ފާއިތުވި ތިން އަހަރުދުވަހުގެ ތެރޭގައި، އެއްވެސް ދިވެއްސަކު، ސަރުކާރުން ހަނގުރާމަވެރި ސަރަޙައްދެއްގެ ގޮތުގައި ކަނޑައަޅާފައިވާ ސަރަހައްދަކަށް ގޮސްފައިވާކަމުގެ އެއްވެސް ރިކޯޑެއް ލިބިފައިނުވާކަަމަށް ޑިފެންސް މިނިސްޓަރ މާރިޔާ އަހްމަދު ދީދީ ވިދާޅުވެއްޖެއެވެ.

މިނިސްޓަރ މާރިޔާ މިގޮތަށް ވިދާޅުވީ، ކޮލޮމްބޯ ސެކިއުރިޓީ ކޮންކްލޭވްގެ ފަސް ވަނަ ބައްދަލުވުން ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ދެ ދުވަހުގެ މުއްދަތަށް ކުރިއަށްދާ މިކޮންކްލޭވްގައި އިންޑިޔާ، ސްރީލަންކާ، ރާއްޖެ، މޮރިޝަސް، ބަންގްލަދޭޝް އަދި ސީޝެލްސްގެ ނެޝަނަލް ސެކިއުރިޓީ އެޑްވައިޒަރުންނާއި މަންދޫބުން ބައިވެރިވަޑައިގަންނަވައެވެ.

ކޮލޮމްބޯ ސެކިއުރިޓީ ކޮންކްލޭވްއަކީ އިންޑިޔާއާއި، ސްރީލަންކާއާއި ރާއްޖެއިން ގުޅިގެން، ސަލާމަތީ ރޮނގުން އެއްބާރުލުން އިތުރުކުރުމަށް އުފައްދާފައިވާ ފްރޭމްވަރކެކެވެ.

މިފްރޭމްވަރކް ބިނާވެފައިވަނީ މައިގަނޑު ހަތަރު ތަނބެއްގެ މައްޗަށެވެ. އެއީ، ކަނޑުމަތީގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމާއި، އިންސާނީ ވަގުފާރިއާ ދެކޮޅަށް މަސައްކަތްކުރުމާއި، ޓެރަރިޒަމާއި ހަރުކަށި ފިކުރާ ދެކޮޅަށް މަސައްކަތްކުރުމާއި، ސައިބަރސެކިއުރިޓީ ކަށަވަރުކުރުމެވެ.

އެ ބައްދަލުވުމުގައި މާރިޔާ ވިދާޅުވީ، ރައީސް އިބްރާހީމް މުހައްމަދު ސޯލިހްގެ ސަރުކާރުން، މިސަރަހައްދުގެ އަމާންކަމާއި، ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކޮށް، އިތުރަށް ވަރުގަދަކުރުމަށް އިސްކަންދެއްވާ ކަމަށވެެ. އަދި ކޮލޮމްބޯ ސެކިއުރިޓީ ކޮންކްލޭވްއަކީ، މިސަރަޙައްދަށް ކުރިމަތިވެފައިވާ ސަލާމަތީ ގިނަ ގޮންޖެހުންތަކާ ކުރިމަތިލުމަށް، ވަރަށް އެކަށޭނަ ނިޒާމެއްގެ ގޮތުގައި ރާއްޖެއިން ދެކޭކަން މިނިސްޓަރ ވިދާޅުވިއެވެ.

މިނިސްޓަރ މާރިޔާ ވަނީ، ކޮލޮމްބޯ ސެކިއުރިޓީ ކޮންކްލޭވްއާ އެންމެ ފަހުން ގުޅުނު މޮރިޝަސްއަށް މަރުޙަބާ ވިދާޅުވެފައެވެ. މޮރިޝަސްއާއެކު، މިކޮންކްލޭވްގައި ހިމެނޭ ގައުމުތަކުގެ އަދަދުވަނީ ހަތަރަކަށް އިތުރުވެފައެވެ.

