އަކީ ކުރީގެ ހަބްޝްކަރައިގެ ނަޖާޝީގެ ދީން. މުސްލިމުންނާއި ރަހުމަތްތެރިކަމުގެ ގޮތުން ގާތް ބައެއް. އެމީހުންނަށް އެންމެ ފުރިހަމަ ތެދު މަގު ދައްކަވާނދޭވެ. އާމީން

      3
      1
  4. އެނދިމަރިޔަނބު

    ނޯންނާނެ އެންނު، ރަޝިޔާއާ އިދިކޮޅަށް ކީއް ކުރެވޭނީ ރާއްޖެއަށް. ދުނިޔޭގެ މަސްރަހުގައި ބޯގުނާއިރު ނުގުނާ ގައުމެއް މީ.

    18
    4
    • ޔޮޓޭ

      އެކަމެއް ނޭނގޭ މަހުޖަނުންގެ ހުރިހާ ޔޮޓަކަށް ހިމާޔަތްދެނީ މި ރާއްޖޭން.. ބޯ ނުގުނިޔަސް މިތަނަށަދޯ ހިމާޔަތަށް އެދި ޖަމާވީ..

  5. ޖަމީލު

    އެމެރިކާ އާއި އިންޑިއާގެ ޕަޕެޓު މޑޕ ގެ ނާގާބިލް ނާއިންސާފު ފިނިހަކަ ސަރުކާރު ދެކެ ރަޝިޔާ ގައްނާކުރައްވާ ބިރުން އެލިސްޓުގަ ރާއްޖެ ނުހިމެނީ. ފަލަސްތީނާ މެދުއިރުމަތީގައި އެމެރިކާއިން ޔަހޫދީ ދައުލަތް ލައްވާ ޖަރީމާ ހިންގުވާގޮތަށް ޔޫކުރޭއިން ގެ ޔަހޫދީ ވެރިޔާ ލައްވާ ވަށައިގެން ހުރި ބިންތަކުގައި އެމެރިކާއިން ހިންގަމުންދާ ޖަރީމާތަށް ހުއްޓުވުން އެއީ ރަޝިޔާ ޔޫކުރައިން ގައި ކުރާ ކަމަކީ. ޔޫކުރައިން ގެ ޔަހޫދީ ޒީލިއަސްކީ ލައްވާ އެމެރިކާއިން ހިންގާ ޖަރީމާތަށް ހުއްޓުވަން ރަޝިޔާއިން ޔޫކުރައިން އަށް އެރުމުން އެކަމާ ޅުޅިގަދަވީ ބައިނަލްއަޤްވާމީ މުޖުތަމައު އަކުންނޫން. އެކަމާ ރުޅިގަދަވީ އެމެރިކާއާއި އެމެރިކާގެ ޕަޕެޓުން. މޑޕ ސަރުކާރުކަހަލަ. އެމެރިކާ އަކީ މުޅި ދުނިޔެ ފަސާދަ ކުރާ ބައެއް. އިޒްރޭލުގެ ޔަހޫދީ ދައުލަތް ދެކެ އެމެރިކާ އާއި އެމެރިކާގެ ޕަޕެޓުން ރުޅިގަދަ ނުވަނީ ކީއްވެ.

    12
    3
    • ގައިދުރު

      ޕީޕީ ފިކުރުދޯ ތީ

  6. Happy 123

    ރަސިޔާއާއި އިދިކޮޅަށް ފިޔަވަލު އަޅާފައި ނުވާތީ…

    8
    1
  7. އަހުމަދު ހުސައިން އަލީ

    ނަޝީދު ފެކްޝަންގެ މީހެއް ނޫން ޝާހިދަކީ. ދެން މި ޚަބަރު ކީމާ ހިނިއައީ. ރަޝޔާއިން އާންމުކުރީ ވޯޓު ދިން ގައުމުތަކެއް ނޫން. ޜޫސީންނަށް ދަތިކުރުމުގެ ފިޔަވަޅު އެޅި ގައުމުތައް. ރާއްޖެއިން އެޅޭނީ ދަތިކުރުމުގެ ކޮން ފިޔަވަޅެއް؟ ރާއްޖެއަށް ދަތިވާނީ.

    11
  8. ލިބޭ

    ޔަހޫދީން މީގެން ބޯދަމާގެފި

    5
    3
  9. Anonymous

    ޝާހިދުގެ ކުޅަދާނަކަން. ރާއްޖޭގެ ނުވަތަ ރަޝިޔާގެ ކުރިއަށް އޮތް ދައުރުގެ ރައީސަކީ ޝާހިދު. ރަޝިޔާގައި ވެސް ޝާހިދަށް ހާދަހާ ސަޕޯޓެއް އެބައޮތޭ.

    15
    • ހުސޭނުބޭ

      ރަޝިޔާގެ ފަސްޓް ލޭޑީއަށް ދެން ވާނީ ޝާހިދު

  10. ނަޒީ

    ތީ އަރަތެއް. ރާއްޖެއިން ރަޝިޔާ ޢާއި ދެކޮޅައް ވޯޓުލާފަ ކިހިނަކުންތޯ ރަޝިޔާއާއި ދެކޮޅު ނޫންކަމަށް ދައުވާ ކުރާނީ.

    • ނިކަ

      ބުރޯ ޔޮޓުތަކަށް ހިމާޔަތް ލިބޭނީ އޭރުންނެއްނު..

    • ބަބޫ

      ބަލަާބަލަ މާލޭގައި އުޅެންޔާ މިތިބަ ރަޝިޔާގެ ޔޮޓުތަށް. ރަޝިޔާގެ ޓުއަރިސްޓުން. އެއީ ރާއްޖެއަށް ވަރަށް ފައިދާ މިދުވަސްކޮޅު ލިބޭނެކަމެއް. ޔޮޓްތަށް އުޅޭނެ ތި ހަނގުރާމަ ނިމެންދެން. ވަރަށް ލާރިލިބޭނެ. ބޯހުރެގެން މަސައްކަތް ކުރާތި. އެއްވެސް ކޮޅަކަށް ނުޖެހި ވަގުތުގެ ފައިދާ ހެޔޮގޮތުގައި ނަގާތި. ބޮޑުހަނގުރާމައެއް ފެށުނަސް ގަދަވާކޮޅަކަށް އެރޭނީ އޭރުން

  11. Anonymous

    ތިއުޅެނީ ވަރަށްބޮޑު އޮޅުމެއްގަ. ރަޝިޔާއިން ނެރުނު ލިސްޓަކީ ރަޝިޔާއާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅުތައް އެޅި ގައުމުތައް ހިމެނޭ ލިސްޓެއް. ޜާއްޖެއަކުން ރަޝިޔާއާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅެއް ނާޅާ. އެޅޭކަށް ނުވެސް ނެތް. ރާއްޖެއިން ކުރިހާވެސް ކަމަކީ ޔޫއެން ޖެނެރަލް އެސެމްބްލީގަ ނެގި ވޯޓުގަ ރަޝިޔާއާ ދެކޮޅަށް ވޯޓުދިނީ.