އައްޑޫ މާމެންދޫ ސަރަހައްދުގައި ލިންކް ރޯޑްގެ ދެލޭންގެ ދެމެދުގައި ހުރި ރުއްތަކާއި ގަސްތައް ކެނޑިއަސް ރައްޔިތުން ރުޅިގަދަވާކަށް ނުޖެހޭ ކަމަށް އައްޑޫގެ މޭޔަރު އަލީ ނިޒާރު ވިދާޅުވެއްޖެއެވެ.

ރުއްތައް ހުރި ސަރަހައްދަކީ ލިންކް ރޯޑްގެ އެންމެ ރީތި ސަރަހައްދެވެ. ދެލޭންގެ ދެމެދުގައި ހުރި ގާތްގަނޑަކަށް 50 ވަރަކަށް ރުއް މިއަދު ވަނީ ނަގާފައެވެ. އެސަރަހައްދުގައި ހުރި ރުއްތައް ކެނޑުމާއި ގުޅިގެން ސިޓީގެ ގިނަ ބަޔަކު އަންނަނީ ސަރުކާރަށާއި ސިޓީ ކައުންސިލަށް ނުރުހުން ފާޅު ކުރަމުންނެވެ.

ސިޓީގެ ގިނަ ބަޔަކު އެކަމާއި ނުރުހުން ފާޅު ކުރަމުން އަންނަ ދަނޑިވަޅެއްގައި މޭޔަރު އަލީ ނިޒާރު ވިދާޅުވީ، ރުއް ކެނޑިއަސް އާންމުން ރުޅިގަދަވާން ޖެހޭ ސަބަބެއް އެއަކު ނެތް ކަމަށާއި ކަނޑާފައިވާ ރުކަކީ ރައްޔިތުންނަށް އޭގެއިން ފައިދާއެއް ވެސް ލިބޭ ރުއްތަކެއް ނޫން ކަމަށެވެ.

"އެއަކުން އަޅުގަނޑުމެންނަށް ކާއްޓެއް ލިބެނީއެއް ނޫން. އެއަކުން ހިޔަލެއް ވަނީއެއް ނޫން، ނުރައްކާވާ ކަމެއް. ދެން އާއްމުން ރުޅި އަންނަންޖެހޭ ސަބަބެއް ނެތް. ދޭތެރެއަކުން ފެންތައް ފައިބާ ރައްޔިތުން ގެއްލުން ލިބޭ." ނިޒާރު ވިދާޅުވިއެވެ.

ނިޒާރު ވިދާޅުވީ، އެކަމަކީ އެއީ ރައްޔިތުންގެ ސަލާމަތާއި ރައްކާތެރި ކަމަށް ކޮށްފައިވާ ކަމެއް ކަމަށާއި އޭގެ ބަދަލުގައި އެތަނުގައި ރުއްތަކާއި ގަސްތައް އިންދާނެ ކަމަށެވެ. އެހެން ނަމަވެސް އިންދަން ނިންމާފައިވަނީ ކޮންކަހަލަ ގަސްތަކެއް ކަމެއް ހާމަ ކޮށްފައެއް ނުވެއެވެ.

އަދި މިހާރު ރައްޔިތުން ދައްކަމުން އަންނަ ވާހަކަތަކަށް އިޝާރާތް ކުރައްވައި ނިޒާރު ވިދާޅުވީ، ރަނގަޅު ކަމެއް ވިޔަސް އަދި ގޯސް ކަމެއް ވިޔަސް ގިނަ ފަހަރު ކޮންމެވެސް އެއްޗެކޭ ބަޔަކު ކިޔަންޖެހޭނެ ކަމަށާއި އެހެންވެ ކިޔަނީ ކަމަށެވެ.

ރުއްކެނޑުމާއި ގުޅިގެން ކައުންސިލުން ބުނެފައިވަނީ އެކަން ކޮށްފައިވަނީ އީޕީއޭގެ ހުއްދަ ލިބިގެން ކަމަށެވެ.

ނިޒާރު އިތުރަށް ވިދާޅުވީ، ރުއް ކެނޑިއަސް މި ކައުންސިލް އައިފަހުން އެސިޓިގައި 100،000 ރުއް އިންދުމުގެ ޕްރޮގްރާމެއް ކުރިއަށް ގެންދާ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

13 ކޮމެންޓް

  1. ހުސޭނުބޭ

    އެތަނުން ކެނޑި ރުށްގަހަކީ ކަލޭގެ އަމިއްލަ ތަރިކަ މުދައުތަ ތިހެން ބުނަން.

    46
    1
  2. މުޙައްމަދު

    ނިޒާރު ހާދަ ހަޔާތް ކުޑައޭ ދޯ. ރައްޔިތުން ރުޅިގަދަވާންޖެހޭ ކަމާ ނުޖެހޭ ކަމާ ނިޒާރަށްތަ އެނގެނީ. ބަޔަކަށް ފައިދާ ކުރިއްޔާ ނުކުރިއްޔާ ނިޒާރު ނުޖެހޭނެ އެތާހުރި ރުއްތައް ކަނޑާކަށް. މިއަދު މޭ ފުއްޕާަ ތި މަޤާމްގަ ނެތްނަމަ ނިޒާރު ކެކިއަރާތަން ފެންނާނެ. ތިމާއަށް ބާރުތަކެއް ލިބުނީމަ ތި ފޮނުއަރުވަނީ. ދާއިރާ ތަމްސީލުކުރަން މަޖިލީހުގައި ހުރިދުވަސްވަރުވެސް ކޮށްދެވުނު ކަމެއްނެތް. އަމިއްލަ ރަށަށް ކަމެއް ކޮށްދޭން ލިބުނު ފުރުސަތުގަވެސް ތިމާގެ މައިންބަފައިން ވީ ގުރުބާނީއާއި އޮހޮރި ދަލާއި ލޭގައި ކޮޅުފައިން ތި ޖަހަނީ. އިސްތިއުފާ ދީ ކުރަން ނޭންގެންޏާ.