ރާއްޖެ ހިމެނޭ ސަރަޙައްދަށް ކުރިމަތިވެފައިވާ މަސްތުވާތަކެތީގެ ވިޔަފާރިއާއި، އިންސާނީ ވަގުފާރިއާއި، ކަނޑުފޭރުމާއި، ޤަވާޢިދާ ޚިލާފަށް މަސްވެރިކަންކުރުމާއި، ނިރުބަވެރިކަމާއި ހަރުކަށި ފިކުރު ފަދަ ގޮންޖެހުންތައް ކަމަށް މިނިސްޓަރ މާރިޔާ ވިދާޅުވިއެވެ

ނަމަވެސް ވޭތުވެދިޔަ ތިން އަހަރުދުވަހުގެ ތެރޭގައި، އެއްވެސް ދިވެއްސަކު، ސަރުކާރުން ހަނގުރާމަވެރި ސަރަޙައްދެއްގެ ގޮތުގައި ކަނޑައަޅާފައިވާ ސަރަޙައްދަކަށް ގޮސްފައިވާކަމުގެ އެއްވެސް ރިކޯޑެއް ލިބިފައިނުވާކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ. އެކަމަކު ރައްޔިތުންގެ މަޖިލީހުގެ ރައީސް ކުރީގެ ރައީސް މުހައްމަދު ނަޝީދަށް ޢަމާޒުކޮށް ދިން މެއި ހައެއްގައި ދިން ހަމަލާއަކީ ނިރުބަވެރިކަމާއި ހަރުކަށި ފިކުރުގެ ސަބަބުން ރާއްޖެއަށް އޮތް ނުރައްކަލާ މެދު މުޅި ޤައުމު ހޭލައްވައިލި ހާދިސާއެއްކަން މިނިސްޓަރ މާރިޔާ ވަނީ ފާހަގަކުރައްވާފައެވެ.

ކިޔުންތެރިންގެ ހިޔާލު

18 ކޮމެންޓް

  1. Anonymous

    މިއީ ހާދަ ދޮގުހަދާ ހިއްވާ އަންހެނެކޭ ދޯ؟؟ މަރު ގަންނަވާނެކަންވެސް ހަނދާން ނުވަނީބާއޭ ހިތަށްއަރާ!!!

    30
  2. ކިސް

    އެހެން ތަ..ވަރައްއުފާވެރި ހަބަރެއް..

    16
    2
    • ލޮލް

      ޔައުނީ އޭގެ ކުރީގައި އެއީ އަހަރެމެން ހަދަހަދައިގެން ދެއްކި ވާހަކަތަކެއް. ~މާރިޔާ~

  3. ކިސް

    ކޮވިޑާ ހެދިނުދެވުނީ ގައުމުތައް ބަންދުކޮއްފައިވާތީވެ؟؟

    31
  4. ގަމާރު

    ގައުމުތަކުގެ ބޯޑަރު ބަންދުކޮއްފަ އޮތުމުގެ ސަބަބުން ނުދެވުނީ. ހެހެހެ

    36
  5. ހުސޭނުބޭ

    ފިދަނަދައިތައަށް އެނގޭތަ! މިދިޔަ ތިން އަހަރު އެއްވެސް ދިވެއްސަކު ހައްޖަކަށްވެސް ނުދޭ! ދެން ކޮން ހަނގުރާމައަކަށް ދެވޭނީ. އޮޅުވާލަން މޮޅެތި ވާހަކަދައްކާނެކަމެއްނެތް

