ރޭ "ސަންގު ޓީވީ" އިން ބޭއްވި ރިޔާސީ ބަހުސްގެ ތެރޭގައި ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަން ހިންގުމާ ހަވާލުވެ ހުންނެވި ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ (އަދުރޭ)އާ ދެ ބޭފުޅުން ހިސާބު ފިލާވަޅު ހެއްދެވީ ކަމަށް ޑިފެންސް މިނިސްޓަރު މާރިޔާ ދީދީ ވިދާޅުވެއްޖެއެވެ.

ރޭ ބޭއްވި ރިޔާސީ ބަހުސްއަކީ ރާއްޖޭގެ ގިނަ ބަޔަކު ފޯރިއާއިއެކު ބެލި ބަހުސްއެކެވެ. މި އަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާ އަށް ކެނޑިޑޭޓުން އެ ބަހުސްގައި ބައިވެރިވެލެއްވިއެވެ. އެ ބަހުސްގައި ކެނޑިޑޭޓުންގެ މެދުގައި ވަރަށް ހޫނު ބަހުސްތަކެއް ވެސް ކުރެވިގެން ދިޔައެވެ.

ރޭ "ސަންގު" ރިޔާސީ ބަހުސްގެ ތެރެއިން -- ވަގުތު ފޮޓޯ: އިބްރާހިމް ޝާބިލް

ނަމަވެސް ގިނަ ބައެއްގެ އެންމެ ބޮޑު ސަމާލުކަމެއް ލިބުނީ ޕީޕީއެމް-ޕީއެންސީ ހިންގުމާއި އެންމެ އިސްކޮށް ހަވާލުވެ ހުންނެވި އަދުރޭއާ މިނިސްޓަރު މާރިޔާ އެ ބަހުސްގެ ތެރޭގައި އެންމެ ފުރަތަމަ ސަފުގައި އެއް ކައިރީގައި އިށީންދެ ވަޑައިގެން ތިއްބެވި މަންޒަރަށެވެ.

އެ ދެ ބޭފުޅުންނަކީ ވަރަށް ވާދަވެރިކޮށް އިދިކޮޅު ޕާޓީ އާއި އެ ޕާޓީތަކުގެ މެންބަރުންނަށް ފާޑުވިދާޅުވާ ދެ ބޭފުޅުންނެވެ. އެހެންކަމުން ރޭގައި ކައިރީގައި ތިއްބެވުމުން ގިނަ ބަޔަކަށް ހައިރާންކަން ލިބުނެވެ. އަދި ސޯޝަލް މީޑިއާގައި އެއީ ވަރަށް މަޖާ ކަމެއްގެ ގޮތުގައި ގިނަ ބަޔަކު ވަނީ ސިފަކޮށްފައެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި އަދުރޭ އާއި މާރިޔާ ކައިރިކައިރީގައި އިށީންދެވަޑައިގެން ތިއްބެވީ ބަހުސް އިންތިޒާމް ކުރި ފަރާތުން އެގޮތައް އިށީންދެވަޑައިގެން ތިއްބަވާ ގޮތައް ގޮނޑި އަތުރާފައި ހުރުމުންނެވެ.

މާރިޔާ އާއި އަދުރޭއަށް ވޯޓުލާ ދުވަސް މި ރިޔާސީ އިންތިހާބުގެ ކެމްޕެއިންގެ ތެރޭގައި ވަނީ އޮޅިވަޑައިގެންފައެވެ. އެހެންކަމުން ސޯޝަލް މީޑިއާގައި ހިއްސާ ކޮށްފައިވާ ބައެއް ޕޯސްޓްތަކުގައި މީހުން ބުނެފައިވަނީ ދެ ހިސާބު އެދުރުން އެ ތިއްބެވީ މަގަތުގައި އެއްސަފެއްގައި ކަމަށެވެ. އެއީ އަދުރޭ ސަރ އާއި މާރިޔާ މިސް ކަމަށް ބުނެ ގިނަ ބަޔަކު މަލާމަތްކޮށްފައިވެއެވެ.

އެ ދެ ބޭފުޅުންގެ ފޮޓޯއެއް ޓްވިޓާގައި ހިއްސާކުރައްވަމުން ހުދު މިނިސްޓަރު މާރިޔާ ވެސް ވަނީ ވަރަށް މަޖާ ކެޕްޝަނެއް ލިޔުއްވާފައެވެ. އެކަމަނާ ވިދާޅުވީ އެ ދެ ބޭފުޅުން ހިސާބު ހޯމް ވޯކް ހައްދަވަނީ ކަމަށެވެ.

2018 ވަނަ އަހަރުގެ ރިޔާސީ އިންތިހާބު ކެމްޕޭންގައި ރައީސް އަބްދުﷲ ޔާމީން އިންތިހާބު ކާމިޔާބު ކުރައްވާނެ ކަމަށް ވިދާޅުވެ އަދުރޭ ޖެއްސެވި ހިސާބެއް ނުބައިވުމުން އަދުރޭ އަށް ފާޑުކިޔާ ކޮންމެ ފަހަރަކު އަދި، ހިސާބެއް ޖަހަން ޖެހޭ ކޮންމެ ފަހަރަކު 2018 ވަނަ އަހަރުގެ ކެމްޕޭންގައި އަދުރޭ ދެއްކި ވާހަކަ ގިނަ ބައެއްގެ ހަނދާނަށް އާދެއެވެ. އަދި އަދުރޭ އަކީ ހިސާބު ޓީޗަރުކަމަށް ބުނެއެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ކެމްޕޭން ތަރުޖަމާން ކަން ވެސް މިހާރު ކުރައްވަމުން ގެންދަވާ ޑިފެންސް މިނިސްޓަރު މާރިޔާ ގެންދަވަނީ އިދިކޮޅު ކެނޑިޑޭޓް ޑރ.މުހައްމަދު މުއިއްޒަށް ވަރަށް ގިނައިން ފާޑު ވިދާޅުވަމުންނެވެ. އެހެން ކަމުން އަދުރޭ ވިދާޅުވެފައިވަނީ މުއިއްޒަށް އެއްޗެތި ނުކިޔުއްވާ ރައީސް ސޯލިހްގެ ކެމްޕެއިނާއި ވެގެން މާރިޔާ އުޅެއްވުމަށެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ޙިން

    ޢަދުރޭމެން ނުކިޔަވާ މީހުން

    5
    21
    • އަހު

      މާރިޔާ ކިޔެވީމަ ލިބުނު ފައިދާއަށް ވުރެ ބޮޑަށް މާރިޔާގެ އމިއްލަ ނަފްސަށާއި ރައްޔިތުންނަށް ލިބުނު ގެއްލުން މާ ބޮޑު ކިޔަވައިގެން ތިއްބަސް މުސްލިމުން ގެ ގތުގަ ތިބެ ބޭރު ފުށާއި އެތެރެފުށުގެ ޙައިސިއްޔަތު އަޚްލާގީ ފެންވަރު ވ ދަށް އަސްދޫންޏަކަށްދޭ ދަރަޖަވެސް ނުދެވޭނެ

      24
      2
  2. Anonymous

    ހުރިހާ ސިޔާސީ ބޭފުޅުން އެކުވެރިވާންޖެހޭ

    18
    1
  3. ފޯއްވަޅި އަލީ

    ޖިންސީ ފުރައްްސާރަ ކުރި މީހާ އެއިނީ ކޯޓް ފަޓޫލޫނު އަޅައިގެން ހުދު ކާފުރަށް ވެގެން 2ވަނަ ބަރީގަ، މީ މިސަރުކާރުގެ ފެންވަރަކީ