    50
    1
  3. ގުނބޯ

    ކަލެއަށް މަޤާމުމުދިނީ ރައްޔިތުންނެވެ. ރައްޔިތުން ރުޅިގަދަވުމުގެ ކުރިޔަށް އެކަން ކަލޭ ސާފުކުރަން ޖެހޭނެ ބީތާޔާ

    35
    1
  4. Anonymous

    ނިޒާރުގެ ކިބައިން މިފެންނަނީ އަސްލު އެމްޑީޕީ މީހުންގެ އަސްލު ފިކުރު.

    42
    2
  5. މަނިކު

    ކަލޭމެން ބޭނުންވީމާ ހަމަ ރުއްވެސް ކަނޑަންވީ ފައްވެސް ކަނޑަންވީ ؟!

    33
  6. Anonymous

    ބަލަ ތިމާވެއްޓަށް ގެއްލުންދީ ހަލާކު ކުރާނަމަ ރުޅިގަދަވާނެ !

    10
  7. އަހުމަދު

    ކަލޭތީ އިންޑިޔާގެ ޕަޕެޓެއް ކަލޭ އަދި ތި ކަނޑާލި ރުއްތަކަށް ޖަވާބު ދާރީ ކުރުވާނަން

    15
  8. ހުމާމު

    އެހެންނޫނަސް ހިތަދޫ ތިބީ ހުސް ގަސްކަންޑަން އެނގޭ ވެރިން. އެކަންއެނގޭނެ މުޅިިިހިސާބު ހަނަފަސްކުރަމުންދާ މިނަވަރަށް ބެލީމާ. މިސްކިތްތަކަުގަ ހުރި ބިޔަގަސްތައްވެސް ކުނިއެޅޭތީ ހިތަދޫ މީހުންކަނޑާތަންފެންނަނީ. މިއޮތްހޫނުއިރު ކުރަންހެޔޮވާވަރުގެކަންތައްތައްތަ ތިޔަކުރަނީ! ބަލާބަލަ އެއޮތްގިނަމީހުން އުޅޭ ފްލެޓްތައް! ނެތޭ އެއްވެސް ބިޔަގަހެއް! ބިންހިއްކާ ބިންވިއްކާ ސަރުކާޜުތައް މިއުޅެނީ! ކިޔާތީ އަޑުއިވޭ މޭޔަރުގެ އާއިލާއިން މަސްހިއްކާ ކައްކަން ދަރުހޮވާ ބަޔަކުތިބެޔޯލަ. ދޭތެރެދޭތެރެއިން އެބައިމީހުން ތަންތަންރޯކޮއަލަޔޯލަ! ދެން މަޑުމަޑުންތިބެ ވަދެ ދަރުކޮޅުހަވައިގެން މަސްކައްކަނީޔޯލަ! މީ ތެދެއްތޯ ބަލާދީބަލާ ކޮއްމެސްކުއްޖަކު!

  9. މަކަލޭލީ

    އައްޑޫ ރައްޔިތުން މޭޔަރަކަށް ހޮވާފަ މިހިރީ ބޯބުރާންޗެއްނު!! ޜައްޔިތުން ރުޅިއަންނަން ޖެހޭ ކަންކަން ވެސް މިއެނގެނީ މިކަލޭގެއަށް..

    12
  10. ގރރރރރ

    އެތާގަ މަގުގެ ދެއަރިމަތީގަ ހުރި ރުއްތައްވެސް ކަނޑާލާ. އެއިންވެސް ވާފައިދާއެއް ނެތް. ރުކުން ކާށި ފައިބަންޏާ ރުއް ސާފުކޮށްބަލަ ކާށި ފީވެގެން ފައިބާވަރު ނުވަނީސް. ބޮޑުކަމެއް މީ. އައްޑޫގެ އެންމެ ރީތި އެއް ލޭންޑްމާކް ތިދުއްވާލީ. ވެރިކަންލިބޭ ކޮންމެ ފަހަރަކު އައްޑޫއަށް ކޮން ޖެއްސުމެއްތަ ކުރަނީ😡

    11
  11. އަޙްމަދު

    މީހާދަ ހާޔާތް ކުޑަމީހަކޭދޯ! ކަލޭހޮވީ ރައްޔިތުން ވޯޓްދީގެންކަން ހާދައަވަހަށެ ހަނދާނެތުނީ! އެރުއްތަކަކީ ކަލޭޖައިންދާ ހައްދާފައި ހުރި ރުއްތަކެއްބާ! ރައްޔިތުން ރުޅިއަންނާނެ! ކަލޭ ރުހުނަސް ނުރުހުނަސް އެވާހަކަ ދައްކާނެ! އިސްތިއުފާ.

  12. ލަމްހާ

    ނިޒާރު ކަލޭ ތީ ކާކު

  13. ޭަަލަމްހާ

    ކަލޭ ގެ ކުށް ގަބުުުޫލު ކޮށްބަލަ

    11