    21
  6. ހާމިދު ޝާޙިދު

    އެހެންނޫންތޯ ވާނީ އެހެން ބަޔަކު ގައުމުގެ ވެރިކަމާ ހަވާލުވާ ހިނދުން ފެށިގެން ތިބައިމީހުން އަޑީގައިތިބެގެން ރެކްރޫޓްކުރަން ފަށާނެ ރާއްޖޭގެ ނަން ހަރާބުކޮށް ކިލަނބުކޮށްގެން ބޭރުގެ ނުފޫޒު އެސަރުކާރަކަށް އިތުރުކުރުމުގެ ގޮތުން. ގިނަ ހާޑްލައިން މީހުން މިހާރުވެސް ތިބީ އެމްޑީޕީގައި. މައުމޫނު ދަޅަކަށް އަޅާ ބަންދުކޮށްގެން އުޅެނިކޮށް، އެބައިގަނޑު ދޫވީ އެމްޑީޕީ ޣައިރުޤާނޫނީ ގޮތުން އުފައްދާ ޑިމޮކްރަސީ ގެނައުމުގެ ނަމުގައި މިނިވަންކަން އެންމެނަށް ދީ ސެކިއުލަރިޒަމް ފަތުރަން އުޅުމުގެ ތެރޭގައި.

    22
  7. ހުސޭނުގެ ފުތް

    ޝާހިދު ދުރުވީ ކޮން ކަމަކުޔޯ؟

    17
  8. ލޮލް

    ބޮޑު ޖޯކެއް. ކޮވިޑާހެދީ ދުނިޔެ ބަންދުވެފަ އޮތީ 2 އަހަރު. އޭގެ ކުރީ އަހަރު ސީރިޔާގަ ކުޅެމުންދިއަ ކުޅުވަރު އޮތީ ރަށިޔާއިން ހުއްޓުވާފަ. ދެން ދާނެ ތަނެއް ނެތް އެމީހުންނެއް. އޭގެ މެޑަލެއް ނުޖެހޭނެ މާރިޔާއަކަށް.

    18
  9. ނާދިރާ

    އެމްޑީޕީ ގެ 3 އަހަރު ލާދީނީވީ މީހުންގެ އަދަދު ގުނާލާފަ ބުނެލަން ކެރޭނެތަ

    23
  10. ދީދީ

    ހަނގުރާމައަށް އެންމެފަހުން ދިޔަ ދިވެހި މީހާ ހުރީ އިނގިރޭސިވިލާތުގަ 10 މިލިޔަން ޕައުންޑަށް ގެއެއްގަނެގެން ލޯޔަރު ކަމުގަ..އެވެސް ސަރުކާރުގެ ލާރި ޢަނީމާ ކޮށް ހަލާލު ކޮށްގެން..

    24
  11. އުގުރި

    ގައްދާރު

    23
  12. އަބުލޯ

    މާރިޔާ ކަލޭ ރަނގަޅުވާނެ ޖޯކުކިޔަން ކަލެޔެކޭ ޖޯކަރެކޭ ތަފާތަކީ ކޮބާ.... ކޮވިޑާއި ގުޅިގެން ގައުމު ބަނޑަށް ޖެހި ގައުމުތަކުގެ ބޯޑަރުތަށް ބަންދުކޮށް ފައިސާލިބޭނެ މަގު ބަންދުވެ އަތާއި އަނގަ ދިމާނުވެ އުޅޭ އިރު ހަނގުރާމަ ތަކަށް ދިވެހިން ދާނެގޮތެއް ބުނެދީބަލަ...... އާނ ކަލޭގެ ސަރުކާރުގަ ކޮންމެދުވަހަކު އިރުއަރާ އޮށްސޭވާހަކަ ބުނިނަމަ އަހަރުމެން ގަބޫލުކުރާނަން.

