އުމުރުން 12 އަހަރުގެ ކުޑަ ފިރިހެން ކުއްޖަކަށް ޖިންސީ ގޯނާ ކުރަން އުޅުނު ކަމަށް ބުނާ އިންޑިއާ މީހަކު ހައްޔަރުކޮށްފިއެވެ.

އެ ކުޑަ ކުއްޖާގެ އާއިލާގެ ފަރާތުން މީސްމީޑިއާގައި ބުނެފައިވާ ގޮތުގައި އުމުރުން 12 އަހަރުގެ ފިރިހެން ކުއްޖަކު ގެޔަށް ވަންނަނިކޮށް އިންޑިއާ މީހަކު އައިސް އަތުގައި ހިފާ، ދަމާފައި ގެންދަން އުޅެނިކޮށް ހުއްޓުވީ އެވަގުތު އެތަނުގައި ހުރި އާއިލާގެ އެހެން މީހަކަށް ފެނިގެންނެވެ.

މިގޮތުން ކުޑަކުއްޖާގެ އަތުގައި ހިފާފައިހުރުމުން އެ މަންޒަރު ފެނުނު އަންހެން މީހާ ހަޅޭ ލަވަން ފެށުމުން އެ މީހާ ކުޑަކުއްޖާގެ އަތުން ދޫކޮށްލީ ކަމަށާއި އަދި އޭގެ ފަހުން އެމަންޒަރު ފެނުނު އަންހެން މީހާ ގައިގައި ޖަހަން ވެސް އެ އިންޑިއާ މީހާ މަސައްކަތް ކުރި ކަމަށް ކުޑަކުއްޖާގެ ދައްތަ މީސްމީޑިއާގައި ކޮށްފައިވާ ޕޯސްޓުގައި ބުނެފައިވެއެވެ.

މީގެ އިތުރުން އެވަގުތު އެތަނަށް އައި ބޭރު މީހާއާއި އެއްކޮށް އުޅޭ އިތުރު ބަޔަކު އެމީހާ އަކީ މޮޔައެއް ކަމަށާއި އޭނާ މިއަދުގެ ވަގުތެއްގައި ފުރުވާލަން އުޅޭ ކަމަށް ބުނެފައިވާ ކަމަށް ވެސް އެ ޕޯސްޓުގައި ވަނީ ބުނެފައެވެ.

މިކަމާއި ގުޅިގެން ދިވެހި ފުލުހުން ވިދާޅުވީ ބިދޭސީ ފިރިހެނަކު 12 އަހަރުގެ ކުޑަ ފިރިހެން ކުއްޖެއްގެ އަތުގައި ގަދަކަމުން ހިފި މައްސަލައެއް މިއަދު ފުލުހުންނަށް ރިޕޯޓުކޮށްފައިވާ ކަމަށާއި މައްސަލައާއި ގުޅޭ ބިދޭސީ މީހާ މިވަގުތު ހުރީ ދިވެހި ފުލުހުންގެ ބެލުމުގެ ދަށުގައި ކަމަށެވެ.

އަދި މި މައްސަލައާއި ގުޅިގެން އިތުރަށް ބަލަންޖެހޭ ކަންކަން ފުލުހުން ބަލަމުންދާ ކަމަށް ވެސް ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވިއެވެ.

މި ފަހަކަށް އައިސް ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރާ މައްސަލަތައް އިތުރުވެފައިވާކަންވެސް ފާހަގަ ކޮށްލެވެއެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. ހުސޭނުބޭ

    ތި އިންޑިޔާ މީހާ އިންނަނީ ސިކުނޑީގެ ދިހަބައިކުޅަ އެއްބަޔޭ ކިޔާފައި ދޫކޮށްލާނެ. ބަލަންތިބޭ!

    30
    1
  2. މާމި

    އިންޑިއާ އައް ނިސްބައްވާ މީހެއްވީމަކަ ތިމައްސަލައެއް ނުބެލޭނެ ކަމައް ވަނީ އެއީ ނަފުސާނީ މީހެއްވީމަ. ބަގުލަދޭޝް މީހެއްނަމަ ވަރައްބާރައް ކުރިއައް ދާނެ.

    30
    2
  3. Anonymous

    އިންޑިއާ ޓީޗަރުން އެބައުޅޭ ކުޑަ އަންހެން ކުދިންނަށާއި ކުޑަ ފިރިހެން ކުދިންނަށް ޖިންސީ ގޯނާކުރާ. އެހެން ނޫންހޭ ވާނީ، އެމީހުންގެ ދީނުގައި ހުރިހާ ކަމެއް އޮންނަކީ ސެކްސީ ކަންކަމަށް ގޮސް ހުސްވެފަ. ނަށާ ނެށުންތަކުގައި ވެސް ކުރަނީ އެކަން. ކާ ކެއުންތަކުގައި ވެސް އޮންނަނީ އެކަން. ތިކަލޭގެއަށް ހައްގު އަދަބު ދޭން ޖެހޭނެ.

    28
    • ތަކުރޭ

      އެހެންވެގެން ކަލޭ ތިއޮންނަނީ 24 ގަޑިއިރު ސޯފާގަ އިންޑިއާ ޗެނަލްތަށް ބަލަން….؟

      6
      7
  4. ބޯހަލާކު

    ތީސިޔާސީ ވާހަކައެއް ދެންލަލަލާ