    17
    • ޢަހުމަދުވަގާރު

      އަނގަ އޮތީމާ ހަޅޭއްލަވަނީ ދޯ ކަލޭ

  13. ބޮޑަހީވަނީ

    އައިސިސް ނައްތާލައިފިއެއް ނޫންތޯ؟ ދަމަކުން ބަޑިޔެއް ޖަހާހެން އައިސިސްގެ ކަމެއް ނުހިނގައެކޭ ނޫން. ދިވެހިން ޖިހާދަށޭކިޔާފަ ދިޔައީ ޖަބުހަތުއް ނުސްރާއާއި އައިސިސް އޮތްއިރުގަ. އައްސަދާ ހަނގުރާމަކުރާ ބަޔަކުވެސް މިހާރު ނެތް. ލަފާކުރެވެނީ ދާންޖެހޭ ސަބަބުތައް ނެތިދިޔައީކަމަށް. ވަކި ބޭފުޅަކު މިނިސްޓަރަކަށް ހުރެގެނެއް ނޫން

  14. ޢަޒު

    މިދިޔަ ތިން އަހަރު ޤާނޫނު އަސާސީއަށް އެއްެވެސް މީހަކު ފައިން އެިތަ؟

  15. ކިނބޫ

    ފިނދަނަ ގްރޫޕުން ހިންގި ޖަރީމާއެއްތާ އެވެސް. ތަޅާ ގްރޫޕް ކުދިން އެތަންތަނަށް ފޮނުވާފަ ހަރުކައްޓޭ ގޮވީ ހުންނަ ދައްޖާލުކަމުން. ތިކިޔާ ގިރުވާނު ވެސް ފޮނުވީ އެތަނަށް ކަމަށް ކިޔާއުޅޭ. އެވެސް ވާނީ ހަމަ ތެދަކަށް.

  16. ޖަމާލު

    މިދިޔަ 3 އަހަރު މޑނ އާ އުތެމަ ކިޔާ ލާދީނީ ޖަމީއްޔާ އިން ﷲ އާ ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ އަށް ފުރައްސާރަ ކޮށް ދީނަށް ހަޖޫޖެހި. އަދި ފާއިތުވި 3 އަހަރު ރާއްޖޭގެ މިސްކިތްތަކަށް އަލަށް ބޮޑުކަމު ގޮސް ކުޑަކަމު ދިޔަ. އަދި ފާއިތުވި 3 އަހަރު ތެރޭ ގުރުއާނަށް އިހާނެތިކޮށް ހިތައި ސްކޫލް ތަކުގެ ފޮތްތަކުން ގުރުއާނުގެ އާޔަތްތައް އުނިކުރަން ސަރުކާރުން މަސައްކަތް ކުރި. ފާއިތުވި 3 އަހަރު މޑނ އުތެމަ އާ އެފަދަ އެތައް ޖަމީއްޔާ އެއް ފޮރުވިގެން ތިބެ ރާއްޖޭގެ ގެ އެތަކެއް ޒުވާނުންނެއް ގެ ސިކުނޑި ދޮވެ އިސްލާމް ދީނާ ދެކޮޅަށް މަސައްކަތް ކުރާ ބޭރުގައުމު ތަކަށް ގެންގޮސް އެފަދަ ޖަމާއަތްތަކަށް ރެކްރޫޓް ކޮށް ސިކުނޑި ދޮވެފައިވޭ. ފާއިތުވި 3 އަހަރު ވަގު އެއްބަސް ވުންތައް ހަދައިގެން ރާއްޖޭގެ އެތައް ރަށެއް އިންޑިއާ އަށް ވިއްކައި ދިވެހީން އަޅުވެތި ކުރަން ގިނަގުނަ މަސައްކަތްތަކެއް ކުރަމުންދަނީ. ފާއިތުވި 3 އަހަރު މޑޕ ގެ ބޮޑުން ޔޫރަޕުގެ ގައުމުތަކުގައި ގެތައް ގަނެ ވިޔަފާރި ތައް ވަނީ މެކުހައް ޖަހާފަ. ފާއިތުވި 3 އަހަރަކީ ދިވެހިންނަށް އެއްމެ އަނިޔާވެރި ދިވެހީންނަށް އެއްމެ އަނިޔާވެރިވެ ދިވެހީން އެއްމެ ބިކަކޮއްލި 3 އަހަރު. އަދިވެސް ހުހެއް ނުވޭ. ފިނދަނަ ދައިތާ އަށް އެބައިނގޭތަ.